ISIS އަކީ ޚަވާރިޖު ޢަމަލުތަކުގެ އަހުލުވެރިން - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله
ސުވާލު : އަހަރެމެންގެ ތެރޭގައިވާ ބައެއް ޒުވާނުންނަށާއި އަދި ދަރިންނަށް ISIS ޚަވާރިޖުން މައްޗަށް ނަޞޭޙަތްތެރިވެ، ބަސްތައް މުޚާތަބު ކުރުމުން އެ ޒުވާނުން ބުނަނީ "ISIS ގެ ޢަމަލުތަކަކީ ﷲ ގެ މަގުގައި ކުރެވޭ ޖިހާދެކެވެ. (ޖިހާދު ފީ ސަބީލިއް ﷲ އެވެ.) އަދިވެސް ބުނެ އެވެ. "އެމީހުން ކިތާބުއް ތަޥްޙީދު ބަޔާންކުރާތަން އަހަރެމެންނަށް ފެނެ އެވެ. އަދި އެމީހުން ޙައްދު ޤާއިމް ކުރެ އެވެ. އަދި އަންހެނުން ހިޖާބުވެގެންތިބުން ލާޒިމް ކުރެ އެވެ. އަދި ޒިޔާރަތްފަދަ ތަންތަން އެމީހުން ނައްތާލަ އެވެ."
މި ޝުބުހާތްތަކަށް ރައްދު ދޭނީ ކިހިނަކުންތޯ އެވެ؟
ޖަވާބު: "ތިޔަ ޝުބުހާތްތަކަށް ރައްދު ދޭނެ ގޮތަކީ، ފަހެ ISIS ޖަމާޢަތް ނުވަތަ އެނޫންވެސް ޖަމާޢަތްތައް، އެމީހުންގެ މަންހަޖަށް ބަލާނީ އެވެ. އެ ޖަމާޢަތްތައް ޤާއިމްވެގެންވަނީ، މުސްލިމުންގެ ޖަމާޢަތް ޤާއިމްވެ ދެމިތިބި ގޮތުގައިތޯ އެވެ. މުސްލިމުންގެ ޖަމާޢަތާ އެމީހުން ޚިލާފް ނުވޭތޯ އެވެ. މުސްލިމް ވެރިންނާ ދެކޮޅަށް ނުކުމެގެން ނުވާނެ އެވެ. އެއްވެސް ގޮތަކަށް ވެރިންނާ ދެކޮޅަށް ނުކުމެގެން ނުވާނެ އެވެ. އެމީހުން ޤާއިމްވެ ތިބެންޖެހޭނީ މުސްލިމުންގެ ޖަމާޢަތާއި އެކުގަ އެވެ. ﷲ ގެ ރައްކާތެރި ކުރެއްވުމާއި، މަދަދު އަދި ވާގިދެއްވުން ވަނީ މުސްލިމުންގެ ޖަމާޢަތަށެވެ.
އެބަޔަކު އަމިއްލައަށް ވަކިވެ، ޖަމާޢަތް ހަދައިގެން ނުވާނެ އެވެ. ވަކިވެގަނެގެން ނުވާނެ އެވެ. އާއެކެވެ.
*****
ފަތުވާ ނަގާފައިވަނީ : http://goo.gl/ZpI6Bl