ނަމާދަށް ހުރި ކުރީސަފުގައި ހުސްޖާގައެއް ފެނުމުން އެ ހުސް ޖާގައަށް ދިޔުން ހުއްދަވެގެންވޭތޯ - الإِمَام العَلامة مقْبِل بن هَادي الوادِعِي رحمه الله

ސުވާލު : ސުވާލުގައި ވެއެވެ. މީހަކު ދެވަނަ ސަފުގައި ނަމާދަށް ހުއްޓައި ފުރަތަމަ ސަފުން ހުސްޖާގަ އެއް ފެނުމުން، ނަމާދުގައި ހުރެ، ކުރީސަފުގައި އޮތް ހުސްޖާގައަށް ދިއުމަކީ އޮތްކަމެއްތޯ އެވެ؟
ޖަވާބު : އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. سنن أبي داود ގައި ރަސޫލާ صلى الله عليه وسلم ގެ އަރިހުން ވާރިދުވެގެންވާ ޙަދީޘްގައިވެ އެވެ. (من وصل صفًّا، و صله اللهُ، و من قطع صفًّا، قطعه اللهُ) "ސަފުގައި އޮންނަ ހުސްޖާގަ ފުރާލައި ސަފު ގުޅުވައިފި މީހާއާ ﷲ ގުޅުން ޤާއިމްކުރައްވާނެތެވެ. (ކުއްތަންވެ ވޮޑިގަންނަވާނެތެވެ.) އަދި ސަފެއްގައި ހުސްޖާގަ އެއް ހަދައި (ސަފު ބުރިކޮށްފި) މީހާ އާ ﷲ ވަކިވެ ވޮޑިގަންނަވާނެ އެވެ." އާއެކެވެ.
*****
ފަތުވާ ނަގާފައިވަނީ : https://goo.gl/FVjI0J