5  ހަނގުރާމަ ކުރުމުގައިވާ ބައެއް ޖަމާޢަތްތައް ޖިހާދުކުރުމުގެ ޞައްޙަ (ހައްޤު) މާނައިން ބޭރުވެފައިވާ ބައެއްކަން ބަޔާންކޮށްދިނުން - الشَّيْخ الدُّكْتُور عَبْد السَّلام بِن سَالِم رَجَاء السُّحَيْمِي حَفِظَهُ الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ހަނގުރާމަ ކުރުމުގައިވާ ބައެއް ޖަމާޢަތްތައް ޖިހާދުކުރުމުގެ ޞައްޙަ (ހައްޤު) މާނައިން ބޭރުވެފައިވާ ބައެއްކަން ބަޔާންކޮށްދިނުން - الشَّيْخ الدُّكْتُور عَبْد السَّلام بِن سَالِم رَجَاء السُّحَيْمِي حَفِظَهُ الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޖިހާދު

 

الشَّيْخ الدُّكْتُور عَبْد السَّلام بِن سَالِم رَجَاء السُّحَيْمِي حَفِظَهُ الله ވިދާޅުވެފައިވެ އެވެ. "އިސްލާމްދީނުގައި ޖިހާދުކުރުމުގެ (ނަމުގައި) މާނައިގައި މިޒަމާނުގައި އުފެދިފައިވާ ބައެއް ބައިގަނޑުތައް މީސްތަކުންނަށް (ޖިހާދުކުރުމުގެ ޙައްޤުމާނަ) އޮޅުވާލާފައިވެ އެވެ. އިސްލާމްދީނުގައި ޖިހާދުކުރުމާ ނަފީވެފައިވާ ނުހަނު ބޮޑެތި ޖަރީމާތަކަކީ އެއީ ޙައްޤު ޖިހާދުކުރުން ކަމުގައި މި ޖަމާޢަތްތަކުގެ އަހުލުވެރިން ބުނެ އެވެ. އިސްލާމްދީންވަނީ މި ނުބައިވެގެންވާ (ޙައްޤު ގޮތާއި) ޚިލާފްވެގެންވާ ޢަދާވާތްތެރި އަހުލުވެރިންގެ ފަރާތުން ބަރީއަވެގެންނެވެ. މުސްލިމް ބައެއް ޤައުމުތަކުގައި ދެވުނު ޖާނުންފިދާވުމުގެ ޙަމަލާތަކާއި، ބޮންގޮއްވުމުގެ ސަބަބުން އެތަކެއް މަޢުޞޫމް އަހުލުވެރިން އޭގެ ޝިކާރަތަކަަށް ވެގެން ހިނގައްޖެ އެވެ. އޭގެ ސަބަބުން މަޢުޞޫމް އެތަކެއް މުސްލިމުންގެ ލެއާއި އަދި ޢަހުދުތަކުގައިވާ މަޢުޞޫމް އެތައްބަޔަކު ދުނިޔެ ދޫކޮށްފައި ހިނގައްޖެ އެވެ. އޭގެ އިތުރުން އެތައްބައެއްގެ މުދާތައް ސުންނާފަތިކޮށް، ޤައުމުގެ އަމަންއަމާންކަން ބިރުވެރި ޙާލަތަކަށްދެ އެވެ. މިއީ ޖިހާދުކުރުމުގެ ތެރޭގައި އެކުލެވިގެންވާ ކަމެއްގޮތުގައި ހަދައި އެގޮތުގައިދެކެ އެވެ.

 

ބައެއް ޒުވާނުން މި ނުރައްކާތެރި ނުބައި އަނދަވަޅުގެ ތެރެއަށް ވެއްޓިގެން ގޮސްފައިވެ އެވެ. އެ ޒުވާނުންނަށް އެނގިފައިވަނީ އެއީ ﷲ ގެ ހަޟުރަތަށް ޝަހީދުވެގެން ދިއުންކަމުގައި އެވެ. އެ ޝަހާދަތް ހޯދުމަށްޓަކައި އަވަސްވެގަންނަނީ އެވެ. ސުވަރުގެއަށް ވަނުމަށާއި، ޙޫރުލްޢީނުން ހޯދައިގަތުމަށް އަވަސްވެގަންނަނީ އެވެ. އެހެނަސް ޙަޤީޤަތުގައި މި ނުރައްކައުތެރިކަން ބޮޑުވެގެންވާ މުންކަރާތެއްގެ ގޮތުގައިވާ ޢަމަލަކީ ނުހަނު އަވަސްކަމާ އެކުގައި ނަރަކައަށް ވަދެވިގެންދާ ޢަމަލެކެވެ. وَالعِيَاذُ بالله.  ވުމާއެކު ދަންނަހުއްޓެވެ. ހަމަކަށަވަރުން ސުވަރުގެއަށް ދެވޭނެ މަގަކީ ﷲ އަށް ކިޔަމަން ގަތުމުގައި އަދި رَسُوْلُ اللهِ ﷺ އަށް ކިޔަމަން ގަތުމުގައި ލާޒިމްވެ ދެމިހުރެގެންނެވެ. ﷲ އަށް އުރެދުމުގައި އަދި رَسُوْلُ اللهِ  ﷺ އަށް އުރެދުމުން އެއްކިބާވެ ހުރުމުންނެވެ. އަދި ﷲ ކޯފާވެވޮޑިގަންނަވާ އަދި ރުހިވަޑިނުގަންނަވާ އެންމެހައި ކަންތައް ދޫކޮށްގެންނެވެ.


ހަމަކަށަވަރުން المملكة العربية السعودية އަދި އެނޫން ޤައުމުތަކުގައި ދެވިފައިވާ ބޮންގޮއްވުމާއި ޖާނުންފިދާވެ ދެވޭ އެންމެހައި ޙަމަލާތަކަކީ ﷲ އަށް އުރެދުމުގައި ކުރެވިފައިވާ ކަންތަކެވެ. އެއީ ހަމަކަށަވަރުން ނަބިއްޔާ ގެ ބަސްފުޅުތަކާއި ނަބިއްޔާ ގެ ޢަމަލުފުޅުތަކާއި ސީރަތާ އިދިކޮޅަށް އެއާ ޚިލާފަށް ކުރެވޭ ކަންތަކެވެ. ހަމަކަށަވަރުން އިސްލާމް ދީނުގައި މުއުމިނު އެއްވެސް ނަފްސެއް ޙައްޤަކާ ނުލައި މަރާލުމަކީ ޙަރާމްވެގެންވާ ކަމެކެވެ. އަދި އެއްބަސްވުމާއި އަޙުދުތަކުގައި ތިބި މީސްތަކުން މަރާލުމަކީ ޙަރާމްވެގެންވާ ކަމެކެވެ. ދޮގުހެދުމާއި، އެއްބަސްވުންތަކުގެ މައްޗަށް ބޭފަވާތެރިވުމާއި، ޚިޔާނާތްތެރިވުމާއި މުސްލިމްވެރިންނާ ދެކޮޅަށް ނުކުތުން އަދި ވެރިން އަމުރުކުރާ ހެޔޮކަންތަކަށް ކިޔަމަން ނުވުމަކީ ޙަރާމްވެގެންވާ ކަމެކެވެ. އަމިއްލަ ނަފްސު ޤަތުލުކުރުމަކީ ޙަރާމް ކަމެއްގެ ގޮތުގައި ޝަރީޢަތުގައިވެ އެވެ. މި ބައިގަނޑުގެ އަހުލުވެރިން މި އެންމެހައި ކަންތަކެއް ކޮށްފި އެވެ. وَالعِيَاذُ بالله.

 

އަދި ކިޔެއްތޯ؟ ހަމަކަށަވަރުން އެބައެއްގެ މައްޗަށް ޖިހާދު ޝަރުޢުވެގެންވާ މީސްތަކުން ކަމުގައިވާ ކާފަރުންނާ ދެކޮޅަށް ޖިހާދުކުރެވޭއިރު (އެފަދަ ޖިހާދުތަކުގައިވެސް) ކާފަރުންނާއި އެކުގައި ޢަމަލީގޮތުން ބައިވެރިނުވާ މީސްތަކުން ޤަތުލުކުރުން ނަހީކުރެއްވި އެވެ. އެގޮތުން އަންހެނުންނާއި، ކުޑަކުދިން، އަދި މުސްކުޅިވެ ދުވަސްވެފައިވާ މީހުން ފަދަ މީސްތަކުން ޤަތުލުކުރުން ނަހީކުރެއްވި އެވެ. އެހެންކަމުގައިވީ ހިނދު އަމަންއަމާން ކަމުގައިވާ މުސްލިމުން ޤަތުލުކުރެވޭނީ ކިހިނަކުންތޯ އެވެ. ނުވަތަ ޢަހުދުތަކުގައި ދެމިތިބި، އިސްލާމީ ޝަރީޢަތަށް ޙުކުމް ކުރަމުންދާ ޤައުމެއްގައި އެބައެއްގެ ނަފްސަށް އަދި މުދަލަށް އަމާންކަން ލިބިދީފައިވާ ބަޔަކު ޤަތުލު ކުރެވޭނީ ކިހިނަކުންތޯ އެވެ؟


ހަމަކަށަވަރުން އީމާންކަމުގައި ދެމިތިބި ނަފްސުތައް ޙައްޤަކާ ނުލައި ޤަތުލުކުރުމާއި، މުސްލިމުންގެ ވެރިންނަށް ހެޔޮކަންކަމުގައި ކިޔަމަންތެރި ނުވުމާއި، ވެރިންނާ ދެކޮޅަށް ނުކުތުމާއި، އެއްބަސްވުންތަކާ ޚިލާފުވުން އަދި ޚިޔާނާތްތެރި ވުމަކީ އެތަށް ގުނައަކަށް ޝަރުޢީގޮތުން ވާރިދުވެގެންވާ ދަލީލުތަކުން ޙަރާމްވެގެންވާ ކަމެއްގެ ގޮތުގައިވާ ކަންތަކެއް ކަމުގައިވެ އެވެ. އަދި އެންމެހައި މުސްލިމުންވަނީ އެއީ ޙަލާލުވެގެން ނުވާ ކަމެއްގެ ގޮތުގައި އިޖްމާޢުވެގެންނެވެ. އެކަން ކުރާ މީސްތަކުންނަކީ ޖަރީމާތަކުގެ އަހުލުވެރިން ކަމުގައި ބަޔާންކޮށްފަ އެވެ. އަދި އެ ކަންތައްތަކަކީ ޙަލާލުވެގެންވާ ކަންތަކެއް ކަމުގައި ބަޔާންކުރާ މީހުންނަކީ ކާފަރުންކަމުގައި ބަޔާންކޮށްފައިވެ އެވެ. ފަހެ މި އެންމެހައި ކަންތައްތަކާއެކުގައި އެއީ ޖިހާދުކަމުގައި ބެލެވޭނީ ކިހިނަކުންތޯއެވެ؟! އެއީ ސުވަރުގެއަށް ދެވޭނެ މަގެއްކަމުގައި ވާނީ ކިހިނަކުންތޯއެވެ؟!


ހަމަކަށަވަރުން މި އެންމެހައި ޖަރީމާތައް، އެބައިމީހުން ދެކޭ މަންހަޖުގައި އަދި މަގުގައި ކުރަމުން ގެންދާ މީހުންނަކީ ނަބިއްޔާ ﷺ ގެ އަރިއަހުން عَلِيُّ بن أَبِيْ طَالِب رضي الله عنه ރިވާކުރައްވާފައިވާ ޙަދީޘްގައި ބަޔާންކުރައްވާފައިވާ މީހުންނެވެ. (سَيَخْرُجُ قَوْمٌ فِي آخِرِ الزَّمَانِ أَحْدَاثُ الْأَسْنَانِ سُفَهَاءُ الْأَحْلَامِ يَقُولُونَ مِنْ خَيْرِ قَوْلِ الْبَرِيَّةِ لَا يُجَاوِزُ إِيمَانُهُمْ حَنَاجِرَهُمْ يَمْرُقُونَ مِنْ الدِّينِ كَمَا يَمْرُقُ السَّهْمُ مِنْ الرَّمِيَّةِ فَأَيْنَمَا لَقِيتُمُوهُمْ فَاقْتُلُوهُمْ فَإِنَّ فِي قَتْلِهِمْ أَجْرًا لِمَنْ قَتَلَهُمْ يَوْمَ الْقِيَامَةِ)  "ފަހުޒަމާނުގައި މީސްތަކުންގެ ތެރެއަށް ބައިގަނޑެއް ފާޅުވާނެ އެވެ. އެއީ ޢުމުރުގެ ގޮތުން ހަގު އަދި ހުވަފެންތަކެއް އެބައިމީހުންގެ ސިކުނޑިން ދެކޭނެ ބައެކެވެ. އެބައިމީހުން ބުނަމުންދާނީ އެންމެ ހެޔޮވެގެންވާ (ޤުރުއާންގެ) ބަސްތަކެވެ. އެބައިމީހުންގެ އީމާންކަން އެބައިމީހުންގެ ކަރުގެ ވައިނޮޅިއަށްވުރެ އެތެރެއަކަށް ނުދާނެ އެވެ. ދުނިދަނޑިން ތީރު ނުކުމެގެންދާ މިޘާލުގައި އެބައިމީހުން އިސްލާމްދީނުން ނުކުމެގެންދާނެ އެވެ. ތިޔަބައިމީހުންނަށް އެބައިމީހުން ފެނުނު ކޮންމެތަނަކުން އެބައިމީހުންނާ ހަނގުރާމަކުރާށެވެ. ހަމަކަށަވަރުން އެބައިމީހުން ޤަތުލުކުރި މީހަކަށް ޤިޔާމަތް ދުވަހުގައި މަތިވެރިވެގެންވާ އަޖުރު ލިބިގެންވެ އެވެ." 


މިބައިމީހުންނަށް މިޘާލެއްކަމުގައި ވި މިބައިމީހުންގެ ސަލަފުންނަކީ عُثْمَانُ رضي الله عنه ގެ މައްޗަށް ނުކުމެ ހަޅުތާލުކުޅަ މީހުންނެވެ. އެބައިމީހުން ޚަލީފާ ޤަތުލުކުޅަ އެވެ. އަދި އެބައިގަނޑުގެ މީހުން عَلِيُّ رضي الله عنه  ކާފަރުކުޅަ އެވެ. އަދި ޤަތުލުކުޅަ އެވެ. އެއަށްފަހު އެކި ޒަމާންތަކުގައި އެބައިމީހުން ނުކުމެ ފާޅުވި އެވެ. އެތަކެއް ތަންތަނުގައި އެބައިމީހުން ފާޅުވި އެވެ. ހަމަކަށަވަރުން މި ޢަމަލުތައް ކުރާ މީހުންގެ ސަލަފުން ނަބިއްޔާ ގެ އަޞްޙާބުންގެ ފަރާތްޕުޅުން ފައިދާ ހޯދުމުގެ ބަދަލުގައި، ޞަޙާބީން ކާފަރުކޮށް،  ޞަޙާބީންތައް ޤަތުލުކުރީ އެވެ. އަދި އެ ޢަމަލުތަކަކީ ޖިހާދެކޭ ބުންޏެވެ.


މިބައިގަނޑުގެ އަހުލުވެރިން السعودية ޢަރަބިއްޔާގައި ދެމިތިބި ސުންނަތަށް ތަބަޢަވުމުގައި ދެމިތިބި ޞާލިޙް ރައްބާނީ ޢިލްމުވެރިން އަދި އެހެނިހެން ދައުލަތްތަކުގައިވި ޢިލްމުވެރިންގެ ފަރާތުން މަންފާ ޙާޞިލް ކުރުމުގެ ބަދަލުގައި އެ ޢިލްމުވެރިންގެ މައްޗަށް ނުބައިކަން ބޮޑުވެގެންވާ އެތަކެއް ބަސްތަކެއް އެ ޢިލްމުވެރިންގެ މައްޗަށް މިބައިގަނޑުގެ އަހުލުވެރިން ބުންޏެވެ. މީސްތަކުން އެ ޢިލްމުވެރިންގެ ކައިރިން ދުރުކުޅަ އެވެ. މުސްލިމުންގެ ވަލިއްޔުލް އަމްރުގެ ކިޔަމަންގަތުމުން އެއްކިބާވި އެވެ. އަދި ވަލިއްޔުލް އަމްރުގެ މައްޗަށް ނުކުތެވެ. މުސްލިމުންގެ ތެރެއަށް ހަތިޔާރު އުފުލި އެވެ. ލޮލުން ކަރުނަ އޮހޮރިގެންދާ އެތަކެއް ޢަމަލުތަކެއް އެބައިމީހުންކުޅަ އެވެ. ހަމަކަށަވަރުން ނުރައްކާތެރިކަން ބޮޑީ މި ތަކްފީރީންނަށް، ޙައްޤުމަގުން އެއްކިބާވެފައިވާ ފިކުރުތައް އުނގަންނައިދޭ މީހުންނެވެ. ޝަރުޢީ ދަލީލުތައް އޭގެ އަޞްލު މާނައިން ނެރެ، ޞައްޙަގޮތުގައި މާނަކުރެވޭ ދަލީލުތަކުން ބޭރުކޮށް އެބައިމީހުން ކުރަމުންދާ މި ނުބައި ޢަމަލުތަކުގެ ޞައްޙަކަމަށް ދަލީލުތައް ނެރެހަދަ އެވެ.

 

އެއީ އެންމެ ކުރީންސުރެ ޚަވާރިޖުންގެ ފިކުރުތައް އުނގަންނައިދީ އެބައިމީހުންނާ އެކުގައި ހަނގުރާމަ ކުޅައުމަށް ނިކުންނަ މީހުންނަކީ قَعْدَةُ الخَوَارِجُ  "ޤަޢްދަތުލް ޚަވާރިޖު" ނުވަތަ  الخَوَارِجُ القَعْدة "އަލްޚަވާރިޖު އަލްޤަޢްދަ" އެވެ. މާނައަކީ ޚަވާރިޖުންގެ ފިކުރުތައް ފަތުރައި އަދި މީސްތަކުންގެ މައްޗަށް ނުކުތުމަށް ބާރުއަޅައި އެކަމަށް ބާރުވެރިވުމެވެ. އެބައިމީހުންނަށް ތަބަޢަވުމުގައި ހުންނަ ޒުވާނާގެ ހުރިހައިވެސް މުހިންމުކަމަކީ މިސްތަކުން ޤަތުލުކުރުމާއި ތަންތަން ސުންނާފަތިކޮށްލުމެވެ. ޖިހާދުގެ ނަމުގައި މީސްތަކުން ނަހަމަގޮތުގައި ޤަތުލުކުޅައުމެވެ. ފަހެ، މި އަލްޚަވާރިޖު އަލްޤަޢްދަ ގެ މައްޗަށް ސަމާލުވެތިބުން ހުއްޓެވެ. އެމީހުންނަކީ ނުހަނު ގިނަބައެކެވެ. ﷲ އެބައިމީހުންގެ ޢަދަދު ގިނަ ނުކުރައްވާހުއްޓެވެ. އަދި އެންމެހައި މުސްލިމުން މިބައިމީހުންގެ ނުބައިކަމުންނާއި، ފިތުނައިން ރައްކާތެރިކޮށްދެއްވުން ހުއްޓެވެ.


މިބައިގައި ކޮންމެހެން ބަޔާންކުރަން ޖެހިފައިވާ އެކައްޗަކީ މިޒަމާނުގައި ފާޅުވެފައިވާ މި ހަތިޔާރު އުފުލުމުގައިވާ ބައިގަނޑުގެ އަހުލުވެރިންނަކީ، އެބައިމީހުންނާ ޚިލާފުވެގަންނަ އެންމެހައި މީސްތަކުން ކާފަރު ކުރަމުންދާ ބައިގަނޑެކެވެ. މުސްލިމް ވެރިންގެ މައްޗަށް ނުކުތުމަށް އެބައިމީހުންވަނީ އެބައިމީހުންގެ ނަފްސުތަކަށް ރުހިގެންފައެވެ. މުސްލިމުންގެ ޖަމާޢަތާއި ވަކިވެގަނެ އެއްފަރާތް ވެގެންވާ ބައެއްގެ ގޮތުގައި ވުމަށް އެބައިމީހުން އެދެ އެވެ. އެގޮތުން ޖިހާދުގެ ނަންމަތީގައި މުސްލިމުންގެ މަޢުޞޫމްވެގެންވާ ލެއަކީ އެބައިމީހުން ހުއްދަކޮށްފައިވާ އެއްޗެކެވެ. މިބައިމީހުން ޚިޔާރުކޮށްފައިވާ ބޮންގޮއްވުމާއި ތަންތަން ސުންނާފަތިކުރުމުގެ މަގަކީ އިސްލާމްދީން އޭގެ ރިވެތިވެގެންވާ ޞޫރައިން ނެރެ ކިލަނބުކޮށްފައިވާ މަގެކެވެ. ފަހެ، މިޒަމާނުގައި ފާޅުވެގެންވާ މިބައިގަނޑުގެ ފިކުރުތަކަކީ އޭގެ ކުރިގައި ފާޅުވެގެންވި ޚަވާރިޖުންގެ އެންމެހައި ފިކުރުތަކެވެ. ޚަވާރިޖުންނަށް ދެވޭ އެންމެހައި ރައްދުތަކަކީ މިބައިމީހުންނަށް ދެވޭ ރައްދުތަކެވެ.

 

މި އެންމެހައި ފިކުރުތަކަށް ރައްދުދެއްވާ ޢިލްމުވެރިން ލިޔުއްވާފައިވާ ނުހަނު ގިނަ ފޮތްތަކެއްވެ އެވެ. އެ ފިކުރުތައް ނެރެ، އެއީ ޚަވާރިޖުންގެ ފިކުރުތައް ކަމުގައި ބަޔާންކޮށް، ޚަވާރިޖުންގެ އެ އެންމެހައި ފިކުރުތައް އާފެށުމަކުން އަލުން ފާޅުވެފައިވަނީ އެވެ. ހަމަކަށަވަރުން ކުރީގެ ޚަވާރިޖުންނާ މިއަދު ފާޅުވެފައިވާ ޚަވާރިޖުންގެ ދެމެދުގައިވާ ޚިލާފަކީ ހަމައެކަނި ނަމުގައި އޮތް ޚިލާފެކެވެ. މާނައިގައި އަދި އެބައިމީހުން ކުރިއަށްގެންދާ ޢަމަލުތަކުގައި އެއްވެސް ޚިލާފެއް ނެތެވެ. އަދި ޖިހާދުކުރުމާ އެއްވެސް ގުޅުމެއްނެތެވެ. ޖިހާދުގެ މަފްހޫމާއި، ޖިހާދުގެ މަޤްޞަދާއި ޖިހާދުގެ ބޭނުމާ އެބައިމީހުން ކުރަމުންގެންދާ ޢަމަލުތަކާ އެއްވެސް ގުޅުމެއްނުވެ އެވެ. އެހެނަސް އެއީ ޖިހާދުގެ މަފްހޫމާއި، މަޤްޞަދާ އެކުއެކީގައި ބަދަލުކޮށް އަދި ޝަރުޢީގޮތުން ބަޔާންވެގެންވާ ޞައްޙަ މާނަ ބަދަލުކުރުމެކެވެ. 


މި ފައިދާކުރަނިވި ފޮތްތަކުގެ ތެރޭގައި:   
1. الأَجْوِبَةُ الأُصُوْلِيَّة فِي نَقْضِ الأُصُوْل الإِرْهَابِيَّة – މިފޮތް ލިއުއްވާފައި ވަނީ : خَالد بن حَامِد الشَّرِيْف.
2. التَّقْرِيْر فِيْ حُكُم وَ خُطُوْرَةِ التَّكْفِيْر و التَّفْجِيْر – މިފޮތް ލިއުއްވާފައި ވަނީ : الدُّكْتُوْر سُلَيْمَان أَبَا الخيل.
3. فَتَاوَاى الأَئِمَّة فِيْ النَّوَازِل المُدْلهمةِ – މިފޮތުގައިވާ މަޢުލޫމާތުތައް ޖަމްޢުކުރައްވާފައި ވަނީ : الشَّيْخ مُحمَّد بن حُسَيْن القَحْطَانِي.
4. الفَتَاوَاى الشَّرْعِيَّةِ فِيْ القَضَايَا العَصْرِيَّة – މި ފޮތުގައިވާ އެންމެހައި މަޢުލޫމާތު ޖަމްޢުކުރައްވާ ތައްޔާރުކުރައްވާފައި ވަނީ  : مُحَمَّدُ بن فَهْد الحُصِيْن. އަދި މި ފޮތް ތަޤްދީމުކުރައްވާފައި ވަނީ ސަޢުދީ ޢަރަބިއްޔާގެ މުފްތީ الشَّيْخُ عَبْدُ العَزِيْز بن عَبْدُ الله آل الشَّيْخ އަދި  فَضِيْلَةُ الشَّيْخ صَالِح الفَوْزَان އަދި فَضِيْلَةُ الشَّيْخُ عَبْدُ المُحْسِن بن نَاصِر آل عُبَيْكَان. އަދި فَضِيْلَةُ الشَّيْخ مُحَمَّدُ بن حَسَن آل الشَّيْخ. އެވެ.


އަދިވެސް މީގެއިތުރަށް ޚަވާރިޖުންނަށް ރައްދުދިނުމުގައި ލިޔެވިފައިވާ އެންމެހައި ފޮތްތަކަކީ މިޒަމާނުގައިވާ މި ބައިގަނޑަށް ދެވޭ ރައްދުތަކެއް ކަމުގައިވެ އެވެ. އެބައިމީހުންގެ ވަންހަނާވެފައިވާ އެންމެހައި ފިކުރުތައް ފާޅުކޮށް އޭގެ ޙަޤީޤަތް ބަޔާންކޮށްދެ އެވެ. އަހަރެންގެ މި ބަޙުޘްގެ ސުރުޚީއަކީ (ޖިހާދުކުރުމުގެ މަފްހޫމާއި، ލާޒިމްވެގެންވާ ކަންތައްތަކާއި ބާވަތްތަކާއި މަޤްޞަދު) ކަމުގައި ނުވާ ނަމަ، މާނައަކީ ސުރުހީގައި ޛިކުރުކޮށްދީފައިވާ އެންމެހައި މާނަތަކުން ބަޔާންކޮށްދެނީ އަހުލުއްސުންނަތުގެ އަހުލުވެރިން ދެކިވަޑައިގެންފައިވާ ގޮތުގައި، މިކަންތަކާ ޚިލާފަށް ކުރެވޭ އެންމެހައި ކަންތަކަކީ ޖިހާދުގެ ތެރެއިން ހިމެނިގެންވާ އެއްޗެއް ނޫންކަމެވެ. މި ބަޙުޘް ނުހަނު ދިގުވެދާނެ ތީވެ، އެހެންނޫންނަމަ ޚަވާރިޖުން ފާޅުކޮށްފައިވާ ޝުބުހާތްތަކާ އެއަށް ޖަވާބު ދިނުމުގައި ދެމިހުރީމު އެވެ. އަހަރެން އުއްމީދުކުރަނީ މިފޮތުގައި ބަޔާންކޮށްފައިވާ ބަސްތަކުން ބޭނުންވާ މަޤްޞަދަށް މިވަރުން ފުދިގެންވާނެ ކަމުގަ އެވެ. 

 

شَيْخُ الإِسْلاَمُ اِبن تَيْمِيَّة رحمه الله ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިންނަށް ރައްދު ދިނުމަކީ ﷲ ގެ މަގުގައި ޖިހާދުކުރުން ކަމުގައި ބަޔާންކުރައްވާ ވިދާޅުވެފައިވެ އެވެ.

 

"ޤުރުއާނާއި ސުންނަތުގެ މައްޗަށް ޚިލާފުވެގެންވާ ނުބައި ބަސްތައް ފާޅުކޮށްފައިވާ ހަވާނަފްސާއި ބިދުޢައިގެ އަހުލުވެރިން ނުވަތަ ޤުރުއާނާއި ސުންނަތާ ޚިލާފްވެގެންވާ އަޅުކަން ކުރުމުގައި ދެމިތިބި ހަވާނަފްސުގެ އަހުލުވެރިން ފަދަ އެންމެހައި މީސްތަކުން، އެމީހުންގެ ޙާލަތް ބަޔާންކޮށްދިނުމާއި، މި އުންމަތުގެ އަހުލުވެރިިންނަށް އެބައިމީހުންގެ މަތިން އިންޒާރު ދިނުމަކީ (ރައްދު ދިނުމަކީ) އެންމެހައި މުސްލިމުން އިއްތިފާޤުވެގެންވާ ގޮތުގައި ވާޖިބުވެގެންވާ ކަމެކެވެ. أَحْمَدُ بِنْ حَنْبَل އަރިއަހުގައި ދެންނެވުނެވެ. މީހަކު ރޯދަ ހިފައި ނަމާދުކޮށް އިޢުތިކާފު ކުރުމާ ނުވަތަ ބިދުޢައިގެ އަހުލުވެރިންނާ ދެކޮޅަށް ވާހަކަދެއްކުމުގެ ތެރެއިން ބޮޑަށް ލޯބިކުރައްވަނީ ކޮންކަމަކަށް ތޯއެވެ؟ ވިދާޅުވިއެވެ. މީހަކު ނަމާދުކޮށް އިޢުތިކާފު ކުރުމަކީ އޭނާގެ އަމިއްލަ ނަފްސަށް އޮތް ކަމެކެވެ. އަހްލުލް ބިދުޢައާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ އެންމެހައި މުސްލިމުންނަށްޓަކައި އޭނާ ކޮށްދޭ ކަމެކެވެ. މި 2 ކަމުގެ ތެރެއިން ހެޔޮކަން ބޮޑީ މިގޮތެވެ. (މާނައަކީ : ބިދުޢައިގެ އަހުލުވެރިންނާއި ބެހޭގޮތުން ވާހަކަދެއްކުމަކީ ހެޔޮކަންބޮޑު ގޮތެވެ.) މިތަނުގައި ބަޔާންކޮށްފައި މިވަނީ އެންމެހައި މުސްލިމުންނަށް މިކަމުގެ ސަބަބުން އެބައިމީހުންގެ ދީނަށް މަންފާ ލިބޭނޭ ކަމެކެވެ. މިއީ الله ގެ މަގުގައި ކުރެވޭ ޖިހާދުގެ ތެރެއިންވާ ކަމެކެވެ. ސަބަބަކީ الله ގެ މަގާއި ދީނާއި މަންހަޖާއި އެކަލާނގެ ޝަރިޢަތާ މެދު މި މީސްތަކުން ފާޅުކޮށްފައިވާ ހައްދުފަހަނައަޅާ ދިއުމާ މިފަދަ އެންމެހައި ކަންތައް ޠާހިރު ކުރުމަކީ މުސްލިމުން އިއްތިފާގު ވެގެންވާ ގޮތުގައި ކިފާޔަތުގެ ވާޖިބެކެވެ. މިބައިމީހުންގެ ނުބައިކަމާއި ފަސާދައިން ދިފާޢު ކުރުމަށް އެކަލާނގެ ބަޔަކު ލައްވާފައިނުވާ ނަމަ މިބައިމީހުންގެ ފަސާދަ ބޮޑުވެގެންދާނީ އަދުއްވުން ހަނގުރާމައިގެ މައިދާނުގައި މުސްލިމުންގެ މައްޗަށް ވެރިވެގަންނަ ފަސާދައަށްވުރެ ބޮޑު ފަސާދައަކަށެވެ. ފަހެ އެ ކާފަރުންތައް މީސްތަކުންގެ މައްޗަށް ވެރިވެގަންނަ ހިނދު މީސްތަކުންގެ ހިތްތަކެއް ފަސާދައެއް ނުކުރެއެވެ. އަދި މީސްތަކުންގެ ދީނެއް ފަސާދައެއް ނުކުރެއެވެ. އެހެނަސް މިބައިމީހުން އެންމެ ފުރަތަމަ ފަސާދަ ކުރާނީ މީސްތަކުންގެ ހިތްތަކެވެ." (جموع الفتاوى (28/ 231-232).)

******

މި ލިޔުމުގެ ޢަޞްލު: الجِهَادُ فِي الإِسْلام مَفهُومِه وَضوَابِطه وَأَنْوَاعِه وَأَهدَافه ފޮތުގެ ދިވެހި ތަރުޖަމާ (332 ޞަފްޙާ) (ތިރީގައި މި ފޮތް، ޑައުންލޯޑު)

Like what you see?

Close

Hit the buttons below to follow us, you won't regret it...