ސިޙުރު ހެދުން

 ބޭރުފުށުން ރީތި ޞޫރަތަކުގައި ފާޅުވިޔަސް މިފަދަ ފަރާތްތަކަކީ ކާހިނުންނެވެ. - الشَّيْخ صَالح بن عَبد العَزِيز آل الشيخ حفظه الله

ކެޓަގަރީ ސިޙުރު ހެދުން

ސުވާލު: އަވަށެއްގައި އުޅޭމީހެއްގެ ގާތަށް މީހުން އެބައިމީހުން ގެންގުޅޭ މުދާތައް ގެއްލިގެން އައުމުން ގޮށް ޖަހާފައި އޮންނަ ރޮއްޖަކަށް ކިޔަވައި އެ ރޮނދި މުދާތައް ގެއްލުނުތަނުގައި ބޭއްވުމަށް އޭނާ އެދެ އެވެ. މި ޢަމަލުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އަދި މިފަދަ މީހާގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އަދި މިފަދަ މީހާގެ ފަހަތުގައި ނަމާދު ކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟


ސުވާލު:
"މިއީ كهَانَة (ކާހިނު) ކަމުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. ސަބަބަކީ މިފަދަ ޢަމަލު ކުރާމީހާއަށް ދެވިގެންވާ ނަމަކީ العَرَّاف (ފާލުބަލާ) މީހާ އެވެ. ނުވަތަ الكَاهِن (ކާހިނު) މީހާ އެވެ. އަދި ބައެއްފަހަރު ސިޙުރުވެރިއަކަށްވެސް ވެދާނެ އެވެ. ފަހެ، މިފަދަ ޢަމަލަކީ ހުއްދަވެގެންވާ ޢަމަލެއް ނޫނެވެ. އަދި ޣައިބުގު ޢިލްމުގެ ތެރެއިން އެއްވެސް ކަމެއް ދަންނަކަމަށް ދަޢުވާކުރާ މީހަކަށް އެހީތެރިވުން އެއްވެސް މީހަކަށް ޙަލާލުވެގެން ނުވެ އެވެ. އަދި މިފަދަ މީހާގެ ފަހަތުގައި ނަމާދުކުރުން ހުއްދަވެގެންނުވެ އެވެ. ސަބަބަކީ މިފަދަ މީހާއަކީ ފާލުބަލާ މީހެކެވެ. ނުވަތަ ކާހިނެކެވެ. ނުވަތަ ސިޙުރުވެރިއެކެވެ. މިއިން އެއްވެސް މީހެއްގެ ފަހަތުގައި ނަމާދުކުރުން ހުއްދައެއް ނުވާނެ އެވެ."
*****
ފަތުވާ ނަގާފައިވަނީ :التمهيد لشرح كتاب التوحيد 606

Like what you see?

Close

Hit the buttons below to follow us, you won't regret it...