ދާޢިޝް (ISIS) ވަނީ ޙައްޤުގެ މަތީގައި ކަމަށް ޤަބޫލުކުރާ މުސްލިމުންނާ ދޭތެރޭ އަހަރުމެން ޢަމަލުކުރަންވީ ކިހިނެއް؟ - الشيخ محمد بن هَادِي المَدْخَلِي -حفظه الله-
ސުވާލު: ދާޢިޝް ވަނީ ޙައްޤުގެ މަތީގައި ކަމަށް ޤަބޫލުކުރާ މުސްލިމުންނާ ދޭތެރޭ އަޅުގަނޑުމެން ޢަމަލުކުރަންވީ ކިހިނަކުންތޯ އެވެ؟
ޖަވާބު: އެބައިމީހުންނަށް الله ގެ ފޮތާއި ރަސޫލުالله صلى الله عليه وسلم ގެ ސުންނަތުގައިވާ ދަލީލުތަކުން ޢިލްމަށް ދައުވަތު ދޭށެވެ. އަދި ޢިލްމުވެރިންގެ ބަސްފުޅުތަކާއި، އެމީހުންނާ (ދާޢިޝްއާ) އެއްގޮތްވާ ކުރީގެ މީހުންގެ މިސާލުތަކާއި ވާހަކަތައް ކިޔައިދޭށެވެ. އަދި އެމީހުންނާ ބެހޭގޮތުން ވާރިދުވެފައިވާ ސަލަފުންގެ އިމާމުންގެ ބަސްފުޅުތައް ކިޔައިދޭށެވެ. ދެންމެ ތިބާއަށް އަޑު އިވުނު ގޮތަށެވެ. އަދި މިޒަމާނުގައިވާ މީހުންނާއި (ޢިލްމުވެރިންނާއި) ކުރީ ޒަމާނުގައިވާ މީހުންގެ (ޢިލްމުވެރިންގެ) ވާހަކަ ގުޅުވާށެވެ. އަދި اللهގެ ވަޙީ ބަސްފުޅާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅުތައް ގުޅުވާށެވެ. ފަހެ (ދަލީލުތައް އަޑުއެހުމަށް ފަހު) އެމީހުން ޤަބޫލު ނުކޮށްފި ނަމަ، ފަހެ ތިބާ އެމީހުން ދޫކޮށްލާށެވެ. ފަހެ ހަމަކަށަވަރުން އެމީހުންގެ ކިބައިގައި ހެޔޮކަމެއް ނުވެ އެވެ. ފަހެ ތިބާ އެމީހުންނާ އެކު ނުއިށީންނާށެވެ.
ފަތުވާ ނަގައިފައިވަނީ: http://ar.miraath.net/fatwah/10871