5 ޔާސިރު ޤާޟީ ބޭނުންވަނީ އުއްމަތުގައިވާ ޢިލްމުވެރިންނާއި ތިޔަބައިމީހުންނާއި މުޅިން ވަކިކޮށްލުމަށެވެ. - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޔާސިރު ޤާޟީ ބޭނުންވަނީ އުއްމަތުގައިވާ ޢިލްމުވެރިންނާއި ތިޔަބައިމީހުންނާއި މުޅިން ވަކިކޮށްލުމަށެވެ. - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޔާސިރު ޤާޟީ

الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله
މަކަރުވެރިކަމާއި އޮޅުވާލުމުގައި، މީސްތަކުން ޢިލްމުވެރިންގެ ކިބައިން ދުރުކުރުން


ސުވާލު : ފަޟީލަތުއް ޝެއިޚް އެވެ. ﷲ ޝެއިޚްއަށް، ތަޥްފީޤު ދެއްވާނދޭވެ. މިއީ އެމެރިކާގެ މީހަކު ކުރާ ސުވާލެކެވެ. ސުވާލުގައިވަނީ : އެމެރިކާގައި ދަޢުވަތްދިނުމުގައިވާ މީހެއް (ޔާސިރު ޤާޟީ،Yasir Qadhi) ބުނަނީ، އޭނާ އަބަދުވެސް ކިޔާ އެއްޗަކީ – މި ޤައުމުގައިވާ (ސަޢުދީ ޢަރަބިއްޔާގައިވާ) ޢިލްމުވެރިންނަކަށް އެމެރިކާގެ މުސްލިމުންގެ ޙާލަތެއް ނޭނގޭނެ އެވެ. މި ސަބަބަށްޓަކައި އެމީހުންގެ ފަތުވާތައް އަހަރެމެން ޤަބޫލެއް ނުކުރާނަމެވެ. އަދި ތަކުރާރުކޮށް މިފަދައިން ބުނަމުންދެ އެވެ.
ޝެއިޚް މިކަމަށް ދެއްވާ ނަޞޭޙަތަކީ ކޮބައިތޯ އެވެ. އަދި ދެއްވާ އިރުޝާދަކީ ކޮބައިތޯ އެވެ؟


ޖަވާބު : އެ ޢިލްމުވެރިންނަށް، ﷲ ބާވައިލެއްވި ޢިލްމު އެނގިވަޑައިގެންފައިވެ އެވެ. ﷲ ބާވައިލެއްވި އެ ޢިލްމުން އެ ޢިލްމުވެރިން މީސްތަކުންނަށް ޙަލާލް އަދި ޙަރާމް ބަޔާންކޮށް ފަތުވާދެ އެވެ. އެމެރިކާގަ ވެސް އަދި އެހެންތަންތަނުގައި ވިޔަސް ޙަރާމް އަދި ޙަލާލް ވާނީ އެކައްޗެއްގެ ގޮތުގަ އެވެ.


ދުނިޔޭގެ ކޮންމެތަނެއްގައިމެ، ޙަރާމް ވާނީ ޙަރާމްއެއްޗެއްގެ ގޮތުގަ އެވެ. އަދި ދުނިޔޭގެ ކޮންމެތަނެއްގައި ޙަލާލް އެއީ ޙަލާލް އެއްޗެއްގެ ގޮތުގައިވާނެ އެވެ.
ޢިލްމުވެރިޔާ، ދުނިޔޭގައިވާ މީސްތަކުންނަށް ފަތުވާދެނީ، ފައިދާ ކުރަނިވި ޢިލްމުގަ އެވެ. ފަހެ (ތިޔަ ސުވާލުގައި ބަޔާންކޮށްފައިވާ ބަސްތަކަކީ) އެއީ މީސްތަކުންނަށް އޮޅުވައިލުމެ އެވެ. އޭނާގެ އެބަސްތަކަކީ (މީސްތަކުން ޢިލްމުވެރިންނާއި ދުރުކޮށް ވަކިކުރުމުގެ) މަކަރުވެރިކަމުގައި އޮޅުވައިލުމަށް ބުނެފައިވާ ބަސްތަކެކެވެ.

އޭނާ ބޭނުންވަނީ، އުއްމަތުގައިވާ ޢިލްމުވެރިންނާއި ތިޔަބައިމީހުންނާއި މުޅިން ވަކިކޮށްލުމަށެވެ. އާއެކެވެ.

އޭނާގެ ފަރާތުން ތިޔަބަސްތައް ތިޔަބައިމީހުން ޤަބޫލު ނުކުރާށެވެ.
*****
ފަތުވާ ނަގާފައިވަނީ : http://goo.gl/m2WxQN   

ޔާސިރުޤާޟީ ގެ ބަސްތައް އަޑުއެހުމަށް : http://goo.gl/fLCSbG 

 

އިޚްވާނުންނޭވެ!

އުއްމަތް ހެޔޮގޮތުގައި ގެންދިއުމަށް، ހެޔޮވެގެންވާ ޢަޤީދާ އަދި މަންހަޖުގައި ޤާއިމްކުރުމަށް، އުއްމަތުގެ އެންމެ މަތީފަންތީގައިވާ ޢިލްމުގެ އަހުލުވެރިންނަށް ރުޖޫޢަވުން ހުއްޓެވެ. އަމިއްލަ މަންފާއަށް އަދި އަމިއްލަ މަޞްލަހަތު އިސްކުރަން ބޭނުންވާމީހާގެ ދަޢުވަތަކީ، އެކިއެކި ކަހަލަ ޝުބުހާތްތައް ގެނެސް، އެ ޢިލްމުވެރިންނާ އުއްމަތް ގުޅުން ކަނޑުވާލުމެވެ. އެއީ، އެހިނދު އެމީހުން ބޭނުންވާ ކޮންމެ ގޮތަކަށް މީސްތަކުން ގެންދެވޭނެތީ އެވެ. ޢިލްމުގެ އަހުލުވެރިންނަށް ރުޖޫޢަވުމުން މިފަދަ މީހުންގެ ޢަމަލުތަކާއި ބަސްތަކާއި ދައްކާވާހަކަ ދިމާނުވާކަން ބަަޔާންވެގެންދާނެތީ އެވެ.


العلامة الشيخ صالح الفوزان ވިދާޅުވެފައިވާ ފަދައިން މިއީ މިބައިމީހުންގެ މަކަރުވެރި ރޭވުމެކެވެ. މީސްތަކުން އެބައިމީހުންގެ މައްޗަށް ފާޅުވެފައިވާ ޢިލްމުގެ އަހުލުވެރިންނާއި ގުޅުން ކަނޑުވައިލުމެވެ.


އިޚްވާނުންނޭވެ. ދަންނަންޖެހެ އެވެ. މިއީ ދީނާއި ޚިލާފް، ޙައްޤު ޢިލްމުވެރިންނާ ޚިލާފަށް ކަންތައްތައް ކުރުމުގައިވާ މީހުންގެ ބަސްތަކެވެ. އެބަޔަކު ކޮށްފައިވާ ކަންތަކަކީ އިސްލާމް ދީނުގައި ޙައްޤުގޮތް ކަމުގައިވާނަމަ، އެ ޢިލްމުވެރިން ކައިރިއަށް ދިއުމަށް އޭނާ މަނާކުރަންވީ ކޮން ސަަބަބެއް އޮވެގެންތޯ އެވެ. އޭނާގެ ބަސްތަކަކީ އެ ޢިލްމުވެރިންގެ ބަސްތަކާ ދިމާވާނެ ބަސްތަކެއް ކަމުގައިވުމުން މީސްތަކުންނަށް އެކަން މަނާކުރަންޖެހޭ އެއްވެސް ބޭނުމެއް ނެތެވެ.
މިއީ މިއަދު ޙިޒްބީ ޢިޚްވާނީންގެ ގޮތްތަކެވެ. އެމީހުން ދީނުގައި ހުއްދަވެގެންވާ ނުވާ ކަންތައްތައް ކުރުމަށްފަހު ޢިލްމުވެރިންގެ ގާތައް ނުދިއުމަށް ބުނަނީ އެމީހުންގެ ޙަޤީޤަތް ކަޝްފުވާނެކަން ޔަޤީންވުމުންނެވެ.


މިއަދު ޔާސިރު ޤާޟީ އެމެރިކާގެ ހުރެގެން މިފަދައިން ބުނާއިރު، އެބަޔަކު ދިވެހި ރާއްޖޭގައި ތިބެގެން މިފަދައިން ބުނެ އެވެ. "އަހަރުމެންގެ ޤައުމުގައި ވާކަންތައްތަކުގެ ޙަޤީޤަތެއް ސަޢުދީ ޢިލްމުވެރިންނަށް ނޭނގޭނެ" "މިއީ އެޤައުމުގައި އޮންނަ ކަންތައްތަކެއް ނޫން" "އަހަރެމެންގެ ޤައުމުގެ ޙާލަތު އިނގޭނީ އަހަރެމެންނަށް" މިފަދަ އެތައް ޣައްދާރު ބަސްތައް ބުނުމުގެ ބޭނުމަކީ، އެމީހުން އަމިއްލަ މަޞްލަޙަތަށް ކޮށްފައިވާ ކަންތައްތަކުގެ ޙަޤީޤަތް އެނގިދާނެތީ އެވެ. އަދި މިއީ ޢާންމު މީހާގެ ބޮލަށް ސަވާރުވުމަށް ވަރަށް ހީލަތްތެރި ގޮތެކެވެ.


އިސްލާމް ދީނުގައި ރާއްޖެއަށް ކަމެއް ޙަރާމްވެފައި ސަޢުދީއަށް ނުވަތަ އެހެން ޤައުމަކަށް އެއީ ޙަލާލް ކަމުގައިވޭތޯ އެވެ؟ ނުވަތަ ރާއްޖެއަށް އެއީ ހުއްދަ ކަމެއްގެ ގޮތުގައިވެފައި އެހެން ހިސާބަކަށް އެއީ ހުއްދަނޫން ކަމަކަށް ވޭތޯ އެވެ؟ މި މީސްތަކުންގެ ހީލަތާއި މަކަރުވެރިކަމުގައި ބޮޑުކަމާ އެވެ؟
މީސްތަކުންނާ ޢިލްމުގެ އަހުލުވެރިން ގުޅުން ޤާއިމްކުރުމުގެ ބަދަލުގައި އެ ގުޅުން ކަނޑާލުމުގައިވާ މީހުން ދަންނަހުއްޓެވެ. ތިޔައީ ތިބާ، އަމިއްލަނަފްސު ހަލާކުވެފައިވާ ކަމުގެ ނުހަނުބޮޑުވެގެންވާ ޢަލާމާތެކެވެ.


އެޤައުމުގެ އަހުލުވެރިން އެޤައުމުގެ މީސްތަކުން ކައިރިން ފަތުވާހޯދައި އެގޮތުގައި ޤާއިމްވުން އެއީ އުއްމަތުގެ ސަލަފުއް ޞާލިޙުން ދައްކަވާފައިވާ ނަމޫނާތޯ އެވެ.
عبد الله بن مسعود رضي الله تعالى عنه ވިދާޅުވެފައިވެ އެވެ. (لا يَزالُ النَّاسُ بِخيرٍ ما أتاهمُ العلمَ عن عُلَمائِهِم وَكُبرائِهِم وذوي أسنانِهِم ، فإذا أتاهمُ العلمُ عن صغارِهِم فقد هلكوا) "އެބައިމީހުންގެ ތެރޭގައިވާ ދުވަސްވީ ބޮޑެތި ޢިލްމުވެރިންގެ ކިބައިން އެބައިމީހުންނާ ހަމަޢަށް ޢިލްމު އަތުވެއްޖެ ހިނދުގައި އެބައިމީހުންވަނީ ހެޔޮކަންމަތީގަ އެވެ. އަދި އެބައިމީހުންގެ ތެރޭގައިވާ އުމުރުން ހަގު މީހުންގެ ފަރާތުން ޢިލްމު އައިސްފި ހިނދުގައި ހަމަކަށަވަރުން އެމީހުންވަނީ ހަލާކުވެފަ އެވެ."


ޔާސިރު ޤާޟީ އަދި އޭނާގެ ބަސްމަގުގައި ތިބި އަހުލުވެރިންނޭވެ. ހެޔޮގޮތުގައިވަނީ، ޤައުމުގެ އަހުލުވެރިންގެ ފަރާތުން ޢިލްމު ޙާޞިލްކުރުން ތޯ އެވެ. ނުވަތަ ބޮޑެތި ރައްބާނިއްޔަ އެންމެ މަތީ ފަންތީގައިވާ އެންމެ ބޮޑެތި ޢިލްމުވެރިންގެ ކިބައިން ޢިލްމު ޙާޞިލްކުރުންތޯ އެވެ؟ ޙައްޤު ބަހަކީ ތިބާގެ ބަސްތަކާއި ތިބާގެ ޢައުވާނުންގެ ބަސްތޯ އެވެ. ނުވަތަ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޢިލްމުހޯދި ނަބިއްޔާ ގެ ޞަޙާބީންގެ ބަސްފުޅު ތޯ އެވެ؟


عبد الله بن مسعود رضي الله تعالى عنه ގެ ބަސްފުޅަށް އިޝާރާތް އިސްލާމީ އުއްމަތަށް މި ޤަރުނުގައި ފާޅުވި މުޖައްދިދް الشيخ محمد ناصر الدين الألباني رحمه الله ވިދާޅުވެފައިވެ އެވެ. "ޢިލްމު ހިއްޕެވިގެންދާގޮތް ޛިކުރު ކުރެވިގެންވާ ޙަދީޘްގައި ބަޔާންވެގެންވާ ފަދައިން، އަހަރެންނަށް ފެންނަގޮތުގައި މިތަނުގައިވާ "ހަގު މީހުން" ގެ މުރާދަކީ، ޤުރުއާނާއި ސުންނަތުގެ ފިޤުހުވެރިކަމެއް ނެތް ގޮތުގައިތިބެ، މީސްތަކުންގެ މައްޗަށް ބަސްބުނަމުންދާ ޖާހިލުމީހުންނެވެ. އެމީހުން އަމިއްލަ ނަފްސު މަގުފުރައްދާ އަދި އެހެނިހެން މީސްތަކުން އެބައިމީހުން މަގުފުރައްދަ އެވެ. السلسلة الصحيحة 2: 309 - 310  


އިސްލާމީ އުއްމަތަށް ޖީލަކަށްފަހު ޖީލަކަށް، ނަބިއްޔާގެ ޢިލްމު އަދި ޞަޙާބީންގެ ޢިލްމު ވާރުތަވެ، އެއްބަޔަކު އަނެއްބައެއްގެ ކިބައިން ޢިލްމުންހޯދައި އެ ޢިލްމުގެ މައްޗަށް ދަރިވަރުވެ އައިސްފައިވާކަން ބަޔާންކޮށް ޢިލްމުވެރިން އެބައިމީހުންގެ ފޮތްތަކުގައި ބަޔާންކޮށްފައިވެ އެވެ. ޔާސިރު ޤާޟީ އަދި އޭނާއަށް ތަބަޢަވުމުގައިވާ އިޚްވާނީން، މިފަދަ ޙައްޤުގޮތުގައިވީ އިމާމުންނަށް ތަބަޢަނުވެ، އެމީހުންގެ ތެރޭގައިވާ ސިޔާސީ، ދޯހަޅި، އެއްވެސް ޘާބިތު ކަމެއް ނެތްގޮތުގައިވާ މީހުންގެ ފަތުވާ ހޯދައި އެއަށް ރުޖޫޢަވުމަށް ބުނުމަކީ ކޮންފަދަ ބޮޑު އޮޅުވާލުމެއްތޯ އެވެ.


الإِمَامُ أَبُو المُظَفَّر السَّمعَانِي رحمه الله ވިދާޅުވެފައިވެ އެވެ. " أَهْلُ الحَدِيْث އެއީ ޙައްޤު ގޮތުގައި ދެމިތިބި މީސްތަކުންކަމުގައި އެނގިގެންދާ ގޮތަކީ : ތިބާ އެބޭކަލުން ލިޔުއްވާފައިވާ އެންމެހައި ފޮތްތަކަށް، އެންމެ ފުރަތަމަ ފޮތުން ފަށައިގެންގޮސް އެންމެފަހު ފޮތާޖެހެންދެން، އެންމެ ކުރީގެ ފޮތްތައް އަަދި އެންމެ ފަހުގެފޮތްތަކަށް ބަލާލިކަމުގައިވިޔަސް، އެބޭކަލުން އެކިޤައުމުތަކަށް ނިސްބަތްވީ މީހުންކަމުގައިވީ ނަމަވެސް އެކިއެކި ތަފާތު ޒަމާންތަކުގެ އަހުލުވެރިންގޮތުގައިވީ ނަމަވެސް އެބޭކަލުން ދިރިއުޅުއްވާ ތަންތަނަކީ ނުހަނު ދުރުތަންތަން ކަމުގައި ވެދިޔަ ހިނދުގައިވެސް އެބޭކަލުންގެ ތެރެއިން ކޮންމެ ބޭކަލެއްވެސް އެބޭކަލެއްގެ ޤައުމުގައި ދެމިހުންނެވި ހިނދުގައި، އެއެންމެހައި ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ޢަޤީދާވަނީ އެކައްޗެއްގެ ގޮތުގައެވެ. އެބޭކަލުން ތިއްބެވީ އެއްމަގެއްގައެވެ. އަދި އެއްވެސް ބޭކަލަކު އެ މަގުން އެއްފަރާތްވެވަޑައެއް ނުގަންނަވައެވެ. އެބައިމީހުންގެ ބަސްތަކަކީ މިކަމުގައި އެއްގޮތްވެފައިވާ ބަސްތަކެކެވެ. އަދި އެބޭކަލުންގެ ޢަމަލުފުޅުތަކަކީ މިކަމުގައި އެއްގޮތްވެފައިވާ ޢަމަލުފުޅުތަކެކެވެ. ތިބާއަށް އެބޭކަލުންގެ ތެރޭގައި އެއްވެސް ޚިލާފެއް ނުވަތަ ބައިބައިވުމެއް އުފެދިފައިވާތަނެއް މަދުންވިޔަސް ފެންނާކަށް ނޯންނާނެ އެވެ. ތިބާ އެބޭކަލުންގެ ދޫފުޅު މަތިން ޛިކުރުކުރައްވާފައިވާ އަދި އެބޭކަލުން އޭގެ ކުރީގެ ސަލަފުންގެ ފަރާތްޕުޅުން ނަޤުލުކޮށްދެއްވާފައިވާ އެންމެހައި ތަކެއްޗަށް ބަލާލިހިނދުގައި ތިބާއަށް ފެންނާނީ އެއީ އެންމެ ހިތަކުން ޛިކުރުކުރެވިފައިވާ އެއްޗެއްގެ ގޮތުގައެވެ. އެންމެ ދުލަކުން ބަޔާންކޮށްފައިވާ އެއްޗެއްގެ ގޮތުގައެވެ. ޙައްޤުގެ އަހުލުވެރިންނަށް މިއަށްވުރެ ފާޅުކަންބޮޑު އެހެން ދަލީލެއްވޭ ތޯއެވެ؟ ﷲ ވަޙީކުރައްވާފައިވެ އެވެ. أَفَلَا يَتَدَبَّرُونَ الْقُرْآنَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا [النساء: 72] "ފަހެ ޤުރުއާން އާމެދު ތިޔަބައިމީހުން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ. އެ ޤުރުއާނަކީ ﷲ ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވީނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން ތިޔަބައިމީހުންނަށް ފެނުނީހެވެ." އަދިވެސް ﷲ ވަޙީބަސްފުޅުގައިވެ އެވެ. وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا ۚ وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا [آل عمران: 103] "އަދި ތިޔަބައިމީހުން އެންމެން ﷲ ގެ ވާފަށުގައި ހިފަހައްޓާށެވެ. އަދި ވަކިވަކިވެ ނުގަންނާށެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ޢަދާވާތްތެރިންކަމުގައި ވަނިކޮށް، ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ހަނދުމަކުރާށެވެ. އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. އެކަލާނގެ ދެއްވި ނިޢުމަތުގެ ސަބަބުން ތިޔަބައިމީހުންނީ އަޚުންތަކެއް ކަމުގައި ވެއްޖައީމުއެވެ." (صون المنطق و الكلام) (ص 165)


ޙައްޤުގެ އަހުލުވެރިން ދެމިތިއްބެވީ މިފަދައިންނެވެ. ކޮންމެ ޤައުމަކަށް އެ ޤައުމުގެ ކަންތައްތަކަށް ފަތުވާދޭނެ ބައިގަނޑެއް އޮތީކީއެއް ނޫނެވެ. އެހެނަސް އެބައިމީހުންގެ ޢިލްމުގެ ޞައްޙަކާމާއި، ޙައްޤުގައި ބަޔާންވެގެންވާ ކަމަކީ އެބައިމީހުންގެ އެންމެ ފަހުމީހާކަމަށް ބަލައިލި ކަމުގައިވިޔަސް އެންމެ ކުރީގައި ފާޅުވި އަހުލުވެރިޔާގެ ބަސްފުޅުތަކާ އެއްގޮތް ވުމެވެ.


އުއްމަތުގެ ޚަލީފާ عمر بن الخطاب رضي الله تعالى عنه ވިދާޅުވެފައިވާ ބަސްފުޅުގެ މައްޗަށް ނަޒަރު ހިންޤާލުމުން އިޚްވާނީންގެ މި ބަސްތަކަކީ އެއްވެސް ބުރަދަނެއް ނުވާކަން ބަޔާންވެގެންދެ އެވެ. ވިދާޅުވެފައިވެ އެވެ. "މީސްތަކުން އެބައިމީހުންގެ ތެރޭގައިވާ ކިބާރު (އެންމެ ބޮޑެތި ޢިލްމުވެރިންގެ) ފަރާތުން ޢިލްމު ހޯދާ ހިނދެއްގައި އެމީސްތަކުންވަނީ ހެޔޮކަމުގަ އެވެ." اللالكائي في السنة

Like what you see?

Close

Hit the buttons below to follow us, you won't regret it...