5 ފިތުނަވެރި ދާޢީންގެ (އަލް-ޤަރަނީ، ސަލްމާނު އަލް-ޢައުދާ) ކިބައިން މީސްތަކުންނަށް އިންޒާރުދީފައި ވުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ފިތުނަވެރި ދާޢީންގެ (އަލް-ޤަރަނީ، ސަލްމާނު އަލް-ޢައުދާ) ކިބައިން މީސްތަކުންނަށް އިންޒާރުދީފައި ވުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ މަގުފުރެދުމަށް ގޮވާ ދުޢާތުން

09-ސެޕްޓެންބަރ-2017: الله أكبر އިޚްވާނީ ތަކްފީރީ ސަލްމާން އަޢުދާ، އިޚްވާނީ އިވަޟް އަލް-ޤަރްނީ ސައޫދީ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފި އެވެ. ސަޢުދި އަރަބިއްޔާގެ ބޮޑެތި ސަލަފީ ޢިލްމުވެރިންދަނީ މިކަމުގެ މައްޗަށް ސަޢުދީ ދަޥްލަތަށް ހެޔޮބަސްތައް ބުނެ ހެޔޮ ދުޢާކޮށް ޝުކުރު އަދާކުރަމުން ނެވެ.


الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ފިތުނަވެރި ދާޢީން (މުޙައްމަދު އަލް-ޢަރީފީ، ޢާއިޟް އަލް-ޤަރަނީ، ސަލްމާނު އަލް-ޢައުދާ، ނާޞިރު އަލް-ޢުމަރު) ގެ ކިބައިން މީސްތަކުންނަށް އިންޒާރުދީފައި ވުން

(الشيخ صالح الفوزان : މި ބަސްފުޅު ވިދާޅުވެފައިވަނީ ހިޖުރީގޮތުން ٥\٤\١٤٣٧ ގައި ނުވަތަ މީލާދީ ގޮތުން މި ހިގަމުންދާ ޖަނަވަރީ މަހުގެ  16 ވީ ހޮނިހިރު ދުވަހުގަ އެވެ.)

ސުވާލު ކުރާމީހާ : السلام عليكم ورحمة الله.
ޖަވާބު (الشيخ صالح الفوزان) : وعليكم السلام عليكم ورحمة الله.
ސުވާލު ކުރާމީހާ : شيخ صالح އެވެ. ޙާލުކޮޅު ކިހިނެތްތޯ އެވެ؟ ހެޔޮ ޙާލުގައިވާނެ ކަމުގައި އުއްމީދު ކުރަމެވެ.
ޖަވާބު (الشيخ صالح الفوزان) : ޙާލު ރަނގަޅެވެ.
ސުވާލު ކުރާމީހާ : ﷲ، ޝެއިޚް ރައްކާތެރި ކުރައްވާނދޭވެ. ޝެއިޚްއަށް މިވަޤުތުގައި އުނދަގޫ ކުރެވުނު ކަމަށްޓަކައި މަޢާފަށް އެދެމެވެ. ޝެއިޚްއެވެ. އަހަރެމެން ޝެއިޚް އަރިހުގައި ސުވާލެއް ދެންނެވުމަށް ބޭނުމެވެ. އަހަރެމެންނަށް އެކަމަށް ހުއްދަ ދެއްވިދާނެ ތޯ އެވެ؟
ޖަވާބު (الشيخ صالح الفوزان) : އާއެކެވެ.
ސުވާލު ކުރާމީހާ : ﷲ، ޝެއިޚް ރައްކާތެރި ކުރައްވާނދޭވެ. އަހަރެމެން ޝެއިޚް އަރިހުގައި ސުވާލެއް ދެންނެވުމަށް ބޭނުމެވެ. ސުވާލުކުރުމަށް ހުއްދަ ލިބިދާނެތޯ އެވެ؟
ޖަވާބު (الشيخ صالح الفوزان) : އާއެކެވެ.


ސުވާލު ކުރާމީހާ : ﷲ، ޝެއިޚް ރައްކާތެރި ކުރައްވާނދޭވެ. ޝެއިޚް އެވެ. الشيخ أحمد بن يحي النجمي ލިޔުއްވާފައިވާ ފޮތްތެއް އަދި الشيخ زيد المدخلي –الله يرحمهم و يغفرلهم- އަހަރެން ކިޔާލީމެވެ. الشيخ زيد ލިޔުއްވާފައިވާ ފޮތުގެ ނަމަކީ الإرهاب (ޓެރެރިޒަމް) އެވެ. އަދި الشيخ أحمد النجمي ލިޔުއްވާފައިވާ ފޮތުގެ ނަމަކީ المورد العذب އެވެ. ފަހެ. މި ފޮތްތަކުގައި މިހާރު ދަޢުވަތް ދިނުމުގައިވާ ބައެއް މީހުންގެ ނަންތައް އަހަރުމެން ކިޔާލީމެވެ. މިޘާލަކަށް މުޙައްމަދު އަލް-ޢަރީފީ، ޢާއިޟް އަލް-ޤަރަނީ އަދި ސަލްމާނު އަލް-ޢައުދާ އަދި ނާޞިރު އަލް-ޢުމަރު ގެ ނަމެވެ.


އަދި މިފޮތް އަހަރެން މީސްތަކުންނަށް ބަހާ ހެދީމެވެ. އަދި މި ފޮތަށް الشيخ صالح الفوزان އިޤްރާރުވެފައިވާކަން އަހަރެން ދެކުނީމެވެ.
ފަހެ، ބައެއް އަޚުން އަހަރެންގެ ބަސްތަކަށް ރައްދުދީ ބުނެ އެވެ. "الشيخ صالح الفوزان މި މީހުންގެ މައްޗަށް އިންޒާނުދެއްވަ އެވެ."


ޖަވާބު (الشيخ صالح الفوزان) : ތި މީހުން ދޫކޮށްލާށެވެ. ދޫކޮށްލާށެވެ. ތިޔަ ފޮތަކީ ޗާޕް ކުރެވި މީސްތަކުންގެ ތެރޭގައި ބަހަމުންގެންދާ ފޮތެކެވެ. އަދި މިސްތަކުންގެ ތެރޭގައި ފެތުރިފައިވެ އެވެ. އެމީހުން ދޫކޮށްލާށެވެ.


ސުވާލު ކުރާމީހާ : ޝެއިޚް އެވެ. ﷲ ޤަންދީ ބުނެމެވެ. މި މީހުން  އަހަރެމެންނާ ދިމާލަށް އަބަދު ބުނަމުންދަނީ "ކަލޭމެންނަކީ ޖާމިއްޔާ އިންނެވެ. ކަލޭމެންނަކީ މަދްޚަލިއްޔާ އިންނެވެ. ކާލޭމެންނަކީ މިވަނި އެވަނި ބައެކެވެ." الله المستعان.


ޖަވާބު (الشيخ صالح الفوزان) : ﷲ ތިޔަބައިމީހުންނަށް ވާގި ދެއްވައިފާނދޭވެ.
ސުވާލު ކުރާމީހާ : ﷲ، ޝެއިޚް ރައްކާތެރި ކުރައްވާނދޭވެ.  والسلام عليكم.
ޖަވާބު (الشيخ صالح الفوزان) : وعليكم السلام.

*****
ފަތުވާ ނަގާފައިވަނީ : https://goo.gl/EpwD3E

އަޚުންނޭވެ!

ސުވާލުގައި ބަޔާންކުރެވުނު ފިތުނަވެރި، ފިތުނައަށްގޮވާ، މީސްތަކުން މަގުފުރެއްދުމުގައިވާ އަހުލުވެރިން ގެ ނަންތައް ޢިލްމުވެރިން ވަނީ އެ ޢިލްމުވެރިންގެ ފޮތްތަކުގައި ޛިކުރު ކުރައްވާފައިވެ އެވެ. އަދި އެމީހުންގެ ތެރެއިންވާ ބޮޑެތި ލީޑަރުން ކަމުގައިވާ ޢަރީފީ، ސަލްމާން އަލް-ޢައުދާ، ނާޞިރު އަލް-ޢުމަރު އަދި ޢާއިޟް އަލް-ޤަރަނީ އަކީ ދުނިޔޭގެ އެކިއެކި ހިސާބުގައި މުޒާހަރާތައް ކުރުމަށް ގޮވާލާ ބައެކެވެ. ޤައުމުތަކުގެ ވެރިކަން ވައްޓާލުމަށް ގޮވާ، އިޚްވާނުލް މުސްލިމޫންނަށް ތާއިދު ކުރާ މީހުންގެ ތެރެއިންވާ ލީޑަރުންނެވެ. އެމީހުންގެ ދަންނަބޭކަލުންނެވެ. އެމީހުންގެ ބޮޑެތި މީހުންނެވެ.


އަޚުންނޭވެ. އެއް ޢިލްމުވެރިއަކަށް ވުރެ ގިނަ ޢިލްމުވެރިން އެބަޔަކު ދޫކޮށްލުމަށް ގޮވާލުމުން، އެ ބަސްފުޅުތައް ޤަބޫލުކުރީ ސަލަފީންތޯ ނުވަތަ އެހެން ބަޔަކުތޯ އެވެ؟ އިޚްވާނީންނާއި އެންމެހައި ޙިޒްބީންތައް އެއާއެކުގައިވެސް މި ފިތުނަވެރި ކަމުގައިވާ އަހުލުވެރިންނަށް އެމީހުންގެ ޤައުމުތަކުން މަރުޙަބާ ކިޔާފައިވެ އެވެ. އަދި އެމީހުންނަކީ ޢިލްމުވެރިން ކަމުގައި ހަދައި، ދަންނަބޭކަލުންނަށް ހެދިއެވެ. އަދި ޙަޤީޤީ ޢިލްމުގެ އަހުލުވެރިން ކަމުގައިވާ الشيخ صالح الفوزان حفظه الله الشيخ أحمد بن يحيى النجمي رحمه الله  الشيخ زيد بن هادي المدخلي رحمه الله   ފަދަ ޢިލްމުވެރިންގެ ބަސްފުޅުތައް މީސްތަކުންނަށް ފޮރުވާލި އެވެ. މީސްތަކުންނަށް އޮޅުވާލި އެވެ.


މި ނުލަފާ ބައިގަނޑުގެ ކިބައިން ސަލާމަތް ވުމަށް ނަޞޭޙަތްތެރި ވުމުން، ޢަމަލުކޮށްފައިވާ ގޮތް ބައްލަވާ!

newfawzanfitnacallers-JS-1.png

އެއްވެސް ޝައްކެއް ނެތް ގޮތުގައި، އެބައެއްގެ ޢަޤީދާއާއި، މަންހަޖާއި، އުޞޫލްތަކުގައި އެބަޔަކާ އެއްފަދަ ބަޔަކާއި މެނުވީ އެބަޔަކު ގުޅުމެއް ނުބާއްވާނެ އެވެ. އެ މީހުންނާއި ގުޅުންބާއްވާނީ، އެމީހުންފަދައިން ދީނުގައި ޙައްދުފަހަނަޅައި ޙައްޤުމަގު ގެއްލިފައިވާ މީސްމީހުންނެވެ.

newfawzanfitnacallers-JS-2.png

 

އުއްމަތުގެ ޢިލްމުވެރިންގެ ބަސްފުޅުތައް އަޑުއަހައި އެބަސްފުޅުތަކުގައި ބަޔާންކޮށްފައިވާ ނަޞޭޙަތްތަކުގައި ދެމިތިބެ، އެ ނަޞޭޙަތް މީސްތަކުންނަށް ބަޔާންކޮށްދީ، ޢިލްމުވެރިން އެބައެއްގެ ކިބައިން އިންޒާރު ދެއްވާފައިވާ މީހުންގެ ކިބައިން ދުރުވެ އެ ޤޮތުގައިދެމި ތިބޭ މީހުންނަށް އެއީ ޖާމީން، އެއީ މަދްޚަލީން އެއީ އެވެނި މިވެނި އެއްޗެކޭ ބުނެހެދިކަމުގައިވިޔަސް الحمد لله އެވެ. ޢިލްމުވެރިންގެ ބަސްތަކުގައި ޤާއިމްވެ ހުރުމުން، އެމީހުން ސިފަކުރާ ސިފަކުރުމާއި، ދޭނެ ލަޤަބްތަކަކީ އޭގެ އެއްވެސް ޙަޤީޤަތެއް އޮތް އެއްޗެއް ނޫނެވެ. ޙަޤީޤަތުގައި ލަޤަބް ދިން މީހުންގެ ޙާލަތު ކަޝްފުވުން ނޫން އެހެން ކަމެއް އެއިން ފާޅުވެ ނުދެއެވެ.

الشيخ صالح الفوزان حفظه الله އެމީހަކު ދޫކޮށްލުމަށް ބަޔާންކޮށްފައިވާ ނާޞިރު އަލް-ޢުމަރު ރާއްޖެ ގެނައީ ކޮންބައެއްތޯ އެވެ؟ އާއެކެވެ. (އެބައިމީހުންގެ ކައިރީގައި) އެހެންމީހުންނަކީ ޢިލްމުވެރިންގެ ބަސްތަކުގައި ޤާއިމްވުމުން، މަދްޚަލީންނެވެ. ޖާމީންނެވެ. އެހެންކަމުގައި ވާނަމަ،  ޢިލްމުވެރިންގެ ބަސްތައް އަޑުނާހައި، ޢާންމު މީސްތަކުންނަށް ދީން އޮޅުވާލި މީހުންނަކީ ކޮންބައެއްތޯ އެވެ؟

newfawzanfitnacallers-JS-3.png

އަޚުންނޭވެ!

މިއީ މިބައިމީހުން ފޮރުވިގެންތިބެ، ޙަޤީޤަތް އޮޅުވާލައި، ބޭރުފުށުން ރިވެތި ޞޫރަ ފާޅުކޮށް ހިންގަމުން ގެންދާ ޕްރޮޕެގެންޑާ އެވެ. ޢާންމު މީސްތަކުންނަށް ހީކުރެވެނީ އެބައިމީހުންނަކީ ޢިލްމުވެރިންގެ ނަޞޭޙަތްތަކުގެ މަތީގައި ޤާއިމްވެތިބި ބައެއް ކަމުގަ އެވެ. އެހެނަސް އެންމެހައި ފިތުނަތަކަށް ހިތްވަރުދީ، ފަސާދައަށް މަގުދައްކައިދީ މީސްތަކުންނަށް ހަލަބޮލިކަމަށް ގޮވާލަނީ އެބައިމީހުންނެވެ. އަދި، ޢިލްމުގެ އަހުލުވެރިން އެބައެއްގެ މައްޗަށް އިންޒާރު ދީފައިވާ، ސަމާލުވުމަށް ނަޞޭޙަތްތެރިވެފައިވާ މި ލީޑަރުންތަކަކީ މި މީހުންގެ ޢިލްމުވެރިންނެވެ. ފަހެ، ބޭރުފުށުން ޢިލްމުވެރިންނަށް ތަބަޢަވެގެންނޭ ބުނާ ހިނދުގައި ޙަޤީޤީ ޢަމަލު ދައްކައިދެނީ އެގޮތާއި ޚިލާފަށެވެ.


އަދި މި "ދަންނަބޭކަލުން" ސަލްމާނު އަލް-ޢައުދާ، ޢާއިޟް އަލް-ޤަރަނީ، ނާޞިރު އަލް-ޢުމަރު އަދި އަލް-ޢަރީފީ އަކީ ފިތުނަވެރި، ބާޠިލް މަންހަޖުގެ އަހުލުވެރިން ކަމުގައި ބުނުމުން އެބައިމީހުން ބުނެ އެވެ. "ތިކަހަލަ ވާހަކަ ދައްކާނީ މަދްޚަލީންނޭ" ނުވަތަ "ޖާމީންނޭ" އެވެ.


ވިސްނާލުން ހުއްޓެވެ! ޢިލްމުވެރިންގެ ބަސްތައް، އެ ޢިލްމުވެރިން އަންގައިދިން ފަދައިން މީސްތަކުންނަށް ނަޤުލުކޮށްދީ، ޢިލްމުވެރިންގެ ނަޞޭޙަތުން ނަޞޭޙަތް ބަޔާންކޮށް ދިނުމުން އެއީ "މަދްޚަލީން" ކަމުގައި ވަންޏާ ނުވަތަ "ޖާމީން" ކަމުގައި ވަންޏާ އޭގެ ހުރި ހެޔޮ ކަމާ އެވެ.


ޢިލްމުވެރިންގެ ބަސްތައް ދޫކޮށް، އުއްމަތަށް ދީފައިވާ ނަޞޭޙަތް އޮޅުވާލައި، ޙަޤީޤަތް ބަދަލުކޮށް ތިމާމެންނަކީ "ޝެއިޚް ފަޥްޒާން އަށް" "ޝެއިޚް ...." "ޝެއިޚް ..." އަޑުއަހާ ނަޞޭޙަތް ޤަބޫލު ކުރާ ބައެކޭ ބުނުމުން އެއީ ޙަޤީޤަތް ކަމުގައިވާނެހެއްޔެވެ!


އާއެކެވެ. ތިޔަ "ދަންނަބޭކަލުންނަށް" ޢިލްމުވެރިންގެ ގޮތުގައިވާ ބަލައިގަނެވިފައިވާ އަލް-ޢަރީފީ އާއި، ނާޞިރު އަލް-ޢުމަރު އާއި، ސަލްމާން އަލް-ޢައުދާ އަކީ ފިތުނަވެރިން، ބާޠިލްގެ އަހުލުވެރިން ކަމުގައި ބުނުމަކީ ތިޔަ "ދަންނަ ބޭކަލުންގެ" ލަގޮނޑިއަށް ކެތްވާނެ ކަމެއް ނޫނެވެ. އެހެނަސް ޢިލްމުގެ އަހުލުވެރިންގެ ފަހަތުގައި ތިބެ، ހަރުއަޑުން އެއީ ފިތުނަވެރި، ބާޠިލް މަންހަޖުގައިވާ ބައެއް ކަމުގައި އަހަރެމެން ބުނާނަމެވެ. އަދި އެފަދަ މީސްތަކުންނަށް މަރުޙަބާ ކިޔާނީވެސް އެފަދަ ބައެކެވެ.

newfawzanfitnacallers-JS-4.png

އިޚްވާނުންނޭވެ! މި ޖާހިލުން، މި ހަވާނަފްސުގެ އަހުލުވެރިންގެ ކިބައިން ސަލާމަތްވޭ!


الشَّيخُ مُحَمَّدُ بِنْ هَادِيْ المدْخَلِيْ – حَفِظَهُ اللهُ-  އަރިހުގައި ކުރެވުނު ސުވާލުގައިވެ އެވެ. "(ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކޮށްފައިވާ ޙަދީޘެއް ކަމުގައިވާ، ވެރިޔާ ތިބާގެ ބުރަކަށި ތެޅި ކަމުގައިވިޔަސް، ތިބާގެ މުދާ ފޭރިގަތް ކަމުގައި ވިޔަސް ތިބާ ވެރިޔާއަށް ކިޔަމަންވެ، ވެރިޔާގެ ބަސްތައް އަޑުއެހުން ހުއްޓެވެ.) –މި ޙަދީޘްގެ މައްޗަށް ޢަރީފީ ބުނަނީ- މި ޙަދީޘްގައި އެވަނީ ޚާއްޞަ މީހަކަށް އޮތް ޚާއްޞަ ޙުކުމެއްގެ ވާހަކަ އެވެ. (ޝެއިޚް އެވެ.) މި ޙާލަތުގައި މީސްތަކުންނަށް ބަޔާންކޮށްދޭނީ

ކިހިނަކުން ތޯ އެވެ؟
ޖަވާބު : (ތިފަދައިން ބުނާ މީހާ) އަހަރެން ދަންނަމެވެ. ތިފަދައިން ބުނާ އަޑު އަހަރެން އަހައިފީ މެވެ. ތި މީހާއަކީ ﷲ އާއި އެކަލާނގެ ރަސޫލާގެ މައްޗަށް ބޮޑު ދޮގުހަދާފައިވާ މީހެކެވެ. ތި މީހަކީ ޖާހިލެކެވެ. ހަވާނަފްސުގެ އަހުލުވެރިއެކެވެ. ތި މީހާ ދައްކާ ވާހަކަތަކަށް ބަލައިގެން ނުވާނެވެ. ފަހެ، ރަސޫލާ صلى الله عليه وسلم ގެ އަރިހުން ވާރިދުވެގެންވާ އެތަކެއް ގިނަ ޙަދީޘެއްގައި ބަޔާންވެގެންވަނީ، މުސްލިމުން ވެރިން އެއީ އަނިޔާވެރިިވާ، ހައްދުފަހަނައަޅައިފައިވާ ނުބައި ބަޔަކުކަމުގައި ވިޔަސް އެބައިމީހުންނަށް ކިޔަމަންވެ އަޑުއަހަން ޖެހޭނެ ކަމުގައި އެވެ. މިއީ، އީމާންކަމުގައިވާ، ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގެ ޢިލްމު ލިބިގެންވާ އަހުލުވެރިންގެ ބަސްތަކުގައި ބަޔާންވެގެންވާ ގޮތެވެ. އަހަރެމެންނަށް ރަސޫލާ صلى الله عليه وسلم އަމުރުފުޅު ކުރައްވާފައިވަނީ، އެފަދަ (އަނިޔާވެރިވާ، ނުބައިނުލަފާ) ވެރިންނަށްވެސް އަޑުއަހައި ކިޔަމަންގަތުމަށެވެ.
ތިޔަ ވާހަކަދައްކާފައިވާ ތިޔަ ޖާހިލު، އޭނާގެ ހަވާނަފްސަށް ތަބަޢަވާ މީހާއަށް، އެންމެ ޞަރީޙަކޮށް ދެވޭނެ ރައްދަކީ، ނަބިއްޔާ صلى الله عليه وسلم އަރިހުގައި ދެންނެވުނު ހިނދުގައި ވިދާޅުވި ބަސްފުޅެވެ. ހަދީޘްގައިވެ އެވެ. ޞަޙާބީން ވިދާޅުވި އެވެ. "އަހަރެމެންގެ މައްޗަށް އައިސްފައިވާ ވެރިން، އެވެރިން އަހަރެމެންގެ ފަރާތުން އެބައިމީހުންނަށް ލިބިދޭންޖެހޭ ޙައްޤު ލިބުމަށް އެދެ އެވެ. (އެއީ: ރައްޔިތުން އެބައިމީހުންނަށް އަޑުއަހައި ކިޔަމަން ވުމެވެ.) އަދި އެ ވެރިން އަހަރުމެންނަށް ލިބިދޭންޖެހޭ ޙައްޤުން އަހަރެމެން މަނާކުރެ އެވެ. މިޙާލަތުގައި އަހަރެމެން ޢަމަލުކުރާނީ ކިހިނަކުން ތޯ އެވެ؟ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. "ތިޔަބައިމީހުން ވެރިންނަށް ދޭންޖެހޭ ޙައްޤު ދޭ ހުއްޓެވެ. އަދި ތިޔަބައިމީހުންނަށް ލިބެންޖެހޭ ޙައްޤު ލިބުމަށް އެދި ﷲ އަށް ތިޔަބައިމީހުން ދަންނަވާށެވެ." އެހިނދުގައި ރަސޫލާ صلى الله عليه وسلم އަރިހުގައި ޞަޙާބީން ދެންނެވި އެވެ. އެމީހުންނާއި ދެކޮޅަށް އަހަރެމެން ކަނޑި ހިފައިގެން ނުކުތުން ނުވޭ ތޯ އެވެ؟ ޙަދީޘް ކުރެއްވި އެވެ. "ނުކުންނާށެވެ. (ތިޔަބައިމީހުންނަށް ނިކުމެވޭނީ) އެބައިމީހުން ނަމާދު ޤާއިމް ނުކުރާކަމުގައިވާނަ އެވެ."


ފަހެ، އިމާމް އަޙްމަދު رحمه الله ބަޣްދާދުގައިވީ ފިޤުހު ޢިލްމުވެރިންނަށް މައުމޫނު، މުޢުތަޞިމް، ވާޘިޤު (މި ޚަލީފާއިންގެ) ޚިލާފަތްތަކުގައި ބަސްތައް ބަޔާންކޮށްދީ ވިދާޅުވި އެވެ. މި ޚަލީފާއިން ޤުރުއާނަކީ މަޚްލޫޤެއް ކަމުގެ މައްޗަށް މީސްތަކުން ފިތުނަވެރިކޮށް އިމްތިޙާނު ކުރަމުން ދިޔަ ދުވަސްވަރުގައި އެ ވެރިންނާއި ދެކޮޅަށް ނުކުތުމުގެ ޙުކުމުގެ މައްޗަށް ބަސްތައް ވިދާޅުވި އެވެ. (އެ ފިޤުހު ޢިލްމުވެރިން) ވެރިޔާއާ ދެކޮޅަށް ނުކުތުމަށް ބަސްތައް ބަޔާންކުރުމުން އެބައިމީހުންނަށް އެކަމުގައި ރައްދު ދެއްވި އެވެ. އަދި (އެ ފިޤުހު ޢިލްމުވެރިން) ވެރިޔާއަށް ކިޔަމަންވުމެއް، ވެރިޔާއަށް އަޑުއެހުމެއް ނޯންނާނޭ ކަމުގައި ބުނުމުން، އެބައިމީހުންނަށް ރައްދުދެއްވައި ވިދާޅުވި އެވެ. "ނޫނެކެވެ. ތިޔަ ބަސްތަކަކީ ވާރިދުވެގެންވާ އަޘަރުތަކާއި ޚިލާފް ވާހަކަ ތަކެވެ. އަހަރެމެންނަށް އަޘަރުތަކުގައި ފެންނަންއޮތީ ވެރިން ނަމާދު ޤާއިމްނުކުރާ ކަމުގައިވާނަމަ (އެބައިމީހުންނާއި ދެކޮޅަށް ނުކުތުމެވެ.) އެހެންނޫނީ ނުކުތުމެއް ނުވެ އެވެ. ﷲ އަށް ޓަކައި، ﷲ އަށް ޓަކައި، ﷲ އަށް ޓަކައި (ބިރުވެތިވުން ހުއްޓެވެ.) މުސްލިމުންގެ ލޭއޮހޮރިގެން ދިއުމުން އެއްކިބާވާށެވެ. މުސްލިމުންގެ ލޭއޮހޮރިގެން ދިއުމުން އެއްކިބާވުން ހުއްޓެވެ" އަދި އެއަށްފަހުގައި މުސްލިމުންގެ ލޭގެ މަތިވެރިކަން ޛިކުރުކޮށްދެއްވަމުން އިމާމް އަޙްމަދު رحمه الله ގެންދެވި އެވެ. އަދި އެގޮތުގައި އެބައިމީހުން ޙައްޤުމަގަށް އައުމަށް ދާންދެން ދެމިހުންނެވި އެވެ. އަދި އިމާމް އަޙްމަދު رحمه الله އެބައިމީހުންނަށް މިކަމުގައި ޞައްޙަ ފަހުމަކީ ކޮބައިކަން އުގަންނަވައި ދެއްވި އެވެ.


ފަހެ، އެއްވެސް ޝައްކެތް ނުވާގޮތުގައި (މި ގޮތާއި ޚިލާފްވި މީސްތަކުންނަކީ) ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީން ތިއްބެވި ގޮތާއި، އެ ޞަޙާބީންނަށް ތަބަޢަވި ތާބިޢީންނާއި އަދި ހެޔޮގޮތުގައި އިޙްސާންތެރިކަމުގައި އެބައިމީހުންނަށް ތަބަޢަވީ އެންމެހައި ހެޔޮވެގެންވީ އިމާމުން - އެ އެންމެހައި ފަރާތްތަކަށް ﷲ ރުހިވޮޑިގަންނަވާނދޭވެ! – މި އެންމެހާ ފަރާތްތަކުގެ ހިދާޔަތާއި ދީނުން ޚިލާފްވެފައިވާ ބައެކެވެ.


ފަހެ، (ޢުރައިފީ ބުނެފައިވާ ބަސްތަކަކީ) ބާޠިލް، އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ބަސްތަކެއް ނޫނެވެ. މިފަދަ މަގުފުރެދިފައިވާ މިފަދަ މި މިޘާލުފަދަ މީސްތަކުންނަށް އަހަރެމެން ރައްދުދެވޭ ކަމަށްޓަކައި، އެކަމަށް ﷲ އަށް ޙަމްދު ކުރަމެވެ. ފަހެ، މި މީހުންނަކީ އިސްލާމީ ޝަރީއަތް ނަގަހައްޓާފައިވާ "ބޮސް" ކަމުގައި ވެގަނެގެން އުޅޭ ބައެކެވެ.
ފަހެ، އިސްލާމްދީނުގައިވާ ޢިލްމުވެރިން މީނާ އަށާއި، މީނާ ފަދަ މީސްތަކުންނަށް ރައްދު ދެއްވި އެވެ. (އެ ގޮތުން) މުފްތީ - ﷲ ހެޔޮ ޖަޒާދެއްވާށި- އަދި ފަޟީލަތުއް ޝެއިޚް ޑރ. صالح بن فوزان الفوزان – حفظهم الله- މިނާއަށް (ޢަރީފީ) އަށް ރައްދު ދެއްވައި މީނާގެ ޖާހިލުކަން ބަޔާންކޮށްދެއްވާފައިވެ އެވެ.
فلله الحمد و المنة.
ފަތުވާނަގާފައިވަނީ : http://goo.gl/MNyg1P


އަޚުންނޭވެ! މި އުއްމަތުގެ އެންމެ ބޮޑެތި ޢިލްވެރިންގެ ގޮތުގައި ފާޅުވި الشيخ العلامة أحمد بن يحيى النَّجْمِي، الشيخ العلامة زَيْد بن هادي المَدخَلِي رحمهما الله  الشيخ العلامة صالح الفوزان حفظه الله الشيخ العلامة محمد بن هادي المدخلي حفظه الله  އަދި މި ނޫންވެސް ސުންނަތާއި ހިދާޔަތުގައި ޤާއިމްވެގެންވާ ޢިލްމުވެރިން އެބައެއްގެ ނުބައި ކަމާއި، މަގުފުރެދުމުން ސަލާމަތްވުމަށްޓަކައި އިންޒާރު ދެއްވާފައިވާ އަހުލުވެރިންގެ ކިބައިން ސަމާލުވާށެވެ.
ރާއްޖޭގައިވާ އިޚްވާނީން މި ބާޠިލް، އިންޒާރު ދެވިފައިވާ މީސްތަކުންނާ އޮތް ގުޅުން ހާމަވެގެންދެ އެވެ.
  

Like what you see?

Close

Hit the buttons below to follow us, you won't regret it...

0
Shares