އިސްލާމް ދީނުގައި އަނާޝީދު (މަދަޙަ) ކިޔުން - الشيخُ العلاَّمة صَالح الفَوزَان حفظه الله

08 އޮކްޓޯބަރ 2013 ގައި ޖަމްޢިއްޔަތުއް ޖ.ސަލަފްގެ ބިން ޖަނާބްގެ ޅެންބައިތަކާއެކު ޢަލީ ރަމީޒް ނެރުނު މަދަޙަ ސީޑީ "ތަޙާނީ" ، މަދަހަ ރާއްޖޭގައި އާލާކުރީ މިބައިމީހުން
الشيخُ العلاَّمة صَالح الفَوزَان حفظه الله ވިދާޅުވިއެވެ. "ދީނަށް އުޅެމުންދާ ކުދިންތައް ރޯލުތަކަށް އަޅައިގެން އެކަކު އަނެކަކުގެ އަތްމަތިން ގެންދަމުންދާ އެންމެން އެއްއަޑުން ކިޔާފައިވާ އިސްލާމީ އަނާޝީދުތަކުން ދުރުވުން މެނުވީނުވެއެވެ. އެއީ މިޔުޒިކުގެ ވައްތަރު ތަކުގައިވާ އެއްޗެކެވެ. ބައެއްފަހަރު އެއްވެސް ފައިދާއެއް ނެތް އަޑުތައްލެވި މިފަދައެއްޗެހި ޤުރުއާން އަދި ދީނީ ނަސޭޙަތުގެ ރޯލުވިއްކާ ފިހާރަތަކުގައި ވިއްކަންހުރެއެވެ.
ފަހެ ހަމަކަށަވަރުން އިސްލާމްދީން އަހަރުމެންނަށް އަނާޝީދެއް ޝަރުޢެއް ނުކުރެއެވެ. އެހެނަސް ޝަރުޢުކޮށްފައިވަނީ ﷲ އަށްޓަކައި ޖިހާދުކުރުމެވެ. އެއީ ޤުރުޢާން ކިޔެވުމާއި ފައިދާކުރަނިވި ޢިލްމެވެ.
ދީނަކީ ކުޅެ މަޖާކުރުމުގައިވާ އެއްޗެއް ކަމުގައި އެމީހުންނަށްވިއެވެ. އަނާޝީދު އެއީ އޮތްކަމަކަށް ބުނުމުން އެހިނދު އެވަނީ ނަޞާރާއިންގެ ދީނާއި އެއްގޮތެވެ. އެމީހުން ނަޞާރާދީނުގައި މިޔުޒިކު އަޑުތަކާއި އެއްއަޑުން އެންމެން އެހިނދު ކިޔުމަކީ ދީންކަމުގައި ދެކުމެވެ. ވުމާއިއެކު ވާޖިބުވެގެންވަނީ މި އަނާޝީދުތަކުން ދުރުވެގަތުމަށް އިންޒާރުދިނުމެވެ. މި އަނާޝީދުތަށް (މަދަޙަ) ގެންގުޅުމާއި ވިއްކުން މަނާކުރުމެވެ. މި ނަޝީދުތަކުން އެއްވެސް ފައިދާއެއްނެތް ހަމާސް (ޖޯޝާއި ފޯރި) އައުމާއި މުސްލިމުންގެ ތެރޭގައި ބައިބައިވުން ވެނުވީ ނުވާފަދައިންނެވެ.
މި އަނާޝީދުތަށް ފަތުރާމީހުން ދަލީލުކަމުގައި ބުނެހަދައެވެ. ނަބިއްޔާ ﷺ ޝިޢުރު ވިދާޅުވިއެވެ. އަދި ޝިޢުރުތަށް އަޑުއެއްސެވިއެވެ. އެކަމާ އިޤްރާރުވިއެވެ. މިކަމަށްއޮތް ޖަވާބަކީ؟
ނަބިއްޔާ ﷺ އަރިހުގައި ޝިޢުރުކިޔުނީ ޖަމަޢަތް ހަދައި އެއްއަޑަކުން މިޔުޒިކު ފަދައިންނެއް ނުނެވެ. އެއަށް އިސްލާމީ އަނާޝީދޭ ނުކިޔެއެވެ. އެއީ ޢަރަބި ޝިޢުރެކެވެ. އޭގައިވަނީ ޙިކުމަތާއި ހަރުބަސްތަކެވެ. އެއިން ސިފަކޮށްދެނީ ވަރުގަދަކަމާއި ހެޔޮފޯރުވުމެވެ. ޞަޙާބީން رضي الله عنهم އެ ޝިޢުރުތަށް ކިޔަމުންދިޔައީ އޭގައިވާ މި މާނަތަކާއި މެދުގައި އަމިއްލަނަފްސަށެވެ. އަދި ބައެއްޝިޢުރުތައް ކިޔަމުންދިޔައީ ވަރުބަލިކަން ލިބިދޭ ވަގުތު ތަކުގައެވެ. އެކިތަންތަން ބިނާކުރާހިނދު، ރޭގަނޑު ދަތުރުމަތީގައި ވާހިނދުފަދަ ޙާލަތްތަކުގައި ވުމުން މިފަދަ ޚާއްސަ ހާލަތްތަކުގައި މިފަދަގޮތްތަކުގައިވާ ބަސްތައް ކިޔުމީ ހުއްދަކަމެއް ކަމުގައެވެ. މިޒަމާނުގައި މިފެންނަގޮތަށް މިއީ ފަންނެއް ކަމުގައި ބަލައި މީސްތަކުން ތަރުބިއްޔަތު ކުރާ ގޮތެއްކަމުގައި ބަލައި އަދި ދަޢުވަތުދޭގޮތަށް ކުރެވޭ ކަމުގައި ހަދައިގެންނުވާނެއެވެ. އެގޮތުން ކިޔަވާކުދިންނަށް މިއަނާޝީދުތައް ދަސްކޮށްދީ މިއީ "އިސްލާމީ އަނާޝީދު" ނޫނީ "ދީނީ އަނާޝީދު" ކަމުގައި ބުނެއެވެ. މިއީ ދީނަށްގެނެސްފައިވާ ބިދުޢައެކެވެ. މިއީ ބިދުޢަވެރި ޞޫފީންގެ ދީނުގައިވާގޮތެވެ. އަނާޝީދު އެއީ ދީނީ ކަމެއްކަމުގައި ދެކޭމީހުންނީ އެމީހުންނެވެ.
ފަހެ، ވާޖިބުވެގެންވަނީ މި ހަޑިމުޑުދާރުކަން މީސްތަކުންނަށް އަންގައި އެއްކިބާވުމެވެ. މިފަދަ ރޯލުތަށް ވިއްކުން މަނާކުރުމެވެ. ސަބަބަކީ ނުބައިކަން ފެށިއްޖެނަމަ އެކަން ފެށިގެން އަންނަހިނދު ނައްތާނުލައިފިނަމަ އެއަށްފަހު އެކަންދާނީ ފުޅާވަމުންނެވެ."
****
ފަތުވާ ނަގާފައިވަނީ : الخطب المنبرية 184
މިއަދު "ސަލަފް" ގެ ނަމުގައިތިބެ އެއްބަޔަކު ދަނީ މި ބިދުޢަ މުޖްތަމަޢަށް ސީޑީގެ ގޮތުގައި ނެރެ ވިއްކަމުންނެވެ. މިއީ "ތަހާނީ" މަދަޙަ ސީޑީ ނެރެ ވިއްކުމުގައި ޙަރަކާތްތެރިވާ އެކަކު ބުނެފައިވާ ބަހެވެ.
ތިބާ ޢިލްމުވެރިންގެ ފަތުވާތަކުގެ މައްޗަށް މި ބަސްތައް މިނެކިރާލުން ހުއްޓެވެ.