5  އިމާމް މުޤްބިލްގެ ދަރިވަރު އައް-ޝެއިޚް ޔާސީން އަލް-ޢަދަނީ رحمه الله އަވަހާރަކޮށްލައިފި | 10 އޮކްޓޯބަރ 2017 - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 އިމާމް މުޤްބިލްގެ ދަރިވަރު އައް-ޝެއިޚް ޔާސީން އަލް-ޢަދަނީ رحمه الله އަވަހާރަކޮށްލައިފި | 10 އޮކްޓޯބަރ 2017

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ ޚަބަރު

ޔަމަނުގެ މަޝްހޫރު ސުންނީ ސަލަފީ ޝެއިޚެއް ކަމުގައިވާ އައް-ޝެއިޚް ޔާސީން އަލް-ޢަދަނީ رحمه الله އަވަހާރަކޮށްލައިފި އެވެ. ޝެއިޚް އަވަހާރަކޮށްލާފައި ވަނީ ޝެއިޚްގެ ކާރުކޮޅުގައި ބޮމެއް ހަރުކޮށްގެނެވެ. ބޮން ގޮވުމުގެ އިރުކޮޅެއް ކުރިން ކާރުން ފޭބި ޝެއިޚްގެ 12 އަހަރުގެ ދަރިފުޅުވަނީ ޒަޚަމްވެ ފުރާނަ ސަލާމަތް ވެފައެވެ. މި ހާދިސާ ހިގައިދިޔުމަށްފަހު، ޔަމަނުގެ ސަލާމަތީ ބާރުތަކުންވަނީ ޔަމަނުގެ އިޚްވާނުލް މުސްލިމީން "އިޞްލާޙު" ޕާޓީގެ 10 މެންބަރުން ހައްޔަރު ކޮށްފަ އެވެ.

الشيخ الفاضل أبي العباس ياسين بن علي الحوشبي العدني (رحمه الله) އަކީ الإِمَام العَلامة مقْبِل بن هَادي الوادِعِي رحمه الله ގެ އިސް ދަރިވަރުންގެ ތެރެއިން ދަރިވަރެކެވެ. ޝެއިޚް އަކީ އިމާމް މުޤްބިލްގެ ޒަމާނުގައި ދަންމާޖުގެ "ދާރުލް ހަދީޘް" ޔުނިވާސިޓީގައި އަޤީދާ ކިޔަވައި ދެއްވި މުދައްރިސެކެވެ. އަދި އަޤީދާގެ މަތުނުތައް ތަޙްޤީޤު ކުރެއްވި މުހައްޤިގެކެވެ.

ޝެއިޚް ޔާސީން އަަވަހާރަކޮށްލުމުން ޝެއިޚް ޢަރަފާތުގެ ބަސްފުޅު

الشَّيخ عَرفَات بن حسن المُحمدي حفظه الله ވިދާޅުވެފައި ވެއެވެ. "ﷲ سبحانه وتعالى ޝެއިޚް ޔާސީން އަލް-ޢަދަނީ އަށް ފާފަ ފުއްސަަވައި ރަޙްމަތް ލައްވާނދޭވެ. އެބޭފުޅާއަށް ފާފަ ފުއްސެވުމަށް އެދި ދުޢާކޮށްދެއްވާށެވެ. ހަމަކަށަވަރުން ފާޖިރުން (ޔަމަނުގެ ޝީޢީން، ރާފިޟީން، ޙޫޘީން، އިޚްވާނީން) އެބޭފުޅާ ޤަތުލުކުރީ ގޮވާ ހަތިޔާރު ބޭނުންކޮށްގެން ނެވެ. އެބޭފުޅާގެ މުޅި ހަށިގަނޑުވަނީ އެކުއެކީގައި އަދާފަ އެވެ. سبحان الله... މިއަދު (20 މުޙައްރަމް 1439 - 10 އޮކްޓޯބަރ 2017) ހެނދުނު އަހަރެންނާ ގުޅުއްވި އެވެ. އަދި ހަވީރު އެބޭފުޅާގެ ރޫޙޫ ހަށިކޮޅާ ވަކިވީ އެވެ. الشيخ ياسين އަހަރެންމަށް ފޮނުވި މެސެޖަކީ މިއެވެ. "ޝެއިޚް ޢަރަފާތް އެވެ. އަހަރެން މިހާރު މަސައްކަތް މިކުރަނީ "التنبيهات السنية على العقيدة الواسطية" للشيخ ابن رشيد (رحمه الله) ފޮތް ތަހުޤީޤު ކުރުމުގަ އެވެ. މިހާރު ފޮތް ނިމެން އޮތީ ފޮތުގެ ހަތަރު ބައިކުޅަ އެއްބަޔަށްވުރެ ކުޑަ މިންވަރެކެވެ. ﷲ އަށް ޙަމްދު ކުރަމެވެ. ފޮތުގެ ބާކީ އޮތްބައި ފުރިހަމަކުރުމަށް ﷲ އަހަރެންނަށް ވާގި ދެއްވާނދޭވެ."

ސުންނަތުގައި ޘާބިތުވެ ދެމިހުރެ ދުނިޔެ ދޫކުރުމުގެ މާތްކަމާއި މަތިވެރިކަން

معتمر بن سليمان حمه الله ވިދާޅުވެފައިވެ އެވެ. "އަހަރެންގެ ބައްޕާފުޅުގެ އަރިއަހަށް ވަނީމެވެ. އެހިނދު އަހަރެންވަނީ ވަރަށްވެސް މާޔޫސްވެފައިވާ ޙާލުގަ އެވެ. ބައްޕާފުޅު ވިދާޅުވި އެވެ. ކިހިނެތްވީ ހެއްޔެވެ؟ އަހަރެން ދެންނެވީމެވެ. އަހަރެންގެ ރަޙްމަތްތެރިއަކު ދުނިޔެ ދޫކޮށްފި އެވެ. ބައްޕާފުޅު ވިދާޅުވި އެވެ. މަރުވެދިޔައީ ސުންނަތުގެ މަތީގައިހުރެ ހެއްޔެވެ؟ އަހަރެން ދެންނެވީމެވެ. އާނއެކެވެ. ބައްޕާފުޅު ވިދާޅުވި އެވެ. އެ ގޮތުގައި ދުނިޔެ ދޫކޮށްފި ހިނދުގައި ތިބާ ބިރުނުގަންނަހުއްޓެވެ." شرح الاعتقاد للالكائي (٦١)

ޝެއިޚް ތަހްޤީޤުކުރެއްވި ބައެއް ފޮތްތައް

20171010-yasin-adanee1.jpg

ޝެއިޚް ޤަތުލުކޮށްފައިވަނީ ސުންނަތުގެ ދިފާޢުގައި ބަސްތައް ބަޔާންކޮށް ފިރުޤަތަކުގެ ހަޤީޤަތް ކަޝްފުކުރުމުން

އުސްތާޛް އަބޫ ޙުނައިން އަޙުމަދު ތަވްފީޤު حفظه الله ވިދާޅުވެފައި ވެއެވެ. "ބައެއް ޤައުމުގައި ފިރުޤަތަކުގެ ނުބައިކަމުން ސަލަފީ ޝެއިޚުންގެ ފުރާނަ ގެއްލޭއިރު އަހަރެމެން ނިޢުމަތްތަކުގައި ޣާފިލުވެފައެވެ. ޝެއިޚް ޔާސީން އަލް-ޢަދަނީ އަށް މާތް ﷲ ރަޙްމަތް ލައްވާށި އެވެ."

ޚަބަރު: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ސައުދީ-ޔަމަނުގެ ޢިލްމުވެރިއެއް ކަމުގައިވާ الشيخ الدكتور عرفات بن حسن المحمدي حفظه الله ދިވެހިރާއްޖެ ވަޑައިގެންފި | 09 ޑިސެމްބަރ 2018

 "އިމާމް މުޙައްމަދް ބިން ޢަބްދުލް ވަހާބްގެ ދެވަނަ ދަޥްރާ" ތިނަދޫގައި މި މަހު 18 އިން 21 އަށް ކުރިޔަށްދަނީ | 14 ނޮވެމްބަރ 2017

 އަންނަ ޑިސެންބަރ މަހު އުސްތާޛް އަބޫ އަނަސް އާއި އުސްތާޛް ރިފާދު ޢިލްމީ ދަޥްރާއަކަށް އިންޑިއާ އަށް ވަޑައިގަންނަވަނީ إن شاء الله | 14 ނޮވެމްބަރ 2017

 އަށް ވަނަ ދަޥްރާ ޢިލްމިއްޔާ (އުސްތާޛް އަބޫ އަނަސް حفظه الله އެކީ) - ހދ. ކުޅުދުއްފުށީގައި މި މަހުގެ 9-12 އަށް ކުރިޔަށްދަނީ | 10 ނޮވެމްބަރ 2017

 އިސްލާމިކް ކޮންފަރެންސް: "ދަ ސުންނާ އިޒް ލައިކް ދަ އާރކް އޮފް ނޫޙް" ޔޫކޭގެ މަޝްޙޫރު ސަލަފީ ދާޢީ އަބޫ އިދްރީސް މުޙައްމަދު އެކުގައި ފަށައިފި | 23 ޖުލައި 2017

އަލް-މަޝްޢަރު ޙައްޖު ޢުމްރާ އިން ރަމްޟާން މަހުގެ ޢުމްރާ ދަތުރުގެ ފުރުސަތު ހުޅުވާލައިފި | 23 މާރޗް 2017

2017 އިގެ ޢުމްރާ ދަތުރު އަދި ސަޢުދީ ޢިލްމުވެރިންނާއި އެކު މަދީނާގައި ބާއްވާ ދީނީ ކޮންފަރެންސުގައި ބައިވެރިވުމުގެ ފުރުސަތު މަކްތަބާ ސަލަފިއްޔާއިން މިއަހަރުވެސް އާންމުކޮށް ހުޅުވާލައިފި | 14 ޖެނުއަރީ 2017

މަކްތަބާ ސަލަފިއްޔާގެ ދަޢުވަތަކަށް ޔޫކޭގެ މަޝްޙޫރު ދާޢީ (أبو خديجة عبدالواحد) އަބޫ ޚަދީޖާ ޢަބްދުލް ވާޙިދު حفظه الله ރާއްޖެ ވަޑައިގެންފި | 29 ޑިސެމްބަރ 2016

މަކްތަބާ ސަލަފިއްޔާގެ ދައުވަތަކަށް މަދީނާ ޔުނިވަރސިޓީގެ ޕްރޮފެސަރ ޑރ. ޢަބްދުﷲ ބުޚާރީ ރާއްޖެ ވަޑައިގަންނަވަނީ | 13 މެއި 2016

2016 އިގެ ޢުމްރާ ދަތުރު އަދި ސަޢުދީ ޢިލްމުވެރިންނާއި އެކު ދަޥްރާ ގައި ބައިވެރިވުމުގެ ފުރުސަތު މަކްތަބާ ސަލަފިއްޔާއިން މިއަހަރުވެސް އާންމުކޮށް ހުޅުވާލައިފި | 06 ނޮވެމްބަރ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...