ދުނިޔެމައްޗަށް ފާޅުވި ޢިލްމުވެރިން الشَّيْخُ الأَلْبَانِيْ رحمه الله އަށް ދެއްވި މަޤާމް
ابن إبراهيم آل الشَّيْخُ رحمه الله ވިދާޅުވެފައިވެ އެވެ. " الأَلْبَانِي އަކީ ސުންނަތުގެ ޞާޙިބެކެވެ. އަދި ޙައްޤަށް ނަޞްރު ދިނުމުގައިވާ ފަރާތެކެވެ. ބާޠިލްގެ އަހުލުވެރިންނާ ދެކޮޅުވުމުގައި ދެމިހުންނެވި އެވެ."
الإِمَام ابن بَاز رحمه الله ވިދާޅުވެފައިވެ އެވެ. "މި ޒަމާނުގައި، مُحمَّد ناَصر الدِّيْن الأَلْبَانِي ފިޔަވައި މި އުޑުދަށުގައި ޙަދީޘްގެ ޢިލްމު ލިބިގެންވާ އެހެން ފަރާތެއް (އެފަދަ އެހެން މިޘާލެއް) އަހަރެން ނުދަންނަމެވެ." (حياة الألباني ص 65/66)
އަދިވެސް الإِمَام ابن بَاز رحمه الله އަރިހުގައި މި ޙަދީޘްއާ މެދުގައި ސުވާލު ދެންނެވުނެވެ. (إن الله يبعث لهذه الأمة على رأس مائة سنة من يجدد لها دينها) "ހަމަކަށަވަރުން، ﷲ މި އުއްމަތަށް ކޮންމެ ސަތޭކައަހަރުގައި، އެކަލާނގެ ދީން ޤާއިމްކޮށްދެއްވާނެ ފަރާތެއް ފޮނުއްވާނެ އެވެ."
ސުވާލު ދެންނެވުނެވެ. މި ޤަރުނުގެ މުޖައްދިދަކީ ކާކުތޯ އެވެ؟
الإِمَام ابن بَاز رحمه الله ވިދާޅުވި އެވެ. "އަހަރެން ދެކޭގޮތުގައި މި ޒަމާނުގެ މުޖައްދިދެއްގެ ގޮތުގައިވާ ފަރާތަކީ مُحمَّد ناَصر الدِّيْن الأَلْبَانِي އެވެ." (شرح بلوغ المرام ص 4)
އަދިވެސް الإِمَام ابن بَاز رحمه الله ވިދާޅުވި އެވެ. "މި ފަލަކުގެ ޤުއްބު (އުޑު ދަށުގައިވުން) ދަށުގައި، الشيخ ناَصر އަށްވުރެ ޢިލްމު ލިބިފައިވާ މީހަކު ވާކަމަކެއް އަހަރެން ނުދަންނަމެވެ."(كوكبة من أئمة الهدى ص 227)
ابن عثيمين رحمه الله ވިދާޅުވެފައިވެ އެވެ.
" الأَلْبَانِي އަކީ އަހުލުއް ސުންނަތުގެ އަހުލުވެރިއެކެވެ. އަހުލުއް ސުންނަތް ދިފާޢު ކުރުމުގައި ވެ އެވެ. الأَلْبَانِي އަކީ ޙަދީޘް (ޢިލްމުގައި) އިމާމެކެވެ. އަހަރެމެންގެ މިޒަމާނުގައި الأَلْبَانِي އާއި އަޅާކިޔާލޭނެ އެހެން ފަރާތެއްވާކަމެއް އަހަރެން ނުދަންނަމެވެ. އަހަރެމެން الأَلْبَانِي އޭނާގެ ފޮތްތަކުން ދަންނަމެވެ. ބައެއްފަހަރުގައި الأَلْبَانِي ގެ މަޖްލިސްތަކުން الأَلْبَانِي އަހަރެމެން ދަންނަމު އެވެ. އެއީ ޢަޤީދާގައި ސަލަފީ އެކެވެ. މަންހަޖު ސަލާމަތްކަމުގައި ވާ ފަރާތެކެވެ." (فتاوى العلماء الأكابر ص 4)
އިޚްވާނުންނޭވެ! މިއަދު ޝެއިޚް العثيمين رحمه الله އަށް ނިސްބަތްކޮށް ސަލަފީ ކިޔުން ޝެއިޚް މަނާކުރާ ކަމަށް ގޮވާ މީހުން ކޮބައިތޯ އެވެ! ޙަޤީޤީ ސަލަފީންނަށް ޝެއިޚް ސަލަފީއެކޭ ވިދާޅުވެފައިވާތަން މި އޮތީ ފެންނާށެވެ. ސަލަފީންނާ ދިމާލަށް ސަލަފީން ޝެއިޚް ކިޔުއްވި އެވެ. އާއެކެވެ. އެހެނަސް މި ބައިމީހުންފަދައިން، މި ޙިޒްބީންނަށް ޝެއިޚް ސަލަފީންނޭ ނުކިޔަ އެވެ.
އިޚްވާނުންނޭވެ! މިއަދު ޝެއިޚް العثيمين رحمه الله އަށް ނިސްބަތްކޮށް ސަލަފީ ކިޔުން ޝެއިޚް މަނާކުރާ ކަމަށް ގޮވާ މީހުން ކޮބައިތޯ އެވެ! ޙަޤީޤީ ސަލަފީންނަށް ޝެއިޚް ސަލަފީއެކޭ ވިދާޅުވެފައިވާތަން މި އޮތީ ފެންނާށެވެ. ސަލަފީންނާ ދިމާލަށް ސަލަފީން ޝެއިޚް ކިޔުއްވި އެވެ. އާއެކެވެ. އެހެނަސް މި ބައިމީހުންފަދައިން، މި ޙިޒްބީންނަށް ޝެއިޚް ސަލަފީންނޭ ނުކިޔަ އެވެ.
ابن عثيمين رحمه الله އަދިވެސް ވިދާޅުވެފައިވެ އެވެ.
"الأَلْبَانِي އަކީ ޝާމްގެ މުޙައްދިޘެވެ. ނުވަތަ އެއީ މި ޒަމާނުގައި ދުނިޔެމަތީގައިވާ މުހައްދިޘަކީ الشيخ محمدُ ناَصر الدِّيْن الأَلْبَانِي އޭ ބުނުން ހުއްޓެވެ." (درس الصباح 29 رمضان 1416ه)
الشيخ حمود التويجري رحمه الله ވިދާޅުވެފައިވެ އެވެ.
"الأَلْبَانِي އަކީ މިހާރުގައި ސުންނަތުގައި ނެގެހެއްޓިފައިވާ ދިދަ އެކެވެ. الأَلْبَانِي އަށް ކުޑައިމީސް ބަހެއް ބުނުމަކީ ސުންނަތަށް ބަދުބަސް ބުނުމަށް ވާގިވެރިވުމެވެ." (كوكبة من أئمة الهدى ص 127)
އިޚްވާނުންނޭވެ! ދަންނަ ހުއްޓެވެ. މި އުއްމަތް ދުށް އެންމެ ބޮޑެތި އިމާމުން މިފަދައިން ހެކިވެފައިވާ ހިނދުގައި، الشيخ الأَلْبَانِي އަށް ކުޑައިމީސް ބަސްތައް ބުނެ، އެ އިމާމްގެ ހައިބަތު ދެރަކޮށް، ދަށްދަރަޖަދީ، މިފަދަ ގޮތްތަކަށް މުޢާމަލާތް ކުރާ އެންމެހައި މީސްތަކުންނަކީ އޭނާގެ އަމިއްލަ ނަފްސު ފަޟީޙަތްކޮށް، އޭނާގެ ސުންޕާކަމާއި ޖާހިލުކަން ބަޔާންވެގެންދާ ޢަލާމާތެއްގެ ގޮތުގައި ނޫނީ ނުވެ އެވެ. އެއީ؛ ޚަވާރިޖުންނާއި ހަވާނަފްސުގެ އަހުލުިވެރިންގެ މަންހަޖުކަމުގައި ދެކޭށެވެ.
************************
ތަރުޖަމާކުރީ - أبو أنس محمد حسن حفظه الله