5 މުސްލިމެއްގެ ގޮތުގައި ހުރެ، އިސްލާމްދީނުގެ މިއްލަތުން ބޭރުނުވެހުރެ، ކާފަރަކަށް މުސްލިމަކު ނަޞްރުދީފާނެ ހެއްޔެވެ؟ - الشيْخُ مُحَمَّدُ بِنْ عُمَر بِنْ سَالم بَازْمُول حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

މުސްލިމެއްގެ ގޮތުގައި ހުރެ، އިސްލާމްދީނުގެ މިއްލަތުން ބޭރުނުވެހުރެ، ކާފަރަކަށް މުސްލިމަކު ނަޞްރުދީފާނެ ހެއްޔެވެ؟ - الشيْخُ مُحَمَّدُ بِنْ عُمَر بِنْ سَالم بَازْمُول حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ މުޝްރިކުންނާއި މުވާލާތުކުރުން

އިސްލާމްދީނުގައިވާ ފަރުދުންތައް އެއްވެސް ޤަވާޢިދެއް ނެތި، ޢަމަލުތަކުގެ ބޭރުު ބެލުމަށްފަހުގައި މީސްތަކުން ދީނުން ބޭރުކުރަމުންދާ ތަކްފީރީ (ކާފަރުކުރާ) ޢަޤީދާގައިވާ އިންސާނާ އެވެ. ތިބާ ޢިލްމުގެ މައްޗަށް ހޭލުން ހުއްޓެވެ!


الشيْخُ مُحَمَّدُ بِنْ عُمَر بِنْ سَالم بَازْمُول -حفظه الله- ލިޔުއްވާފައިވާ ފޮތް "المُحْكم وَ المُتَشَابِه فِيْ التَكْفِير وَ الجِهَاد" ގައި ވިދާޅުވެފައިވެ އެވެ. "ފަހެ، މުސްލިމެއްގެ ގޮތުގައި ހުރެ، އިސްލާމްދީނުގެ މިއްލަތުން ބޭރުނުވެހުރެ، ކާފަރަކަށް މުސްލިމަކު ނަޞްރުދީފާނެ އެވެ. ސަބަބަކީ އެއީ އެ މުސްލިމްމީހާ ކާފަރުމީހާއަށް ދިން ނަޞްރުވެރިކަމަކީ ކާފަރުމީހާގެ ދީނަށް ނުވަތަ ކާފަރުމީހާގެ ޢަޤީދާއަށް ދެވުނު ނަޞްރުވެރިކަމެއްގެ ގޮތުގައި ނުވުމެވެ. މިފަދަ މިޘާލަކީ ﷲ އެކަލާނގެ ބާވައިލެއްވި ފޮތުގައި موسى -عليه السلام އެ ނަބިއްޔާގެ ބައިގަނޑުގެ އަހުލުވެރިއެއްކަމުގައިވާ ކާފަރަކަށް، ފިރުޢައުނުގެ ބައިގަނޑުގެ މީހެއްގެ މައްޗަށް ދެއްވި ނަޞްރުވެރިކަން ދެއްވިކަމުގައި ޛިކުރުކޮށްދެއްވާފައިވާ ޙާދިޘާ އެވެ. މަތިވެރިވޮޑިގެންވާ އިލާހު ވަޙީކުރެއްވި އެވެ. وَدَخَلَ الْمَدِينَةَ عَلَىٰ حِينِ غَفْلَةٍ مِّنْ أَهْلِهَا فَوَجَدَ فِيهَا رَجُلَيْنِ يَقْتَتِلَانِ هَٰذَا مِن شِيعَتِهِ وَهَٰذَا مِنْ عَدُوِّهِ ۖ فَاسْتَغَاثَهُ الَّذِي مِن شِيعَتِهِ عَلَى الَّذِي مِنْ عَدُوِّهِ فَوَكَزَهُ مُوسَىٰ فَقَضَىٰ عَلَيْهِ ۖ قَالَ هَٰذَا مِنْ عَمَلِ الشَّيْطَانِ ۖ إِنَّهُ عَدُوٌّ مُّضِلٌّ مُّبِينٌ "އަދި އެރަށުގެ އަހުލުވެރިން، ޣާފިލުކަމުގައިތިބި ތަންވަޅެއްގައި އެނަބިއްޔާ ރަށުތެރެއަށް ވެދެވަޑައިގަތެވެ. ދެން، އެނަބިއްޔާއަށް ފެނިވަޑައިގަތީ، ތަޅާފޮޅާ ދެމީހެކެވެ. އެތަނުން އެކަކީ އެނަބިއްޔާގެ ބައިގެ މީހެކެވެ. އަނެކަކީ އެނަބިއްޔާގެ ޢަދުއްވުންގެ ތެރެއިންވާ މީހެކެވެ. ފަހެ، އެ ނަބިއްޔާގެ ޢަދުއްވުންގެ ތެރެއިންވާ މީހާއާ ދެކޮޅަށް އެނަބިއްޔާގެ ބައިގެ މީހާއަށް ވާގިދެއްވުން އެދި އެނަބިއްޔާއަށް އޭނާ ގޮވައިލިއެވެ. އެހިނދު موسى -عليه السلام އޭނާގެ ގައިގައި މުށްކަވާފައި ޖެއްސެވިއެވެ. ފަހެ، (އެހިނދު) އޭނާގެ ގައިގައި ޖެއްސެވުމުން އޭނާ މަރުވީ އެވެ. އެ ނަބިއްޔާ ވިދާޅުވި އެވެ. މިކަންތައްމިވީ ޝައިޠާނާގެ ޢަމަލުވެ ތެރެއިންނެވެ. ހަމަކަށަވަރުން އެ ޝައިޠާނާއީ ބަޔާންވެގެންހުރި މަގުފުރައްދާ ޢަދާވާތްތެރިއެކެވެ."

 

އަދިހަމަ އެފަދައިން حَاطِبِ بْنِ أَبِي بَلْتَعَةَ رضي الله عنه ކާފަރުންނަށް ނަޞްރުދެއްވީ އެމީހުންގެ ދީނަށާއި އެމީހުންގެ ޢަޤީދާއަކަށް ނޫނެވެ. އެހެނަސް ކާފަރުންނަށް ނަޞްރުދިނީ ދުނިޔެވީ ފައިދާއެއްގެ ބޭނުމަށެވެ. ފަހެ، އެހިނދުގައި حَاطِبِ بْنِ أَبِي بَلْتَعَةَ ކާފަރެއްނުވެ އެވެ. އެގޮތުން އަހަރެމެން ފުރަތަމަ ބައިގައިގެ ޤަވާޢިދުތަކުގައި (މުސްލިމްކު ކާފަރުވާނީ) ކާފަރުންދެކެ އޭނާ ލޯބިވަނީ ނުވަތަ ކާފަރުންނަށް ނަޞްރުދެނީ އެބައިމީހުންގެ ދީނަށާއި އެބައިމީހުންގެ ޢަޤީއަށްކަމުގައިވުން ބަޔާންކޮށްފައިވާނެ އެވެ.
حَاطِبِ بْنِ أَبِي بَلْتَعَةَ ގެ ޙާދިޘާގައިވެ އެވެ. عُبَيْدُ اللَّهِ بْنُ أَبِي رَافِعٍ وَهُوَ كَاتِبُ عَلِيٍّ قَالَ سَمِعْتُ عَلِيًّا رَضِيَ اللَّهُ عَنْهُ وَهُوَ يَقُولُ بَعَثَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَا وَالزُّبَيْرَ وَالْمِقْدَادَ فَقَالَ ائْتُوا رَوْضَةَ خَاخٍ فَإِنَّ بِهَا ظَعِينَةً مَعَهَا كِتَابٌ فَخُذُوهُ مِنْهَا فَانْطَلَقْنَا تَعَادَى بِنَا خَيْلُنَا فَإِذَا نَحْنُ بِالْمَرْأَةِ فَقُلْنَا أَخْرِجِي الْكِتَابَ فَقَالَتْ مَا مَعِي كِتَابٌ فَقُلْنَا لَتُخْرِجِنَّ الْكِتَابَ أَوْ لَتُلْقِيَنَّ الثِّيَابَ فَأَخْرَجَتْهُ مِنْ عِقَاصِهَا فَأَتَيْنَا بِهِ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا فِيهِ مِنْ حَاطِبِ بْنِ أَبِي بَلْتَعَةَ إِلَى نَاسٍ مِنْ الْمُشْرِكِينَ مِنْ أَهْلِ مَكَّةَ يُخْبِرُهُمْ بِبَعْضِ أَمْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَا حَاطِبُ مَا هَذَا قَالَ لَا تَعْجَلْ عَلَيَّ يَا رَسُولَ اللَّهِ إِنِّي كُنْتُ امْرَأً مُلْصَقًا فِي قُرَيْشٍ قَالَ سُفْيَانُ كَانَ حَلِيفًا لَهُمْ وَلَمْ يَكُنْ مِنْ أَنْفُسِهَا أَكَانَ مِمَّنْ كَانَ مَعَكَ مِنْ الْمُهَاجِرِينَ لَهُمْ قَرَابَاتٌ يَحْمُونَ بِهَا أَهْلِيهِمْ فَأَحْبَبْتُ إِذْ فَاتَنِي ذَلِكَ مِنْ النَّسَبِ فِيهِمْ أَنْ أَتَّخِذَ فِيهِمْ يَدًا يَحْمُونَ بِهَا قَرَابَتِي وَلَمْ أَفْعَلْهُ كُفْرًا وَلَا ارْتِدَادًا عَنْ دِينِي وَلَا رِضًا بِالْكُفْرِ بَعْدَ الْإِسْلَامِ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَدَقَ فَقَالَ عُمَرُ دَعْنِي يَا رَسُولَ اللَّهِ أَضْرِبْ عُنُقَ هَذَا الْمُنَافِقِ فَقَالَ إِنَّهُ قَدْ شَهِدَ بَدْرًا وَمَا يُدْرِيكَ لَعَلَّ اللَّهَ اطَّلَعَ عَلَى أَهْلِ بَدْرٍ فَقَالَ اعْمَلُوا مَا شِئْتُمْ فَقَدْ غَفَرْتُ لَكُمْ (އިމާމް އަލްބުޚާރީ 3007 އަދި އިމާމް މުސްލިމް 2494، ގައި ރިވާކޮށްފައިވެ އެވެ.)

 

عُبَيْدُ اللَّهِ بْنُ أَبِي رَافِعٍ (عَلِيٍّ رضي الله عنه ގެ ކާތިބު) ވިދާޅުވެފައިވެ އެވެ. عَلِيٍّ رضي الله عنه ވިދާޅުވަނިކޮށް ތިމަން އަޑުއެހީމެވެ. رَسُولُ اللَّهِ رضي الله عنه  އަހަރެންނާއި الزُّبَيْرَ އަދި الْمِقْدَادَ ފޮނުއްވި އެވެ. ޙަދީޘްކުރެއްވި އެވެ. رَوْضَةَ خَاخٍ ކިޔުނުތަނަށް ތިޔަބައިމީހުން ދިޔުން ހުއްޓެވެ. ހަމަކަށަވަރުން އެތަނުގައި އަންހެނަކު ސިޓީއެއް ހިފައިގެން (މައްކާގެ ކާފަރުންގެ ކައިރިއަށް) އެބަދެއެވެ. އެ ހިފައިގެން ތިޔަބައިމީހުން އަންނަހުއްޓެވެ." ފަހެ، އެ ހިނދުގައި އަހަރެމެން އަސްތަކުގައި ނުހަނު އަވަހަށް އެތަނަށް ދިޔައީމެވެ. އެހިނދު އަހަރެމެންނަށް އެތަނުން އަންހެނަކު ފެނުނެވެ. އަހަރެމެން ބުނީމެވެ. ތިކަނބުލޭގެ އަތުގައިވާ ސިޓީ ދޭށެވެ. ފަހެ، އެ އަންހެންމީހާ ބުންޏެވެ. އަހަރެން އަތުގައި ސިޓީއެއް ނެތެވެ. އެހިނދު އަހަރެމެން ބުނީމެވެ. ކަނބުލޭގެ އަތުގައިވާ ސިޓީދޭހުއްޓެވެ. ނޫނީ ހުރިހައި ފޭރާމެއް ބާލުވައި ސިޓީ ނަގާނަމެވެ. ފަހެ، އެހިނދުގައި އިސްތަށިގަނޑުގެ ތެރެއިން ސިޓީނެގި އެވެ. އަދި އަހަރުމެން އެ ސިޓީހިފައިގެން رَسُولُ اللَّهِ ﷺ އަރިހަށް އަނބުރާ އައީމެވެ. ފަހެ، އެސިޓީއަކީ حَاطِبِ بْنِ أَبِي بَلْتَعَةَ  ގެ ފަރާތުން މައްކާގެ ބައެއް މުޝްރިކުންތަކަކަށް ރަސޫލާ ﷺ ގެ ބައެއް ކަންތައްތަކުގެ ޚަބަރު ދެއްވާ ލިޔުއްވާފައިވާ ލިޔުމެކެވެ. ފަހެ، ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. "އޭ حَاطِبِ އެވެ. މިއީ ކޮންއެއްޗެއްތޯ އެވެ؟" (ޖަވާބުގައި ޞަޙާބީ حَاطِبِ އެކަން ކޮށްފައިވާ ސަބަބުތައް ވިދާޅުވި އެވެ. އޭގެ ތެރޭގައި މައްކާގެ ޤުރައިޝުންގެ ތެރޭގައި، ތިމާގެ މީހުން ތިބިކަމާއި އެމީހުންނާއި އެމީހުންގެ މުދާތައް ރައްކާތެރިކުރުމަށް ބޭނުންވާ ކަމާއި، އެބައިމީހުންނަށް ރައްކާތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ކަމުގައި ދެންނެވި އެވެ.) އަދި ވިދާޅުވި އެވެ. ﷲ ގެ ރަސޫލާ އެވެ. ...... އަދި އަހަރެން ތިޔަކަންތައް ކޮށްފައިވަނީ އަހަރެން އިސްލާމް ވުމަށްފަހު ކާފަރުވެގެން ނުވަތަ މުރުތައްދުވުމަށް ނުވަތަ ކާފަރުކަމަށް ލޯބިކުރުމުގައެއް ނޫނެވެ. ފަހެ، އެހިނދުގައި ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. "ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް حَاطِبِ ތެދުބަސް ބުނެފި އެވެ." އެހިނދު ޢުމަރު ﷺ ވިދާޅުވި އެވެ. "ﷲ ގެ ރަސޫލާ އެވެ! މި މީހާގެ (حَاطِبِ) ގެ ބޯ ކަނޑާލުމަށް ހުއްދަދޭށެވެ." ޙަދީޘް ކުރެއްވި އެވެ. "ތިޔަ ދެކެނީ ކޮންގޮތަކަށްތޯ އެވެ! ހަމަކަށަވަރުން ޙާޠިބް އަކީ ބަދުރު ހަނގުރާމައިގައި ދެމިހުރި މީހެކެވެ. ﷲ ބަދުރުގެ އަހުލުވެރިންގެ މައްޗަށް ބައްލަވާ ވޮޑިގެންނެވި އެވެ. އަދީ ވަޙީކުރެއްވި އެވެ. ތިޔަބައިމީހުން ބޭނުންކަމެއް ކުރާހުއްޓެވެ. ހަމަކަށަވަރުން ތިމަން އިލާހު ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިފީމެވެ." (المُحْكم وَ المُتَشَابِه فِيْ التَكْفِير وَ الجِهَاد ޞ 115 އަދި 116 އަށް ބައްލަވާ.)

އިޚްވާނުންނޭވެ! މުސްލިމުންގެ ތެރޭގައިވާ އެކިމީސްތަކުންނަށް ކާފަރުންނާއި އެކުގައި ކުރެވޭ އެކިމުޢާމަލާތްތަކުން އޭގެ ބޭރުފުށުން އެއީ މުސްލިމުން ބަލިކޮށް އެބައިމީހުން ދަށްކުރުން ކަމުގައި އަހަރެމެންނަށް ފެނުނަސް އޭގެ ޙަޤީޤަތަކީ ކޮބައިތޯ އޮޅުންފިލުވުމަށް ފަހުގައި މެނުވީ އޭގެ މައްޗަށް ޙުކުމްޖަހައި އަވަސްވެގަތުން އެއީ ރަސޫލާ ﷺ ގެ ސުންނަތެއް ނޫނެވެ. ޙާތިބް ގެންނެވުމަށްފަހުގައި ސުވާލުކުރެއްވީ ކީއްވެގެންތޯއެވެ؟ ކާފަރުންނަށް ނަޞްރު ދިނުމުގައި އެ ޢަމަލުކޮށްފައިވަނީ ކާފަރުންގެ ދީނާއި އެބައިމީހުންގެ ޢަޤީދާއަށް ނަޞްރު ދިނުމަކަށް ނޫންކަން އިނގެއެވެ. އެކަން ކޮށްފައިވާ ބޭނުމަކީ ދުނިޔަވީ ފައިދާއަށްޓަކައި އެވެ.
 

މިއަދު އެބައިމީހުން އެމީހަކުދެކެ ނުރުހުންވުމުން އެބައިމީހުން ކާފަރުންގެ ޙުކުމްޖަހައި، ތިމާމެންގެ ޢަމަލުތަކަކަކީ ޙައްޤުގޮތްކަމުގައި ދެކުނުކަމުގައި ވިޔަސް ޙައްޤަކީ ޢިލްމުވެރިންގެ ފަރާތުން ފާޅުވެ ބަޔާންވެގެންވާ ގޮތްތަކެވެ. ސަމާލުވުން ހުއްޓެވެ!! ކާފަރުންގެ ފަރާތުން ދުނިޔެވީ މަންފާއެއް، މުދަލެއް، ފައިސާއެއް ފަދަ އެއްޗެއް ހޯދުމަށް އެބައިމީހުންނަށް ލޯބިކޮށް ނަޞްރުދިނުމަކީ އެއީ އެމީހަކު ކާފަރުވެފައިވާކަމަށް ބުނުމަށް ހެޔޮވެގެންވާނެ ގޮތެއްނޫނެވެ. މިއުއްމަތުގެ ދީން އެނަބިއްޔަކަށް އެންމެ ފުރިހަމަގޮތުގައި ލިބިފައިވީ ނަބިއްޔާ މިފަދައިން ސުވާލުކޮށް އޮޅުންފިލުއްވާފައިވެ އެވެ. އެއާއި ޚިލާފްވެގަންނަ މީހާވަނީ ނަބިއްޔާ ﷺ ހިދާޔަތުގައި ތޯއެވެ؟

އެއަށްފަހުގައި الشيْخُ مُحَمَّدُ بِنْ عُمَر بِنْ سَالم بَازْمُول -حفظه الله-  ވިދާޅުވެފައިވެ އެވެ. "ކޮންމެ ޙާލަތެއްގައި (ކަމެއްގައި) ކާފަރުންނަށް ނަޞްރުދިނުމަކީ އިސްލާމްދީނުން ބޭރުވާނެ ބޮޑު ކުފުރަކަށް ނުވާނެކަން ބަޔާންވެގެންވެ އެވެ. މިކަން އެނގިގެންދަނީ : މުސްލިމުންގެ ޚަބަރުތައް ކާފަރުންނަށް ނަޤުކޮށްދިނުމެވެ. – އެއީ حَاطِبِ رضي الله عنه ގެ ފަރާތުން ފެނިގެންދިޔަ ޢަމަލެވެ.- މިކަމަކީ ކާފަރުންނަށް ނަޞްރުދިނުމެކެވެ. އެއާއިއެކު ރަސޫލާ ﷺ ޙާޠިބް އަކީ ކާފަރެއްކަމުގައި ޙުކުމް ނުކުރައްވައެވެ. އަދި ސުވާލުކުރެއްވި އެވެ. މިހެންވުމުން ޢިލްމުވެރިން މިކަމުގައި ޤަވާޢިދެއް ކަނޑައަޅުއްވާފައިވެ އެވެ. އެއީ ކާފަރުންދެކެ ލޯބިވެ އެބައިމީހުންނަށް ނަޞްރުދިނުމުން އެމީހަކު އިސްލާމްދީނުން ބޭރުވެގެންދާނީ، އެ ލޯބި ދީފައިވަނީ ކާފަރުންގެ ދީނަށްޓަކައިވެ، ނަޞްރުދީފައިވަނީ އެމީހުންގެ ދީނަށްޓަކައި ވުމުންނެވެ. މުޠްލަޤުކޮށް ލޯބިވުމާއި ކާފަރުންނަށް ނަޞްރުދިނުމަކީ އެފަދައިން ޙުކުމް ކުރެވޭނެ ގޮތެއްނޫނެވެ. (المُحْكم وَ المُتَشَابِه فِيْ التَكْفِير وَ الجِهَاد ޞ 117  ބައްލަވާ.)
 

ލާވާޒިމް (ކަމެއްކުރުމުން، އެހެންވުމުން މިވަނިކަމެއް އެކަމަކުން ލާޒިމް ކުރުން، އެއަށްފަހު އެކަމަކާއި ވިއްދައިގެން އެހެން ކަމެއް ލާޒިމް ކުރުން) މިއީވެސް މިއަދުގެ ތަކްފީރީންގެ ޢަލާމާތްތަކުގެ ތެރެއިން ފާޅުވެފައިވާ އެއް ޢަލާމާތްކަމުގައި ދަންނަހުއްޓެވެ. އިޚްވާނީން، ޚަވާރިޖުން، ތަކްފީރީން މި އެންމެހައި ފިރުޤާތްތަކުގެ އަހުލުވެރިން އެކަތި އަނެކައްޗަށް މަސްހުނިވެ، އެކުވެފައިވެ އެވެ. އެއީ ނަޞާރާއިން ފާޅުކޮށްފައިވާ ޤަވާޢިދެއްގެ މަތީގައި ތިބެ އެވެ. ނަޞާރާއިންގެ މި ޤަވާޢިދުތައް ނެގުމުން މިމީހުންގެ އަމިއްލަ ނަފްސު ކާފަރުނުވެވޭ ކަމަކީ ނުހަނު ބޮޑު އަޖައިބެކެވެ. އެ ޤަވާއިދަކީ "ލަޑުދަޑި ޙާޞިލްކުރުމަށް އެންމެހައި ވަޞީލަތްތަކެއް ހުއްދަވެގެން ވުމެވެ." އެގޮތުން އިއްޔެގައި މުރުތައްދުވެފައިވާ މީހެއް، ލަޑުދަޑިއަކީ ވެރިކަން ހޯދުމެވެ. ނުވަތަ މަޤާމެއް ލިބުމެވެ. އެ ލަނޑުދަޑިއަށް ވާޞިލްވުމަށްޓަކައި އެބައިމީހުން އެމީހެއްގެ ކައިރިއަށްދިއުން އެއީ ހުއްދަވާނެގޮތެކެވެ. އެލަނޑުދަޑިއަށް ވާޞިލްވުމަށްޓަކައި އިއްޔެގައި ޙަރާމްކުރި ލަވަޖެހުން މިއަދު މައްސަލައެއްކަމުގައި ނުވާނެއެވެ. އިއްޔެގައި ޙަރާމްކުރި ހިލޭއަންހެނުންނާއި އެކުގައި އުޅުން މިއަދު މައްސަލައަކަށް ނުވާނެ އެވެ.
ﷲ އަހަރެމެން ރައްކާތެރި ކުރައްވާށި އެވެ.

މިއީ އިޚުވާނީ ޑޮޓު ފިކުރުގެ މީހަކު ބުނެފައިވާ ބަހެވެ.

20161217-muwalaatd.jpg

Like what you see?

Close

Hit the buttons below to follow us, you won't regret it...