ފިރިހެން ކުދިން އަތުގައި ރޮދިން ވިޔެފައި ހުންނަ ފަށް އެޅުން - الإمام العلامة الشيخ صالح الفوزان حفظه الله

ސުވާލު: ސުކޫލް ތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ މެދުގައި، ރޮދިން ވިޔެފައި ހުންނަ އެކި ބާވަތްތަކުގެ ފަށް އެޅުން ވަނީ ޢާންމުވެފަ އެވެ. މިކަމުގައި ޝެއިޚްގެ ރައުޔަކީ ކޮބައިތޯ އެވެ؟
ޖަވާބު: މިއީ ޙަރާމްކަމެކެވެ. މިއީ އަންހެނުންނާއި ތަޝައްބުހު ވުމެކެވެ. އަތުގައި ކެވެލިފަށް، ތަނޑި އެޅުމަކީ އަންހެނުންނަށް ޚާއްޞަވެގެންވާ ކަމެކެވެ. ފިރިހެނުން ބޭނުންކުރާ އެއްޗެއް ނޫނެވެ. ފިރިހެނުންގެ ތެރެއިން އަންހެނުންނާ ތަޝައްބުހުވާ ފިރިހެނުންނަށް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ލަޢުނަތް ލައްވާފައިވެ އެވެ. އަދި ހަމައެފަދައިން، އަންހެނުންގެ ތެރެއިން ފިރިހެނުންނާ ތަޝައްބުހުވާ އަންހެނުންނަށްވެސް ލަޢުނަތް ލެއްވިގެންވެ އެވެ.
އާއެކެވެ.
*****
ފަތުވާ ނަގާފައިވަނީ : http://goo.gl/Cya8NR