ދުނިޔޭގެ ޙަޔާތާއި، މި ޙަޔާތުގައި ތިޔަ ހޯދަމުންދާ އުފަލާއި އަރާމާ މެދު ވިސްނާލާ! - الإِمَام الحَافظ ابن رَجب الحَنبَلي رحمه الله

الإِمَام الحَافظ ابن رَجب الحَنبَلي رحمه الله ވިދާޅުވެފައިވެއެވެ. "ކިތަންމެ ގިނަ ދުވަސްތަކެއް ޢުމުރުގައި ހޭދަކުރި ކަމުގައިވީނަމަވެސް، ފަހެ، އޭނާގެ ގާތަށް މަރު އަދި މަރުގެ ވަޤުތު އަންނަހިނދު އޭނާ ހޯދި ލައްޒަތްތަކަކީ ނެތް އެއްޗެއްކަމުގައި އޭނާ ދެކޭނެ އެވެ.
ﷲ ވަޙީ ކުރެއްވި އެވެ. (أَفَرَأَيْتَ إِن مَّتَّعْنَاهُمْ سِنِينَ . ثُمَّ جَاءَهُم مَّا كَانُوا يُوعَدُونَ. مَا أَغْنَىٰ عَنْهُم مَّا كَانُوا يُمَتَّعُونَ) الشعراء: ٢٠٥ – ٢٠٧ "ފަހެ ނަބިއްޔާއަށް އެނގިވަޑައިގަންނަވާތޯ އެވެ؟ ތިމަން ﷲ އެބައިމީހުން އެތައް އަހަރަކަށް އަރާމުކޮށް އުޅުމަށް ލެހެއްޓެވިކަމުގައިވިޔަސް، ދެން އެބައިމީހުންނަށް ވަޢުދު ކުރައްވާފައިވާ ޢަޛާބު އެބައިމީހުންގެ ގާތަށް އައުމުން، އެބައިމީހުން ދުނިޔޭގައި އަރާމުކޮށް އުޅުމަށް ލެހެއްޓެވުމަކުން އެބައިމީހުންނަށް އެއްވެސް ކަމެއް ފުއްދައެއް ނުދޭނެތެވެ."
ބައެއް ސަލަފުއް ޞާލިޙުން މިއާޔަތް ތިލާވަތް ކުރެއްވުމަށްފަހު ކީރިތި ކުރެއްވި އެވެ. އަދި ވިދާޅުވި އެވެ. ފަހެ، މަރުއައިސް އިންސާނާއާ ބައްދަލުކުރުމުން އޭނާ ދުނިޔޭގައި އުޅެމުންދާ އަރާމައި ލައްޒަތް އަދި ނިޢުމަތްތަކުން އޭނާއަށް އެއްވެސް ތަނަވަސްކަމެއް ހޯދައިނުދޭނެ އެވެ."
***
ލިޔުން ނެގިފައިވަނީ : لطائف المَعَارف 302