5 ސަފުގެ ފަހަތުގައި އެކަނި ހުރެ ނަމާދު ކުރާ މީހާގެ ނަމާދުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޖަމާޢަތުގެ ނަމާދު صلاة الجماعة

ސަފުގެ ފަހަތުގައި އެކަނި ހުރެ ނަމާދު ކުރާ މީހާގެ ނަމާދުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ޖަމާޢަތުގެ ނަމާދު صلاة الجماعة

ސުވާލު: ސުވާލު ކުރާ މީހާ އަހައެވެ: މައުމޫމީންގެ ސަފުތަކުގެ ފަހަތުގައި އެކަނި ހުރެ ނަމާދު ކުރި މީހެއްގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު: ސަފު ފަހަތުގައި އިންސާނާ އެކަނި ހުރެ ނަމާދު ކޮށްފި ނަމަ، ނުވަތަ އަންހެނުންގެ ސަފު ފަހަތުގައި އަންހެނަކު އެކަނި ހުރެ ނަމާދު ކޮށްފި ނަމަ، ނަމާދު އިއާދަ ކުރުން ވާޖިބުވެގެންވެ އެވެ. އެއީ ނަބިއްޔާ ﷺ ގެ ޙަދީޘްގެ ސަބަބުންނެވެ: {فَلا صَلَاةَ لِرَجُلٍ فَرْدٍ خَلْفَ الصَّفِّ}(1)، މާނައީ: "ފަހެ، ސަފު ފަހަތުގައި އެކަނި ހުރި ފިރިހެނަކަށް ނަމާދެއް ނެތެވެ." އަދި ސަފު ފަހަތުގައި އެކަނި ހުރެ ނަމާދު ކުރި މީހަކު ނަބިއްޔާ ﷺ އަށް ފެނިވަޑައިގަތުމުން، ނަމާދު އިއާދަ ކުރުމަށް އޭނާއަށް އަމުރުފުޅު ކުރެއްވި އެވެ.(2) އަދި މީގެން ދަލީލު ކޮށްދެނީ، ސަފު ފަހަތުގައި އެކަނި ހުރެ ނަމާދުކޮށްފި މީހާ ނަމާދު އިއާދަ ކުރަން ޖެހޭ ކަމެވެ. އެއީ ނަބިއްޔާ ﷺ ގެ ޙަދީޘްގެ ސަބަބުންނެވެ: {فَلا صَلَاةَ لِرَجُلٍ فَرْدٍ خَلْفَ الصَّفِّ}، މާނައީ: "ފަހެ، ސަފު ފަހަތުގައި އެކަނި ހުރި ފިރިހެނަކަށް ނަމާދެއް ނެތެވެ."

 

އެހެންނަމަވެސް އަންހެނެއް، އެ އަންހެނާއާ އެކީ ނަމާދު ކުރާނެ އަންހެނުންތަކެއް ނުވާ ނަމަ، ސަފު ފަހަތުގައި އެކަނި ހުރެ ކުރާ ނަމާދު ޞައްޙަވެގެންވެ އެވެ. އެ (ނަމާދު) އިސްތިސްނާވެގެންވެ އެވެ. ދެން ފަހެ އެ އަންހެނާއާ އެކީ އަންހެނުންތަކެއްވާ ނަމަ، އެމީހުން ދޫކޮށް، އެކަނި ހުރެ ނަމާދު ކޮށްފި ނަމަ، ފަހެ ހަމަކަށަަވަރުން އެއަންހެނާ ވަނީ މިކަމުގައި ފިރިހެނަކާ އެއްފަދައިންނެވެ. އޭނާ ނަމާދު އިއާދަ ކުރާނީ އެވެ. ދެން ފަހެ އޭނާއާ އެކު އެކަކުވެސް ނުވާ ހާލު އޭނާ ފިރިހެނުންތަކެއްގެ ފަހަތުގައިވާ ނަމަ، ފަހެ ހަމަކަށަވަރުން އެނަމާދު އޭނާއަށް ފުދޭނެ އެވެ. ސަބަބަކީ أُمُّ سُلَيم ނަބިއްޔާ ﷺ ގެ ފަހަތްޕުޅުގައި، ފިރިހެނުންގެ ފަހަތުގައި އެކަމަނާ އެކަނި ނަމާދު ކުރައްވާފައިވާތީ އެވެ.
 

ދެން ފަހެ ފިރިހެނުން، ފަހެ އެމީހުންނަކަށް (މިޙުކުމެއް) ނެތެވެ. އޭނާ ސަފުތަކުގެ ފަހަތުގައި އެކަނި ނަމާދު ކޮށްފި ނަމަ، ފަހެ ހަމަކަށަވަރުން އޭނާ ޤަޟާ ކުރާނީ އެވެ. އެއީ ނަބިއްޔާ ގެ ޙަދީޘްގެ ސަބަބުންނެވެ: {فَلا صَلَاةَ لِرَجُلٍ فَرْدٍ خَلْفَ الصَّفِّ}، މާނައީ: "ފަހެ، ސަފު ފަހަތުގައި އެކަނި ހުރި ފިރިހެނަކަށް ނަމާދެއް ނެތެވެ." އަދި ސަފު ފަހަތުގައި އެކަނި ހުރެ ނަމާދު ކުރި މީހަކު ނަބިއްޔާ އަށް ފެނިވަޑައިގަތުމުން، ނަމާދު އިއާދަ ކުރުމަށް އޭނާއަށް އަމުރުފުޅު ކުރެއްވި ވާހަކަ وَابِصَة بْنُ مَعْبَد ގެ ޙަދީޘްގައިވެ އެވެ.
 

ސުވާލު: ސަފު ފަހަތުގައި އެކަނި ހުރެ ނަމާދު ކުރާ މީހާގެ ނަމާދުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު: އެ ނަމާދު ޞައްޙަވެގެން ނުވެއެވެ. އެއީ ނަބިއްޔާ ގެ ޙަދީޘްގެ ސަބަބުންނެވެ: {فَلا صَلَاةَ لِرَجُلٍ فَرْدٍ خَلْفَ الصَّفِّ}، މާނައީ: "ފަހެ، ސަފު ފަހަތުގައި އެކަނި ހުރި ފިރިހެނަކަށް ނަމާދެއް ނެތެވެ." އަދި ސަފު ފަހަތުގައި އެކަނި ހުރެ ނަމާދު ކުރި މީހަކު ނަބިއްޔާ އަށް ފެނިވަޑައިގަތުމުން، ނަމާދު އިއާދަ ކުރުމަށް އޭނާއަށް އަމުރުފުޅު ކުރެއްވި އެވެ. އަދި އޭނާއަށް ސުވާލު ނުކުރައްވަ އެވެ. ޙަދީޘް ނުކުރައްވަ އެވެ: ތިބާއަށް ހުސް ޖާގައެއް ފެނުނު ހެއްޔެވެ؟ ނުވަތަ ހުސް ޖާގައެއް ނުފެނޭ ހެއްޔެވެ؟ ނަމާދު އިއާދަ ކުރަން އޭނާއަށް އަމުރުފުޅު ކުރެއްވި އެވެ. ދޮރު ބަންދު ކުރެއްވުމައްޓަކައެވެ. ފަހެ ސަފު ފަހަތުގައި (އެކަނި ހުރެ) ސަފު ހެދުމަކީ އެކަކަށްވެސް އޮތް ކަމެއް ނޫނެވެ. އަދި ކިއެއްތޯ އެވެ. އޭނާއަށް ހުސް ޖާގައެއް ނުފެނިއްޖެ ނަމަ އޭނާ މަޑު ކުރާނީ އެވެ. ނުވަތަ މަގުފަހިވެއްޖެ ނަމަ، އިމާމުއާ އެއްހަމައަށް ކުރިއަށް ޖެހި، އިމާމުގެ ކަނާތް ފަރާތުގައި ނަމާދު ކުރާނީ އެވެ. ނުވަތަ ހުސް ޖާގައެއް ފެންނަންދެން، ނުވަތަ އޭނާއާ އެކީ ނަމާދު ކުރާނެ މީހަކު އަންނަންދެން ކެތް ކުރާނީ އެވެ. އަދި ނަމާދު ނިމެއްޖެ ނަމަ، އޭނާ އެކަނި ހުރެ ނަމާދު ކުރާނި އެވެ.

 

ސުވާލު: ސުވާލު ކުރާ މީހާ ع.س.ج އަހައެވެ: ސަފު ފަހަތުގައި އެކަނި ހުރެ ނަމާދު ކުރާ މީހާގެ ނަމާދުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު: އެ ނަމާދުގެ ޙުކުމަކީ އެ ޞައްޙަވެގެން ނުވުމެވެ. އެ ބާޠިލުވެގެންވުމެވެ. އެއީ ނަބިއްޔާ ގެ ޙަދީޘްގެ ސަބަބުންނެވެ: {فَلا صَلَاةَ لِرَجُلٍ فَرْدٍ خَلْفَ الصَّفِّ}، މާނައީ: "ފަހެ، ސަފު ފަހަތުގައި އެކަނި ހުރި ފިރިހެނަކަށް ނަމާދެއް ނެތެވެ." އަދި ސަފު ފަހަތުގައި އެކަނި ހުރެ ނަމާދު ކުރި މީހަކު ނަބިއްޔާ އަށް ފެނިވަޑައިގަތުމުން، ނަމާދު އިއާދަ ކުރުމަށް އޭނާއަށް އަމުރުފުޅު ކުރެއްވި އެވެ.
◇  ◇  ◇
ފަތުވާ ނަގައިފައިވަނީ: فتاوى نور على الدرب، المجلد الثاني عشر، كتاب الصلاة القسم السابع، حكم صلاة المنفرد خلف الصف، ج12، ص246-248، ص251،  فتوى رقم: 133.
ސައިޓް ލިންކް: http://goo.gl/pB2WqH

..................

(1) ރިވާކުރެއްވީ: أحمد في مسنده، من حديث علي بن شيبان رضي الله تعالى عنه، برقم (15862).

(2) ރިވާކުރެއްވީ: أحمد في مسنده، من حديث وابصة بن معبد الأسدي رضي الله تعالى عنه، برقم (17539).

Like what you see?

Close

Hit the buttons below to follow us, you won't regret it...