މީރާޘް ޕަބްލިކޭޝަންގެ އަލް އަޚް އައްބާސް އަބޫ ޔަހްޔާ حفظه الله މާލެ ވަޑައިގަންނަވައިފި - 2 ޖެނުއަރީ 2015

ސަޢުދި އަރަބިއްޔާގެ ޖިއްދާގެ މީރާޘް ޕަބްލިކޭޝަން @MiraathNet ގައި މަސައްކަތް ކުރައްވަމުން ގެންދަވާ މަދީނާ ޔުނިވާސިޓީ ގްރޭޖުއޭޓް އަލް އަޚް އައްބާސް އަބޫ ޔަހްޔާ حفظه الله މާލެ ވަޑައިގެންފިއެވެ.
އައްބާސް އަބޫ ޔަހްޔާ އަކީ އިނގިރޭސި ވިލާތަށް އުފަން ސަޢުދި އަރަބިއްޔާގެ ޖިއްދާގައި ދިރި އުޅުއްވަމުން ގެންދަވާ އަހަރެމެންގެ ލޮބުވެތި ސަލަފީ އަޚެވެ. އަބޫ ޔަހްޔާ ވަނީ މަދީނާ ޖާމިޢާ އިސްލާމިއްޔާ ނިންމާފައި ސަޢުދީގައި 20 އަހަރު ވަންދެން ޢިލްމުވެރިން ކައިރިން ޢިލްމު ހޯއްދަވާފައެވެ. އަދި އައްބާސް އަބޫ ޔަހްޔާ އަކީ ޖިއްދާގެ މީރާޘް ޕަބްލިކޭޝަން ގައި ޢިލްމުވެރިންގެ ލިޔުންތަކާއި ފޮތްތަކާއި ދަރުސްތައް ތަރުޖަމާ ކުރަމުން ގެންދަވާ އަޚެކެވެ.
ان شاء الله އައްބާސް އަބޫ ޔަހްޔާގެ ދަރުސްތައް މަސްޖިދް ޞަލާހުއްދީން އަދި ނޫރު މިސްކިތުގައި އޮންނާނެއެވެ. ދަރުސް އޮންނަ ގަޑިތައް ސަލަފީ އެމްވީ އިން ޓުވީޓު ކުރައްވާނެއެވެ. އަދި އެ ދަރުސްތައް މަކްތަބާ ސަލަފިއްޔާ ރޭޑިއޯއިން ލައިވް ކުރެވޭނެެވެ.