5 ދުނިޔޭގެ ޙަޔާތާއި، މި ޙަޔާތުގައި ތިޔަ ހޯދަމުންދާ އުފަލާއި އަރާމާ މެދު ވިސްނާލާ! - الإِمَام الحَافظ ابن رَجب الحَنبَلي رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

މަރު الموت

ދުނިޔޭގެ ޙަޔާތާއި، މި ޙަޔާތުގައި ތިޔަ ހޯދަމުންދާ އުފަލާއި އަރާމާ މެދު ވިސްނާލާ! - الإِمَام الحَافظ ابن رَجب الحَنبَلي رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ މަރު الموت

الإِمَام الحَافظ ابن رَجب الحَنبَلي رحمه الله ވިދާޅުވެފައިވެއެވެ. "ކިތަންމެ ގިނަ ދުވަސްތަކެއް ޢުމުރުގައި ހޭދަކުރި ކަމުގައިވީނަމަވެސް، ފަހެ، އޭނާގެ ގާތަށް މަރު އަދި މަރުގެ ވަޤުތު އަންނަހިނދު އޭނާ ހޯދި ލައްޒަތްތަކަކީ ނެތް އެއްޗެއްކަމުގައި އޭނާ ދެކޭނެ އެވެ.
ﷲ ވަޙީ ކުރެއްވި އެވެ. (أَ
فَرَأَيْتَ إِن مَّتَّعْنَاهُمْ سِنِينَ . ثُمَّ جَاءَهُم مَّا كَانُوا يُوعَدُونَ. مَا أَغْنَىٰ عَنْهُم مَّا كَانُوا يُمَتَّعُونَ) الشعراء: ٢٠٥ – ٢٠٧ "ފަހެ ނަބިއްޔާއަށް އެނގިވަޑައިގަންނަވާތޯ އެވެ؟ ތިމަން ﷲ އެބައިމީހުން އެތައް އަހަރަކަށް އަރާމުކޮށް އުޅުމަށް ލެހެއްޓެވިކަމުގައިވިޔަސް، ދެން އެބައިމީހުންނަށް ވަޢުދު ކުރައްވާފައިވާ ޢަޛާބު އެބައިމީހުންގެ ގާތަށް އައުމުން، އެބައިމީހުން ދުނިޔޭގައި އަރާމުކޮށް އުޅުމަށް ލެހެއްޓެވުމަކުން އެބައިމީހުންނަށް އެއްވެސް ކަމެއް ފުއްދައެއް ނުދޭނެތެވެ."
ބައެއް ސަލަފުއް ޞާލިޙުން މިއާޔަތް ތިލާވަތް ކުރެއްވުމަށްފަހު ކީރިތި ކުރެއްވި އެވެ. އަދި ވިދާޅުވި އެވެ. ފަހެ، މަރުއައިސް އިންސާނާއާ ބައްދަލުކުރުމުން އޭނާ ދުނިޔޭގައި އުޅެމުންދާ އަރާމައި ލައްޒަތް އަދި ނިޢުމަތްތަކުން އޭނާއަށް އެއްވެސް ތަނަވަސްކަމެއް ހޯދައިނުދޭނެ އެވެ."


***
ލިޔުން ނެގިފައިވަނީ  : لطائف المَعَارف 302

Like what you see?

Close

Hit the buttons below to follow us, you won't regret it...