ޢަރަބި ބަހުގެ ޤަވާއިދު

ޢަރަބި ބަހުގެ ޤަވާއިދު

މި ފިލާވަޅުގައި ބަޔާންކުރަނީ ނަމުގެ أَنْوَاعُهُ (ވައްތަރުތަކުގެ) ތެރެއިން ވައްތަރެއް ކަމުގައިވާ اِسْمُ الْإِشَارَةِ އިޝާރާތުގެ ނަމާއި ބެހޭގޮތުންނެވެ. اِسْمُ الْإِشَارَةِ (އިޝާރާތުގެ ނަމަކީ) އަތްލެވޭ އެއްޗެއް، ތަނެއް، މީހަކަށް ނުވަތަ ޣައިބުގައިވާ ފިކުރަކަށް (ޢިލްމަށް) އަމާޒުކޮށް (އިޝާރާތްކޮށް) ބުނެވޭ ނަމެވެ. ޣައިބުގައިވާ ފިކުރުގެ މިސާލަކަށް هَـٰذَا عِلْمٌ نَافِعٌ "މިއީ ފައިދާކުރަނިވި ޢިލްމެވެ." هَـٰذَا އަކީވެސް އިޝާރާތް ކުރުމަށް ބޭނުންކުރާ ނަމެކެވެ. هَـٰذَا ކިޔާއިރު ކިޔާނީ هَاذَا މިފަދައިންނެވެ. އެހެނަސް ލިޔާއިރު ލިޔަންޖެހޭނީ ه (ހާ) ޖެހިގެން އޮތް ا (އަލިފު) ނުލައެވެ. هَـٰذَا މިފަދައިންނެވެ. 

 

هَاْ އަކީ حَرْفُ لِلتَنْبِيْهِ ސަމާލުކަން ގެނެސްދޭ حَرْفُ އެވެ.

ذَا އަކީ اِسْمُ الْإِشَارَةِ އިޝާރާތުގެ ނަމެވެ.

 

هَـٰذَا

هَـٰذَا ގެ މާނަ އަކީ 'މިއީ' އެވެ.

هَـٰذَا ބޭނުންކުރަނީ قَرِيْب (ކައިރިއަށް) އިޝާރާތް ކުރާ އިރުގައެވެ.

هَـٰذَا އަކީ مُذَكّرٌ (ފިރިހެން ޖިންސުގެ) ނަމެކެވެ.

هَـٰذَا އަކީ مُفْرَدٌ އެކަހެރި (އެންމެ ފަރާތަކަށް) ބޭނުންކުރާ ނަމެކެވެ.

اِسْمُ الْإِشَارَةِ (އިޝާރާތުގެ ނަމަކީ) مَعْرِفةٌ (ވަކިއެއްޗެއް ޚާއްސަކޮށްދޭ ނަމެއް) އެވެ. އެހެންކަމުން هَـٰذَا އަކީ ވެސް مَعْرِفةٌ އެވެ.

اِسْمُ الْإِشَارَةِ (އިޝާރާތުގެ ނަން) عَاقِلٌ (ބުއްދިހުރި ފަރާތްތަކަށް (މަލާއިކަތުން، ޖިންނީން އަދި އިންސާނުން)) އަދި غَيْرُ عَاقِلٍ (ބުއްދި ނެތް ފަރާތަކަށް (ޖަނަވާރު، އެއްޗެސް، ދިރޭތަކެތި، ތަންތަނަށް)) ވެސް ބޭނުން ކުރެވެއެވެ. އެގޮތުން هَـٰذَا ވެސް މި ދެފަރާތަށް ބޭނުން ކުރެވެއެވެ.

هَـٰذَا ގެ މިޘާލުތައް:

Madinaharabic.com lesson image

Madinaharabic.com lesson image

Madinaharabic.com lesson image

Madinaharabic.com lesson image

 هَـٰذَا كِتَابٌ  هَـٰذَا مَسْجِدٌ  هَـٰذَا بَابٌ  هَـٰذَا بَيْتٌ

މިއީ ފޮތެއް

މިއީ މިސްކިތެއް

މިއީ ދޮރެއްް

މިއީ ގެއެއް

 

مَا هَـٰذَا؟

مَا ގެ މާނަ އަކީ 'ކޮން އެއްޗެއް؟' މިއެވެ.

مَا އަކީ اِسْمٌ إِسْتِفْهَامٌ (ސުވާލު ކުރުމުގެ ނަން) މިއެވެ.

مَا ބޭނުންކުރެވެނީ غَيْرُ عَاقِلٍ ބުއްދި ނެތް ފަރާތަކަށެވެ. މިސާލަކަށް ޖަނަވާރު، އެއްޗެސް، ދިރޭތަކެތި އަދި ތަންތަނެވެ.

مَا އަބުދުވެސް އަންނާނީ ޖުމްލައިގެ ކުރީކޮޅުގައެވެ. ޖުމްލައިގެ ކުރިޔަށް އަކުރެއް އައިސްފައިވާ ޖުމްލައަށް ކިޔަނީ صَدْرُ جُمْلَةٌ އެވެ.

مَا هَـٰذَا ގެ މާނަ އަކީ 'މިއީ ކޮންއެއްޗެއް؟' މިއެވެ.

 

أَهَـٰذَا؟

أَ ގެ މާނަ އަކީ 'ހެއްޔެވެ؟' މިއެވެ.

أَ އަކީ حَرْفُ الإِسْتِفْهَامِ (ސުވާލު ކުރުމުގެ އަކުރު) އެވެ. އަދި މިއަށް هَمْزَةُ الإِسْتِفْهَامِ (ސުވާލު ކުރުމުގެ ހަމްޒާ) ވެސް ކިޔައެވެ.

هَمْزَةُ الإِسْتِفْهَامِ (ސުވާލު ކުރުމުގެ ހަމްޒާ) އަބުދުވެސް އަންނާނީ އެހެނިން ސުވާލުކުރުމުގެ ނަމާއި އަކުރުތައް އަންނަ ފަދައިން ޖުމްލައިގެ ކުރިއަށެވެ.

أَ ބުއްދިހުރި އެއްޗެއްސައް عَاقِلٍ އަދި ބުއްދިނެތް އެއްޗެއްސަށް غَيْرُ عَاقِلٍ ބޭނުން ކުރެވެއެވެ.

أَهَـٰذَا ގެ މާނަ އަކީ 'މިއީ ހެއްޔެވެ؟' މިއެވެ.

 

نَعَمْ އަކީ حَرْفُ جوَابٍ ޖަވާބުގެ އަކުރެވެ.

لا އަކީ حَرْفُ جوَاب و نَفِيْ ޖަވާބުގެ އަދި ނަފީގެ އަކުރެވެ.

 

مَا هَـٰذَا އަދި أَهَـٰذَا ގެ މިޘާލުތައް:

ފޮޓޯ

ޖަވާބު

ސުވާލު

Madinaharabic.com lesson image

هَـٰذَا بَيْتٌ 

މިއީ ގެއެއް

مَا هَـٰذَا؟

މިއީ ކޮން އެއްޗެއް؟

Madinaharabic.com lesson image

هَـٰذَا قَمِيصٌ 

މިއީ ޤަމީހެއް

مَا هَـٰذَا؟

މިއީ ކޮން އެއްޗެއް؟

Madinaharabic.com lesson image

لا، هَـٰذَا قَلَمٌ

ނޫނެކޭ، މިއީ ޤަލަމެއް

أَهَـٰذَا مِفْتَاحٌ؟

މިއީ އާފަލެއް ހެއްޔެވެ؟

Madinaharabic.com lesson image

نَعَمْ، هَـٰذَا بَيْتٌ

އާނއެކޭ، މިއީ ގެއެއް

أَهَـٰذَا بَيْتٌ؟

މިއީ ގެއެއް ހެއްޔެވެ؟

Madinaharabic.com lesson image

لا، هَـٰذَا كُرْسِيٌّ

ނޫނެކޭ، މިއީ ގޮޑިއެއް

أَهَـٰذَا سَرِيرٌ؟

މިއީ އެދެއް ހެއްޔެވެ؟

Madinaharabic.com lesson image

هَـٰذَا نَجْمٌ

މިއީ ތަރިއެއް

مَا هَـٰذَا؟

މިއީ ކޮން އެއްޗެއް؟

 

مَنْ هَـٰذَا؟

مَنْ ގެ މާނަ އަކީ 'ކާކު؟' މިއެވެ.

مَنْ އަކީވެސް اِسْمٌ إِسْتِفْهَامٌ (ސުވާލު ކުރުމުގެ ނަން) މިއެވެ.

مَنْ ބޭނުން ކުރެވެނީ عَاقِلٍ ބުއްދިހުރި ފަރާތްތަކަށެވެ. އެބަހީ އިންސާނުން، ޖިންނީން އަދި މަލާއިކަތުންނަށެވެ..

مَنْ هَـٰذَا ގެ މާނަ އަކީ 'މިއީ ކާކު؟' މިއެވެ.


مَنْ هَـٰذَا ގެ މިޘާލުތައް:

ފޮޓޯ

ޖަވާބު

ސުވާލު

 ar-doctor.jpg

هَـٰذَا طَبِيبٌ

މިއީ ޑޮކްޓަރެއް

مَنْ هَـٰذَا؟

މިއީ ކާކު؟

 ar-boy.jpg

هَـٰذَا وَلَدٌ

މިއީ ފިރިހެން ކުއްޖެއް

مَنْ هَـٰذَا؟

މިއީ ކާކު؟

 ar-student.jpg

هَـٰذَا طَالِبٌ

މިއީ ކިޔަވާކުއްޖެއް

مَنْ هَـٰذَا؟

މިއީ ކާކު؟

 Man.jpg

هَـٰذَا رَجُلٌ

މިއީ ފިރިހެން މީހެއް

مَنْ هَـٰذَا؟

މިއީ ކާކު؟

photo_2016-05-10_01-39-31.jpg

ކުރީ ފިލާވަޅުގައި ބަޔާންކުރެވުނު ފަދައިން كلمَاتٌ ޢަރަބި ބަހުގެ ކަލިމަތައް 3 ބަޔަށް ބެހިގެން ދެއެވެ. اَلاسْمُ ނަން، اَلْفِعْلُ ކަން އަދި اَلْحَرْفُ އަކުރެވެ. މި ފިލާވަޅުގައި اَلاسْمُ وَأَنْوَاعُهُ ނަން އަދި އޭގެ ބައިތަކާއި ބެހޭގޮތުން إن شاءالله އުނގެނިގެންދާނެއެވެ. اَلاسْمُ ނަމަކީ އެބަހެއްގެ ޒާތުގައި އެއީ އެއްޗެއްކަން، ތަނެއްކަން، މީހެއްކަން އަންގައިދޭ ކޮންމެ ބަހެކެވެ. ޢަރަބި ބަހުގައި اَلاسْمُ ނަން 6 ބަޔަށް ބެހިގެން ވެއެވެ.

 

1. اسم الْعَلَمُ - ޚާއްސަ ނަން (މިއީ އެ ނަމެއް ބުނުމުން ރައްދުވާ ފަރާތް އެނގުމާއެކު ޚާއްސަވެފައިވާ ނަންނަމެވެ. މީހުންނަށް، އެއްޗެއްސައް ނުވަތަ ތަންތަނައް ކިޔާ ޚާއްސަ ނަންތަކެވެ. މިސާލަކަށް محمد، وخديجة، السعودية)

2. أَسْمَاءُ الإِشَارَةِ - އިޝާރާތުގެ ނަން (އިޝާރާތުގެ ނަމަކީ އެއްޗެއް ތަނެއް ނުވަތަ މީހަކަށް އަމާޒުކޮށް ބުނެވޭ ނަންނަމެވެ. މިސާލަކަށް؛ هذا ، هذه ، هذان ، هاتان ، هؤلاء ، ذلك ، ذاك ، ذانك ، تانك ، تلك ، أولئك)

3. الاسم المعرف بـ "الـ" - އަލިފް ލާމް އިން ޚާއްސަ ކޮށްދޭ ނަންތައް (މިސާލު؛ الطَّالِبُ)

4. اَلْمُضَافُ إِلَى مَعْرِفَةٍ - ގުޅުވައިލެވިގެން ނުވަތަ ނިޞްބަތްކުރެވިގެން މަޢުރިފާގެ ހާލަތަށް ގެންގޮސްދޭ ނަންތައް (މިސާލަކަށް؛ كِتَابُ الطَّالِبِ

5. اَلضَّمَائِرُ - ބަދަލު ނަން (މިސާލު أَنَا نَحْنُ أَنْتَ كُمَا أَنْتُمَا أَنْتُمْ أَنْتِ كُمَا أَنْتُمَا كُنَّ أَنْتُنَّ هُوَ هِيَ هُما هُمَا هُمْ هُمْ هُنَّ هُنَّ)،

6. اَلأَسْمَاءُ الْمَوْصُولَةُ - (މިސާލަކަށް الذي، التي، اللذان، اللتان، الذين، اللاتي)،

 

1 2 3 4
اسمُ إنسانٍ اسمُ حيوانٍ  اسمُ نباتٍ 
اسمُ جمادٍ 
އިންސާނުންގެ ނަން ޖަނަވާރުތަކުގެ ނަން ގަސްތަކުގެ ނަން ދިރުމެއް ނުވާ ތަކެތީގެ ނަން
أحمدُ އަޙުމަދު حصانٌ އަސް  
شجرةٌ ގަސް جدارٌ ފާރު

Arabic_Lessons_3.jpg

ޢަރަބި ބަހުގައި اسم އަށް ޚަޞާއިޞްތަކާއި ޞިފަތައް ލިބިގެންވެއެވެ. ތިރީގައިވާ ޓޭބަލްގައި މިސާލުތަކާއެކު ޚުލާސާކޮށް އެކަންތައްތައް ބަޔާންކުރެވިފައި ވާނެއެވެ.

ޞިފަތައް ޞިފަތަކުގެ މާނަ މިސާލު މިސާލުގެ މާނަ
އާންމުވުމާއި ޚާއްސަވުމުން
نَكِرَةٌ  (ވަކި އެއްޗެއް، ތަނެއް، މީހެއް ޚާއްސަކުރެވިފައި ނުވާ ނަން) ޢާންމު ނަން
طَالِبٌ ކިޔަވާކުުއްޖެއް (ކޮންމެވެސް)
مَعْرِفةٌ ކަށަވަރު ޚާއްސަ ނަން (ވަކި އެއްޗެއް، ތަނެއް، މީހެއް ޚާއްސަކުރެވިފައިވާކަން އެނގިގެންވާ ނަން) الطَّالِبُ ކިޔަވާކުއްޖާ (ވަކި ކިޔަވާ ކުއްޖަކަށް ޚާއްސަކޮށްފަ)
ޖިންސުން
مُذَكّرٌ  ފިރިހެން ޖިންސުގެ ނަން
طَالبٌ ފިރިހެން ކިޔަވާކުއްޖާ
مُؤنَثٌ  އަންހެން ޖިންސުގެ ނަން طَالبةٌ އަންހެން ކިޔަވާކުއްޖާ
ޢަދަދުން
مُفْرَدٌ  އެއްމެ އެއްޗަކަށް / ފަރާތަކަށް ނިޞްބަތްކޮށް ބުނާ ނަން (އެކަހެރި ނަން) طالبٌ ކިޔަވާކުއްޖެއް
مُثَنَّى  ދެ އެއްޗަކަށް / ފަރާތަކަށް ނިޞްބަތްކޮށް ބުނާ ނަން طَالِبَانِ ދެ ކިޔަވާކުދިން
 جَمْعٌ  ގިނަ އެއްޗަކަށް / ފަރާތަކަށް ނިޞްބަތްކޮށް ބުނާ ނަން (ގިނަ ނަން) طُلاَّبٌ  ކިޔަވާކުދީން
ބުއްދި ހުރުމާއި ނެތުމުން
عَاقِلٌ  ބުއްދި ހުރި ފަރާތްތަކަށް ބޭނުންކުރާ ނަން طَالِبٌ ކިޔަވާކުއްޖެއް
غَيْرُ عَاقِلٍ ބުއްދި ނެތް ފަރާތްތަކަށް ބޭނުންކުރާ ނަން  بَيْتٌ ގެއެއް

Arabic_Lessons_2.jpg

الكلمةُ

كَلِمَ އަކީ حرفُ (އަކުރު) ތަކަކާއި (أ-ب-ت-ث-ج...) އަދި ޙަރަކާތްތަކަކުން (ـُ، ـِ، ـَ...) ހެދިފައިވާ މާނައެއް ލިބިގެންވާ މުފްރަދު ލަފްޒެކެވެ. މިސާލަކަށް قَلَمٌ (ޤަލަން) މި كَلِمَ ހެދިފައިވަނީ ق,ل,م މި އަކުރުތަކަށް ގެނެވުނު ފިލި (حركات) ތަކަކުން ނެވެ. قَلَمٌ މި ލަފްޒުގެ އަކުރުތައް (ق,ل,م) ވަކިވަކިން ހުރިއިރު އެއަށް އެއްވެސް މާނައެއް ލިބިގެން ނުވެއެވެ. އެހެނަސް، އެ ތިން އަކުރަށް ގެނައި ޙަރަކާތްތަކަކާއިއެކު އެއަށް (قَلَمٌ އަށް) ވަނީ ވަކި މާނައެއް ދެވިފައެވެ. الكلام ނުވަތަ ބަސްފުޅަކީ މުސްތަޤިއްލުކޮށް ފައިދާކުރުވަނިވި މާނައެއްވާގޮތަށް، ދޭއް ނުވަތަ އެއަށްވުރެ ގިނަ كلمَاتٌ (كَلِمَ ތަކަކުން) ހެދިފައިވާ الجملة އެކެވެ. އެހެންކަމުން ޢަރަބި ބަސް އުފެދިފައިވަނީ އަކުރުތަކަކުން ކަލިމަތަކެކެވެ. އަދި ކަލިމަތަކަކުން ޖުމްލައަކަށެވެ. ތިރީގައިވާ ޓޭބަލްގައި އޭގެ މިޘާލް ވަނީ ބަޔާންކުރެވިފައެވެ.

1 2 3
حرفُ كَلِمَ
الكلام (أو: الجملة)
 މާނައެއް ލިބިގެން ނުވާ أ-ب ގެ އަކުރު
ބަސް ޖުމްލަ ނުވަތަ ބަސްފުޅު
ق,ل,م,ج,ي,د قَلَمٌ, جَدِيْدٌ
اَلْقَلَمُ جَدِيْدٌ

أقسام الكلام

ޢަރަބި ބަހުން ވާހަކަ ދައްކާއިރު ބޭނުންކުރާ كَلِمَ ތައްް މައިގަނޑު ގޮތެއް ގައި 3 ބަޔަށް ބަހާލެވިގެންވެއެވެ.

1 2 3
 الاسمُ
الفعلُ
الحرفُ 
 ނަން ކަން އަކުރު 
بَيْتٌ ގެ
زَهَبَ ހިނގައްޖެ
إلى އަށް

 

زَهَبَ إلى بَيْتٍ އޭނާ ގެއަށް ހިނގައްޖެއެވެ.

 

1. اَلاِسْمُ | ނަން

الاسم هو الكلمة التي تدل على معنى في نفسها ولا تقترن بزمان. اسم އަކީ އެ ބަހެއްގެ ޒާތުގައި މާނައެއްވާކަން (އެއްޗެއްކަން، ތަނެއްކަން، ފަރާތެއްކަން) އަންގައިދޭ ކޮންމެ ބަހެކެވެ. އަދި އެބަހުގައި އެއްވެސް ޒަމާނަކާއި ގުޅުމެއް ނުވާ ކޮންމެ ބަހެކެވެ.

أقسام الاِسْمُ | ނަމުގެ ބައިތައް

ޢަރަބި ބަހުގައި اسم (ނަން) 5 ބަޔަކަށް ބަހާލެވިގެންވެއެވެ.

1 2 3 4 5
اِسْمٌ ضَمِيْرٌ ٌنَعْتٌ / صِفَة 
ٌضَرْف ِاِسْمُ الفِعْل
ނަން ބަދަލުނަން ނަން އިތުރު  ކަން އިތުރު  ކަމުގެ ނަން
أحمدٌ, قَلَمٌ, هذا,الطَّالِبِ ,أَنَا, هُوَ هِيَ 
مفيد
فَوْقَ, أَمَامَ, تَحْتَ, خَلْفَ  هيهاتَ, أُفٍّ

 

މަތީގައި ބަޔާންކުރެވުނު اِسْمُ ގައިވެސް ތަފާތު ވައްތަރުގެ އިސްމުތައް ވެއެވެ. ހަމައެފަދައިން ضَمِيْرُ ،نَعْتُ، ضَرْفُ އަދި اِسْمُ الفِعْلِ ގައިވެސް ތަފާތު ވައްތަރުތައް ވެއެވެ.

 

2. الفعلُ | ކަން

فعلُ (ކަމަކީ) ޒަމާން ދޭހަކޮށްދޭ ކޮންމެ ބަހެކެވެ.

فعلُ ގެ ބާވަތްތައް

1 2 3
 الفعلُ ماضي
الفعلُ مضارع
فعلَ أمرٍ 
މާޟީގައި ހިނގާފައިވާ ކަން ހިނގަމުންދާ ކަން
އަމުރު ކުރާ ކަން
خرج  ނުކުމެއްޖެ
يخرج  ނުކުންނަކީ
أخرج ނުކުންނާށޭ

 

3. الحرفُ | އަކުރު

حرفُ އަކީ ނަންތަކާއި ކަމާއި ގުޅުވުމަށް އަދި ޖުމްލަތަކުގެ ދެމެދުގައި ބޭނުންކުރެވޭ ކޮންމެ ބަހެކެވެ. މި ތަނުގައި حرفُ ނިޞްބަތް ކުރަނީ މާނަ ލިބިގެންވާ އަކުރު ތަކަކަށެވެ. މިއީ (أ-ب-ت-ث-ج...) ގެ އަކުރު ތަކަށް ނިޞްބަތްކޮށް ބުނެވޭ حرفُ އެއް ނޫނެވެ.

 

أقسام الحرفُ | އަކުރުގެ ބައިތައް

1 2
حرف جر
حرف عطف
 عا مل (މިއީ އެ އަކުރުތަކުން އެއާއި ޖެހިގެން އޮންނަ ކަލިމައަށް އަޘަރ ކުރުވާ އަކުރު ތަކެވެ.)
 غير عا مل (މި އަކުރުތަކުން އެއާއި ޖެހިގެން އިންނަ ކަލިމައަށް އަޘަތު ނުކުރުވައެވެ.)
مثلُ: من - إلى - عن - على - في
مثلُ: و - ثم - حتى - أَو - أَم

Arabic_Grammar_Rules_Book_1-_Harakath.jpg

حركة ޙަރަކާތަކީ ފިލި ތަކެވެ. ޢަރަބި ބަހުގައި ތިން ފިއްޔެއް ވެއެވެ.

1. الحركات الثالثة | ތިން ޙަރަކާތް (ފިލި)

ضَمَّةٌ ـُ 
كَسْرَةٌ ـِ  
فَتْحَةٌ  ـَ
އުބުފިލި އިބިފިލި އަބަފިލި

 

2. التنوين | ތަންވީން

ކަލިމައެއް ނިމޭއިރު ކުރުފިލި ދެ ފިލި އެއްވުމުން އެއަށް ކިޔަނީ تنوين ތަންވީން އެވެ. ތަންވީންވެސް ތިން ގޮތަކަށް ވެއެވެ.

ضَمَّتان ـٌ كَسْرَتان ـٍ  فَتْحَتان ـً 
އުންބުންފިލި އިންބިންފިލި އަންބަންފިލި

އިތުރުވާ ފިލިން ރަމްޒުކޮށްދެނީ (نْ) ސުކުންވެގެންވާ ނޫނެވެ. ލިޔާއިރު نْ ނުލިޔާނެ އެވެ. އެހެނަސް ކިޔާއިރު ކިޔާނީ ސުކުންވެގެންވާ ނޫނުގެ އަނޑު ފާޅުވެގެންވާ ގޮތަށެވެ.

މިސާލަކަށް؛

ﺑَﻦْ - بً

ﺑِﻦْ - بٍ

ﺑُﻦْ - بٌ

مَسْجدُنْ مَسْجدٌ

 

3. ޢަރަބި ބަހުގައި ފިލީގެ އިތުރުން ބޭނުން ކުރެވޭ ނިޝާންތައް


* سكون ـْ (ސުކުނަކީ އެ އަކުރެއްގެ އަޞްލު އަޑުގެ މައްޗަށް ހިމޭންވާންޖެހޭ ކަމުގެ ނިޝާނެކެވެ.)

الشدة ـّ (ޝައްދާ ނުވަތަ ތަޝްދީދަކީ އެއަކުރެއް ޖެހިގެން އައުމުން، އަކުރުގެ އަޑު އެއްވެގެންދާކަން އަންގައިދިނުމުގެ ގޮތުން ބޭނުން ކުރެވޭ ނިޝާނެކެވެ.)

* المد ~ (މައްދަކީ ދެމޭ އަޑުގެ ނިޝާނެވެ.)

Like what you see?

Close

Hit the buttons below to follow us, you won't regret it...