5 މުސްލިމެއްގެ ޢުދުވާނުން ސަލާމަތް ވުމަށް ކާފަރެއްގެ ފަރާތުން އެހީ ހޯދުމަކީ މީހާ ދީނުން ބޭރުވާނެ ކަމެއް ހެއްޔެވެ؟ - سماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

މުޝްރިކުންނާއި މުވާލާތުކުރުން

މުސްލިމެއްގެ ޢުދުވާނުން ސަލާމަތް ވުމަށް ކާފަރެއްގެ ފަރާތުން އެހީ ހޯދުމަކީ މީހާ ދީނުން ބޭރުވާނެ ކަމެއް ހެއްޔެވެ؟ - سماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ މުޝްރިކުންނާއި މުވާލާތުކުރުން

سماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله ވިދާޅުވިއެވެ. "ދެންފަހެ މުސްލިމް ދައުލަތްތައް ދިފާޢުކޮށް ހިމާޔަތް ކުރުމަށްޓަކައި ސަޢުދީ ސަރުކާރުން ތަފާތު ދައުލަތްތަކެއްގެ ފަރާތުން އެހީއަށް އެދުނު އެދުން – ސަބަބަކީ އެބައިމީހުންގެ (ސައުދީގެ) ޢަދުއްވުން ކުވައިތަށް އަރައިގަތް ފަދައިން އެމީހުންގެ މައްޗަށް އަރައިނުގަންނާނެ ކަމަށް ޔަޤީންކަން ނެތުމުން – ފަހެ މިކަމުގައި މައްސަލައެއް ނެތެވެ. ހަމަކަށަވަރުން ހައިއަތު ކިބާރު ޢިލްމުވެރިން މިކަމުގެ މައްޗަށް (ޤަރާރެއް) ނެރުނެވެ. އަހަރެންނަކީ އެތަނުގައިވާ އެކަކީ މެވެ. މިކަންތައް ބަޔާންކޮށް ރޭޑިޔޯގެ ޛަރީއާއިން އަދި ނޫސްތަކުގައި ބަޔާންވެ ދިޔަ އެވެ.
 

މިކަން ހުއްދަވެގެންވާ ކަމުގައި އެއްވެސް ޝައްކެތް ނެތެވެ. އެހެނީ، މުސްލިމުންގެ މައްޗަށް އަންނަ ޢުދުވާނަކުން ހިމާޔަތް ވުމަށްޓަކައި، މުސްލިމުން އެބައިމީހުން ނޫން އެހެން ބައެއްގެ ފަރާތުން ވާގިވެރިކަން ހޯދުމަކީ މައްސަލައެއް ނޫނެވެ. މިއީ ޢިލްމުވެރިން (ބާބު : މުރުތައްދުގެ ޙުކުމް) ގައި ޢިލްމުވެރިން ޛިކުރުކުރައްވާފައިވާ ކާފަރުންނަށް ނަޞްރުވެރިވުމުގެ ޙުކުމުގެ ތެރެއަށް ވަންނާނެ ކަމެއް ނޫނެވެ. އެ (ބާބުގައި) ބަޔާންވެފައިވަނީ، މުސްލިމުންގެ މައްޗަށް، މުސްލިމަކު ކާފަރުން ނަސްރުވެރި ކުރުމެވެ. ހުއްދަވެގެން ނުވަނީ މި އެވެ.


އެހެނަސް މުސްލިމަކު ކާފަރެއްގެ ނުބައިކަމުން ސަލާމަތްވުމަށް ނުވަތަ މުސްލިމެއްގެ ޢުދުވާނުން ސަލާމަތް ހޯދުމަށް ނުވަތަ އެމީހެއްގެ ޢުދުވާނުގެ ބިރުވެރިކަމުން، ކާފަރެއް ކައިރިން އެހީ (ވާގިހޯދުން، އެހީއަށް އެދުން) ފަހެ، މިއީ މައްސަލައެއް އޮތް ކަމެއް ނޫނެވެ.


ހަމަކަށަވަރުން ނަބިއްޔާ ﷺ صفوان بن أمية ގެ ދަނގަޑު ދަހަނާ ބޭނުންކުރައްވާ އެއިން ރައްކައުތެރިކަން ހޯއްދެވިކަން ޘާބިތުވެ އެވެ. އެއީ އަނބުރާ ދެއްވާ ގޮތައް ނަންގަވާފައިވާ އެއްޗެކެވެ. އަދި صفوان بن أمية  އެއިރު ވަނީ ކާފަރެއްގެ ގޮތުގަ އެވެ. ޙުނައިނުގެ ދުވަހުގައި، ޘަޤީފް ވަންހައިގެ މީހުންނާ ހަނގުރާމަ ކުރެއްވި އިރު އެވެ. އަދި ފަޠަޙައިގެ ދުވަހުގައި، ޤުރައިޝުވަންހައިގެ ކާފަރުންނާއި ނަބިއްޔާ ﷺ ހަނގުރާމަކުރެއްވި އިރު، ޚުޒާޢާ ވަންހައިގެ މުސްލިމުންނާއި ކާފަރުންވީ ނަބިއްޔާ ﷺ އާ އެކުގަ އެވެ. އަދި ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ޞައްޙަވެގެންވެ އެވެ. (إنكم تصالحون الروم صلحا آمنا، ثم تقاتلون أنتم وهم عدوا من ورائكم) "ހަމަކަށަވަރުން ތިޔަބައިމީހުން ރޯމުގެ އަހުލުވެރިންނާ އަމާންކަމުގެ ޞުލްޙައެއް ޞުލްޙަ ކުރާނެ އެވެ. ދެން އެއަށްފަހު ތިޔަބައިމީހުންނާ އެބައިމީހުން ތިޔަބައިމީހުންގެ ފަހަތުގައިވާ ޢަދުއްވުންނާއި ހަނގުރާމަ ކުރާނެ އެވެ." މީގެ މާނައަކީ : އަހަރުމެންގެ (މުސްލިމުންގެ) ފަހަތުގައިވާ ޢަދުއްވުންނާއި ހަނގުރާމަ ކުރުމުގައި، އެމީހުންގެ ފަރާތުން އެހީ ހޯދުމެވެ.


ބަޔާންވެގެންދާ މަޤްޞަދަކީ : މުސްލިމުން ދިފާޢު ކުރުމަށް އަދި އެމީހުންގެ ޤައުމު ދިފާޢުކުރުމަށް މުސްލިމް (ބައެއްގެ ބާރު ބޭނުން) ކުރުން ހުއްދަވެގެންވެ އެވެ. އަދި ނަޞާރާއިން ނުވަތަ އެހެން ބައެއްގެ ފަރާތުން ހަތިޔާރުގެ އެހީ ހޯދުން މައްސަލައެއް ނޫނެވެ. އަދި ޢުދުވާނީ ހަމަލާއިން ސަލާމަތްވުމަށްޓަކައި މުސްލިމުންނަށް އެހީތެރިކަން ހޯދުމަށް ލަޝްކަރުގެ ބޭނުންވެސް ހިފިދާނެ އެވެ. އެއީ އެބައިމީހުން ގެ ބިން ޢަދުއްވުންގެ ނުބައިކަމުންނާއި އެބައިމީހުންގެ މަކަރުވެރި ރޭވުންތަކުން ޙިމާޔަތް ކުރުމަށްޓަކަ އެވެ.


ﷲ އެކަލާނގެ މަތިވެރިވެގެންވާ ފޮތުގައި ވަޙީކުރައްވާފައިވެ އެވެ. يَا أَيُّهَا الَّذِينَ آمَنُوا خُذُوا حِذْرَكُمْ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން (ޢަދުއްވުންނާ ހަނގުރާމަކުރުމުގައި) ރައްކައުތެރިކަމުގައި ހިފާށެވެ." ފަހެ، އަމުރުފުޅު ކުރައްވާފައިވަނީ، އަހަރެމެންގެ ޢަދުއްވުންގެ މައްޗަށް ރައްކައުތެރިކަން ހޯދުމަށެވެ.


އަދިވެސް އެކަލާނގެ ވަޙީކުރެއްވި އެވެ. وَأَعِدُّوا لَهُمْ "އެބައިމީހުންނާ ދެކޮޅަށް ބާރުވެރިކަން" މާނައީ : ކާފަރުންގެ ގޮތުގައިވާ ޢަދާވާތްތެރިންނެވެ. مَا اسْتَطَعْتُمْ مِنْ قُوَّةٍ "ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރު ކުރާށެވެ."  


ހަމަ މިފަދައިން، އަހަރެމެންގެ މައްޗަށް އަނިޔާވެރިވާ ކަމުގައިވާ މީހުން، އޭނާއަކީ އިސްލާމްދީނަށް ނިޞްބަތްވާ މުސްލިމެއް ކަމުގައިވީނަމަވެސް، އޭނާގެ ޢުދުވާނަށް މުސްލިމުން ބިރުހީވެއްޖެ ހިނދުގައި، އެ މުސްލިމުންނަށް އެބައިމީހުންނަށް އެކަމުގައި އެހީތެރިވެދޭނެ ބައެއްގެ ފަރާތުން އެހީތެރިކަން ހޯދުން ހުއްދަވެގެންވެ އެވެ. އެއީ އެ ކާފަރު މީހާގެ ޢުދުވާން ހުއްޓުވުމަށެވެ. އަދި އެބައިމީހުންގެ މައްޗަށް ގަދަވެގަތުމުގައިވާ، އަނިޔާވެރިކަމުގައިވާ ޢުދުވާނުގެ ކިބައިން މުސްލިމުންގެ ރަށް އަދި އެބައިމީހުންގެ ޙުރުމަތް ހުއްޓުވުމަށްޓަކަ އެވެ." (مجموع فتاوى 6-185)

 

އަދިވެސް سماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله ވިދާޅުވެފައިވެ އެވެ.
".. ފަހެ ހުއްދަވެގެން ނުވަނީ، މުސްލިމުންގެ މައްޗަށް ކާފަރުން ނަޞްރުވެރި ކުރުވުމެވެ. އެހެނަސް (ހުއްދަވެގެންވާ) މި ގޮތަކީ މުސްލިމުން ޙިމާޔަތްކޮށް އެމީހުންގެ ބިންތައް މުޖުރިމުންނާ، ޢުދުވާނީ އަހުލުވެރިންނާއި ކާފަރުންގެ ކިބައިން ސަލާމަތް ކުރުމެވެ. މިއީ ތަފާތުވެގެންވާ ދެ ޙާލަތެވެ. އެއީ، އިންސާނަކު މުސްލިމުންގެ މައްޗަށް ކާފަރުން ނަޞްރުވެރި ކުރުވުމާއި އަދި މުސްލިމުންގެ މައްޗަށް ކާފަރުންނަށް އެހީތެރިވުމެވެ. މިއީ މުރުތައްދުވާނޭ ކަމެކެވެ. މިއީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. މިއީ މުންކަރާތެކެވެ. އެހެނަސް މަމްލަކާ (ސަޢުދީ ޢަރަބިއްޔާ) ގެ ޙާލަތުފަދައިން، މުސްލިމް ދައުލަތްތައް ރައްކައުތެރި ކުރުމާއި އަދި މުޤައްދަސް ބިންތައް، ކާފަރެއްގެ ކިބައިން ނުވަތަ މުސްލިމެއްގެ ޢުދުވާނުން ހިމާޔަތް ކުރުމަކީ އެކަމެއް ކުރަންޖެހިގެންވާ އަމުރެކެވެ. އަދި އެއީ (އެ ހިނދުގައި) ލާޒިމްވެގެންވާ ކަމެކެވެ. ސަބަބަކީ، ކާފަރެއްގެ ނުބައިކަމުން ނުވަތަ މުސްލިމެއްގެ ނުބައިކަމުން މުސްލިމުން ޙިމާޔަތް ކުރުމެވެ. (مجموع فتاوى 18-169)

 

1988 ވަނަ އަހަރު 3 ނޮވެމްބަރ ގައި މުސްލިމު ދިވެހިންގެ ބަޔަކު (ކުލީ ޓެރަރިޒްޓުންގެ އެހީގައި) ހަތިޔާރު ހިފައިގެން މާލެ އަރާ، ޤައުމާއި އޭރުގެ ވެރިޔާ ދެކޮޅަށް ނުކުމެ، 19 ދިވެހިން ޤަތުލުކުރުމުން، އެކަމުން ދިވެހި ޤައުމު ސަލާމަތް ކުރުމަށް އޭރުގެ ވެރިޔާ ކާފަރު ދަޢުލަތެއް ކަމުގައިވާ އިންޑިއާއިން އެހީ އާއި މަދަދު ހޯދިކަމަކީ އެއްވެސް ދިވެއްސަކަށް ވަންހަނާވެގެންވާ ކަމެއް ނޫނެވެ. އެހެނަސް، އެކަމުގެ މައްޗަށް އެއްވެސް ދިވެއްސަކު އެވެރިޔާއަށް ބަދުބަސްބުނެ އެ ކުރި ކަމަކީ މުސްލިމެއްގެ މައްޗަށް ކާފަރަކަށް ނަޞްރުވެރިވުން ކަމުގައި ބުނެފައިވޭ ހެއްޔެވެ؟ ނުވަތަ އެއީ ކާފަރުވާނެ ކަމެއް ކަމުގައި ބުނެފައިވޭ ހެއްޔެވެ؟ އެކަކުވެސް އެފަދައިން ބުނެފައިނުވެއެވެ. އެހެނަސް، ސައްދާމު ހުސައިން އޭނާގެ އަވައްޓެރި ޤައުމެއްގެ ގޮތުގައި އޮތް ކުވައިތަށް ބޮން އަޅައި އެތައް މުސްލިމުންނެއް ޤަތުލުކޮށް ސައުދީ ބޯޑަރާއި ކައިރިއަށް އައިސް ހަމަލާދޭނެ ކަމުގެ އިންޒާރުތައް ދިނުމުން، ސަޢުދި އަރަބިއްޔާއިން އެ ދަޢުލަތުގެ ހިމާޔަތުގެ އެމިރައިޓްސް، ޕާކިސްތާން އަދި އެހެނިހެން މުސްލިމް ދަޢުލަތްތަކާއި އެކު ކޯލިޝަން ހަދައި ސަޢުދީގެ ބޯޑަރު ހިމާޔަތް ކުރުމަށް އެމެރިކާގެ ސިފައިންގެ ލަޝްކަރުގެ އެހީ ހޯދުމުން އެކަމަކީ ޙަރާމްވެގެންވާ ބޮޑު ކުފުރަކަށް، ކާފަރަކަށް މުސްލިމެއްގެ ދީނުގެ މައްޗަށް ކާފަރަކަށް އޭނާގެ ދީނުގެ މައްޗަށް ނަޞްރުވެރިވުން ކަމުގައި ރާއްޖޭގެ ޖޭއެސް (އިޚްވާނީ ފިކުރު) ދަންނަބޭކަލުންނަށް ވެއްޖެއެވެ.

Like what you see?

Close

Hit the buttons below to follow us, you won't regret it...