ނަޤުދު ފައިސާއިން ނެރޭ ފިތުރު ޒަކާތަކީ ބާޠިލް ޒަކާތެއް - الشَّيْخُ العلَّامَة رَبِيْعُ المَدْخَلِي حفظه الله

ސުވާލު: ފިތުރުޒަކާތް ނަޤުދު ފައިސާއިން ދިނުމުގެ ޙުކުމަކީ ކޮބާތޯ އެވެ؟
ޖަވާބު: އޭގެ ޙުކުމަކީ (އެ ފަދައިން ދެވޭ) ޒަކާތަކީ ބާޠިލް ޒަކާތެކެވެ. އެއީ ރަސޫލާ صلى الله عليه وسلم ސުންނަތާ ޚިލާފަށް ކުރެވޭ ކަމެކެވެ. ފަހެ، ދިރުހަމާއި ދީނާރަކީ ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި އަދި ހިދާޔަތުގައިވި ހަތަރު ޚަލީފާއިންގެ ޒަމާނުގައި ހުރި އެއްޗެކެވެ. (އެހެނަސް އެއާ އެކު) ނަބިއްޔާ صلى الله عليه وسلم ދީނުގައި މިކަން ޝަރުޢު ކުރެއްވީ މީސްތަކުން ކައިބޮއެހަދާ ތަކެތިން ނެރުމަށެވެ. ފަހެ މިކަމުގައި އިސްލާމްދީނުގައި ފާޅުކުރެވޭ ޝިޢާރެއްވެ އެވެ. ފައިސާއިން ނެރެވޭ ޒަކާތަކީ ފާޅުކަންބޮޑުގޮތުގައި މިފަދައިން ފާޅުކުރެވޭ ޝިޢާރެއް ނޫނެވެ. ފަހެ، (އެހެންވުމުން) އަހަރެމެން މި ޒަކާތްނެރުން އޮތީ ނަބިއްޔާ صلى الله عليه وسلم އަމުރުފުޅު ކުރެއްވި ގޮތަށެވެ.
ފަތުވާ : سلسلة من الوصايا و التوجيهات الأثرية ، مرحبا يا طالب العلم ص 464
މިއަދު ފިތުރު ޒަކާތްނެރުމަށް ގޮވާލާ ގޮތް! ނޫސްޕޭޕަރ ތަކުގައި ލިޔެ، ބަޔާންކޮށްފައިވާ ގޮތް!
ތަފާތު ބައްލަވާ! ތިބާގެ ޒަކާތަކީ ބާތިލް ޒަކާތެއްގެ ގޮތުގައި ނަހައްދަވާ!