ވާހަކަ ކިޔައިދޭ މީހުންގެ މައްޗަށް ސަލަފުއް ޞާލިޙުންގެ މަންހަޖުގައި އޮތީ ކިހިނެތް؟ - الشَّيْخُ الفَوْزَان حفظه الله އަދި الشَّيْخُ عُبَيد الجَابِرِي حفظه الله
الشَّيْخُ صَالِح بِن فَوْزَان الفَوْزَان حفظه الله
ސުވާލު : ފަޟީލަތުއް ޝެއިޚް އެވެ. ޝެއިޚް އަށް ﷲ ތަޥްފީޤު ދެއްވާށި އެވެ. ވާހަކަ ކިޔައިދޭ މީހުންގެ މައްޗަށް އަހުލުއް ސުންނަތް ވަލް-ޖަމާޢަތުގައި، އަދި ސަލަފުއް ޞާލިޙުންގެ މަންހަޖަކީ ކޮބައިތޯ އެވެ؟ ހިނގާފައިވާ ޙަޤީޤީ ވާހަކަތައް ގިނަގިނައިން ދެއްކުމަކީ، ދީނުގައި ޝަރީޢަތުގައި ބަޔާންވެގެންވާ ކަމެއްތޯ އެވެ؟
ޖަވާބު : އަހަރެމެންނަށް ޤުރުއާނާއި ސުންނަތް ފުދިގެންވެ އެވެ. އަދި އާޔަތުން ދަލީލުކޮށްދޭ މާނަ ނުވަތަ ޙަދީޘް އިން ދަލީލު ކޮށްދޭމާނަ އަށް ބާރުދެވޭ ފަދަ (ހެކި ބަޔާންވެގެންވާ) ވާހަކައެއް ހިނދުގައި އެއީ ހެޔޮގޮތެކެވެ.
އެހެނަސް އަބަދުވެސް ވާހަކަ ކިޔައިދިނުން، ވާހަކަ ކިޔައިދޭ މީހުންގެ ކިބައިން، ސަލަފުން ވަނީ އުއްމަތަށް އިންޒާރު ދެއްވާފަ އެވެ. ވާހަކަ ކިޔާމީހުންގެ ކިބައިން ސަލާމަތްވެ އެމީހުން ކިބައިން އިންޒާރު ދީފައިވެ އެވެ. ސަބަބަކީ އެމީހުންގެ ވާހަކަތަކުގައި ދޮގު އެކުލެވިގެން ވުމެވެ. އެމީހުން އެގޮތަށް ވާހަކަ ކިޔައިދެނީ މީސްތަކުންނަށް އެވާހަކަތަކުން އަޘަރު ކުރުވުމަށްޓަކައި އެވެ. އެއީ، ޞައްޙަ އެއްޗެއް ކަމުގައި ނުވިޔަސް އެއިން މީސްތަކުންނަށް އަޘަރުކުރުވުމަށް އެމީހުން އެގޮތުގައިވެ އެވެ.
އެމީހުން ބުނަނީ، "އަހަރެމެން މި ވާހަކަ ކިޔައިދިނުމުގެ މަޤްޞަދަކީ މީސްތަކުންގެ ހިތްތަކަށް އަޘަރުކުރުވައި ހިތްތައް މަޑުމޮޅި ކުރުވުމެވެ."
މިހެން ހަދައިގެން ނުވާނެ އެވެ. މިއީ ހެޔޮވެގެންވާނެ ކަމެއް ނޫނެވެ.
އަހަރެމެންނަށް ﷲ އެކަލާނގެ ބާވައިލެއްވި ފޮތުގައި ވާހަކަ ބަޔާންކޮށްދީފައިވެ އެވެ. އަދި ރަސޫލާ صلى الله عليه وسلم ސުންނަތުގައި އަހަރެމެންނަށް ވާހަކަ ބަޔާންކޮށްފައިވެ އެވެ. ފަހެ، ޤުރުއާނުގައި ނުވަތަ ސުންނަތުގައި ބަޔާންވެގެންވާ ފަދަ އެއްގޮތް ޙާދިޘާއެއް ހިނގައިދިޔުމުން، އެފަދަ ވާހަކަ ގެންނާނީ އެވެ. އާއެކެވެ.
*****
ފަތުވާ : http://goo.gl/XYqefL
الشَّيْخُ العلامة عُبَيد الجَابِرِي حفظه الله
ސުވާލު : ދަޢުވަތު ދިނުމުގެ މައިދާނުގައި، މީސްތަކުންނަށް ވާހަކަ ކިޔައިދޭ ދާޢީން އުޅެވެ. މިޘާލަކަށް ސަޢީދު ބިން މިސްފަރު، ދުވައިޝް އަދި ޢަރީފީ އަދި މިނޫން މީހުންވެސް ވެ އެވެ. މިފަދަ މީހުން ގެ ރޯލުތައްވެ އެވެ. އެ ރޯލުތަކުގައިވަނީ ވާހަކަތައް ކިޔައިދީފައިވުމާއި އެފަދަ އެހެނިހެން ވާހަކަތަކެވެ. މި ރޯލުތައް އަޑުއެހުމަށް ޝެއިޚް އަހަރެމެންނަށް ނަޞޭޙަތްތެރިވަން ތޯ އެވެ؟ ޝެއިޚްއަށް ﷲ ބަރަކާތް ލައްވާށި އެވެ.
ޖަވާބު : ބުނަމެވެ. ރަސޫލާ صلى الله عليه وسلم ގެ ހިދާޔަތް ހާޞިލްކޮށް އޭގައި ދެމިހުރުން ހުއްޓެވެ. އަދި އެ ނަބިއްޔާގެ ޚަލީފާއިންގެ ސުންނަތަކީ އަދި އެހެނިހެން އެންމެހައި ޞަޙާބީންގެ ސުންނަތަކީ، އަދި އެއަށްފަހުގައި ހެޔޮވެގެންވީ ޤަރުނުތަކުގައި ފާޅުވި، އީމާންކަމުގައި، ޢިލްމުގައި އުއްމަތަށް ފާޅުވި އެންމެހައި އިމާމުންގެ ހިދާޔަތުގައިވަނީ، އަދި މި މަންހަޖުގައިވި އެންމެހައި މީސްތަކުންގެ މަގަކީ، ދީނުގެ ޤަވާޢިދުތައް ފުރިހަމައަށް ޤާއިމް ކުރުމުގައި ވުމެވެ. އަދި ދީނުގެ އެންމެހައި އުޞޫލްތައް ޤާއިމް ކުރުމެވެ. މި އެންމެހައި އަހުލުވެރިން މީސްތަކުންނަށް އަމުކުރެއްވީ ތަޥްޙީދަށެވެ. އަދި ތަޥްޙީދު މީސްތަކުންގެ ހިތްތަކުގައި ފުރިހަމައަށް ޤާއިމްކޮށްދީ އެގޮތުގައި ޘާބިތު ކުރުމެވެ.
އަދި މީސްތަކުންނަށް ޝިރުކު ކުރުމުން އެއްކިބާކޮށް، ޝިރުކު ކުރުމުގެ މައްޗަށް މީސްތަކުންނަށް ނަހީކުރުމެވެ. އަދި މިކަންތައްތައް ފުރިހަމަ ވެގެންވާ ބަޔާނަކުން އަދި ތަފްޞީލަކުން އުއްމަތް އޭގެމައްޗަށް ސަމާލުވެ، އެއްކިބާވެ ދެމިތިބުމަށްޓަކައި ބަޔާންކުރުމެވެ.
އަދި އެބައިމީހުން، ދީނުގައި ޢަމަލީ ގޮތުން ބަޔާންވެގެންވާ ފަރުޟުވެގެންވާ ޢަމަލުތަކަށް އަމުރުކުރުން ދޫކޮށްލާފަ އެއް ނުވެ އެވެ. އެގޮތުން މީސްތަކުންނަށް ޙަލާލް އަކީ ކޮބައިކަން އަދި ޙަރާމް އަކީ ކޮބައިކަން ބަޔާންކޮށްދިނުމުގައިވެ އެވެ. އަދި ހަމައެފަދައިން އެބައިމީހުން، ދީނަށް އަލަަށް ގެނެވޭ އެންމެހައި ބިދުޢަތަކާއި، މުޙުދަޘާތް އަދި ފާފަތަކުން މީސްތަކުންނަށް ނަހީކުރުމުގައި ދެމިތިއްބެވި އެވެ.
އަދި ބައެއް ޙާލާތްތަކުގައި، އެބައިމީހުންގެ ޚުޠުބާ ތަކުގައި، ބަސްފުޅު ތަކުގައި މީސްތަކުންނަށް ވަޢުޟު ބަޔާންކޮށްދީފައިވެސް ވާނެ އެވެ. އެއީ އެކަންތަކަށް މީސްތަކުން ހިތްޖެއްސެވުމަށާއި ނުބައި ކަންތައްތަކުން މީސްތަކުން އެއްކިބާ ކުރުމަށެވެ.
މިހެންވުމުން މިތަނުގައި އަހަރެމެން ބުނަމެވެ. ވަޢުޟު ދިނުމުގައިވާ މީހުން 2 ބަޔަކަށް ބެހިގެންވެ އެވެ.
ފުރަތަމަ ބަޔަކީ : އިސްވެ ބަޔާންވެ ދިޔަ އަހުލުވެރިންނެވެ. އެއީ ދަލީލުތަކުގެ އަލީގައި، ދީނުގެ އުޞޫލްތައް ޤާއިމްކޮށް މީސްތަކުންނަށް ބަޔާންކޮށްދިނުމުގައިވެ އަދި ދީނުގައި ބަޔާންވެގެންވާ ޤަވާޢިދުތައް ޤާއިމްކުރުމުގައިވާ އަހުލުވެރިންނެވެ. އަދި އެބައިމީހުންގެ ޚުތުބާ ތަކުގައި މީސްތަކުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެކިއެކި މައުޟޫތަކަށް ނަޞޭހަތް ދޭނެ އެވެ. އެގޮތުން މަރު ހަނދާންކޮށްދިނުމާއި، ސުވަރުގެ ދިއުމަށް ޢަމަލުކޮށް އެކަމަށް ތައްޔާރުވުން، ނަރަކައިން ސަލާމަތްކަން ހޯދުން، މިފަދަ ވަޢުޟު ދިނުމާއި ނަޞޭޙަތްތަކަކީ، އުޞޫލްތަކާއި ޤަވާޢިދުތައް ބަޔާންކޮށްދިނުމާ އަޅާ ބަލާއިރުގައި މަދު ބަސްތަކެއް ކަމުގައިވެ އެވެ.
ދެވަނަ ބައިގަނޑުގެ މީހުންނަކީ : ދީނުގެ އުޞޫލްތަކާއި، ޤަވާޢިދުތައް މީސްތަކުންނަށް ބަޔާންކޮށްދިނުމުގައި އަދި ޤާއިމްކުރުމުގައި މަސައްކަތްކުރުމުގައިވާ މީހުންނެތް ނޫނެވެ. އެމީހުންނަކީ ތަޥްޙީދަށް އަދި ޝިރުކު ކުރުން، މި ކަންތަކުގެ މައްޗަށް މުހިންމުކަންދޭ ބައެއް ނޫނެވެ. މި މީހުންގެ ހުރިހާވެސް މަސައްކަތަކީ، ނުވަތަ އެންމެހައި މަސައްކަތަކީ ތިޔަ ސުވާލުގައި ޛިކުރުކޮށް ބަޔާންކުރިފަދައިންނެވެ. އެކި ވާހަކަ ކިޔައިދިނުމެވެ. މީސްތަކުންގެ ޝަޢުގުވެރިން ހޯދާނެ ބަސްތަކާއި ވާހަކަތަކެވެ. މިފަދަ މީސްތަކުންނަކީ ޤައްޞާޞޫން އެވެ. (ވާހަކަ ކިޔާ މީހުން). މިފަދަ މީހުންގެ ރޯލު ތަކަކީ ވަޤުތު ބޭކާރު ކުރާ ރޯލު ތަކެކެވެ. ޝަރުޢީ ޢިލްމު ޙާޞިލް ކުރުމުން އެއްކިބާ ކޮށްދޭ ތަކެއްޗެވެ. ނަބިއްޔާ صلى الله عليه وسلم ބަޔާންކޮށްދެއްވާފައިވާ ދުނިޔޭގައި އަދި އާޚިރަތުގައި ބާއްޖަވެރިކަމާއި، އުފާފާގަތިކަން ލިބޭނެ ކަންތައްތަކުން އެއްކިބާވެ ދިއުމެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްގައި އެ ބާއްޖަވެރިކަން ލިބޭނެ އަހުލުވެރިންނަކީ ކޮބައިކަން ބަޔާންކޮށް ޙަދީޘް ކުރެއްވި އެވެ. (من يرد اللهُ بِه خيرا يفقهه في الدين) "ﷲ އެމީހަކަށް ހެޔޮ ކަމަކަށް ބޭނުންވޮޑިގަންނަ މީހާއަށް، އެކަލާނގެ ދީނުގެ ފިޤުހު ވެރިކަން ދެއްވަ އެވެ."
ފަހެ މިފަދަ މީސްތަކުންގެ މައްޗަށް މުސްލިމުންނަށް ވާޖިބުވެގެންވަނީ، މިފަދަ މީސްތަކުންގެ ރޯލުތަކުގެ މައްޗަށް ސަމާލުވުމެވެ. (އިންޒާރު ލިބިގަނެ ދުރުވުމެވެ.) އަދި އެމީހުންގެ ފޮތްތަކުން ސަމާލުވުމެވެ. އަދި އެތަކެއްޗަށް އިންޒާރުލިބި ވަކިވުމެވެ. ސަބަބަކީ، އެތަކެތީގެ މައްޗަށް ދަރިވަރުވުމުން ޖާހިލުކަން ނޫންއެއްޗެއް އޭނާއަށް ނުލިބޭނެ އެވެ. ހިތްތައް މަޑުމޮޅިވެގެންދަނީ އެއްވެސް ޢިލްމެއްގެ މައްޗަކަށް ނޫނެވެ. މުޖައްރަދުކޮށް، ހަމައެކަނި ވަޢުޟު ބުނުމަށް ﷲ ތަޢާ މަދަޙަ، ޘަނާ ކިޔުއްވާފައެއް ނުވެ އެވެ. އެހެނަސް އެކަލާނގެ ޘާނާ ކިޔުއްވާފައިވަނީ ޢިލްމަށް އަދި ޢިލްމުގެ އަހުލުވެރިންނަށެވެ.
އެކަލާނގެ ވަޙީކުރެއްވި އެވެ. شَهِدَ اللَّهُ أَنَّهُ لَا إِلَٰهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ ۚ لَا إِلَٰهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ "ހަމަކަށަވަރުން، ﷲ އެކަލާނގެ މެނުވީ ޙައްޤުގޮތުގައި އަޅުކަން ކުއްތަންކުރެވޭ އިލާހަކު ނުވާކަމަށް ހެކިވެވޮޑިގެންފި އެވެ. އަދި މަލާއިކަތުންނާއި ޢިލްމުގެ އަހުލުވެރިންވެސް އެކަމަށް ހެކިވެ ވަޑައިގެންފި އެވެ. ޢަދުލުވެރިކަމާއިގެން އެކަލާނގެ ޤާއިމްވެ ވޮޑިގެންވެ އެވެ. ޙައްޤުގޮތުގައި އަޅުކަން ކުއްތަން ކުރެވޭ އެހެން އެއްވެސް އިލާހަކު ނުވެ އެވެ. ﷲ އީ ޢަޒީޒުވަންތަ އަދި ޙަކީމްވަންތަ އިލާހެވެ."
އަދިވެސް ﷲ ވަޙީކުރެއްވި އެވެ. {يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ} "ތިޔަބައިމީހުންގެ ތެރެއިން އީމާންވި އަހުލުވެރިން އެކަލާނގެ އުފުއްލަވަތެވެ. އަދި ޢިލްމުލިބިގެންވާ އަހުލުވެރިންނަށް އިތުރު ދަރަޖަ ލިބިގެންވެ އެވެ."
އަދިވެސް ﷲ ވަޙީކުރެއްވި އެވެ. إِنَّمَا يَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَاءُ "ހަމަކަށަވަރުން ﷲ އަށް ޙައްޤުވެގެންވާ ގޮތުގައި ބިރުވެތިވާ ބަޔަކީ ޢިލްމުވެރިންނެވެ."
އަދި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. "ޢިލްމު ހޯދުމަށްޓަކައި މަގެއް ހޯދައިފި މީހާއަށް، ﷲ އޭނާ ސުރަރުގެއަށް ދާނެ މަގެއް ފަސޭހަ ކޮށްދެއްވާނެ އެވެ. ހަމަކަށަވަރުން މަލާއިކަތުން، ޢިލްމު ޙާސިލްކުރާ މީހާ ގެ އެ ޢަމަލުގެ ހެޔޮކަމުގެ މައްޗަށް، އެ މަލާއިކަތުންގެ ފިޔަގަނޑުތައް ކިޔަވާ ދަރިވަރަށްޓަކައި ތިރިކުރައްވަތެވެ. ހަމަކަށަރުން ޢިލްމުގެ އަހުލުވެރިޔާއަށް ފާފަފުއްސެވުމަށްއެދި ބިންމުގައިވާ އެންމެހައި ތަކެއްޗެއް އަދި އުޑުގައިވާހާ ތަކެއްޗެއް ދުޢާ ދެންނެވުމުގައި ވެ އެވެ. ކަނޑުގައިވާ މަސްވެސް އެފަދައިން ދުޢާ ދެންނެވުމުގައިވެ އެވެ. އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާއަށް ލިބިގެންވާ މަތިވެރިކަމަކީ، އެންމެހައި ތަރި ތަކުގެ މައްޗަށް ހަނދު މަތިވެރިގެންވާ ފަދައިންނެވެ. ހަމަކަށަވަރުން ނަބިއްޔުން ވާރުތަ މުދަލެއްގެ ގޮތުގައި ދީނާރެއް އަދި ދިރުހަމެއް ދޫކުރައްވާފައެއް ނުވެ އެވެ. އެހެނަސް ވާރުތަ މުދަލެއްގެ ގޮތުގައި ދޫކުރެއްވީ ޢިލްމެވެ. ހަމަކަށަވަރުން އެ ޢިލްމު ހޯދައިފިމީހާ ބޮޑުވެގެންވާ ނަޞީބުން ނަޞީބު ހޯދައިފި އެވެ."
މިފަދަ ވަޢުޟު ދޭ މީހުންގެ މައްޗަށް އިންޒާރު ލިބިގަތުން ހުއްޓެވެ. ވާހަކަ ކިޔައިދޭ މީހުންގެ ކިބައިން ސަމާލުވެ އިންޒާރު ލިބިގަތުން ހުއްޓެވެ. މީސްތަކުންގެ ހިތްދަމައިގަންނަ، ހިތްލަންބުވާފަދަ ވާހަކަ ކިޔައިދިނުމުގައިވާ އަހުލުވެރިންގެ މައްޗަށް ސަމާލުވެ އެމީހުންގެ ކިބައިން އިންޒާރު ލިބިގަތުން ހުއްޓެވެ. އެއްވެސް ސަނަދެއް ނެތި، އިސްލާމީ ޝަރީޢަތުގައިވާ ޤަވާޢިދުތަކާއި އުޞޫލްތަކުގެ މައްޗަށް ބިނާ ނުކުރެވި ބަސްބުނުމުގައިވާ އެންމެހައި އަހުލުވެރިންގެ މައްޗަށް އިންޒާރު ދިނުން ހުއްޓެވެ. އެމީހުންގެ މައްޗަށް އިންޒާރުދީ އަދި އިންޒާރު ލިބިގަތުން ހުއްޓެވެ. ސަބަބަކީ، އެމީހުންނަކީ ނަބިއްޔާ صلى الله عليه وسلم ހިދާޔަތުގައިވާ ބައެއް ނޫނެވެ. އަދި އެމީހުންނަކީ ނަބިއްޔާ صلى الله عليه وسلم ގެ ޚަލީފާއިން އަދި އެހެނިހެން ޞަޙާބީންގެ ހިދާޔަތުގައިވާ ބައެއް ނޫނެވެ. އަދި ތާބިޢީންގެ ޖީލުގައި ފާޅުވި އިމާމުންނާއި އަދި އޭގެ ފަހުގައި ފާޅުވި އިމާމުންގެ ހިދާޔަތުގައި އެފަދަ މީހުން ނުވެ އެވެ.
*****
ފަތުވާ : http://goo.gl/ZSq8V4