އައިއެސް އަކީ އިސްލާމް ދަޢުލަތެއް ނޫން، އެއީ "ދާޢިޝިއްޔާ-ޚަވާރިޖު" ދަޢުލަތެއް - الشَّيْخُ العَلاَّمَة عَبْدُ المُحْسِنُ العَبَّاد حفظه الله
الشَّيْخُ العَلاَّمَة عَبْدُ المُحْسِنُ العَبَّاد حفظه الله - އައިއެސް އަކީ އިސްލާމްދީނާއި އެއްވެސް ގުޅުމެއް ހުރި ބައެއް ނޫން.
މިއީ މިދުނިޔެމަތީގައި މިހާރު ހުންނެވި، އިމާމް އިބްން ބާޒް ގެ ދަރިވަރުންތަކުގެ ތެރެއިން އެންމެ އިސް އެއް ދަރިވަރެވެ. މިހާރުވެސް މަސްޖިދުއް ނަބަވީގައި ކިޔައިވައި ދެއްވާ އެންމެ ގިނަ ދުވަސްވީ ޝެއިޚުންގެ ތެރެއިން އެއް ޝެއިޚެވެ.
ސުވާލު : އަހަރެމެންގެ ފަޟީލަތުއް ޝެއިޚް އެވެ. ބައެއް މީހުން މިހާރު ވުޖޫދުގައިވާ "އިސްލާމީ ދައުލަތަށް" އެބައިމީހުންނަކީ ޚަވާރިޖުންނޭ ބުނެ އެވެ. ފަހެ، މިއީ ޞައްޙަ ބަހެއްތޯ؟
ޖަވާބު : އެއްވެސް ޝައްކެތްނުވާ ގޮތުގައި، އެބައިމީހުންގެ ސިފަތަކާއި، އެބައިމީހުން ޢަމަލުތަކަކީ ޚަވާރިޖުންގެ ޢަމަލުތަކެވެ. އެއީ "ދާޢިޝިއްޔަ" ނަމުން ނަން ކިޔުނު މީހުންނެވެ. އާއެކެވެ. އެބައިމީހުންނަށް "އިސްލާމީ ދައުލަތް" އޭ ކިޔުން ހެޔޮނުވާނެ އެވެ. އެމީހުންނަށް ކިޔުން އޮތީ "ދާޢިޝިއްޔަ" އިން ނެވެ. އެބައިމީހުންނަށް އެންމެ މުނާސަބު ވެގެންވާ ނަމަކީ މި އެވެ. އިސްލާމީ ދައުލަތޭ ކިޔާބަޔަކު މީސްތަކުން ވަޅިތަކުން ޤަތުލުކުރާނެ ހެއްޔެވެ. މީސްތަކުން ވަޅިން ޤަތުލު ކުރާނެ ތޯ އެވެ؟
އަދި ފަސާދަ އުފައްދައި، މީސްތަކުން މަރައި، މިއީ އިސްލާމްދީނާއި އެއްވެސް ގުޅުމެއް ހުރި ބައެއް ނޫނެވެ.
*****
އަޑުއައްސަވާ : http://goo.gl/bonXZF