ޖަމާޢަތުގެ ނަމާދު صلاة الجماعة

ވަލިއްޔުލް-އަމްރު އަކީ ކާފަރެއް ކަމުގައި ބުނާ އިމާމެއްގެ ފަހަތުގައި ނަމާދު ކުރުން - الشَّيْخ العَلاَّمَة صالح الفوزَان حفظه الله

ކެޓަގަރީ ތަކްފީރުކުރުމުގެ ޤަވާއިދުތަކާއި ޟަވާބިތުތައް


ސުވާލު: މި ޤައުމު (ސަޢުދީ ޢަރަބިއްޔާ) ގެ ވަލިއްޔުލް އަމްރު ކާފަރު ކުރާ މިސްކިތެއްގެ އިމާމު ފަހަތުގައި ނަމާދު ކުރުމާމެދު ޝެއިޚް ވިދާޅުވަނީ ކީކޭތޯ އެވެ؟
 

ޖަވާބު: "ތިބާ ބުނާ ބަސްތަކަކީ ޞައްޙަ ބަސްތަކެއްގެ ގޮތުގައިވެ، އަދި އޭނާއަކީ ވަލިއްޔުލް އަމްރު އަކީ ކާފަރެއް ކަމުގައިބުނާ މީހެއްކަން ޘާބިތުވެއްޖެ ހިނދު، ފަހެ، އޭނާގެ ފަހަތުގައި ނަމާދުކޮށްގެން ނުވާނެ އެވެ. الحمد لله އެވެ. ޢިލްމު ހޯދާ ދަރިވަރުން (އަހަރެމެންގެ ތެރޭގައި) ނުހަނު ގިނަ އެވެ. އަދި މިސްކިތްތައް ބެލެހެއްޓުމުގައިވާ ފަރާތްތައްވަނީ އެފަދަ މީހާ ބަދަލުކުރުމަށް ތައްޔާރަށެވެ. އެހެނަސް މިކަމުގައިއޮތީ ތިބާ ބުނާ ބަސްތައް ޘާބިތުކުރުމެވެ. އެއީ ހަމައެކަނި ދެކެވޭ ވާހަކަތަކެއް ކަމުގައިވެއްޖެ ހިނދުގައި، އޭގެ މައްޗަށް ޙުކުމް ޘާބިތެއް ނުވާނެ އެވެ."
****

ފަތުވާ ނަގާފައިވަނީ : التكفير و ضوابطه ص 45

Like what you see?

Close

Hit the buttons below to follow us, you won't regret it...