މީސްތަކުން ބިދުޢަވެރިކުމުގައި ހައްދުފަހަނައަޅައިފައިވާ حدادية އިންގެ ފިރުޤާގެ ބަސްތައް ސުންނަތުގެ ޢިލްމުވެރިންގެ މައްޗަށް ގެނައުމުން އެކަމުގެ ހަޤީޤަތް ހާމަކުރުން

އެކަކު އިބިލީސް ކައިރިން ފައިދާ ހޯދަން ބުނުމުގައި، އަނެކަކު ޙައްދާދީން ކައިރިން ޢިލްމު ހޯދައި ދަރިވަރު ވުމުގައި! މިކަމުން ދޭހަވަނީ ކޮންއެއްޗެއްތޯ؟
ޘާބިތު ޤަރީނާ ތަކާއި ދަލީލުތައް އޭގެ އަހުލުވެރިންގެ ކިބައިން ހޯދަންއުޅެއުޅެ ފެންނާކަށްނެތެވެ. އޯގާތެރިވާން ޖެހޭނެ ކަމުގައި ބުނުމާއި، ހަރުކަށި ނުވުމަށް ބުނެފައިވާ ބަސްތައް ދޫކޮށްލަން ޖެހިއްޖެ އެވެ. ކުރަން ބޭނުންވާ ކަންތައްތައް ދިފާޢު ކުރުމަށް ވަކި އުޞޫލް ތަކަކަށް، ޤަވާޢިދުތަކަށް ބަލާނެ ކަމެއް ނެތެވެ. ޙަޤީޤަތަކީ މި އެވެ. ސަލަފީން ދުނިޔެމަތީގައި އަދި ދުނިޔެ ދޫކުރައްވާފައިވާ ސުންނީ، ސަލަފީ ޢިލްމުވެރިންނާއި، ޢިލްމުވެރިންގެ އަރިއަހުގައިވާ ޢިލްމުގައިވާ ފުންނާބު އުސް ދަރިވަރުންތައް ވިދާޅުވެފައިވާ ބަސްފުޅުތައް ތަރުޖަމާކޮށް އެބަސްފުޅުތައް ފެތުރުމުގައި އެވެ. މި ބަސްތަކަށް އުއްމަތުގައިވާ ސުންނަތުގެ އިމާމުންގެ ފަރާތްޕުޅުން ފެންނަތް އޮތް އެއްވެސް ޢައިބު ބަސްފުޅެއް، ރައްދެއް ނުވެ އެވެ. އާނއެކެވެ. ޙަޤީޤަތް ވާނީ ޙަޤީޤަތަށެވެ.
الإِماَم المُحدث العَلامة الشَّيخ رَبيع بن هَادي المَدخَلي حفظه الله ގެ ޢިލްމުވެރިކަމާއި، ޤާބިލްކަމަށް އަދި ޢަޤީދާ އާއި މަންހަޖުގެ ޞައްޙަކަމަށް ދުނިޔެ ދޫކުރައްވާ އިމާމުންނާއި އަދި ދުނިޔެ މަތީގައި ތިއްބެވި އިމާމުން ވަނީ ހެކިވެވަޑައިގެންފަ އެވެ. މިއީ އުޑުމަތީގައި ވިލާބޯވެފައިވާ ނުވާ ދުވަހެއްގައި ސާފު، ފާޅުކަންމަތީގައި އިރާއި ހަނދު ފެންނަހެން ފެންނަންހުރި ޙަޤީޤަތެކެވެ.
الإِمام الشَّيخ رَبِيع حفظه الله އަރިހުން سماحة الشيخ عبد العزيز بن باز رحمه الله އެދިވަޑައިގަންނަވަނީ ﷲ ގެ ސިފަފުޅުތައް ތައުވީލުކުރާ މީހުންނަށް ރައްދުދެއްވުމަށް އަދި އެކަމުގެ އަޖުރު އަދި ޘަވާބު ﷲ ގެ ހަޟުރަތުން ލިބުމަށް އުއްމީދު ކުރުމަށް
العلامة محمد بن صالح العثيمين رحمه الله الشَّيخ رَبِيع حفظه الله އަށް ޘަނާގެ ބަސްފުޅު ވިދާޅުވެ ބަޔާންކުރައްވާ އެވެ. ”الشَّيخ رَبِيع އަހަރެން ވަރަށް ރަނގަަޅަށް ދަންނަމެވެ. އަދި އެއީ އަހަރެންގެ ގާތުގައި ޘިޤާއެކެވެ. “
الإِماَم المُحدث العَلامة الشَّيخ رَبيع بن هَادي المَدخَلي حفظه الله އަށް ހެޔޮ ރިވެތި ޘަނާގެ ބަސްފުޅު ވިދާޅުވެފައިވަނީ ދުނިޔެ ދޫކުރައްވާފައިވާ އިމާމުންނާއި ޢިލްމުވެރިން އެކަންޏެއް ނޫނެވެ. އޭގެ އިތުރަށް މިއަދު ދުނިޔޭގައި ތިއްބެވި ޢިލްމުވެރިންނާއި ހެޔޮ ޞާލިޙް މީސްތަކުންވެސްމެ އެވެ.
އަލް-މަސްޖިދުލް އަލް-ޙަރާމްގެ އިމާމް الشيخ العلامة محمد بن سبيل رحمه الله الشَّيخ رَبِيع حفظه الله ލިޔުއްވާފައިވާ ރައްދުތަކަށް ޘަނާ ވިދާޅުވެ، އެ ކަންތަކަށް ޝުކުރު އަދާކުރައްވާފައިވުން
الشَّيخ أسامة العمري حفظه الله ވިދާޅުވެފައިވެ އެވެ. "އަހަރެން ގާތުގައި نايف بن محمد العساكر ވިދާޅުވި އެވެ. މިއަދު ތިމަންނަ الشيخ صالح الفَوزان حفظه الله އަރިއަހުގައި ވަނިކޮށް الشيخ رَبيع حفظه الله އަދި الشيخ عُبيد حفظه الله ނަންފުޅު ޛިކުރު ކުރެވުނެވެ. ފަހެ، الشيخ صالح الفَوزان حفظه الله އެހިނދު އަހަރެން ގާތުގައި ވިދާޅުވި އެވެ. އެބައިމީހުންނަކީ ސުންނަތުގެ އަހުލުވެރިންނެވެ. (އެބައިމީހުންނަކީ އަޞްޙާބުއް ސުންނަ)" މިއީ 28/06/2015 ތާރީޚުގައި الشيخ صالح الفَوزان حفظه الله ވިދާޅުވި ބަސްފުޅެކެވެ.
މިފަދަ ކިތަންމެ ތަޒްކިޔާއެއް ޑޮކްޓަރ الشَّيخ رَبيع بن هَادي المَدخَلي حفظه الله އަށް ލިބިވަޑައިގެންފައިވެ އެވެ. މިބަސްފުޅުތަކާއި ޙަޤީޤަތް އިންކާރު ކުރާނީ، ޙައްޤު މަންހަޖުން ބޭރުވެފައިވާ އިޚްވާނީން އަދި ޙައްދާދީންނެވެ. ސަބަބަކީ ޙައްޤުގައި ޤާއިމްވި އިމާމުންނަކީ ސުންނަތާއި ސުންނަތުގެ ދިފާޢުކުރުމުގެ މަތިވެރި ޖިހާދުގައި ޤާއިމްވެ ދެމިތިއްބެވި އިމާމުންނެވެ.
الشَّيخ رَبيع بن هَادي المَدخَلي حفظه الله ގެ އަށް ޢިލްމުވެރިން ދެއްވާފައިވާ މަތިވެރި ބަސްފުޅުތައް ބައްލަވާ :
https://salafi.mv/assets/uploads/ShaykhRabeeTazkiyaa.pdf
އަޚުންނޭވެ! މަދީނާގެ އިސްލާމިން ޔުނިވާސިޓީން ކިޔަވައި ދަރިވަރުވެފައިވާ ފަރާތަކަށް ޙައްދާދީންގެ ނުބައި މުޑުދާރު މަންހަޖު ނޭނގިފައި ވުމަކީ ޙައިރާންވެ، އަންތަރީސްވާންޖެހޭ ކަމެކެވެ. އެއަށްވުރެ ބޮޑަށް ޙައިރާން ކުރުވާކަމަކީ ޑޮކްޓަރ الشَّيخ رَبيع بن هَادي المَدخَلي حفظه الله ފަދަ ސުންނަތާއި، ސުންނަތުގެ ދިފާޢުގައި ޤާއިމްވި އިމާމަކާ ދެކޮޅަށް ބަސްތައް ނެރުމަށްޓަކައި މަޝްހޫރު ޙައްދާދީއެއްގެ ފަރާތުން އެއީ الشَّيخ رَبيع بن هَادي المَدخَلي حفظه الله އަށް "ރައްދެއް" ދިނުން ކަމުގައި ޤަބޫލު ކުރެވުމެވެ.
ޙަޤީޤަތަކީ މަންހަޖަކީ ކޮބައިކަމާއި، ސަލަފީ ދަޢުވަތަކީ ކޮބައިކަން ނޭނގުނުތަނުގައި ތިމާއަށް ޙައްދާދީންނަކީ ކޮބައިކަން ނުއެނގިފައިވެ، ޖާހިލުކަމާއި ކަނު އަނދިރިކަމުގައި ވުމެވެ. الشَّيخ رَبيع بن هَادي المَدخَلي حفظه الله ގެ މައްޗަށް ޢައިބުބަސްތައް ބުނެ އެފަދައިން ޢަމަލުކޮށްފައިވާ ބަޔަކީ، ޙިޒްބީ، އިޚްވާނީ، ހައްދާދީ، ތަކްފީރީ އެކިބާވަތް ބާވަތްތަކުގެ ޖަމާޢަތްތަކެވެ.
الشَّيخ رَبيع بن هَادي المَدخَلي حفظه الله އަށް "ރައްދެއް" ދިނުންކަން ޤަބޫލުކޮށް ޠައްޔިބު ޓުވިޓާގައި "އައްޝެއިޚް ފާލިޙް" އޭ ކިޔާ މީހެއް ގެ އޯޑިޔޯ ޖަހާފައި ބުނެފައިވެ އެވެ.

ޠޮއްޔިބެވެ. ތިބާވެސް ޢަމަލުކުރީ ތިބާގެ ޞާޙިބުންނާ ހަމަ އެއްފަދައަކުންނެވެ. ތިބާއަށް ފާލިޙް "ޝެއިޚް" އަކަށް ވީ ކޮންއިރަކުތޯ އެވެ؟ ފާލިޙް އަކީ ކާކުކަމެއް؟ ކޮންތާކު މީހެއްކަމެއް؟ ކޮން މަންހަޖެއްގެ މީހެއްކަމެއް ތިބާ ދަންނަމުތޯ އެވެ؟ ޙައްދާދީންނަކީ ކޮންބައެއްކަން ދަންނަމު ހެއްޔެވެ؟ ޙަޤީޤަތުގައި ތިބާއަށް ރައްދުދެވުނީ ނުވަތަ ރައްދު ހޯދުނީ ޑޮކްޓަރ الشَّيخ رَبيع بن هَادي المَدخَلي حفظه الله އަކަށް ނޫނެވެ. އަކަށް ނޫނެވެ. ތިބާ ރައްދު ތިޔަ ދިނީ ތިބާގެ އަމިއްލަ ނަފްސަށެވެ. ފާލިޙް އަކީ، މި ޒަމާނުގެ ޙައްދާދީ މަންހަޖުގެ އިމާމުންގެ ތެރެއިން އެންމެ މަތީ ފަންތީގައި ގުނާލެވޭ އެކަކެވެ. އުއްމަތުގައިވާ ސުންނަތުގެ އެންމެ ފުންނާބުއުސް އިމާމުންނަށާއި، ޢިލްމުވެރިންނަށް ބަދުބަސް ބުނެ، ރައްދު ދިނުމުގައިވާ ޙައްދާދީ އެކެވެ. ޠޮއްޔިބެވެ! ތިބާ ޙައްދާދީއެއްގެ ފަރާތުން ސުންނަތުގެ އިމާމަކަށް "ރައްދު ދިނުން" ކަމުގައި ޤަބޫލުކޮށް، ކޮށްފައިވާ ޢަމަލުން ތިބާ ރައްދު ދިނީ ތިބާގެ އަމިއްލަ ނަފްސަށް ނޫން ހެއްޔެވެ؟ ޙައްދާދީއެއް ކިބައިން ޢިލްމު ހޯދާނީ ޙައްދާދީން ނޫންތޯ އެވެ؟ ޙައްދާދީ މަޛްޙަބު އަކީ ޙައްޤު ކަމުގައި ޤަބޫލުކުރާ މީހެއް ނޫންތޯ އެވެ؟
ޠޮއްޔިބެވެ. މިއަދު ތިބާ ސުންނަތާއި، ސުންނަތް ދިފާޢު ކުރުމުގައިވާ އެއް އިމާމްއަށް ރައްދު ދިނުމުގެ ގޮތުން ފާލިޙްގެ ބަސްތައް ނަޤުލުކޮށްފައިވާ ހިނދު، މާދަމާ ތިބާ ފާލިޙް އެހެން ސުންނަތުގެ ޢިލްމުވެރިންނަށް ބުނެފައިވާ ބަދުބަސްތަކާއި ރައްދުތައް ނުނެރޭނެތޯ އެވެ؟
ޠޮއްޔިބެވެ. ތިބާގެ "ޝެއިޚް" ގެ ގޮތުގައި އުފުލާފައިވާ ފާލިޙް އަކީ މި ދުނިޔެމަތީގައިވާ ޢިލްމުވެރިންގެ ސަފުގައިވާ އެތައް ޢިލްމުވެރިންނަކަށް ބަދުބަސްބުނެ، ކުޑައިމީސްބަސްތައް ބުނެފައިވާ ފަރާތެއް ކަމުގައި ތިބާ ދަންނަމުތޯ އެވެ؟
ޠޮއްޔިބެވެ. ތިބާގެ "ޝެއިޚް" ގެ ގޮތުގައި އުފުލާފައިވާ ފާލިޙް ގެ ޙައްދާދީ މަޛްހަބުގެމަތީގައި ފާލިޙް ވަނީ އެތަކެއް ބަޔަކަށް އެއްޗެހި ކިޔާފަ އެވެ. އޭގެ ތެރޭގައި ޛިކުރު ކުރަމެވެ.
1. ޠޮއްޔިބުގެ "ޝެއިޚް" ގޮތުގައި އުފުލައިފައިވާ ފާލިޙް، الشَّيخ العلامة الإمام الألباني (ޝެއިޚް އަލް-ބާނީ) رحمه الله އަށް ބަދުބަސްބުނެ އެއްޗެހި ކިޔައިފައި ވުން. https://goo.gl/iYQOwm https://goo.gl/z0lQse
2. ޠޮއްޔިބުގެ "ޝެއިޚް" ގޮތުގައި އުފުލައިފައިވާ ފާލިޙް، الشَّيخ العلامة الفَقيه محمد بن صالح العثيمين (ޝެއިޚް އުޘައިމީން) رحمه الله އަށް ކުށްކޮށްފައިވާ ކަމާއި، ޝެއިޚް ޢުޘައިމީންގެ މައްޗަށް ބަސްތައް ބުނެވޭކަން ބަޔާންކޮށް އެއްޗެހި ކިޔައިފައިވުން. https://goo.gl/iYQOwm
3. ޠޮއްޔިބުގެ "ޝެއިޚް" ގޮތުގައި އުފުލައިފައިވާ ފާލިޙް، الشَّيخ العلامة عَبد المُحسن العَبَّاد (ޝެއިޚް އަލް-އައްބާދް) حفظه الله އަށް ބަދުބަސްބުނެ އެއްޗެހި ކިޔައިފައި ވުން. https://goo.gl/z0lQse
4. ޠޮއްޔިބުގެ "ޝެއިޚް" ގޮތުގައި އުފުލައިފައިވާ ފާލިޙް، الشَّيخ العلامة صالح الفوزان (ޝެއިޚް ފަޥްޒާން) حفظه الله އަށް ބަދުބަސްބުނެ އެއްޗެހި ކިޔައިފައި ވުން. https://goo.gl/6MhU8J
5. ޠޮއްޔިބުގެ "ޝެއިޚް" ގޮތުގައި އުފުލައިފައިވާ ފާލިޙް، ސަޢުދީ ޢަރަބިއްޔާގެ މުފްތީ الشَّيخ العلامة عبد العزيز آل الشيخ حفظه الله އަށް ބަދުބަސްބުނެ އެއްޗެހި ކިޔައިފައި ވުން. https://goo.gl/6MhU8J
6. ޠޮއްޔިބުގެ "ޝެއިޚް" ގޮތުގައި އުފުލައިފައިވާ ފާލިޙް، الشَّيخ علي الفَركوس حفظه الله އަށް ބަދުބަސްބުނެ އެއްޗެހި ކިޔައިފައި ވުން. https://goo.gl/7vm92U
7. ޠޮއްޔިބުގެ "ޝެއިޚް" ގޮތުގައި އުފުލައިފައިވާ ފާލިޙް، الشَّيخ عَبد الله بن صَلفِيق الظُفَيري حفظه الله އަށް ބަދުބަސްބުނެ އެއްޗެހި ކިޔައިފައި ވުން. https://goo.gl/6MhU8J
8. ޠޮއްޔިބުގެ "ޝެއިޚް" ގޮތުގައި އުފުލައިފައިވާ ފާލިޙް، الشَّيخ خَالد الظُفَيري حفظه الله އަށް ބަދުބަސްބުނެ އެއްޗެހި ކިޔައިފައި ވުން. https://goo.gl/6MhU8J
މިފަދަ "ޝެއިޚެއް" د. رَبيع بن هاَدي المَدخَلي حفظه الله އަށް ބަދުބަސްބުނެ ރައްދުދީފައި ވުމަކީ ޙައިރާން ކުރުވާނެ ކަމެއް ކަމުގައި ނުވާނެ އެވެ.
އަޚުންނޭވެ! ޠޮއްޔިބް ގެ ޝެއިޚަކީ މިއެވެ. ޙަޤީޤަތަކީ މި އެވެ. މިއީ ޙައްޤު ބަޔާންކުރުމާއި ޙައްޤު ފާޅުކުރުމާއި އުއްމަތަށް ނަޞޭޙަތްތެރިވުންތޯ އެވެ؟
ޙައްދާދީ ބާޠިލް މި މަޛްހަބާއި ސުންނަތުގެ އަހުލުވެރިން ދެކޮޅުވެރިވެ، އެ މަޛްހަބާ ދެކޮޅަށް އޭގެ ޙަޤީޤަތް ބަޔާންކުރުމުގައި ދެމި ތިއްބެވި ހިނދުގައި، ޠޮއްޔިބު މި މަޛްހަބުގެ އަހުލުވެރިން އުފުލައި "ޝެއިޚުން" ނަށް ހަދައިފައިވުން ޙައިރާނެއް ނުވޭތޯ އެވެ؟ މިއަދު ޙައްދާދީން ކިބައިންނެވެ. މާދަމާ އިޚްވާނީން ކިބައިންނެވެ. އަނެއް ދުވަހު ޚަވާރިޖު ފިކުރުގެ ކިބައިންނެވެ. އޭގެފަހުގައި ކިހިނެތް ބާއެވެ؟
އަޚުންނޭވެ! މިއީ ޙައްޤާއި ބާޠިލް ބަޔާންކުރުން ކަމުގައިވާނެ އެއްގޮތެއްވެސް ނުވެ އެވެ. އަދި މިއީ ސުންނަތާއި ސުންނަތް ދިފާޢުކުރުން ކަމުގައިވާނެ އެއްގޮތެއްވެސް ނުވެ އެވެ. އެހެނަސް ޙައްޤަކީ ކޮބައިކަމާއި، ޙައްޤުގެ އަހުލުވެރިންނަކީ ކޮބައިކަން އެމީހަކަށް ފާޅުވެ ބަޔާންވެފައި ނުވާކަމުގެ ކޮންފަދަ ބޮޑު ބުރުހާނެއް ބާވަ އެވެ؟
*****
الشَّيخ رَبيع بن هَادي المَدخَلي حفظه الله ގެ އަށް ޢިލްމުވެރިން ދެއްވާފައިވާ މަތިވެރި ބަސްފުޅުތައް ބައްލަވާ :
https://salafi.mv/assets/uploads/ShaykhRabeeTazkiyaa.pdf
ނޯޓް: ޠޮއްޔިބް އަކީ ސަލަފީން މީސްތަކުން ބިދުޢަވެރި ކުރަނީ އޭ ކިޔައި ޢިލްމުވެރިން ހައްދާދީންގެ ފިރުޤާގެ މައްޗަށް ދީފައިވާ ފަތުވާތައް ސުންނީ ސަލަފީންގެ ބޮލަށް ޖަހައި، ސަލަފީ މަންހަޖުގެ ނަމުގައި މަކަރުވެރި ލިޔުންތައް ލިޔުނު މުއައްލިފްއެވެ. މިއަދު އޭނާ ދަޢުވާކުރާ އަޚްލާޤުގެ ދަޢުވާ ކޮބައިތޯއެވެ؟ މީސްތަކުން ބިދުޢަވެރި ކުރަނީ އޭ ކިޔައި ސުންނަތުގެ އެންމެހައި އިމާމުން ބިދުޢަވެރި ކޮށްފައިވާ ހައްދާދީ އިމާމެއްގެ ބަސް އޭނާ ގެނައުމުން މީސްތަކުން ބިދުޢަވެރިކުރުމުގެ ފިތުނައިން އޭނާ ސަލާމަތް ވެއްޖެތޯއެވެ؟