5 أَهْلُ السُنَّة وَالجَمَاعَة އަދި السَّلَفِيَّة ކޮބާ؟ - الشَّيْخ العلامة الأَلْبَانِيْ - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

أَهْلُ السُنَّة وَالجَمَاعَة އަދި السَّلَفِيَّة ކޮބާ؟ - الشَّيْخ العلامة الأَلْبَانِيْ

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ސަލަފިއްޔަތަކީ ކޮބާ؟

الشَّيْخ العلامة الأَلْبَانِيْ ވިދާޅުވެފައިވެ އެވެ. "ތި ކަލިމަ ކިޔަން އަހަރެން ތާއީދެއް ނުކުރަމެވެ. އެއީ (ތިޔަ ކަލިމަ ކިޔަނީ) ސިޔާސީ މީހުންގެ އުސްލޫބުތަކުގެ ތެރެއިން ހިމެނިގެންވާ ކަމަކަށްވާތީ އެވެ. އެއީ އެގޮތުން އެބައިމީހުން (ބޭނުންވަނީ) މުސްލިމުންގެ ތެރޭގައިވާ އެންމެހައި ޖަމާޢަތްތައް، އެންމެހައި ބައިގަނޑުތައް ރުއްސުމަށެވެ. އެއީ މީގެ ހިނދުކޮޅެއް ކުރިން އަހަރެން ބަޔާންކުރި ފަދައިން، ކާކުހޭ، ކޮންބައެއްހޭ ބުނަނީ ޤުރުއާނާއި ސުންނަތައް ނިސްބަތްވުމަށް ބަރީއަވާނީ! އެއްވެސް މީހަކު (ބޭނުމެއް ނުވާނެ) އެވެ.

އެހެންވުމުން أَهْلُ السُنَّة وَالجَمَاعَة އަކީ، މި ބިންމަތީގައި އުފެދިފައިވާ އެންމެހައި އިސްލާމީ ޖަމާޢަތްތަކެވެ. އެހެނަސް ތިބާ (އެމީހުންނާއި ޚިލާފަށް) އަހަރެންނަކީ ސަލަފީއެކޭ ބުނެފިނަމަ، އެންމެފުރަތަމަ އެއިން ތަޢުބީރު ކުރެވެނީ (ބަޔާންކުރެވެނީ) ޢަޤީދާގެ ޞައްޙަކަމެވެ. އަދި (އެއިން ބަޔާންވެގެންދަނީ) މުސްލިމުން ޙައްޤުގެ މަތީގައި ޖަމަޢަ ކުރުމެވެ.


އަހަރެން މީގެ ހިނދުކޮޅެއްކުރިން ބުނި ފަދައިން، އެމީހުން ބުނަނީ، އަހަރެމެންނަކީ ސަލަފީންނޭ ބުނެފި ހިނދުގައި، ފަހެ މި ކަލިމައަކީ މުފައްރިޤް (ބައިބައިކުރުވާ) އެއްޗެކެވެ.

އަހަރެން ބުނަމެވެ. ރަސޫލާ صلى الله عليه وسلم އަށް ލިބިގެންވާ ނަންފުޅުތަކުގެ ތެރޭގައި އަލް-މުފައްރިޤް (ޙައްޤާއި ބާޠިލް ބައިކުރުން) ހިމެނެ އެވެ. އަދި ކިޔެއްތޯ އެވެ! القرآن الكريم އަށް ދެވިގެންވާ ނަންތަކުގެ ތެރޭގައި އަލް-ފުރުޤާން (ޙައްޤާއި ބާޠިލް ވަކިކުރުން) ހިމެނެ އެވެ. އެއީ އެއިން ޙައްޤާއި ބާޠިލް ވަކިކުރެ އެވެ. އަދި ރަސޫލާ މުސްލިމް އަދި ކާފަރު ތަފާތުކޮށް ބައިކުރުވި އެވެ. ދަރިފުޅާއި އޭނާގެ ބައްޕަ ވަކިކުރެއްވި އެވެ. ކޮންއެއްޗަކުންތޯ އެވެ؟ އިސްލާމްދީނުންނެެވެ. އެއީ ކާފަރެކެވެ. އަދި މިއީ މުސްލިމެކެވެ.

ފަހެ، މީގެ ކުރިން އަހަރެން ބަޔާންކުރި ފަދައިން، ޤުރުއާނާއި ސުންނަތަށް ތަބަޢަވާކަމުގައި ދަޢުވާކުރުމުގައިވާ، މަގުފުރެދިފައިވާ މީހާގެ (ބޭނުންކުރާ) އުސްލޫބްތަކުގެ ތެރެއިން އެއް އުސްލޫބަކީ، އިޚްވާނުން މުސްލިމީން ބުނާފަދައިން އެންމެން އެއްކުރާށެވެ. ޖަމާކުރާށެވެ. ދެން ޘަޤާފަތެވެ.

މިތަނުގައި އަހަރެންނަށް މި ބުނެވުނީ ކުރީގައި އަހަރެން އެބައިމީހުންގެ މައްޗަށް ބުނަމުން އަންނަ ގޮތަކަށް ނޫނެވެ. އެއީ އެމީހުން ބުނަނީ، އެންމެ ފުރަތަމަ ޖަމަޢަކުރާށެވެ. ދެން ޘަޤާފަތެވެ. އެއަށްފަހުގައި އެއްވެސް ޘަޤާފަތެއް ނޯވެ އެވެ. އެއްވެސް އެއްޗެއް ނޯވެ އެވެ.

މިކަމުގެ ދަލީލަކީ، އެބަމީހުން (އެގޮތުގައި) ހޭދަކޮށްފައިވާ، ގާތްގަޑަކަށް 70 އަހަރު ނުވަތަ 80 އެމީހުން ވޭތުކޮށްފައިވާ ހިނދުގައި، މި އިޚްވާނުލް މުސްލިމޫން، އިސްލާމްދީނުގެ ޢިލްމުގައި، ފަހުމްވުމުގައި، އިޞްލާޙް ކުރުމުގައި، ޢަމަލު ކުރުމުގައި އެއްވެސް ވަރަކަށް މިއިން އެއްޗެއް އިތުރުވެފައިނުވެ އެވެ.
އެހެންވުމުން، (އެމީހުން) ޘަޤާފަތޭ ކިޔާނެ އެކައްޗެއްވެސް ނެތެވެ.

އެބައިމީހުން އެންމެހައި މީސްތަކުން، ސަލަފީން، ޚަލަފީން، މަޛްހަބީން، ޞޫފީން އަދި މިނޫނަސް އެހެނިހެން އެންމެހައި ބައިގަނޑުތައް، އެކަތިގަނޑެއްގެ ގޮތުގައި ޖަމަޢަކުރާ ކަމުގެ ހެއްކަކީ، ފަހެ، މިހުރިހައި އިދިކޮޅު ތަކެއްޗެއް އެމީހުން އެއް ދިދައެއްގެ ދަށުގައި ޖަމަޢަކުރީ ފަހެ، ކިހިނަކުން ތޯ އެވެ. އެއީ، އިސްލާމް، ނުހަނު ގިނަ ފަހުމްތަކުގައި ޖަމަޢަކުރުމެކެވެ.
ފަހެ، މިއީ އިސްލާމެއް (އިސްލާމް ދީނެއް) ނޫނެވެ.

ނަބިއްޔާ صلى الله عليه وسلم ރޭގަނޑުގެ ރޭ އަޅުކަން ފައްޓަވާ ހިނދުގައި، ޤިޔާމްގައި ހުންނަވައި މިދުޢާ ކިޔުއްވައެވެ. "ހައްދަވާގެންގުޅުއްވާ އިލާހެވެ. ޖިބްރީލް، މީކާއީލް، އިސްރާފީލްގެ ރައްބު އެވެ... (މި ދުޢާގައިވެ އެވެ.) ތިމަންނަބިއްޔާއަށް މީސްތަކުން ޙައްޤުގެ މަގުން ބައިބައިވެ ޚިލާފްވެ ގޮސްފައިވާ މީސްތަކުންގެ މަގުތަކުން ސަލާމަތްކޮށް، ﷲ ގެ އިޛުނަފުޅުން ތިމަންނަބިއްޔާއަށް ހިދާޔަތް ދައްކަވާނދޭވެ! ހަމަކަށަވަރުން އިބައިލާހު އިރާދަފުޅު ކުރެއްވި ފަރާތަކަށް އިބައިލާހު ސީދާވެގެންވާ ތެދުމަގު ދައްކަވަތެވެ."

ފަހެ، ރަސޫލާ صلى الله عليه وسلم އެ ނަބިއްޔާގެ ރައްބުގެ އަރިހުން، ޙައްޤުގެ މައްޗަށް މީސްތަކުން ޚިލާފްވެގެންވާ، ބައިބައިވުންތަކުން ސަލާމަތްކަންލިބި ހިދާޔަތް ހޯދުމަށް ދަންނަވާ ހިނދުގައި، އެހެންވުމުން އަހަރެމެން މިއަދު ކިހާގިނަ މިންވަރަށް ﷲ ގެ ޙަޟުރަތުގައި ހިދާޔަތް ލިބުމަށްއެދި ދަންނަވަން ޖެހޭނެ ތޯ އެވެ.

ފަހެ، މިއަދު ރަސޫލާ صلى الله عليه وسلم ދުޢާ ކޮށްފައިވާ ފަދައިން ދުޢާނުކޮށް، އަދި ކިޔެއްތޯ، މިއަދު ބައިބައިވުމަށް އިޤްރާރުވަނީ އެވެ. އަދި ބައެއްފަހަރުގައި ބުނެވެ އެވެ. ޢިލްމުވެރިޔަކަށް ތަޤްލީދުކޮށްފިމީހާ، ޤިޔާމަތް ދުވަހުގައި ސަލާމަތް ކަމާއި އެކީގައި ﷲ އާއި ބައްދަލުވާނެ އެވެ. އެހެނަސް ޤުރުއާނާއި ސުންނަތައް ތަބަޢަވުން ވަނީ އެކުއެކީގައި ހަދާންނެތިވެ އަދި ހަދާނުން ފިލައިފަ އެވެ.
ނަގާފައިވަނީ : http://goo.gl/OwHz4h

Like what you see?

Close

Hit the buttons below to follow us, you won't regret it...