5 އިސްލާމް ދީނުގައި އަނާޝީދު (މަދަޙަ) ކިޔުން - الشيخُ العلاَّمة صَالح الفَوزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

އިސްލާމް ދީނުގައި އަނާޝީދު (މަދަޙަ) ކިޔުން - الشيخُ العلاَّمة صَالح الفَوزَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ މަދަޙަ

08 އޮކްޓޯބަރ 2013 ގައި ޖަމްޢިއްޔަތުއް ޖ.ސަލަފްގެ ބިން ޖަނާބްގެ ޅެންބައިތަކާއެކު ޢަލީ ރަމީޒް ނެރުނު މަދަޙަ ސީޑީ "ތަޙާނީ" ، މަދަހަ ރާއްޖޭގައި އާލާކުރީ މިބައިމީހުން

 

الشيخُ العلاَّمة صَالح الفَوزَان حفظه الله ވިދާޅުވިއެވެ. "ދީނަށް އުޅެމުންދާ ކުދިންތައް ރޯލުތަކަށް އަޅައިގެން އެކަކު އަނެކަކުގެ އަތްމަތިން ގެންދަމުންދާ އެންމެން އެއްއަޑުން ކިޔާފައިވާ އިސްލާމީ އަނާޝީދުތަކުން ދުރުވުން މެނުވީނުވެއެވެ. އެއީ މިޔުޒިކުގެ ވައްތަރު ތަކުގައިވާ އެއްޗެކެވެ. ބައެއްފަހަރު އެއްވެސް ފައިދާއެއް ނެތް އަޑުތައްލެވި މިފަދައެއްޗެހި ޤުރުއާން އަދި ދީނީ ނަސޭޙަތުގެ ރޯލުވިއްކާ ފިހާރަތަކުގައި ވިއްކަންހުރެއެވެ.

"މި އަނާޝީދުތަކަށް އިސްލާމީ އަނާޝީދޭ (މަދަޙަ) ބުނުމަކީ ކުށެކެވެ."

ފަހެ ހަމަކަށަވަރުން އިސްލާމްދީން އަހަރުމެންނަށް އަނާޝީދެއް ޝަރުޢެއް  ނުކުރެއެވެ. އެހެނަސް ޝަރުޢުކޮށްފައިވަނީ ﷲ އަށްޓަކައި ޖިހާދުކުރުމެވެ. އެއީ ޤުރުޢާން ކިޔެވުމާއި ފައިދާކުރަނިވި ޢިލްމެވެ.
  

"މި އިސްލާމީ އަނާޝީދަކީ ބިދުޢަވެރި ސޫފީންގެ ދީނެވެ."

ދީނަކީ ކުޅެ މަޖާކުރުމުގައިވާ އެއްޗެއް ކަމުގައި އެމީހުންނަށްވިއެވެ. އަނާޝީދު އެއީ އޮތްކަމަކަށް ބުނުމުން އެހިނދު އެވަނީ ނަޞާރާއިންގެ ދީނާއި އެއްގޮތެވެ. އެމީހުން ނަޞާރާދީނުގައި  މިޔުޒިކު އަޑުތަކާއި އެއްއަޑުން އެންމެން އެހިނދު ކިޔުމަކީ ދީންކަމުގައި ދެކުމެވެ. ވުމާއިއެކު ވާޖިބުވެގެންވަނީ މި އަނާޝީދުތަކުން ދުރުވެގަތުމަށް އިންޒާރުދިނުމެވެ. މި އަނާޝީދުތަށް (މަދަޙަ) ގެންގުޅުމާއި ވިއްކުން މަނާކުރުމެވެ. މި ނަޝީދުތަކުން އެއްވެސް ފައިދާއެއްނެތް ހަމާސް (ޖޯޝާއި ފޯރި) އައުމާއި މުސްލިމުންގެ ތެރޭގައި ބައިބައިވުން ވެނުވީ ނުވާފަދައިންނެވެ.
  

މި އަނާޝީދުތަށް ފަތުރާމީހުން ދަލީލުކަމުގައި ބުނެހަދައެވެ. ނަބިއްޔާ ﷺ ޝިޢުރު ވިދާޅުވިއެވެ. އަދި ޝިޢުރުތަށް އަޑުއެއްސެވިއެވެ. އެކަމާ އިޤްރާރުވިއެވެ. މިކަމަށްއޮތް ޖަވާބަކީ؟

ނަބިއްޔާ ﷺ އަރިހުގައި ޝިޢުރުކިޔުނީ ޖަމަޢަތް ހަދައި އެއްއަޑަކުން މިޔުޒިކު ފަދައިންނެއް ނުނެވެ. އެއަށް އިސްލާމީ އަނާޝީދޭ ނުކިޔެއެވެ. އެއީ ޢަރަބި ޝިޢުރެކެވެ. އޭގައިވަނީ ޙިކުމަތާއި ހަރުބަސްތަކެވެ. އެއިން ސިފަކޮށްދެނީ ވަރުގަދަކަމާއި ހެޔޮފޯރުވުމެވެ. ޞަޙާބީން رضي الله عنهم އެ ޝިޢުރުތަށް ކިޔަމުންދިޔައީ އޭގައިވާ މި މާނަތަކާއި މެދުގައި އަމިއްލަނަފްސަށެވެ. އަދި ބައެއްޝިޢުރުތައް ކިޔަމުންދިޔައީ ވަރުބަލިކަން ލިބިދޭ ވަގުތު ތަކުގައެވެ. އެކިތަންތަން ބިނާކުރާހިނދު، ރޭގަނޑު ދަތުރުމަތީގައި ވާހިނދުފަދަ ޙާލަތްތަކުގައި ވުމުން މިފަދަ ޚާއްސަ ހާލަތްތަކުގައި މިފަދަގޮތްތަކުގައިވާ ބަސްތައް  ކިޔުމީ ހުއްދަކަމެއް ކަމުގައެވެ. މިޒަމާނުގައި މިފެންނަގޮތަށް މިއީ ފަންނެއް ކަމުގައި ބަލައި މީސްތަކުން ތަރުބިއްޔަތު ކުރާ ގޮތެއްކަމުގައި ބަލައި އަދި ދަޢުވަތުދޭގޮތަށް ކުރެވޭ ކަމުގައި ހަދައިގެންނުވާނެއެވެ. އެގޮތުން ކިޔަވާކުދިންނަށް މިއަނާޝީދުތައް ދަސްކޮށްދީ މިއީ "އިސްލާމީ އަނާޝީދު" ނޫނީ "ދީނީ އަނާޝީދު" ކަމުގައި ބުނެއެވެ. މިއީ ދީނަށްގެނެސްފައިވާ ބިދުޢައެކެވެ. މިއީ ބިދުޢަވެރި ޞޫފީންގެ ދީނުގައިވާގޮތެވެ. އަނާޝީދު އެއީ ދީނީ ކަމެއްކަމުގައި ދެކޭމީހުންނީ އެމީހުންނެވެ.

ފަހެ، ވާޖިބުވެގެންވަނީ މި ހަޑިމުޑުދާރުކަން މީސްތަކުންނަށް އަންގައި އެއްކިބާވުމެވެ. މިފަދަ ރޯލުތަށް ވިއްކުން މަނާކުރުމެވެ. ސަބަބަކީ ނުބައިކަން ފެށިއްޖެނަމަ އެކަން ފެށިގެން އަންނަހިނދު ނައްތާނުލައިފިނަމަ އެއަށްފަހު އެކަންދާނީ ފުޅާވަމުންނެވެ."

****
ފަތުވާ ނަގާފައިވަނީ : الخطب المنبرية  184

 

މިއަދު "ސަލަފް" ގެ ނަމުގައިތިބެ އެއްބަޔަކު ދަނީ މި ބިދުޢަ މުޖްތަމަޢަށް ސީޑީގެ ގޮތުގައި ނެރެ ވިއްކަމުންނެވެ. މިއީ "ތަހާނީ" މަދަޙަ ސީޑީ ނެރެ ވިއްކުމުގައި ޙަރަކާތްތެރިވާ އެކަކު ބުނެފައިވާ ބަހެވެ.

"އަޅުގަނޑު މި އީދު ސީޑީ ނެރެން ގަސްދުކުރާތާ ދުވަސްތަކެއް ވެއްޖެ. އަސްލުގަ އީދަކީ މުޅި އަހަރުގައި ވެސް މުސްލިމުންނަށް އަންނަ އެންމެ އުފާވެރި ދުވަސް. އެހެންވީމައި މި އުފާވެރި ދުވަހު އުފާވެރިކަމުގެ އެކިއެކި ޅެންތައް ކިޔުމަކީ މުސްލިމުންގެ މެދުގައި ގުޅުން ވަރުގަދަވެ، އިތުރަށް އުފާވެރިކަން ގެނެސް ދޭނޭ ކަމެއްކަމަށް އަޅުގަނޑު ދެކެނީ. އަދި މިފަދަ އީދު ސީޑީއެއް އަޅުގަނޑުމެންގެ އަތުގައި ނުވެސް ނެތް. އެހެންވީމާ މިއީ ކޮންމެހެން ވެސް ކުރަން ވެއްޖެ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވުނީ،"

 

ތިބާ ޢިލްމުވެރިންގެ ފަތުވާތަކުގެ މައްޗަށް މި ބަސްތައް މިނެކިރާލުން ހުއްޓެވެ.

 

Like what you see?

Close

Hit the buttons below to follow us, you won't regret it...