5  الشَّيْخُ رَبِيعُ އަކީ ޢަޤީދާގައާއި ދީނުގެ މައްޗަށް އޮތް ޣީރަތްތެރިކަމުގައި ޞާލިޙު ހެޔޮ ރަނގަޅު ބޭފުޅެކެވެ. - الشَّيْخ صَالِح بن محمد اللُّحَيْدَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 الشَّيْخُ رَبِيعُ އަކީ ޢަޤީދާގައާއި ދީނުގެ މައްޗަށް އޮތް ޣީރަތްތެރިކަމުގައި ޞާލިޙު ހެޔޮ ރަނގަޅު ބޭފުޅެކެވެ. - الشَّيْخ صَالِح بن محمد اللُّحَيْدَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ޝެއިޚް ރަބީޢު ބިންހާދީ އަލް މަދްޚަލީ حفظه الله

ސުވާލު: الله تعالى ޝައިޚުމެން ރައްކައުތެރިކޮށްދެއްވާށި އެވެ. އަހަރުމެންގެ ޝައިޚެވެ. ސުވާލު ކުރާ މީހާ އަހައެވެ: الشَّيْخُ رَبِيعُ އާ ބެހޭގޮތުން ދެކެވޭ އައިބު ވާހަކަތައް ގިނަވެފައިވަނީ ކީއްވެގެންތޯ އެވެ؟ އަދި الشَّيْخُ رَبِيعُ އާ ދިމާއަށް އެބައިމީހުން އެއްޗެހި ގޮވަނީ ކީއްވެގެންތޯ އެވެ؟ الله تعالى ޝައިޚުމެން ރައްކައުތެރިކޮށްދެއްވާށި އެވެ.

ޖަވާބު: އެޝައިޚަކީ އެޝައިޚުގެ ޢަޤީދާގައާއި، ދީނަށް އޮތް އެޝައިޚުގެ ޣީރަތްތެރިކަމުގައި ޞާލިޙު ހެޔޮ ރަނގަޅު ބޭފުޅެކެވެ. އަދި ޝައިޚުއާ ބެހޭގޮތުން އައިބު ވާހަކަތައް ދައްކާ މީހާއަށް ތިބާ ނުއެނބުރޭށެވެ. (ސަމާލުކަން ނުދޭށެވެ. ނުލެނބޭށެވެ.) ސަބަބަކީ އެޝައިޚު ރައްދު ދެއްވަނީ ސުންނަތާ ޚިލާފުވާ މީހުންނަށެވެ. ފަހެ ސުންނަތާ ޚިލާފުވާ މީހާ ޝައިޚުއަށް ނަފްރަތު ކުރެ އެވެ. އެއީ ޝައިޚު ސުންނަތާ ޚިލާފުވާ މީހުންނަށް ރައްދު ދެއްވާތީ އެވެ. އަދި ސުންނަތާ ޚިލާފު ނުވާ މީހާ، ފަހަރެއްގައި އޭނާ ޝައިޚުއަށް ޙަސަދަވެރިވެ އެވެ. އެއީ އެބައިމީހުންގެ ސަމާލުކަމަށް އައިސްފައިނުވާ ކަންތަކުގެ މައްޗަށް ޝައިޚު ހުށިޔާރުވެވަޑައިގެންފައިވާތީ އެވެ. އެޝައިޚަކީ ޞާލިޙު ހެޔޮ ރަނގަޅު ބޭފުޅެކެވެ. އެއީ ރިވެތިވެގެންވާ ޢިލްމުވެރިއެކެވެ.
 

ސުވާލު ކުރާ މީހާ: الله أَكْبَر!

*****
ސުވާލުގެ އޯޑިއޯ ލިންކް: http://goo.gl/58vvPH

ތަރުޖަމާނު: އިސްވެ ބަޔާން މިކުރީ الشَّيْخُ رَبِيعُ حفظه الله ގެ ޢަޤީދާ ޞައްޙަކަމަށް ހެކިވެވަޑައިގެން އުންމަތުގެ ބޮޑެތި ޢިލްމުވެރިންގެ ތެރެއިން ޢިލްމުވެރިއަކު ވިދާޅުވެފައިވާ ބަސްފުޅެކެވެ. الشَّيْخُ صَالِحُ اللُّحَيْدَان އަކީ ސަޢޫދީ ޢަރަބިއްޔާގެ مَجْلِسُ القَضَاء ގެ ކުރީގެ ރައީސެވެ. އަދި އެޤައުމުގެ ބޮޑެތި ޢިލްމުވެރިންގެ ކޮމިޓީ هَيْئَةُ كِبَارِ العُلَمَاء ގެ މެންމަބަރެއްވެސްމެ އެވެ. ޙައްޤުގެ އަހުވެރިންގެ ބަސްފުޅަކީ މިއީ އެވެ. ރައްބާނީ ބޮޑެތި ޢިލްމުވެރިންގެ ބަސްފުޅަކީ މިއީ އެވެ: الشَّيْخُ رَبِيعُ حفظه الله އަކީ ޢަޤީދާ ޞައްޙަ، ހެޔޮ އަމަލުފުޅުތަކުުގެ މަތީގައި ގާއިމްވެވަޑައިގެންފަވާ ރައްބާނީ ބޮޑެތި ޢިލްމުވެރިންގެ ތެރެއިން ޢިލްމުވެރިއެކެވެ. ސުންނަތަށް ލޯބިކުރާ މީހުންގެ ބަހަކީވެސް މިއީ އެވެ. މިއާ ޚިލާފަށް، الشَّيْخُ رَبِيعُ حفظه الله އަށް އެއްޗެހި ގޮވައި، އައިބު ބަސްތައް ބުނެ އުޅެނީ الشَّيْخُ صَالِحُ اللُّحَيْدَان ވިދާޅުވެފައިވާ ފަދައިން: ސުންނަތާ ޚިލާފުވާ މީހުންނެވެ. އަދި ޝައިޚުއަށް ހަސަދަވެރިވާ މީހުންނެވެ.


ދިވެހި ރައްޔިތެއް އަދި މަދީނާއިން ކިޔެވި މީހެއް ކަމުގައިވާ މުޙައްމަދު ތޮއްޔިބު ވަނީ الشَّيْخُ رَبِيعُ އަކީ ސަލަފުންގެ މަންހަޖާ ދެކޮޅުވެރި ބޭފުޅެއް ކަމަށް ބުނެ، އަދި ސަލަފުންގެ މަގުގައިވާ ކަމަށް ދައުވާ ކުރައްވާ ބޭފުޅެއް ކަމަށް ބުނެ ދޮގު ބުހުތާނު ހަދައިފަ އެވެ. ރައްބާނީ ބޮޑު ޢިލްމުވެރިއެއްގެ ގަދަރު ކުޑަ ކޮށްލާފަ އެވެ. އަދި އޭގެ އިތުރުން އެއީ މަގުފުރެދިފައިވާ ބޭފުޅެއް ކަމުގަައި ބުނެފަ އެވެ. ހުރި ބުހުތާނެއްގެ ބޮޑު ކަމާއެވެ!! ހުރި ލަދުކުޑަ ކަމާއެވެ!! މިއީ މަދީނާއިން ކިޔަވައިގެން އައިސް މީހުންނަށް މަގުއޮޅުވާލުމަށް ހިންގާ ޖަރީމާތަކުގެ ތެރެއިން ޖަރީމާއެކެވެ. މިއީ މަގުފުރެދުމުގެ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ: ރަސޫލުންގެ ވާރުތަވެރިންނާ ދިމާއަށް، އުންމަތުގެ ބޮޑެތި ޢިލްމުވެރިންނާ ދިމާއަށް އެއްޗެހި ގޮވައި، ގަދަރު ކުޑަކުރުމެވެ. މުސްލިމް އުންމަތާއި، އުންމަތުގެ ރައްބާނީ ބޮޑެތި ޢިލްމުވެރިންނާ ގުޅުން ކަނޑުވާލުމެވެ. އަދި ތިމަންމެން 'ޝައިޚުން' ފަތުވާ ދިނުމުގެ މަގާމަށް އައްޔަނު ވުމެވެ. އަދި އެމީހަކަށް އިސްލާމް ދީން ފެނުނު އަދި ފަހުމްވިފަދަ ސޫރައަށް، ރަނގަޅެއް ގޯހެއް ނުބަލައި، ޞައްޙައެއް ޟަޢީފެއް ނުބަލައި، ސުންނަތެއް ބިދުޢައެއް ނުބަލައި މީސްތަކުންނަށް އޮޅުވާލުމެވެ. ސިކުނޑިތައް ދޮވެލުމެވެ. ޢިލްމުވެރިންގެ ގަދަރު ކުޑަ ކުރުމަކީ މިއީ އެވެ. އަދި ޢިލްމުވެރިންގެ އިތުބާރު ގެއްލުވާލުމަކީ މިއީ އެވެ. މިފަދަ މީހުންގެ ދެން އޮންނާނީ ކޮން ގަދަރެއް ހެއްޔެވެ؟! ކޮން އިތުބާރެއް ހެއްޔެވެ؟! މިލިއުން ކިޔާލި މީހަކަށް ތޮއްޔިބުގެ ބުހުތާނު ބަޔާންވެގެން ހިނގައްޖެ އެވެ. ދިވެހި ރައްޔިތުން ދަންނަ ހުއްޓެވެ! الشَّيْخُ رَبِيعُ އަށް ސަނާގެ ބަސްފުޅުތައް ވިދާޅުވެ، އަދި ޝައިޚުގެ ދިފާޢުގައި ބަސްވިދާޅުވެފައި ވަނީ ހަމައެކަނި الشَّيْخُ صَالِحُ اللُّحَيْدَان حفظه الله އެއް ނޫނެވެ. ޞައްޙަ ޢަޤީދާއާއި އަޅުކަމުގައި ގާއިމްވެވަޑައިގެންފަވީ، މުޅި ދުނިޔެއަށް މަޝްހޫރު، މުސްލިމުންގެ މަޤްބޫލުކަން ލިބިވަޑައިގެންވީ އެތަކެއް ބައިވަރު ޢިލްމުވެރިންތަކެއް ވަނީ ޝައިޚުއަށް ސަނާގެ ބަސްތައް ވިދާޅުވެ، ޝައިޚުގެ ދިފާޢުގައި ވާހަކަފުޅު ދައްކަވާފަ އެވެ. އޭގެ ތެރެއިން:
1. الشَّيْخُ عَبْدُ العَزِيز بْنُ بَاز رحمه الله،
2. الشَّيْخُ نَاصِرُ الدِّين اَلْأَلْبَانِي رحمه الله،
3. الشَّيْخُ محمد بْنُ صَالِح العُثَيْمِين رحمه الله،
4. الشَّيْخُ مُقْبِل بْنُ هَادِي الوَادِعِي رحمه الله،
5. الشَّيْخُ أَحْمَد بْنُ يَحْيَى النَّجْمِي رحمه الله،
6. الشَّيْخُ زَيْدُ بْنُ هَادِي المَدْخَلِي رحمه الله،
7. الشَّيْخُ عَبْدُ المُحْسِن العَبَّاد البَدْرُ حفظه الله،
8. الشَّيْخُ عُبَيْدُ الجَابِرِي حفظه الله،
9. الشَّيْخُ محمد بْنُ هَادِي المَدْخَلِي حفظه الله
10. الشَّيْخُ عَبْدُ اللهِ البُخَاري حفظه الله
11. الشَّيْخُ سُلَيْمَان الرُّحَيْلِي حفظه الله، ފަދަ ޤަދަރާއި އިޙްތިރާމް ލިބިވަޑައިގެންފަވާ ޢިލްމުވެރިން ހިމެނިގެންވެ އެވެ.
މި ހުރިހައި ޢިލްމުވެރިންގެ ސަނާ ބަސްފުޅުތައް ތޮއްޔިބުއާއި ތޮއްޔިބުގެ ޖަމާޢަތްގަނޑަށް ނުފެންނަނީބާ އެވެ؟ ނުވަތަ ނުފެންނަ ކަމަށް ހަދައި، އަޑު ނީވޭ ކަމަށް ހަދަނީބާ އެވެ؟ ދެން ފަހެ، މި ހުރިހައި ޢިލްމުވެރިންގެ ހެކިބަސްފުޅުތަކުން، ތޮއްޔިބު ކުރާ ދައުވާގެ ބާތިލުކަން އަހަރުމެންނަށް ބަޔާންވެ ހިނގައްޖެ އެވެ. ލޯތައް ކަނުކުރުވާ، ކަންފަތްތައް ބީރުކުރުވާ، ހިތްތައް އަނދިރިކުރުވާ މަގުފުރެދުމުން الله އަޅަމެން ސަލާމަތް ކުރައްވާށި އެވެ.
والله أعلم، وصلى الله وسلم على نبينا محمد وعلى آله وصحبه وسلم.

ޝެއިޚް ރަބީޢު ބިންހާދީ އަލް މަދްޚަލީ حفظه الله : މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

މީސްތަކުން ބިދުޢަވެރިކުމުގައި ހައްދުފަހަނައަޅައިފައިވާ حدادية އިންގެ ފިރުޤާގެ ބަސްތައް ސުންނަތުގެ ޢިލްމުވެރިންގެ މައްޗަށް ގެނައުމުން އެކަމުގެ ހަޤީޤަތް ހާމަކުރުން | 07 ޖުލައި 2017

 الشَّيْخ العَلَّامَة رَبِيعُ بنُ هَادِي المَدْخَلِي حفظه الله އަށް އުންމަތުގެ ބޮޑެތި އިމާމުން ދީފައިވާ ތަޒްކިޔާ، ވިދާޅުވެފައިވާ ޘަނާގެ ބަސްފުޅުތައް | 24 ނޮވެމްބަރ 2016

الشَّيْخ العَلَّامَة رَبِيعُ بنُ هَادِي المَدْخَلِي حفظه اللهގެ ދިފާޢުގައި - الشَّيْخ عرفات بن حسن المحمدي حفظه لله | 23 ނޮވެމްބަރ 2016

އަހަރުމެންގެ މި ޒަމާނުގައި ތިއްބެވި އުއްމަތުގެ ބޮޑެތި ޢިލްމުވެރިންނަކީ ކޮބައިތޯ؟ އަދި الشيخ ربيع އަކީ ކޮންބޭފުޅެއްތޯ؟ - الشيخ الدكتور عرفات بن حسن المحمدي حفظه الله | 13 ނޮވެމްބަރ 2016

ސަލަފީންނާއި ދިމާލަށް "ޖާމީން" "މަދްޚަލީން" ކިޔަނީ އެބައިމީހުންﷲ ގެ ރަސޫލާ ﷺ ގެ ސުންނަތުގައި ޤާއިމްވެ ދެމިތިބުމުގެ ސަބަބުންތޯ އެވެ؟ - الإِمَامُ العَلَّامَة الشَّيْخُ رَبِيْع بن هَادِيْ حفظه الله | 23 މެއި 2016

الشَّيْخُ العَلاَّمَة رَبِيْع بِن هَادِيْ المَدْخَلِي حفظه الله އަށް ޢިލްމުވެރިން ދެއްވާފައިވާ ތަޒްކިޔާތައް - ابن العثيمين، ابن باز، النجمي، صالح اللحيدان، صَالِحُ الفَوْزَان، عبيد الجابري، خالد بن عثمان، عبد المحسن العباد | 04 އޭޕްރީލް 2015

އައް ޝެއިޚް ޑރ. ރަބީޢު އަލް މަދްޚަލީ ވަނީ ސަލަފިއްޔަތުގައެވެ. އަދި އެ ސަލަފިއްޔަތަކީ އެހެނިހެން މުސްލިމުން އޭގެއިން ބޭރުކޮށްހަދާ ޙިޒްބް ގޮތުގައި ޤާއިމްވެފައިވާ ޖަމާޢަތެއްގެ ގޮތުގައި ނުބުނަމެވެ. - الشيخ العلامة محمد بن صالح العثيمين رحمه الله | 02 އޭޕްރީލް 2015

الإمام الشيخ ربيع بن هادي المدخلي ‏حفظه الله ސަލަފީންނަށް ދެއްވި އަގުހުރި ނަޞޭހަތެއް | 22 ޖެނުއަރީ 2015

މީހާ މަރުވުމުން އެއީ ޝަހީދެކޭ ބުނުން - الشيخ ربيع المدخلي | 24 އޮކްޓޯބަރ 2014

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...

0
Shares