2017 އިގެ ޢުމްރާ ދަތުރު އަދި ސަޢުދީ ޢިލްމުވެރިންނާއި އެކު މަދީނާގައި ބާއްވާ ދީނީ ކޮންފަރެންސުގައި ބައިވެރިވުމުގެ ފުރުސަތު މަކްތަބާ ސަލަފިއްޔާއިން މިއަހަރުވެސް އާންމުކޮށް ހުޅުވާލައިފި

ޕްރިމިއާރ އުމްރާ އަދި ޔޫކޭގެ ސަލަފީ ޕަބްލިކޭޝަން (المَكْتَبَة السَّلَفِيَّة بريطانيا) އިން އިންތިޒާމްކޮށް މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުންނާއެކު ކޮންމެ އަހަރަކު ބާއްވަމުން އަންނަ ދަޥްރާ ޢިލްމިއްޔާ އަދި 2017 އޭޕްރީލް ޢުމްރާ ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ މަކްތަބާ ސަލަފިއްޔާއިން ކުރީ އަހަރުތަކެކޭ އެއްފަދައިން އާންމުކޮށް ހުޅުވާލައިފިއެވެ.
މި ދަތުރުން ލިބިގެންދާނެ ފާއިދާތައް:
1. ޢުމްރާގެ މަތިވެރި އަޅުކަން ސުންނަތުގެ އަހުލުވެރިންނާއެކު ސަލާމަތްތެރިކަމާއެކު އަދާކުރެވުން
2. މަދީނާގެ ބޮޑެތި ޢިލްމުވެރިންނާއި ބައްދަލުކުރުމުގެ ފުރުސަތު ލިބުން
3. މަދީނާގައި ބާއްވާ ދަޥްރާ ޢިލްމިއްޔާގައި ބައިވެރިވެ ޢިލްމުވެރިން އަރިއަހުގައި އިށީނުމުގެ ފުރުޞަތު ލިބުން
4. ސުންނަތުން ވާރިދުވެގެންވާ ތަންތަނަށް ޒިޔާރަތްކޮށްލުމުގެ ފުރުޞަތު ލިބުން
4. ޢާއިލާ އެކީގައި އަޅުކަމުގައި ހޭދަކުރުމުގެ ފުރުޞަތު ލިބުން
އުމްރާއަށް ފަހު މަދީނާގައި ބާއްވާ ދަޥްރާގައި ކުރިން ބައިވެރިވި ޢިލްމުވެރިން:
1. فضيلة الشيخ ربيع بن هادي المدخلي حفظه الله
2. فضيلة الشيخ عبيد بن عبد الله الجابري حفظه الله
3. فضيلة الشيخ محمّد بن هادي المدخلي حفظه الله
4. فضيلة الشيخ عبد الله بن عبد الرّحيم البخاري حفظه الله
5. فضيلة الشيخ عرفات بن حسن المحمدي حفظه الله
6. فضيلة الشيخ عبد الواحد المدخلي حفظه الله
7. فضيلة الشيخ عبدالله بن صلفيق حفظه الله
ޢުމްރާ ދަތުރުގައި ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ތަންތަން:
1. الكعبة، بيت الله الحرام
2. المسجد النبوي
3. مسجد قباء
4. مجمع الملك فهد لطباعة المصحف الشريف

5. އަދި އެހެނިހެން މިއުޒިއަމްތައް
:ޢުމްރާ ދަތުރުގެ ކުރީ އަހަރުތަކުގެ ފޮޓޯތައް

* 3 ސްޓާރ އަދި 4 ސްޓާރ ހޮޓެލް
ޢުމްރާ ދަތުރުގެ ޢިތުރު މަޢުލޫމާތު ހޯދުމަށް:
1. الاخ مهاز 7797678 (960+)
2. الاخ سراج 7777701 (960+)
