ފިތުރު ޒަކާތް ނަޤުދު ފައިސާއިން ނެރުމުގެ ހުކުމް އަދި ކާބޯ ތަކެތިން ފިތުރު ޒަކާތް ނެރެންޖެހޭ ކަމުގެ ދަލީލް - فضيلة الشيخ الإِمَامُ محمد بن صالح العثيمين رحمه الله
ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله رحمه الله އާ ސުވާލު ކުރެވުނެވެ.
ސުވާލު: ފިތުރު ޒަކާތުގެ ގޮތުގައި ފައިސާނެރެވިދާނެތޯ އެވެ؟
ޖަވާބު: ފިތުރު ޒަކާތް ފައިސާއިން ދިނުން ހުއްދައެއް ނުވާނެ އެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم އެ ޒަކާތް މި އުއްމަތަށް ފަރުޟު ކުރެއްވީ ކާބޯތަކެތީންނެވެ. އެއީ ކަދުރުންނާއި ގޮދަނުންނެވެ. أبو سعيد الخدري رضي الله عنه ފަރާތުން ރިވާވެގެންވެ އެވެ. (كنا نخرجها على عهد رسول لله صلى الله عليه وسلم صاعا من طعام، و كان طعامنا يومئذ التمر و الشعير و الزبيب والأقط) "އަހަރެމެން ނަބިއްޔާ صلى الله عليه وسلم ގެ ޢަހުދުގައި ފިތުރު ޒަކާތުގެ ގޮތުގައި ކާބޯތަކެތީން ޞާޢު އެއް ނެރެމެވެ. އެދުވަސްތަކުގައި އަހަރެމެންގެ ކާނާއެއް ކަމުގައި ކަދުރު އަދި ގޮދަން އަދި ހިކިމޭބިސްކަދުރު އަދި އަޤިޠް (ޗީޒް ގެ ބާވަތެއް) ވި އެވެ."
އެހެންވުމުން ނަބިއްޔާ صلى الله عليه وسلم މި އުއްމަތަށް ފަރުޟު ކުރައްވާފައިވާ ގޮތަށް ނޫނީ ފިތުރު ޒަކާތް ނެރުން ހުއްދައެއް ނުވާނެ އެވެ. ابن عباس رضي الله عنه ގެ އަރިއަހުން ރިވާވެގެންވާ ޙަދީޘެއްގައިވެ އެވެ. (أن النبي فرض صدقة الفطر طهرة للطائم من اللغو و الرفث، و طعمة للمساكين) "ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ފިތުރު ޒަކާތް ފަރުޟުކުރެއްވި އެވެ. އެއީ ރޯދަވެރިޔާއަށް އޭނާ ރޯދައަށްހުރެ ބުނެވިފައިވާ ނުބައި ބަސްތަކުންނާއި ފާޙިޝް ނުބައި ޢަމަލުތަކުން އޭނާގެ ރޯދަ ޠާހިރުކޮށް ދިނުމަށެވެ. އަދި އެއީ ފަޤީރުންނަށް ދެވޭ ކާނާއެއް ކަމުގަ އެވެ."
ﷲ ގެ މި ޝަރީޢަތުގައި ބަޔާންވެފައިވާ ކަންތައްތަކުގައި، (އެ ޝަރީޢަތުގައިވާ ކަންތައްތަކާ ޚިލާފަށް، މީސްތަކުންނަށް ފެންނަ ކަންތައްތައް) އެއީ ރަނގަޅުގޮތެކޭ ބުނެ އެމީހުން އެދޭ ގޮތްތަކަށް ޢަމަލުކޮށްގެން ނުވާނެ އެވެ.
އެގޮތުން ނަބިއްޔާ صلى الله عليه وسلم (ފިތުރު ޒަކާތަކީ) މިސްކީނުންނަށް ދެވޭ ކާބޯތަކެއްޗެއް ކަމުގައި ފަރުޟުކުރައްވާފައިވާ އިރުގައި، ފަހެ ދިރުހަމް އަކީ ކާބޯތަކެތީގެ ތެރެއިންވާ އެއްޗެއް ނޫނެވެ. ....
ފަތުވާ: مجموع فتاوى ج 18 ص 278
"ޞާޢު" އަކީ ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި މިނުމަށް ބޭނުން ކުރެއްވި އެއްޗެކެވެ. އެއީ މިޒަމާނުގައި ކިލޯޤްރާމުން ބަލާނަމަ ގާތްގަނޑަކަށް 2.5 ކިލޯގުރާމު އެވެ.
.އަދިވެސް الشَّيْخُ العثيمين رحمه الله ވިދާޅުވެފައިވެ އެވ.
ސުވާލު: ނަޤުދު ފައިސާއިން ފިތުރު ޒަކާތްނެރެވިދާތޯ އެވެ؟ މިކަން ދަލީލުތަކުން ތަފްޞީލުކޮށް އަހަރެމެންނަށް ބަޔާންކޮށްދެއްވުން އެދެމެވެ؟
ޖަވާބު: ކާބޯތަކެތިން ނޫން އެއްޗަކުން ފިތުރު ޒަކާތް ނެރުން ހުއްދައެއް ނުވާނެ އެވެ. އޭގެ އަގުން (ފިތުރު ޒަކާތުގެ އަގަށް ވާ ފައިސާ) ނެރުން ހުއްދައެއް ނުވާނެ އެވެ. ސަބަބަކީ ނަބިއްޔާ صلى الله عليه وسلم އެ ޒަކާތް ފަރުޟުކުރައްވާފައިވަނީ ކަދުރުން ޞާޢު އެއްގެ މިންވަރު ނުވަތަ ގޮދަނުން ޞާޢު އެއްގެ މިންވަރެވެ. أبو سعيد الخدري رضي الله عنه ވިދާޅުވެފައިވެ އެވެ. (كنا نخرجها على عهد النبي صلى الله عليه وسلم صاعا من طعام) "އަހަރެމެން ނަބިއްޔާ صلى الله عليه وسلم ގެ ޢަހުދުގައި ކާބޯތަކެތިން ޞާޢު އެއްގެ މިންވަރު ނެރެމެވެ."
ފަހެ، އެއްވެސް މީހަކަށް ފިތުރު ޒަކާތް (ފައިސާއިން) ދިރުހަމުން ނެރުން ޙަލާލެއް ނުވާނެ އެވެ. ނުވަތަ އަންނައުނުން ނުވަތަ ކާޕެޓް ފަދަ ތަކެތިން ޒަކާތްނެރުން ޙަލާލެއް ނުވާނެ އެވެ. އެހެނަސް ވާޖިބުވެގެންވަނީ، ﷲ އެކަލާނގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ދޫފުޅުމަތިން ފަރުޟު ކުރެއްވި ގޮތަށް ޒަކާތްނެރުމެވެ. މީސްތަކުންގެ ތެރެއިން މީހަކު (ނުކުމެ) މިއީ ރަނގަޅުގޮތޭ ބުނާ ބުނުމުގެ އެއްވެސް ޢިބްރަތެއް ނޯންނާނެ އެވެ. ސަބަބަކީ، ޝަރީޢަތަކީ މީސްތަކުންގެ ރައުޔުތަކަށް ތަބަޢަވެވޭ އެއްޗެއް ނޫނެވެ. އެހެނަސް ޝަރީޢަތް ބަޔާންވެގެން ދިޔައީ ހުރިހައިކަމެއްގެ ޚަބަރު މޮޅަށް ދެނެވޮޑިގަންނަވާ އެންމެ ޙިކްމަތްވަންތަ އިލާހުގެ ޙަޟުރަތުންނެވެ. ﷲ صلى الله عليه وسلم އީ އެންމެ މޮޅަށް ދެނެވޮޑިގަންނަވާ އަދި އެންމެ ޙިކްމަތްވަންތަ ފަރާތެވެ. ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ދޫފުޅުމަތިން ފަރުޟު ކުރެއްވިގެން ދިޔައީ ކާބޯތަކެތީން ޞާޢު އެއްގެ މިންވަރަށް ވުމުން، އަހަރެމެންގެ ބުއްދި ކޮންމެފަދަ މޮޅު ރިވެތި ޙާލަތަކަށް ދިޔަ ކަމުގައިވީ ނަމަވެސް (ޝަރީޢަތުގައި ބަޔާންވެގެންވާ ގޮތް) ފަހަނައަޅައި ގޮސްގެން ނުވާނެ އެވެ.
އެހެނަސް ވާޖިބުވެގެންވަނީ، ޝަރީޢަތުގައި އައިސްފައިވާ ގޮތާ ޚިލާފަށް އެމީހެއްގެ ވިސްނުމަށް ހެޔޮގޮތެއް ކަމުގައި ފެނިއްޖެމީހާ އޭނާގެ ވިސްނުމަށް (ބުއްދިއަށް) ތުހުމަތުކޮށް (ޢައިބުކޮށް) އޭނާގެ ރައުޔަށް ތުހުމަތުކޮށް (ޝަރީޢަތަށް ތަބަޢަ) ވުމެވެ.
ފަތުވާ : مجموع فتاوى ج 18 ص 280
އެންމެހައި މުސްލިމް އަޚުންނޭވެ!
ފިތުރު ޒަކާތް ކާބޯތަކެތިން ނޫނީ ނުދެވޭނެ ކަމުގައި ބުނުމުގެ މާނައަކީ، މިސްކީނު ނުވަތަ ފަޤީރު މީހާގެ އަތަށް ޒަކާތް ދެވޭއިރު އެ ޒަކާތް ދެވެން ޖެހޭނީ ކާބޯތަކެތިންނެވެ. ޔަޢުނީ : ޒަކާތް ނެރުމަށް މަސައްކަތް ކުރާބައެއްގެ އަތަށް ފައިސާ ދިނުމުން، އެ ފައިސާއިން ކާބޯތަކެތި ގަނެ ފަޤީރުންނަށް ކާބޯތަކެތި ޙަވާލުކުރުމެވެ. މިއީ، އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ.
ސަބަބަކީ، ޒަކާތް މިސްކީނުންނަށް ނުވަތަ ފަޤީރުންނަށް ދެވޭއިރުގައި އެ ޒަކާތް ދެވެންޖެހޭނީ ކާބޯތަކެތިންނެވެ.
އިސްލާމްދީނުގައި، އެންމެހައި އަޅުކަންތަކެއް އެންމެ ފުރިހަމައަށް ބަޔާންކުރައްވާފައިވެ އެވެ. އޭގެ ފަހުން އަންނަބަޔަކު އެ ރިވެތި ކުރުމަށް ނުވަތަ މޮޅުކުރުމަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ އެވެ. ޒަކާތް ނެރެވޭ ގޮތާއި، ފަޤީރުންނަށް އެ ޒަކާތް ޙަވާލުކުރެވޭނެ ދުވަހާއި މި އެންމެހައި ޙުކުމްތަކެއް އިސްލާމްދީނުގައި ބަޔާންކުރައްވާފައިވެ އެވެ.
الشَّيْخُ العلَّامَة مُحمَّد بِن صَالِح العُثَيْمِين رحمه الله އާ ސުވާލު ކުރެވުނެވެ.
ސުވާލު: ރަމަޟާންމަހުގެ އެންމެ ފުރަތަމަ ދުވަސްތަކުގައި ޒަކާތް ނެރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އަދި ފައިސާއިން ޒަކާތްނެރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު: ރަމަޟާންމަހުގެ ފުރަތަމަ ދުވަސްތަކުގައި ޒަކާތްނެރުން ހުއްދައެއް ނުވާނެ އެވެ. އެހެނަސް (ޒަކާތް އެންމެ އަވަހަށް ނެރުން) ހުއްދަވާނީ ޢީދު ދުވަހުގެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިންނެވެ. ސަބަބަކީ އެއީ ފިތުރު ޒަކާތް ކަމުގައި ވުމެވެ. ފިތުރު އެއީ މަހުގެ އެންމެ ފަހުކޮޅު ކަމުގައި ނޫނީ ނުވާނެ އެވެ. ރަސޫލާ صلى الله عليه وسلم މީސްތަކުންނަށް އަމުރުފުޅު ކުރެއްވީ، މީސްތަކުން ޢީދު ނަމާދަށް ދިއުމުގެ ކުރީގައި ޒަކާތް އަދާކުރުމަށެވެ. އެއާ އެކުގައި ޞަޙާބީން ޒަކާތް ނެރުއްވީ ޢީދު ދުވަހުގެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިންނެވެ.
ޒަކާތް ފައިސާއިން ނެރުނުމީހާގެ ޒަކާތަކީ ހުއްދަވާނެ (ޒަކާތް ނެރުނު ކަމުގައިވާނެ) ޒަކާތެއް ނޫނެވެ. ސަބަބަކަށްވަނީ (ޒަކާތް) ފަރުޟު ކުރައްވާފައިވަނީ ކާބޯތަކެތިން ދިނުމެވެ. ابن عمر رضي الله عنه ވިދާޅުވެފައިވެ އެވެ. (فرض رسول الله صلى الله عليه وسلم زكاة الفطر صاعا من تمر أو صاعا من شعير) "ކަދުރުން ޞާޢު އެއްގެެ މިންވަރުން ނުވަތަ ގޮދަނުން ޞާޢު އެއްގެ މިންވަރުން ރަސޫލާ صلى الله عليه وسلم ޒަކާތް ފަރުޟު ކުރެއްވި އެވެ." أبو سعيد الخدري رضي الله عنه ވިދާޅުވެފައިވެ އެވެ. (كنا نخرجها على عهد النبي صلى الله عليه وسلم صاعا من طعام وكان طعامنا التمر، والشعير، و الزبيب، والأقط) "އަހަރެމެން ނަބިއްޔާ صلى الله عليه وسلم ގެ ޢަހުދުގައި ކާބޯތަކެތީން ޞާޢު އެއްގެ މިންވަރު ނެރެމެވެ. އެދުވަސްތަކުގައި އަހަރެމެންގެ ކާބޯތަކެއްޗެއްގެ ގޮތުގައިވަނީ، ކަދުރު، ގޮދަން، ހިކިމޭބިސްކަދުރު އަދި އަޤިތް އެވެ."
ފަހެ، މި ދެޙަދީޘް އިން ބަޔާންވެގެންދަނީ، ފިތުރު ޒަކާތް ކާބޯތަކެތިން ނޫން އެއްޗަކުން ހުއްދައެއް ނުވާނެ ކަމުގައެވެ. އަދި ފިތުރު ޒަކާތް ކާބޯތަކެތިން ނެރުމަކީ އެންމެހައި ފަރާތްތަކަށް ފާޅުކޮށް ބަޔާންވެގެންދާނެ ކަމެކެވެ. އަދި ގޭގެ އެންމެހައި އަހުލުވެރިންނަށް އެކަން ބަޔާންވެ އެނގިގެންދާނެ އެވެ. އެހެނަސް ފައިސާއިން ނެރުމަކީ، ޒަކާތް ވަންހަނާވެ، ފާޅުކަމެއް ނެތްގޮތުގައި ދެވޭ ގޮތެކެވެ. ފަހެ އިންސާނަކު އޭނާގެ އަމިއްލަ ނަފްސަށް އެގޮތްދެކިގެން، ފައިސާއިން ޒަކާތްނެރެ އެވެ. އެހިނދުގައި އޭނާ ޒަކާތުގެ އަގުދަށްކޮށްލަ އެވެ. ފަހެ، ހުރިހައި ހެވެއް އަދި ބަރަކާތެއްވަނީ، ޝަރީޢަތަށް ތަބަޢަވުމުގަ އެވެ.
ފަހަރެއްގައި މީހަކު ބުނެދާނެ އެވެ. ހަމަކަށަވަރުން ކާބޯތަކެތީން ޒަކާތް ނެރުމުން ފަޤީރުންނަށް އެއިން މަންފާއެއް ނުކުރެ އެވެ.
ޖަވާބުގައި ބުނަމެވެ. ހަމަކަށަވަރުން އެ ފަޤީރަކީ، ޙަޤީޤަތުގައިވެސް ފަޤީރެއްކަމުގައި ވާނަމަ، ކާބޯތަކެތިން އޭނާއަށް ފައިދާ ކުރާނެ އެވެ.
ފަތުވާ : مجموع فتاوى ج 18 ص 264
***
ރަމަޟާންމަހުގެ އެންމެ ފަހު ދެދުވަހުގެ ކުރިން ޒަކާތް ނެރުމަކީ (މިސްކީނުންނާއި ފަޤީރުންނަށް ޒަކާތް ބަހާލުމަކީ) ކަޑައެޅިގެން، ނަބިއްޔާގެ صلى الله عليه وسلم ސުންނަތާއި ޞަޙާބީންގެ މަގު ދޫކޮށްލައިފި މީހެކެވެ.