ޢަދުއްވުންގެ މައްޗަށް ޖާނުން ފިދާވާ ޙަމަލާ ދިނުމުގެ ޙުކުމް - الشَّيْخ العَلاَّمَة عَبدُ المُحسِن العَبَّاد حفظه الله

ސުވާލު: ޖާނުންފިދާވާ ޙަމަލާ ޢަދުއްވުންނަށް ދިނުން ހުއްދަވާނެ ހެއްޔެވެ؟ އެއީ އެމީހުން (ކާފަރުންގެ) ފުރާނަތަކާއި މުދަލަށް ގެއްލުން ދިނުމުގެ ޤަޞްދުގަ އެވެ. އެހެނީ، މުސްލިމުންގެ ޢަދަދާއި އަދި އެމީހުންގެ ކުޅަދާނަކަން ހުރި މިންވަރުން އެނޫން ގޮތަކަށް ކާފަރުންނަށް ޙަމަލާ ދިނުމަށް ނުކުޅެދޭތީ އެވެ؟
ޖަވާބު: "އިންސާނަކު އޭނާގެ ނަފްސު ޤަސްތުގައި މަރާލުމެއް ނުވެ އެވެ. ފަހެ، ﷲ ގެ މަގުގައި ޖިހާދުކުރުން ފާޅުވެއްޖެ ހިނދުގައި، ﷲ ގެ މަގުގައި ޖިހާދު ކުރާނީ އެވެ. އެހެނަސް އޭނާގެ ނަފްސު ހަލާކުގެ ތެރެއަށް އެއްލާލުން އޭނާއަކަށް ނުވެ އެވެ."
****
ފަތުވާ ނަގާފައިވަނީ : https://t.co/6QSQbtiQSQ