5  ޢިލްމުވެރިންނާއި ވެރިންނަށް އެއްޗެހިކިޔާ ވެބްސައިޓުތަކަށް ވަނުން ހުއްދަވެގެން ނުވޭ - العَلاَّمَة الشَّيْخ صَالح الفَوْزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ޢިލްމުވެރިންނާއި ވެރިންނަށް އެއްޗެހިކިޔާ ވެބްސައިޓުތަކަށް ވަނުން ހުއްދަވެގެން ނުވޭ - العَلاَّمَة الشَّيْخ صَالح الفَوْزَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ވެރިންނާއި މެދު ސަލަފުންގެ މަންހަޖު

ސުވާލު:  ﷲ ޝެއިޚްއަށް ބަރަކާތްލައްވާށި އެވެ. ބައެއް މީހުން އިންޓަނެޓްގައި ވެރިންނަށާއި އަދި ޢިލްމުވެރިންނަށް އެއްޗެހިކިޔާ ވެބްސައިޓުތަކަށް ވަދެ އެވެ. މިކަމުގެ މައްޗަށް ޝެއިޚް ދެކެވަޑައިގަންނަވަނީ ކިހިނަކުން ހެއްޔެވެ؟


ޖަވާބު:  "އަހަރެން ދެކެނީ ތިޔައީ ފިތުނައެއްގެ ގޮތުގަ އެވެ. ތިޔައީ ފަހު ޒަމާނުގައި މީސްތަކުންގެ މައްޗަށް ފާޅުވެފައިވާ ފިތުނައެކެވެ. ފަހެ މީސްތަކުންގެ މައްޗަށް ވާޖިބުވެގެންވަނީ ޙައްޤުގެ މަތީގައި ޤާއިމްވެ ހުރުމެވެ. އަދި ސުންނަތުގެ މަތީގައި ޤާއިމްވެ ދެމިހުރުމެވެ. އަދި މި ފިތުނަވެރި ކަންތައްތަކުން ސަލާމަތްވުމަށް ﷲ ގެ ޙަޟުރަތުން ރައްކާތެރިކަން ހޯދުން ހުއްޓެވެ. އަދި މި ފިތުނަ ތަކާއި ކައިރިވެގެން ނުވާނެ އެވެ. އަދި މި ފިތުނަތަކުގައި މަޝްޣޫލުވެގެން ނުވާނެ އެވެ. އަދި މި ފިތުނަ ތަކުން ދުރުވެ ވަކިވެހުރުން ހުއްޓެވެ. އަދި ﷲ ގެ ޙަޟުރަތުން ސަލާމަތާއި ރައްކާތެރިކަން ލިބުމަށްއެދި ދެންނެވުން ހުއްޓެވެ. ސަބަބަކީ މިއީ މީސްތަކުން އެބައިމީހުންގެ ތެރޭގައި ބައިބައިވުމާއި އަރާރުން އަދި ފިތުނަވެރިކަމުގެ ތެރެއަށް އެއްލާލުމެވެ. އަދި މިއީ ނުބައިވެގެންވާ ފާފަތައް ހޯދައިގަތުމެކެވެ. އެއްގޮތަކަށްވެސް މިއީ ހެޔޮކަމެއް ނުކުންނާނެ ކަންތައްތަކެއް ނޫނެވެ. އެހެނަސް މިއީ ފަހު ޒަމާނުގައި ފާޅުވާނެ ފިތުނަތަކުގެ ތެރެއިން ފިތުނަތަކެވެ.


ފަހެ މުސްލިމްއަޅާއަށް އޮތީ ﷲގެ ފޮތުގައި އަދި ﷲ ގެ ރަސޫލާގެ ސުންނަތުގައި ދެމިހުރެ، ހެޔޮކަންތައްތަކުގައި ޤާއިމްވެ ދެމިހުރެ އަދި ނުބައިކަންތައްތަކުން ވަކިވެ ދުރުވުމެވެ. މިއިން އެއްވެސް ކަމެއްގެ ތެރެއަށް ވަދެގެން ނުވާނެ އެވެ."
****
ފަތުވާ ނަގާފައިވަނީ : https://goo.gl/IfdI87

ވެރިންނާއި މެދު ސަލަފުންގެ މަންހަޖު: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ވެރިންގެ މައްޗަށް ބަސްބުނެ އެބައިމީހުންގެ މައްޗަށް (ނުކުމެ، ބަސްތައްބުނުމަށް) ހިތްވަރުދޭ މީހާއަކީ ޚަވާރިޖުންގެ ތެރޭގައިވާ މީހެކެވެ. - الشيخ العلامة صالح الفوزان حفظه الله | 24 އޭޕްރީލް 2015

ޚަވާރިޖުންނަކީ ހަމައެކަނި ޢަދުލުވެރި ވެރިޔާއާއި ދެކޮޅަށް ނުކުންނަ މީހުންތޯއެވެ؟ - الشيخ أبومحمد ربيع بن هادي المدخلي حفظه الله | 22 އޭޕްރީލް 2015

ސިޔާސީ ކަންތައްތައް މީސްތަކުންގެ ތެރެއަށް ފާޅުކޮށް ޢާންމު މީސްތަކުންގެ މަޖްލިސްތަކުގެ ތެރޭގައި ދެއްކުމަކީ ސަލަފުންގެ ހިދާޔަތާއި ޚިލާފްކަމެއް - الشيخ محمد بن صالع العثيمين رحمه الله | 20 އޭޕްރީލް 2015

މުސްލިމް ވެރިންނާއި ދެކޮޅަށް ނުކުތުމަކީ ހަމައެކަނި ކަނޑި ހިފައިގެން ނުކުތުކުން ކަމަށް ބުނާ މީހުންނަށް ރައްދު - الشيخ العلامة ربيع بن هادي المدخلي حفظه الله | 31 މާރޗް 2015

ސަލަފުން އެބައި މީހުންގެ ޒަމާނުގައި އުޅުނު އަނިޔާވެރި ޚަލީފާއިންނާއި މެދުގައި މުޢާމަލާތް ކުރައްވާފައިވަނީ ކިހިނެތް؟ - الشيخ العلامة محمد بن صالح العثيمين رحمه الله | 31 މާރޗް 2015

މުސްލިމް ވެރިންނާއި ދެކޮޅަށް ނުކުތުމަށް ގޮވާ މީހުންނަކީ ނަރަކައަށް މީސްތަކުން ވަނުމަށް ގޮވާ ބައެއް - الشيخ محمد بن صالح العثيمين رحمه الله | 07 މާރޗް 2015

ވެރިންނާއި ދެކޮޅަށް ނުކުންނަ މީހުންނަކީ ޖާހާއި މަޤާމާމުގެ ބޭނުމުގައި ނުކުންނަ ބައެއް - الشيخ محمد بن صالح العثيمين رحمه الله | 26 ފެބުރުއަރީ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...

0
Shares