5  ޝިރުކުން އެކަކަށްވެސް އަމާންކަން ލިބިގެން ނުވޭ - الشَّيْخ العَلاَّمَة صَالح الفَوزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޝިރުކު

 ޝިރުކުން އެކަކަށްވެސް އަމާންކަން ލިބިގެން ނުވޭ - الشَّيْخ العَلاَّمَة صَالح الفَوزَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޝިރުކު

ސުވާލު: މިފަދައިން ބުނާމީހުންނަށް ދޭނެ ރައްދަކީ ކޮބައިތޯ އެވެ. "ހަމަކަށަވަރުން މި ޤައުމުގައި ދިރިއުޅޭމީހުން ދިރިއުޅޭ މާހައުލަކީ ތަވްޙީދުގެ މާހައުލެކެވެ. އަދި އެބައިމީހުންވަނީ ސަލާމަތްވެގެންވާ ހެޔޮ ފިޠުރަތުގެ މަތީގަ އެވެ. ފަހެ، އެހެންވުމުން ތަވްޙީދު ކިޔެވުމުގައި މަޝްޣޫލުވެ އުޅުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟
 

ޖަވާބު: "سُبحان الله އެވެ. ޝިރުކު ކުރުމުގެ މައްޗަށް އަމާންކަން ލިބިގެންވަނީ ހެއްޔެވެ؟ އެއްވެސް މީހަކަށް އޭނާގެ ނަފްސުގެ މައްޗަށް (ޝިރުކުން) އަމާންކަން ލިބިގެންވާކަމުގައި ދެކިގެން ނުވާނެ އެވެ. إِبْرَاهِيم عليه السلام މިފަދައިން ﷲ އަށް ދުޢާ ދެންނެވި އެވެ.

(ﷲ ވަޙީކުރައްވި އެވެ.) ﴿وَاجْنُبْنِي وَبَنِيَّ أَن نَّعْبُدَ الْأَصْنَامَ﴾ إبراهيم 35 "އަދި އަޅާ އާއި އަޅުގެ ދަރިން ބުދަށް އަޅުކަން ކުރުމުން ދުރުކުރައްވާނދޭވެ."

އަމިއްލަ ނަފްސުފުޅުގެ މައްޗަށް ބިރުވެތިވެވަޑައިގެންނެވި އެވެ. އެއީ ރަސޫލާ އަކީ ބުދުތައް މުގުރާލެއްވި ރަސޫލާގެ ގޮތުގައި ވުމަށް ފަހުގަވެސްމެ އެވެ. އަދި އެކަމުގެ ނަތިއްޖާއެއްގެ ގޮތުން އަލިފާނަށް އެއްލާލެވުނެވެ. މި ކަންތައްތަކާ އެކުގައިވެސް ނަފްސަށް ޝިރުކުގެ މައްޗަށް ބިރުވެތިވެވަޑައިގެންނެވި އެވެ. އެކަމުގެ ސަބަބަކީ ކޮބައި ހެއްޔެވެ؟

﴿رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِّنَ النَّاسِ﴾ إبراهيم 36  "އަޅުގެ ވެރި އިލާހު، ހަމަކަށަވަރުން، އެ ބުދުތައް މީސްތަކުންކުރެ ގިނަބަޔަކު މަގުފުރައްދައިފި އެވެ."

މިއީ ފިތުނަވެރިކަމެކެވެ. وَالعِياذ بالله. އެއްވެސްމީހަކު އެމީހެއްގެ ނަފްސުގެ މައްޗަށް ޝިރުކުން އަމާންކަން ލިބިގެން ނުވާނެ އެވެ. ތިމަންނައަކީ ﷲ އެއްކައުވަންތަ ކޮށްފައިވާ مُوَحد (ތަޥްޙީދުގެ އަހުލުވެރި) އެކޭ ބުނުމަކުން ނުފުދޭނެ އެވެ. ތިމަންނަ ޝިރުކެއް ނުކުރާނަމޭ ބުނެ ނުފުދޭނެ އެވެ. ޙަޤީގަތަކީ (މިފަދައިން ބުނުމަކީ) ތިބާއަށް ޝިރުކުއަކީ ކޮބައިކަމެއް ނޭނގުމެވެ. ތިބާއަށް އޮތީ ޝިރުކުއެއީ ކޮންއެއްޗެއް ކަމާއި، އޭގެ ބާވަތްތައް ތިބާ އެކަންތަކުން ދުރުވެ، ވަކިވުމަށްޓަކައި އުނގެނުމެވެ. ތިބާގެ އަމިއްލަ ނަފްސަށް ތަޒްކިޔާއެއް ދީގެން ނުވާނެ އެވެ. އެގޮތުން "ތިމަންނަވަނީ ޙިމާޔަތް ވެގެންނެވެ." މިފަދައިން ބުނެގެން ނުވާނެ އެވެ. ތިބާއަށްވުރެ މާ ހެޔޮކަންބޮޑު މީހުންވަނީ މަގުފުރެދިގެން ގޮސްފަ އެވެ. ޙައްޤުމަގުން އެއްކިބާވެގެންނެވެ. އަޚާ އެވެ. ފިތުނަވަވެރިވެގެން ދިއުމުގެ މައްޗަށް ބިރުވެތިވާށެވެ. މިހާރު ފިތުނަވެރިކަން ނުހަނު ބޮޑުވެގެންވެ އެވެ. ތިޔަބައިމީހުން ދަންނަ ފަދައިން މިހާރު ފިތުނަވެރިކަން ނުހަނު ބޮޑެވެ. އެކިއެކި ބާވަތްތަކުގެ ފިތުނަވެރިކަމެވެ. މީސްތަކުން އެބައިމީހުންގެ ގެތަކުގައި، އެނދު ދާންތަކުގައި އެބައިމީހުންގެ ގެތަކުގައި ދޮރުލައްޕައިފައިވާ ޙާލުގައިވެސް އެމީހުންގެ ގާތަށް މިފިތުނަތައް ވަދެ އެވެ. މީޑިއާގެ ނުބައިވެގެންވާ އެކި ވަސީލަތްތަކުން މި ފިތުނަތައްވަދެ އެވެ. މިފިތުނަތަކުގެ މައްޗަށް އެކަކަށްވެސް އޭނާގެ ނަފްސަށް އަމާންކަން ލިބިގެންވާ ކަމުގައި ނުވާނެ އެވެ. ތިބާގެ އަމިއްލަ ނަފްސަށް އަމާންކަން ލިބިގެންވާ ކަމުގައި ނުދެކޭށެވެ. އަމިއްލަ ނަފްސަށް ތަޒްކިޔާ ނުދޭށެވެ. އާނއެކެވެ."
*****
ފަތުވާ ނަގާފައިވަނީ : https://goo.gl/b5yZM6  

Like what you see?

Close

Hit the buttons below to follow us, you won't regret it...