ޖަމާޢަތުގެ ނަމާދު صلاة الجماعة

އެއްވެސް ބައްޔެއްނެތް މީހާ ގޭގައި ނަމާދު ކުރުމުގެ ޙުކުމް - الشَّيخ العَلاَّمَة الإِمَام ابن بَاز رحمه الله

ކެޓަގަރީ ޖަމާޢަތުގެ ނަމާދު صلاة الجماعة

ސުވާލު: އެއްވެސް ބައްޔެއް ދިމާވެފައިނުވާ މީހަކު ގޭގައި ނަމާދު ކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟

ޖަވާބު: "ގޭގައި ނަމާދު ކުރުމަކީ މުނާފިޤުންގެ ސިފަ އެކެވެ. ޝަރުޢިގޮތުން ބަޔާންވެގެންވަނީ އެއީ މުނާފިޤުންގެ ސިފަތަކުގެ ތެރެއިން ސިފައެއް ކަމެވެ.
ވާޖިބުވެގެންވަނީ ނަމާދުގެ ވަޤުތު ތަކުގައި ނަމާދު މިސްކިތްތަކުގައި އަދާ ކުރުމެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (مَن سمِع النِّداءَ فلم يأت فلا صلاةَ له إلَّا مِن عذرٍ) "އެމީހަކަށް ބަންގީގެ އަޑުއިވިފައި މިސްކިތައް ނާންނަ މީހާއަށް ނަމާދެއް ނުވެ އެވެ. އުޛުރުވެރިޔާ ފިޔަވަ އެވެ." ابن عَبَّاس رضي الله عنه އަރިހުގައި ދެންނެވުނެވެ. އުޛުރުވެރިންނަކީ ކޮންބައެއްތޯ އެވެ؟ ވިދާޅުވި އެވެ. (الخَوف و المَرَض) "ބަލި މީހާ އެވެ. އަދި ބިރުވެރި ކަމެއްގެ ތެރޭގައިހުންނަ މީހާ އެވެ."


ނަބިއްޔާ صلى الله عليه وسلم އަރިއަހަށް ލޯފަން މީހަކު އައެވެ. އެމީހާ ދެންނެވި އެވެ. ﷲ ގެ ރަސޫލާ އެވެ. އަހަރެން މިސްކިތައް ގެންގޮސްދޭނެ މީހަކު ނެތެވެ. ފަހެ، އަހަރެންނަށް ގޭގައި ނަމާދު ކުރުމަށް ލުއިފަސޭހަކަން ލިބިގެންވޭ ހެއްޔެވެ؟ ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވި އެވެ. (هَل تَسْمَع النِّداء)  "ތިބާއަށް ބަންގީގެ އަޑު އިވޭ ހެއްޔެވެ؟" އެމީހަކު ބުންޏެވެ. "އަޑު އިވެ އެވެ." ޙަދީޘް ކުރެއްވި އެވެ. "އިޖާބަދިނުން ހުއްޓެވެ. (ޖަމާޢަތަށް މިސްކިތައް ދިއުން ހުއްޓެވެ.)"
ابن مَسعُود رضي الله عنه ވިދާޅުވި އެވެ. "ހަމަކަށަވަރުން އަހަރެމެން ދެކުނީމެވެ. އަހަރެމެންގެ މިސްކިތުގެ ޖަމާޢަތް އެމީހެއްގެ މުނާފިޤުކަން ފާޅުކަންބޮޑު ގޮތުގައި އެނގި ބަޔާންވެގެންވާ މުނާފިޤުން މެނުވީ ދުލެއްނުކުރެ އެވެ."


ފަހެ، މުއުމިނު އަޅުތަކުންނަށް ވާޖިބުވެގެންވަނީ މިކަންތައްތައް ސަމާލުވުމެވެ. އިންޒާރު ލިބިގަތުމެވެ. އެއްވެސް ޝައްކެތްނުވާގޮތުގައި މިއީ މުނާފިޤުންނެވެ. އޭނާއަށްއޮތީ މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމެވެ. ﷲ ވަޙީކުރެއްވި އެވެ. ﴿
حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَىٰ وَقُومُوا لِلَّهِ قَانِتِينَ﴾ "ތިޔަބައިމީހުން ނަމާދުތަކަށް ރައްކާތެރިވާށެވެ. އަދި މެދު ނަމާދަށް ރައްކާތެރިވާށެވެ." އަދިވެސް ވަޙީ ކުރެއްވި އެވެ. ﴿إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّهَ وَهُوَ خَادِعُهُمْ وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَىٰ يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللَّهَ إِلَّا قَلِيلًا ﴾  "ހަމަކަށަވަރުން މުނާފިޤުން ﷲ އަށް އޮޅުވައިލަތެވެ. (އޮޅުވައިލުމަށް ކުރާކަހަލަ ޢަމަލުތައް ކުރެ އެވެ.) ﷲ އެބައިމީހުންގެ މައްޗަށް އެ އޮޅުވައިލުން ރައްދުކުރައްވާ ހުށްޓެވެ. އަދި އެބައިމީހުންނަކީ ނަމާދު ކުރާއިރު މީސްތަކުންނަށް ދެއްކުމަށްޓަކައި ކަންނެތްކަމާއެކު ނަމާދުކުރާ ބައެކެވެ. އަދި ވަރަށްމަދުން މެނުވީ އެބައިމީހުން ﷲ ހަނދުމަ ނުކުރެ އެވެ."  


***

ފަތުވާ ނަގާފައިވަނީ : https://goo.gl/zdNs4A

Like what you see?

Close

Hit the buttons below to follow us, you won't regret it...