ވެރިންގެ ޢައިބު ވާހަކަތައް ދެއްކުމާއި، ވެރިންނާ ދިމާލަށް އެއްޗެހި ކިޔުމަކީ ޚުރޫޖް ވުން - الإِمَامُ العَلَّامَة الشَّيْخُ رَبِيْع بن هَادِيْ حفظه الله
ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
الإِمَامُ العَلَّامَة الشَّيْخُ رَبِيْع بن هَادِيْ حفظه الله
ވެރިންގެ ޢައިބު ވާހަކަތައް ދެއްކުމާއި، ވެރިންނާ ދިމާލަށް އެއްޗެހި ކިޔުމަކީ ޚުރޫޖް ވުން
ސުވާލު: މުސްލިމް ވެރިންނާއި ދެކޮޅަށް ނުކުތުމަކީ ކަނޑި ހިފައިން ނުކުތުން ތޯއެވެ. ވެރިންނާއި ބެހޭގޮތުން ވާހަކަ ދެއްކުމަކީ ޚުރޫޖްވުން ކަމުގައި ބެލެވޭނެ ތޯއެވެ؟
ޖަވާބު: ތިޔަ އެންމެހައި ގޮތްތަކަކީ ދެކޮޅަށް ނުކުތުމެވެ. (ޚުރޫޖްވުމެވެ.) މީސްތަކުންނަށް އެކިކަހަލަ ބަސްތަށް މުޚާޠަބުކޮށް އެގޮތުން ދެކޮޅުވާ މީހުންނަކީ ޤަޢިދީއްޔާ، އިބާޟިއްޔާ އިންނެވެ. މީސްތަކުންނަށް ޖިހާދުކުރުމަށް ގޮވާލާއެވެ. މީސްތަކުންނަށް ނުކުތުމަށް ބާރުއަޅާ އެހެނަސް އެބައިމީހުން ނުނިކުމެވެ. މިފަދަ މީހުންނަށް ދެވިގެންވާ ނަމަކީ ޚަވާރިޖުންގެ ޤަޢިދިއްޔާ އިންނެވެ. ކަނޑި ހިފައިގެން ދެކޮޅަށް ނުކުންނަމީހާ އެއީ ފާޅުވެގެންވާ ގޮތުގައި ނުކުންނަ މީހެކެވެ. އެއީ ޚާރިޖީއެކެވެ. މި ބައިގަނޑު ކަމުގައި ވިޔަސް އަނެއް ބައިގަނޑު ކަމުގައި ވިޔަސް މިއެއްމެހައި މީހުންނަކީ ޚަވާރިޖުންނެވެ.
****
ފަތުވާ ނަގާފައިވަނީ : شرح أصول السنة لشيخ ربيع ص 62