މަކްތަބާ ސަލަފިއްޔާގެ ދަޢުވަތަކަށް ޔޫކޭގެ މަޝްޙޫރު ދާޢީ (أبو خديجة عبدالواحد) އަބޫ ޚަދީޖާ ޢަބްދުލް ވާޙިދު حفظه الله ރާއްޖެ ވަޑައިގެންފި

ދިވެހިރާއްޖޭގެ މަކްތަބާ ސަލަފިއްޔާގެ ދަޢުވަތަކަށް ޔޫކޭގެ ސަލަފީ ޕަބްލިކޭޝަން (المكتبة السلفية) ގެ މަޝްޙޫރު ސަލަފީ ދާޢީ އަބޫ ޚަދީޖާ ޢަބްދުލް ވާޙިދު (أبو خديجة عبدالواحد) حَفِظَهُ الله ރާއްޖެ ވަޑައިގެންފިއެވެ. އަބޫ ޚަދީޖާ ޢަބްދުލް ވާޙިދު حَفِظَهُ الله ރާއްޖެ ވަޑައިގަތީ މިއަދު (29 ޑިސެންބަރ 2016) ވަގުތެއްގަ އެވެ.
29 ޑިސެންބަރ 2016 އިން 5 ޖެނުއަރީ 2017 އަށް މާލޭގައި ދީނީ އެކި މައުޟޫތަކަށް އަބޫ ޚަދީޖާ ޢަބްދުލް ވާޙިދު حَفِظَهُ الله ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ދަރުސް ދިނުމަށް ހަމަޖެހިފައިވާ މައުޟޫ ތަކުގެ ތެރޭގައި "ކައުންޓަރ ޓެރަރިޒަމް އަދި އެކްސްޓްރީމިޒަމް" ހިމެނެއެވެ. ދަރުސްތައް ބޭއްވުމަށް ހަމަ ޖެހިފައިވާ ތަންތަނުގެ މަޢުލޫމާތު މަކްތަބާ ސަލަފިއްޔާގެ ސޯޝަލް މީޑިއާ ނެޓްވޯކު (ޓުވިޓާ SalafiMV@، ޓެލެގުރާމް، ވައިބާރ، ފޭސްބުކް SalafeeMV@) މެދުވެރިކޮށް إن شاء الله ފޯރުކޮށް ދެމުން ދާނެއެވެ.
އަބޫ ޚަދީޖާ ޢަބްދުލް ވާޙިދު (أبو خديجة عبدالواحد) حَفِظَهُ الله އަކީ އިނގިރޭސިވިލާތުގެ ސީ.ޓީ.ޔޫ (ކައުންޓަރ ޓެރަރިޒަމް ޔުނިޓް) ގެ ބޭފުޅުންނާއެކު މަސައްކަތް ކުރަވާ ކައުންޓަރ ޓެރަރިޒަމް ސްޕެޝަލިސްޓެކެވެ. އެބޭފުޅާގެ އެކިއެކި ދަރުސްތަކުގައި އިނގިރޭސިވިލާތުގެ އަދި އެނޫން ހިސާބުތަކުގައި ހަރަކާތްތެރިވާ ރެޑިކަލް، އިސްލާމިސްޓު، އިރުހާބީ، ޓެރަރިސްޓު، ޖިހާދީ ފިކުރުތަކާއި އެފިކުރުގެ އަހުލުވެރިންގެ ހަޤީޤަތް ކަޝްފުކުރެއްވުމުގެ ސަބަބުން، "ހަރުކަށި" "ރެޑިކަލް" "ހައްދުފަހަނައަޅާފައިވާ" "ތަކްފީރީ އިންޤިލާބީ ފިކުރު" މުސްލިމުން އެބޭފުޅާއަށް ކިތަންމެ ނަފްރަތު ކުރި ކަމުގައިވީ ނަމަވެސް އެއީ އިސްލާމްދީނުގެ ވަޞަތިއްޔަތަށް ލޯބިކުރާ ގިނަބައެއްގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ ބޭފުޅެކެވެ.
އަލް-އަޚް އަބޫ ޚަދީޖާ ޢަބްދުލް ވާޙިދު حفظه الله ކިޔަވާ ވިދާޅުވި ޢިލްމުވެރިންގެ ތެރެއިން هيئة كبار العلماء السعوديةގެ ޢިލްމުވެރިއެއްކަމަށްވާ فضيلة الشَّيْخُ عبد الله بن عبد الرحمن الغديان رحمه الله ހިމެނެވެ. އަދި މަދީނާ ޔުނިވާސިޓީގެ ކުރީގެ ޕްރޮފެސަރ فضيلة الشَّيْخُ العلامة عُبَيْدُ الجَابِرِيْ حَفِظَهُ الله ގެ އަރިއަހުންވެސް ކިޔަވާ ވިދާޅުވި އެވެ. އަދި މިހާރު މަދީނާ ޔުނިވާސިޓީގައި ކިޔަވައިދެއްވާ ދެ މުދައްރިސުން ކަމުގައިވާ العلامة الشيخُ مُحَمَّدُ بِنْ هَادِيْ المَدْخَلِي حفظه الله އަދި فضيلة الشَّيْخُ عَبْدُ الله البُخَارِيْ حَفِظَهُ الله ވެސް ހިމެނެއެވެ. އަދި މި އެންމެހައި ޢިލްމުވެރިންވަނީ ޢަބޫ ޚަދީޖާ حفظه الله ގެ އަޚްލާޤާއި ސުލޫކާއި ޢިލްމަށް ތަޒްކިޔާ ދެއްވާފައެވެ. فضيلة الشَّيْخُ العلامة عُبَيْدُ الجَابِرِيْ حَفِظَهُ الله ވަނީ އަބޫ ޚަދީޖާ ޢަބްދުލް ވާޙިދު حفظه الله އަކީ ޝެއިޚުގެ "ދަރިވަރެއް" ކަމުގައި ވިދާޅުވެފައެވެ. أبو خديجة عبدالواحد حَفِظَهُ الله އަށް الشَّيْخ العلامة مقبل بن هادي الو ادعي رحمه الله ތަޒްކިޔާ ދެއްވިއެވެ. فضيلة الشَّيْخُ عبد الله بن عبد الرحمن الغديان رحمه الله ވެސް أبو خديجة عبدالواحد حَفِظَهُ الله އަށް ތަޒްކިޔާ ދެއްވިއެވެ. الشَّيْخ العَلَّامَة رَبِيعُ بنُ هَادِي المَدْخَلِي حفظه الله ވެސް أبو خديجة عبدالواحد حَفِظَهُ الله އަށް ތަޒްކިޔާ ދެއްވިއެވެ.
އަބޫ ޚަދީޖާ ޢަބްދުލް ވާޙިދު حفظه الله ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ 2017 ޖެނުއަރީ 10 ވަނަ ދުވަހު އެވެ.

ބީބީސީން އަށް އަބޫ ޚަދީޖާ ދެއްވި އިންޓަވިއު
ރައިސް އެން ޝައިން ޗެނަލްއަށް ދިން އިންޓަވިއު
ޓެރަރިޒަމްގެ ކެންސަރ