ދާޢިޝް (ISIS) ވަނީ ޙައްޤުގެ މަތީގައި ކަމަށް ޤަބޫލުކުރާ މުސްލިމުންނާ ދޭތެރޭ އަހަރުމެން ޢަމަލުކުރަންވީ ކިހިނެއް؟ - الشيخ محمد بن هَادِي المَدْخَلِي -حفظه الله-

ކެޓަގަރީ އައިއެސްއައިއެސް

ސުވާލު: ދާޢިޝް ވަނީ ޙައްޤުގެ މަތީގައި ކަމަށް ޤަބޫލުކުރާ މުސްލިމުންނާ ދޭތެރޭ އަޅުގަނޑުމެން ޢަމަލުކުރަންވީ ކިހިނަކުންތޯ އެވެ؟


ޖަވާބު: އެބައިމީހުންނަށް الله ގެ ފޮތާއި ރަސޫލުالله صلى الله عليه وسلم ގެ ސުންނަތުގައިވާ ދަލީލުތަކުން ޢިލްމަށް ދައުވަތު ދޭށެވެ. އަދި ޢިލްމުވެރިންގެ ބަސްފުޅުތަކާއި، އެމީހުންނާ (ދާޢިޝްއާ) އެއްގޮތްވާ ކުރީގެ މީހުންގެ މިސާލުތަކާއި ވާހަކަތައް ކިޔައިދޭށެވެ. އަދި އެމީހުންނާ ބެހޭގޮތުން ވާރިދުވެފައިވާ ސަލަފުންގެ އިމާމުންގެ ބަސްފުޅުތައް ކިޔައިދޭށެވެ. ދެންމެ ތިބާއަށް އަޑު އިވުނު ގޮތަށެވެ. އަދި މިޒަމާނުގައިވާ މީހުންނާއި (ޢިލްމުވެރިންނާއި) ކުރީ ޒަމާނުގައިވާ މީހުންގެ (ޢިލްމުވެރިންގެ) ވާހަކަ ގުޅުވާށެވެ. އަދި اللهގެ ވަޙީ ބަސްފުޅާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅުތައް ގުޅުވާށެވެ. ފަހެ (ދަލީލުތައް އަޑުއެހުމަށް ފަހު) އެމީހުން ޤަބޫލު ނުކޮށްފި ނަމަ، ފަހެ ތިބާ އެމީހުން ދޫކޮށްލާށެވެ. ފަހެ ހަމަކަށަވަރުން އެމީހުންގެ ކިބައިގައި ހެޔޮކަމެއް ނުވެ އެވެ. ފަހެ ތިބާ އެމީހުންނާ އެކު ނުއިށީންނާށެވެ.

ފަތުވާ ނަގައިފައިވަނީ: http://ar.miraath.net/fatwah/10871

އައިއެސްއައިއެސް: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ISIS އަކީ ﷲގެ ޝަރީޢަތް ޤާއިމްކުރާ ބައެއްކަމަށް ބުނުމުގެ ޙުކުމް - فضيلة الشَّيْخُ العلامة عُبَيْدُ الجَابِرِيْ حَفِظَهُ الله | 07 ޖެނުއަރީ 2016

(ISIS ގެ) ޙަޤީޤަތާއި އެޖަމާޢަތުގެ ނުރައްކައުތެރިކަން - الشَّيْخُ العَلَّامة محمد بن هادي المدخلي حَفِظَه الله | 15 ސެޕްޓެމްބަރ 2015

ISIS އަކީ ޚަވާރިޖު ޢަމަލުތަކުގެ އަހުލުވެރިން - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله | 23 މާރޗް 2015

އައިއެސް އަކީ މިހާރު ދުނިޔޭގައިވާ ޚަވާރިޖުން - الشَّيْخُ مُحَمَّدُ بِنْ هَادِيْ المَدْخَلِي حَفِظَه الله | 05 ފެބުރުއަރީ 2015

އައިއެސް އަކީ އިސްލާމް ދަޢުލަތެއް ނޫން، އެއީ "ދާޢިޝިއްޔާ-ޚަވާރިޖު" ދަޢުލަތެއް - الشَّيْخُ العَلاَّمَة عَبْدُ المُحْسِنُ العَبَّاد حفظه الله | 05 ފެބުރުއަރީ 2015

އައިއެސް ޖަމާޢަތަކީ، ޚަވާރިޖް، ތަކްފީރީ ޖަމާޢަތެއް - الشَّيْخُ العَلَّامة صَالِح السُّحَيْمِي حَفِظَه الله | 05 ފެބުރުއަރީ 2015

ކާފިރު އަސީރުން އަލިފާނުން އަންދާލުން ޙަރާމްވެގެންވާއިރު ފަހެ މުސްލިމަކު އަލިފާނުން އަންދާލެވޭނީ ކިހިނަކުންތޯ އެވެ؟ - الشيخ عبد القادر بن محمد الجنيد حَفِظَه الله | 04 ފެބުރުއަރީ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...