5 ތިމަންނަ ސަލަފީއެކޭ ނުކިޔަނީ މިސްތަކުން ބައިބައި ވެގެންދާނެ ކަމުގެ ބިރަށްޓަކައޭ ބުނާ މީސްތަކުންނަށް ޝެއިޚް ދެއްވާފައިވާ ރައްދު. - الشَّيْخُ العَّلاَمَة الإِماَمُ الأَلْبَانِيْ - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ތިމަންނަ ސަލަފީއެކޭ ނުކިޔަނީ މިސްތަކުން ބައިބައި ވެގެންދާނެ ކަމުގެ ބިރަށްޓަކައޭ ބުނާ މީސްތަކުންނަށް ޝެއިޚް ދެއްވާފައިވާ ރައްދު. - الشَّيْخُ العَّلاَمَة الإِماَمُ الأَلْبَانِيْ

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ސަލަފިއްޔަތު

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الشيخ العَّلاَمَة الإِماَمُ الأَلْبَانِيْ رحمه الله

ތިމަންނަ ސަލަފީއެކޭ ނުކިޔަނީ މިސްތަކުން ބައިބައި ވެގެންދާނެ ކަމުގެ ބިރަށްޓަކައޭ ބުނާ މީސްތަކުންނަށް ޝެއިޚް ދެއްވާފައިވާ ރައްދު.

الشَّيْخ العلامة الإمام الأَلْبَانِيْ  އަރިހުގައި ސުވާލު ދެންނެވުނެވެ. "އަހަރެމެންގެ ތެރޭގައި ދަޢުވަތް ދިނުމުގައިވާ ބައެއް ދާޢީން ބުނެއެވެ. އަހަރެން އަމިއްލައަށް "އަހަރެންނަކީ ސަލަފީއެއް" ކިޔުމަށް އަހަރެން ދެކޮޅުވެރިވަމެވެ. އެއީ މީސްތަކުން އެހިނދުގައި މިއީ ޕާޓީ އެއްފަދައިން ދެކޭނެ ކަމުގެ ބިރަށެވެ. (އެފަދައިން ބުނެދާނެ ކަމަށް އަހަރެން ބިރުގަނެ އެވެ.)
ޝެއިޚް އެވެ. މިބަސްތަކަކީ މިއީ ޞައްޙަވެގެންވާ ބަސްތަކެއް ތޯ އެވެ. ނުވަތަ އަހަރެންނަށް މީސްތަކުންނަށް ސަލަފިއްޔަތު ބަޔާންކުރަން ޖެހޭނެތޯ އެވެ؟

ޖަވާބުގައި، ޝެއިޚް ވިދާޅުވެފައިވެ އެވެ.
އިސްލާމްދީނުގެ ދީނީ ލިޔުންތައް ލިޔާ ކާތިބަކާ، އެއީ އަހަރެމެންނާ އެކުގައި ޤުރުއާން އަދި ސުންނަތުގައި ހުރި މީހެކެވެ. އަހަރެންނާ ދެމެދު މުނާޤަޝާއެއް ހިނގައި ދިޔަ އެވެ.
އަހަރެމެންގެ ކިޔަވާދަރިވަރުން، މި މުނާޤަޝާ ދަސްކޮށް އެއަށް ބަލާނެކަމަށް އަހަރެން އުއްމީދު ކުރަމެވެ. ސަބަބަކީ އޭގެ ފައިދާ ނުހަނު ބޮޑުކަމުގައިވާތީ އެވެ.
އަހަރެން އޭނާކައިރީގައި ބުނީމެވެ. ތިބާ ކައިރީގައި މީހަކު ސުވާލު ކުރީ އެވެ. ތިބާގެ މަޛްހަބަކީ ކޮބައިހެއްޔެވެ؟ ތިބާގެ ޖަވާބަކީ ކޮބައިހެއްޔެވެ؟
އޭނާ ބުންޏެވެ. މުސްލިމެކެވެ.


އަހަރެން ބުނީމެވެ. ތިޔައީ، ޞައްޙަ ޖަވާބެއް ނޫނެވެ.
އޭނާ ބުންޏެވެ. ކީއްވެގެން ހެއްޔެވެ؟

އަހަރެން ބުނީމެވެ. ފުރަތަމައީ، އަހަރެން ތިބާ ކައިރީގައި ތިބާގެ ދީނަކީ ކޮބައިކާމާއި މެދުގައި ސުވާލެއް ނުކުރަމެވެ. އަހަރެން ތިބާ ކައިރީ ސުވާލުކުރީ ތިބާގެ މަޛްހަބަކީ ކޮބައިތޯ އެވެ؟ އަދި ތިބާ ދަންނާނެއެވެ. ހަމަކަށަވަރުން ބިމުގެ ކަންކޮޅުތަކުގައި އިސްލާމްދީނުގައި ނުހަނުގިނަ އެތަކެއް މަޛްހަބުތަކެއް، މަޛްހަބުތައް ނުހަނު ގިނަ އެވެ. ތިބާ އަހަރެންނާއި އެކުގައި، އެ މަޛްހަބުތަކުގެ ތެރެއިން އިސްލާމްދީނާއި އެއްވެސް ގުޅުމެއް ނެތްކަމުގައިވާ ބައެއް މަޛްހަބުތައްވާނެ ކަމުގައި ދެކޭނެ އެވެ. މިޘާލަކަށް، ދުރޫޒު، އިސްމާޢީލިއްޔާ، ޢަލަވިއްޔާ އަދި މިނޫންވެސް މަޛްހަބުތަކެވެ. މިއެންމެހައި ކަންތަކާއި އެކީގައި އެމީހުންބ ބުނަނީ : ތިމަންމެންނަކީ މުސްލިމުންނެވެ.  އަދި (އިސްލާމްދީނުގައި އުފެދިފައިވާ) ބައެއް ފިރުޤާތްތަކަކީ އިސްލާމީ ގިއުގަނޑު ތެރެއިން ބޭރުވެފައިވާ ބައެއް ކަމުގައި އަހަރެމެން ނުބުނަމެވެ. އެހެނަސް އެއްވެސް ޝައްކެތްނުވާ ގޮތުގައި އެއީ މަގުފުރެދިފައިވާ ބައިގަޑުތަކެއްގެ ގޮތުގައިވެ، އެތަކެއް ގިނަ މައްސަލަތަކުގައި އެބައިމީހުންވަނީ ޤުރުއާނާއި ސުންނަތުން ބޭރުވެފަ އެވެ. މިޘާލަކަށް، މުޢުތަޒިލާ، ޚަވާރިޖުން، މުރުޖީން އަދި ޖަބްރިއްރާ އަދި އެފަދަ އެހެން ބައިގަނޑުތަކެވެ.
ތިބާ މިކަމުގައި މިފަދައިން ދެކެންތޯ އެވެ؟
އޭނާ ބުންޏެވެ. އާއެކެވެ.


އަހަރެން ބުނީމެވެ. އެބައިގަނޑުގެ މީސްތަކުންގެ ތެރެއިން މީހަކާ ތިބާ އޭނާގެ މަޛްހަބާ ބެހޭގޮތުން ސުވާލުކުރުމުން، އޭނާ އެހިނދުގައި ޖަވާބުގައި ބުނާނެ އެވެ. (ތިމަންނާއަކީ) މުސްލިމެކެވެ.
ފަހެ، ތިބާއަކީ މުސްލިމެއްގެ ގޮތުގައިވެ އޭނާވެސް މުސްލިމެއްގެ ގޮތުގައިވި އެވެ.


އެހެންވުމުން، އަހަރެމެން ބޭނުންވަނީ، ތިބާގެ ޖަވާބުގައި ފާޅުކަންބޮޑު ގޮތުގައި، ތިބާ އިސްލާމްވުމަށް ފަހުގައި އަދި ތިބާގެ ދީނަށްފަހުގައި، ތިބާގެ މަޛްހަބަކީ ކޮބައިކަން ބަޔާންކޮށްދިނުމެވެ.
އެހިނދުގައި އޭނާ ބުންޏެވެ. އެހެންވުމުން، އަހަރެންގެ މަޛްހަބަކީ ޤުރުއާނާއި ސުންނަތެވެ.
އަހަރެން ބުނީމެވެ. ތިޔަ ޖަވާބަކީވެސް ފުރިހަމަ (ފުދިގެންވާ) ޖަވާބެއް ނޫނެވެ.
އޭނާ ބުންޏެވެ. އެއީ ކީއްވެތޯ އެވެ؟


އަހަރެން ބުނީމެވެ. އަހަރެމެން ބަޔާންކުރި (ބައިގަނޑުތައް) އެބައިމީހުންގެ އަމިއްލަ ނަފްސަށް އެބައިމީހުންނަކީ މުސްލިމުން ކަމުގައި ބުނެ އެވެ. އެބައިމީހުންގެ ތެރެއިން އެކަކުވެސް "ތިމަންނަވަނީ ޤުރުއާނާއި ސުންނަތުގައި ނޫނޭ" ނުބުނެ އެވެ.
މިޘާލަކަށް، ޝީޢީން "ތިމަންމެންނަކީ ޤުރުއާން އަދި ސުންނަތާއި ދެކޮޅު ބައެކޭ ބުނޭ ހެއްޔެވެ؟" އެހެނަސް އެބައިމީހުންވެސް ބުނަނީ "އަހަރެމެންވަނީ ޤުރުއާނާއި ސުންނަތުގައި އެވެ. އަދި ތިޔަބައިމީހުންވަނީ ޤުރުއާނާއި ސުންނަތުން ބޭރުވެފަ އެވެ." އޭ އުސްތާޛެވެ! އަރެންނަކީ ޤުރުއާނާއި ސުންނަތުގައި ހުރި މީހެކޭ ބުނުމަކީ ފުދިގެންވާނެ މިންވަރެއް ނޫނެވެ. މިއަށް އެހެން އެއްޗެއް އިތުރުކުރުން ކޮންމެހެންވެސް ޖެހެ އެވެ.
"އަހަރެމެންނަށް ޤުރުއާނާއި ސުންނަތް ހެޔޮވެގެންވާ (ރަނގަޅު) ގޮތުގައި ފަހުމް ވާނެ ހެއްޔެވެ. ނުވަތަ އަހަރެމެން ޤުރުއާނާއި ސުންނަތް ފަހުމް ވުމަށްޓަކައި ކޮންމެހެންވެސް ޞަލަފުއް ޞާލިޙުން ޤާއިމްވެ ދެމިތިއްބެވި ގޮތުގައި ލާޒިމްވެ ދެމިތިބެން ޖެހޭނެ ހެއްޔެވެ؟" މިކަމާއި މެދު ތިބާގެ ރައުޔަކީ ކޮބައި ހެއްޔެވެ؟


އޭނާ ބުންޏެވެ. ކޮންމެހެންވެސް ތިޔަގޮތުގައި ދެމިތިބެން ޖެހޭނެ އެވެ.
އަހަރެން ބުނީމެވެ. އެހެނިހެން މަޛްހަބުތަކުގެ އަހުލުވެރިން، އެއީ -އިސްލާމް ދީނުގެ ގިއުގަނޑުތަކުން ބޭރުވެފައިވާ ނުވަތަ އިސްލާމްދީނުގައި ތިބިކަމަށް ދަޢުވާކުރާ އިސްލާމްދީނުގެ ގިއުގަނޑުތަކުގެ ތެރޭގައި ތިބި އެހެނަސް ބައެއް ޙުކުމްތަކުގައި މަގުފުރެދިފައިވާ- މިބައިގަނޑުތަކުގެ އަހުލުވެރިން، އަހަރެންނާއި ތިބާ އެކުގައި "އަހަރެމެންވަނީ ޤުރުއާނާއި ސުންނަތުގައި ޞަލަފުއް ޞާލިޙުންނަށް ފަހުމްވި ފަދައިން" ބުނާނެ ކަމަށް ތިބާ ޤަބޫލު ކުރަމު ހެއްޔެވެ؟
އޭނާ ބުންޏެވެ. ނޫނެކެވެ. އެބައިމީހުން ތިޔަގޮތުގައި އަހަރެމެންނާ އެއްގޮތެއް ނުވާނެ އެވެ.
އަހަރެން ބުނީމެވެ. އެހެންވުމުން ތިބާ "އަހަރެންނަކީ ޤުރުއާނާއި ސުންނަތުގައި ހުރި މީހެއް" މިފަދައިން ބުނުމަކީ ތިބާއަށް އެފަދައިން ބުނުމަށް ފުދޭނެ މިންވަރެއް ނޫނެވެ. އެހެނަސް އެއަށް ކޮންމެހެންވެސް އެހެން އެއްޗެއް އިތުރުކުރަން ޖެހެ އެވެ.
އޭނާ ބުންޏެވެ. އާއެކެވެ.


އަހަރެން ބުނީމެވެ. އެހެންވުމުން، ތިބާ ބުނުންއޮތީ މިފަދައިންނެވެ. ޞަލަފުއް ޞާލިޙުންނަށް ފަހުމްވި ގޮތަށް ޤުރުއާނާއި ސުންނަތުގެ މަތީގަ އެވެ.
އަހަރެން އޭނާ ކައިރީގައި ބުނީމެވެ. (އޭނާ އަކީ، އަދަބީ މީހެކެވެ. ކާތިބެކެވެ.) ޢަރަބި ބަހުގައި މިއެންމެހައި ބަސްތަކެއް އެއްމެ ބަހެއްގައި ޖަމަޢަކޮށް ކިޔާލެވޭނެ ކަލިމައެއް ވޭ ހެއްޔެވެ. މިޘާލަކަށް "އަހަރެންނަކީ ސަލަފީ އެއް"
އޭނާ ބުންޏެވެ. ތިޔައީ އެފަދަ (ކަލިމަ އެކެވެ.)


އަދި އޭނާ އޭނާގެ އަތްމައްޗަށް ބަލިކަށިވެ ދިޔަ އެވެ. ޖަވާބަކި މި އެވެ.
ފަހެ، ތިބާގެ މައްޗަށް މީހަކު ނުކުމެ މިކަމަށް އިންކާރު ކޮށްފި ހިނދުގައި މިބަސްތައް އޭނާއަށް މިތަނުގައި ބަޔާންކުރި ބަސްތައް ބަޔާންކޮށްދޭށެވެ. ތިބާއަކީ ކޮން (މަޛްހަބެއްގެ މީހެއްތޯ) އެވެ. އެނާ އެ ހިނދުގައި ބުނާނެ އެވެ. (އަހަރެންނަކީ) މުސްލިމެކެވެ.
މިތަނުގައި ބަޔާންކޮށްފައިވާ މުނާޤަޝާ އެހިނދު އޭނާއެކު ކުރިއަށް ގެންދާށެވެ.
سبحانك اللهم وبحمدك، اشهد أن لا إله إلا أنت، أستغفرك و أتوب إليك.

سلسلة الهدى و النور  رقم الشريط 725

ސަލަފިއްޔަތު: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ސަލަފީ މަންހަޖުގެ ސިފަތަކާއި އެ މަންހަޖުގެ ދަޢުވަތް - الشيخُ مُحَمَّدُ بِنْ عُمر سالم بازمول حفظه الله | 13 ނޮވެމްބަރ 2017

 ޤުރުއާނާއި ސުންނަތަށް ތަބަޢަވުމުން އެއީ ސުޕަ ސަލަފީ ކަމުގައިވަންޏާ ކިތަންމެހާވެސް ހެޔޮ - أُسْتَاذ أبو أنس محمد حسن حفظه الله | 12 މެއި 2017

ކިޔަވާ ކުދިންނޭވެ! ސަލަފީ މަންހަޖު މަޢުރިފާވުން ހުއްޓެވެ. - العَلَّامة الشيخُ مُحَمَّدُ بِنْ صَالح العُثَيْمين رحمه الله | 14 ނޮވެމްބަރ 2016

ސަލަފިއްޔަތަކީ ކޮބާ؟ ސަލަފީންނަކީ ކޮންބައެއް؟ - الإمام العلامة المحدث الشيخ محمد ناصر الألباني رحمه الله | 15 ނޮވެމްބަރ 2015

އާއެކެވެ. ސަލަފީ އޭ ބުނުމުން ޙައްޤުގެ އަހުލުވެރިންނާއި ބިދުޢަވެރިން ވަކިވެ އެވެ. - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 13 ނޮވެމްބަރ 2015

ތައުހީދާއި ސުންނަތުގެ ނޫރު ވަނީ ހަދީޘްގެ އަހުލުވެރިންނާ އެކީގައެވެ. - الشيخ العلامة المجاهد ربيع بن هادي المدخلي حفظه الله‏ | 13 ފެބުރުއަރީ 2015

މުސްލިމެއްގެ އަޞްލަކީ ކޮބައިތޯ އެވެ. އޭނާ ޖާހިލެއްގެގޮތުން ވުންތޯ އެވެ. ނުވަތަ އޭނާއަކީ ސަލަފީ އެއް ކަމުގައި ވުންތޯ އެވެ؟ - الشَّيْخُ عَبْدُ الله البُخَارِيْ حَفِظَهُ الله | 12 ފެބުރުއަރީ 2015

"ސަލަފީ ހިޒްބު" ޝެއިޚް އުޘައިމީން ނިޞްބަތްކުރީ ޝެއިޚް ރަބީޢުއާއި ޝެއިޚުއާއި އެކުވި އަޚުންނަށް ކަމަށް ބުނެ ހިޒްބީން ޝެއިޚް އުޘައިމީން رحمه الله ގެ ބަސް އޮޅުވާލި އޮޅުމަށް ޝެއިޚްގެ ބަހުން ހަޤީޤަތް ހާމަކުރުން | 30 ނޮވެމްބަރ 2014

ހައްޤުގައިވާ ހަމައެކަނި ޖަމާޢަތަކީ ސަލަފީން - العلامة صالح ابن فوزان الفوزان حفظه الله | 22 ސެޕްޓެމްބަރ 2014

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...