5 އުސްތާޛް މުހައްމަދު ރިފާދު حفظه الله އަކީ ކާކު؟ - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

އުސްތާޛް މުހައްމަދު ރިފާދު حفظه الله އަކީ ކާކު؟

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ އުސްތާޛް މުހައްމަދު ރިފާދު حفظه الله

އުސްތާޛް މުހައްމަދު ރިފާދު ވަނީ މަދީނާ ޔުނިވާސިޓީގެ ކުއްލިޔަތުއް ޝަރީޢާ އިން ޑިގްރީ ހާޞިލްކޮށް ދަސްވެނިވެ ސަޢުދި އަރަބިއްޔާގެ ސަލަފީ މަޝައިޚުން އަރިއަހުން ޢިލްމު ޙާޞިލްކޮށްފައެވެ. އަދި އުސްތާޛް ރިފާދު އަކީ ދިވެހިރާއްޖޭގައި ސަލަފީ ދަޢުވަތު ފެތުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މަދު ޠުއްލާބުލް ޢިލްމުގެ ތެރެއިން އަޚެކެވެ.

އުސްތާޛް މުހައްމަދު ރިފާދުގެ ދުލުން އުސްތާޛްގެ ތަޢުރީފް:

"ރިފާދް އަކީ ތިޔަކުދިންގެ އަޚުންގެ ތެރެއިން އަޚެކެވެ. ރިފާދު ކިޔެވޭ ޖާމިޔާ ޢިސްލާމިއްޔާއިންނެވެ. ރިފާދު ޢިލްމު ޙާޞިލްކުރީ ކުއްލިއްޔަތުއް ޝަރީޢާއިންނެވެ. އަދި އޭގެ އިތުރުން މަދީނާގައިވާ ޢިލްމުވެރިންގެ ތެރެއިން ޢިލްމު ހާޞިލްކުރުމަށްޓަކާ ހާޟިރުވި ޢިލްމުވެރިންނަކީ

 

1. ޝެއިޚް ޢަބްދުލް މުޙްސިން ޢައްބާދް حفظه الله

2. ޝެއިޚް ޢަބްދުﷲ ބުޚާރީ حفظه الله

3. ޝެއިޚް ޢުބައިދް އަލް ޖާބިރީ حفظه الله

4. ޝެއިޚް މުހައްމަދު ބިން ހާދީ އަލް މަދްޚަލީ حفظه الله

5. ޝެއިޚް ޢަބްދުއް ސަލާމް އައް-ސުހައިމީ حفظه الله

6. ޝެއިޚް ސުލައިމާން އައް-ރުހައިލީ حفظه الله

 

އަދި މި ނޫންވެސް ޢިލްމުވެރިންނެވެ. އެހެންކަމުން މި ބޭފުޅުންގެ ކިބައިން ރިފާދުވާނީ އެކި މިންވަރަށް އެކި ދުވަސްދުވަހު ޢިލްމު ހާޞިލްކޮށްފައެވެ. އެހެންކަމުން ނޭގޭ ކުއްޖަކަށް ރިފާދުގެ ތަޢުރީފެއް ދެންޏާ މިއީ ރިފާދުގެ ތަޢުރީފްއެވެ. .އަދި ރިފާދުގެ އަމިއްލަ ނަފްސު އެއްވެސް ފަރާތެއްގެ މައްޗަށް އިސްނުކުރަމެވެ. އަދި ރިފާދް އަކީ ޢާލިމެއް (އިލްމުވެރިއެއް) ވެސް ނޫންމެއެވެ. އަދި ކިއެއް، ޠާލިބު ޢިލްމުންގެ (ޝަރުޢީ ޢިލްމު އުނގެނޭ ދަރިވަރުންގެ) ތެރެއިން ފަށައިގަންނަ ކުއްޖެކެވެ. އެހެންކަމުން ރިފާދްއަށް ދެވިގެންވާ ޤަދަރުގެ މައްޗަށް އިތުރު އެއްވެސް ޤަދަރެއް އެއްވެސް ކުއްޖެއް ދީގެން ނުވާނެއެވެ. އެހެނީ ރިފާދް އަކީ ފަތުވާދޭ ފެންވަރުގެ މީހެއް ނޫނެވެ. މިއީ ތިޔަ ކުދިންގެ އަޚް މުހައްމަދު ރިފާދުގެ ތަޢުރީފްއެވެ." ޝެއިޚުލް އިސްލާމް މުހައްމަދު ބިން ޢަބްދުލް ވައްޙާބް رحمه الله ގެ اصول الثلاث ޝަރަޙަކުރި ދަރުސް

Like what you see?

Close

Hit the buttons below to follow us, you won't regret it...