5 ބިދުޢައިގެ އަހުލުވެރިންނާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ ޣީބަ ބުނުމުގެ ތެރެއިންވާ ކަމެއް ނޫނެވެ. - الشَّيْخُ محمد بن صَالِح العُثَيْمِين رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ބިދުޢައިގެ އަހުލުވެރިންނާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ ޣީބަ ބުނުމުގެ ތެރެއިންވާ ކަމެއް ނޫނެވެ. - الشَّيْخُ محمد بن صَالِح العُثَيْمِين رحمه الله

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ ޖަރަޙް ކުރުމާއި ތަޢުދީލު ކުރުން - الجرح و التعديل

ސުވާލު ކުރާ މީހާ: أَحْسَنَ اللهُ إِلَيْكَ. ބިދުޢައިގެ އަހުލުވެރިންނާ ބެހޭގޮތުން ވާހަކަ ދެއްކުން، މިސާލަކަށް ބުނުން: "އެބައިމީހުން އާޔަތްތަކާއި ޙަދީޘްތައް ތައުވީލު ކުރެ އެވެ. ނުވަތަ މިވެނި އެވެނި ކަމެއް ކުރެ އެވެ." ޝަރުޢީ ޢިލްމު ހާސިލު ކުރާ ކުދިންގެ މެދުގައި މިކަން ހިނގައިފި ނަމަ އެއީ ޣީބަ ބުނުމުގެ ތެރެއިންވާ ކަމެއްގެ ގޮތުގައި ބެލެވޭނެތޯ އެވެ؟
ޝައިޚު: އެއީ ކޮންކަމެއްގެ ތެރެއިންވާ ކަމެކޭ؟
ސުވާލު ކުރާ މީހާ: ޣީބަ ބުނުމުގެ ތެރެއިންނެވެ.
ޝައިޚު: ޣައިބާ ނުވަތަ ޣީބަ ހެއްޔެވެ؟
ސުވާލު ކުރާ މީހާ: ޣީބަ އެވެ. ޣީބަ އެވެ.
ޝައިޚު: ބިދުޢައިގެ އަހުލުވެރިންނާއި، އެބައެއްގެ ކިބައިގައި ސަލާމަތްވެގެން ނުވާ ފިކުރުތަކެއް ނުވަތަ ސީދާވެގެން ނުވާ މަންހަޖެއް ހުރި ބަޔަކާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ ނަސޭހަތުގެ ތެރެއިންވާ ކަމެކެވެ. އަދި އެއީ ޣީބަ ބުނުމުގެ ތެރެއިންވާ ކަމެއް ނޫނެވެ. އަދި ކިއެއްތޯ އެވެ. އެއީ الله އަށާއި، އެއިލާހުގެ ފޮތަށާއި، އެ އިލާހުގެ ރަސޫލާ އަށާއި، މުސްލިމުންނަށް ނަސޭޙަތް ދިނުމުގެ ތެރެއިންވާ ކަމެކެވެ. ފަހެ އަހަރުމެންނަށް މީހަކު، ބިދުޢަވެރިއަކު އޭނާގެ ބިދުޢަ ފަތުރާތަން ފެނިއްޖެ ނަމަ، އޭނާގެ ނުބައިކަމުން މީސްތަކުން ސަލާމަތްވުމަށްޓަކައި އޭނާ އަކީ ބިދުޢަވެރިއެއް ކަން ބަޔާން ކޮށްދިނުން އަހަރުމެންގެ މައްޗަށް ވާޖިބު ވެގެންވެ އެވެ. އަދި ސަލަފުން ތިއްބެވި ގޮތާ ޚިލާފު ފިކުރުތަކެއް މީހެއްގެ ކިބައިގައި ވާތަން އަހަރުމެންނަށް ފެނިއްޖެ ނަމަ، އެމީހެއްގެ ކިބައިން މީސްތަކުންނަށް ކެހި ނުލިބުމައްޓަކައި، އެކަން ބަޔާން ކޮށްދިނުން އަހަރުމެންގެ މައްޗަށް ވާޖިބު ވެގެންވެ އެވެ. އަދި އޭގެ ނަތީޖާތައް ނުބައިވެގެންވާ ވަކި ޚާއްސަ މަންހަޖެއް މީހެއްގެ ކިބައިގައި ހުރިތަން އަހަރުމެންނަށް ފެނިއްޖެ ނަމަ، އޭނާގެ ނުބައިކަމުން މީސްތަކުން ސަލާމަތްވުމަށްޓަކައި އެކަން ބަޔާން ކޮށްދިނުން އަހަރުމެންގެ މައްޗަށް ވާޖިބު ވެގެންވެ އެވެ. އަދި މިއީ الله އަށާއި، އެއިލާހުގެ ފޮތަށާއި، އެ އިލާހުގެ ރަސޫލާ އަށާއި، މުސްލިމުންގެ ވެރިންނަށާއި، މުސްލިމުންގެ އާންމުންނަށް ނަސޭޙަތް ދިނުމުގެ ބާބުގެ ތެރެއިންވާ ކަމެކެވެ.


ސުވާލު ކުރާ މީހާ: އެއީ ޝަރުޢީ ޢިލްމު ކިޔަވާ ކުދިންނާއި އެކުދިންގެ ދެމެދުގައި ހިނގައިދާ ކަންތައްތަކުގައިވީ ނަމަވެސް ތޯ އެވެ؟
ޖަވާބު: އެއީ ކިޔަވާ ކުދިންގެ ދެމެދު ނުވަތަ އެހެން މަޖްލިސްތަކުގައި ހިނގައިދާ ކަންތައްތަކުގައިވީ ނަމަވެސްމެ އެވެ. އެ ބިދުޢަ، ނުވަތަ ސަލަފުންގެ މަންހަޖާ ޚިލާފުވެގެންވާ ފިކުރު، ނުވަތަ މަންހަޖު ފެތުރިދާނެކަމުގެ ބިރު އަހަރުމެންނަށް އޮތްހާ ހިނދަކު، މީސްތަކުންނަށް އެކަންތަކުން ކެހި ނުލިބުމަށްޓަކައި އެކަންތައް ބަޔާންކޮށްދިނުން އަހަރުމެންގެ މައްޗަށް ވާޖިބުވެގެންވެ އެވެ.
◇  ◇  ◇
އޯޑިއޯ ލިންކް: http://goo.gl/KM04XO، އޯޑިއޯ ފެށިގެން 01:39 އާ ހަމައަށް.

Like what you see?

Close

Hit the buttons below to follow us, you won't regret it...