5 އައިއެސް އަކީ މިހާރު ދުނިޔޭގައިވާ ޚަވާރިޖުން - الشَّيْخُ مُحَمَّدُ بِنْ هَادِيْ المَدْخَلِي حَفِظَه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

އައިއެސް އަކީ މިހާރު ދުނިޔޭގައިވާ ޚަވާރިޖުން - الشَّيْخُ مُحَمَّدُ بِنْ هَادِيْ المَدْخَلِي حَفِظَه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ އައިއެސްއައިއެސް

ސުވާލު : މިއީ ވަރަށްގިނައިން ތަކުރާރު ކުރެވޭ ސުވާލެކެވެ. ޝެއިޚް ދެއްވި ފައިދާ ކުރަނިވި ނަޞޭޙަތުގައި މި ސުވާލުގެ މައްޗަށް ޖަވާބު ކޮންމެވެސް ވަރަކަށް ދެވިފައިވެ އެވެ. މި ސުވާލުގައިވަނީ:


ވަރަށްގިނަ ޒުވާނުން ވަނީ މިއަދު ދާޢިޝް (ISIS)  އޭ ކިޔާ ބައިގަނޑުގެ އަވައިގައި ޖެހިފަ އެވެ. އަދި އެބަޔަކު ދެކޭގޮތުގައި އެމީހުންވަނީ ޖިހާދުގެ ދިދަ އުފުލައިފަ އެވެ. އަދި އެމީހުން ޢަޤީދާގައި ޤަބޫލުކުރަނީ ކޮންމެ މުސްލިމަކު މި ޖަމާޢަތަށް ވަންނަންޖެހޭނެ ކަމުގަ އެވެ.

އަދި މި ބައިގަނޑުގެ އަމީރަށް އަޑުއަހައި ކިޔަމަންގަންނަން ޖެހޭކަމުގަ އެވެ. ފަހެ، ޝެއިޚްގެ އަރިހުން އަހަރެމެން އެދެނީ، ޒުވާނުންނަށް މިކަންތަކަށް ނަޞޭހަތެއް ދިނުމެވެ.
 

ޖަވާބު : ތިޔަކަންތައް އަހަރެން ބަޔާންކުރި ނަސޭޙަތުގައި އެއަށް އިޝާރާތްކޮށް ބަސްތައް ބަޔާންކުރީމެވެ. ތިޔަ ދަޢުލަތަކީ، އެމީހުން އަމިއްލައަށް ނަންކިޔައި ބުނަނީ ތިމަންމެންނަކީ ދައުލަތެއް ކަމުގަ އެވެ. އެއީ ދައުލަތެއް ނޫނެވެ. ތިޔަ ދާޢިޝް (ISIS) (داعش)  މި ކުރުކޮށް ކިޔާނަން އެބަޔަކަށް ލިބިގެންވާ އަހުލުވެރިން ކަމުގައިވާ އަކީ، ފަހެ د ދާލު މިކިޔަނީ ދައުލަތަށެވެ. ا އަލިފް މިކިޔަނީ އިސްލާމް އެވެ. އަދި ع އަޢިން މިކިޔަނީ ޢިރާޤަށެވެ. ش ޝީން ކިޔަނީ ޝާމް އަށެވެ. މިފަދައިން ކުރުކޮށް މިކިޔަނީ "އިރާޤުގައި އަދި ޝާމްގައިވާ އިސްލާމީ ދައުލަތް" މިފަދައިން ބުނުމަށެވެ. މި ޖުމްލަ ކުރުކޮށް ޚުލާޞާކޮށް (داعش)  މި އަކުރުތަކުގައި ކިޔަނީ އެވެ... މިފަދައިން އެބައިމީހުންގެ އަމިއްލަ ނަފްސަށް އެބައިމީހުން ކިޔަ އެވެ.
 

މި މީހުންނަކީ ނުބައި ނުލަފާ ބައެކެވެ. (ނުރައްކާތެރި ބައެކެވެ.) މި މީހުންނަކީ މިހާރު އުޅޭ އެންމެ ނުބައިކަން ބޮޑުވެގެންވާ ފިރުޤާ ތަކުގެ ތެރޭގައިވާ ފިރުޤާއެވެ. نسأل الله السلامة و العافية

މި ބައިގަނޑުވަނީ، އެންމެ ކުރީގެ ނަޖިސް މުޑުދާރު ޚަވާރިޖުންގެ މަންހަޖާއި، ޖާހިލުކަމުގައިވެސް ޖާހިލުކަން، އަދި މި ފަހުގެ ދުވަސްތަކުގައި ފާޅުވި ހަވާނަފްސުތައް އެމީހުންގެ މައްޗަށް ޖަމަޢަކޮށްފަ އެވެ.

ޙަޤީޤަތުގައި މިމީހުންނަކީ، އެ ބައިގަނޑެއްގައި އިސްލާމްދީނުން މަގުގެއްލިފައިވާ މަގުފުރެދިފައިވާ ނުބައި ފިކުރުތައް އެންމެހައި ދިމާތަކުން ހޯދައިފައިވާ ބައިގަނޑެކެވެ. ފަހެ މި މީހުން މިގޮތުގައި އައެވެ. މި މީހުންނަކީ އެއްވެސް ގޮތަކަށް އިސްލާމް ދީން ތަމްޘީލު ކުރާބައެއް ނޫނެވެ. މި މީހުންނަކީ އިސްލާމް ދީނާއި އެންމެ ދުރުގައިވާ މީހުންނެވެ. މި މީހުންނަކީ އިސްލާމް ދީނުގެ މައްޗަށް އެންމެ ތަންދޮރުނުފިލާ ތިބި އިސްލާމް ދީނުގެ މައްޗަށް އެންމެ ޖާހިލުވެގެންވާ މީހުންނެވެ.

މިފަދައިން ނުވާނީ ކިހިނަކުން ހެއްޔެވެ؟ އެމީހުންގެ ތެރޭގައި އެއްވެސް ޢާލިމެއް (ޢިލްމުގެ އަހުލުވެރިއެއް) ނުވެ އެވެ. އެމީހުންގެ ތެރޭގައި އިސްލާމީ އުއްމަތަށް ފާޅުވި އެއްވެސް ޢިލްމުވެރިއެއް ނުވެ އެވެ. ނަބިއްޔާ صلى الله عليه وسلم ގެ ވާރުތަ މުދާ ލިބިގެންދިޔަ އެކަކުވެސް އެމީހުންގެ ތެރޭގައި ނުވެ އެވެ. މިކަމުގެ އެންމެ ބޮޑު ދަލީލަކީ ރަސޫލާ صلى الله عليه وسلم ގެ ޞަޙާބީ ابن عباس رضي الله تعالى عنهما ވިދާޅުވި ބަސްފުޅެވެ. މި ޞަޙާބީ އެންމެ ފުރަތަމަ ފާޅުވި ޚަވާރިޖުންގެ ގާތަށް ވަޑައިގެންނެވި ހިނދުގައި ވިދާޅުވި އެވެ.

"އަހަރެން ތިޔަބައިމީހުންގެ ގާތަށް މި އައީ، ރަސޫލާ صلى الله عليه وسلم ގެ އަޞްހާބުންގެ ކައިރިންނެވެ. ތިޔަބައިމީހުންގެ ތެރޭގައި އެ ޞަޙާބީންގެ ތެރެއިން އެކަކުވެސް ހުރިތަނެއް އަހަރެންނަކަށް ނުފެނެ އެވެ."

މީގެން ދަލީލު ކުރެވެނީ އެބައިމީހުން މަގުފުރެދިފައިވާ ކަމެވެ. އެމީހުންގެ ތެރޭގައި ޞަޙާބީންގެ ތެރެއިން އެއްމެ ޞަޙާބީއެއްވެސް ނުވާހިނދުގައި ބަޔާންވެގެންދަނީ އެމީހުންގެ މަޛްހަބަކީ މަގުފުރެދިފައިވާ މަޛްހަބެއްކަމެވެ.


ފަހެ، މިފަދައިން މި (ISIS) (داعش)   ކިޔާ މި ބައިގަނޑަކީ އެމީހުންގެ ތެރޭގައި އިސްލާމީ އުއްމަތުގެ ޢިލްމުވެރިންގެ ތެރެއިން އެއްވެސް ޢިލްމުވެރިޔަކު ހުރި ބައިގަނޑެއް ނޫނެވެ. އެއީ ޙަދީޘް ދަސްކޮށްފައިވާ ޙުއްފާޟުންނަށް ބަލާލި ކަމުގައިވިޔަސް، ތަފްސީރުގެ އަހުލުވެރިންނަށް ބަލާލި ކަމުގައިވިޔަސް، ފަޤީހުންނަށް ބަލާލި ކަމުގައިވިޔަސް، މިފަދަ އެއްވެސް ޢިލްމުގެ އަހުލުވެރިޔަކު އެބައިމީހުންގެ ތެރޭގައި ނުވެ އެވެ.

އެހެނަސް އެބައިމީހުންނަކީ، ޖާހިލު ކަމުގައިވާ ޚަވާރިޖުންތަކެއް ޖަމަޢަވެގެން ބައިގަނޑެއްގެ ގޮތުގައި ވަނީ އެވެ. ފަހެ މިމީހުންނަކީ އިސްލާމް ދީނަށާއި މުސްލިމުންނަށް ހުރި ނުބައިކަން ބޮޑުވެގެންވާ ބައެކެވެ. نسأل الله السلامة و العافية

މި މީހުންގެ ފަރާތުން އެއްވެސް ފައިދާއެއްވެފައި ނުވެ އެވެ. އެހެނަސް އޭގެ ބަދަލުގައި އިސްލާމް ދީނުގެ ޞޫރަ، ނަން ކިލަނބު ކޮށްލީ އެވެ. އިސްލާމް ދީނުގެ ރިވެތިކަމާއި ޒީނަތްތެރިކަން ހަލާކުކޮށް ނެތިކޮށްލީ އެވެ.


ފަހެ މި ބައިގަނޑަކީ ޙައްޤު އިސްލާމްދީނުން ބޭރުވެފައިވާ މާރިޤާއިންނެވެ. މި ބައިގަނޑަކީ މަގުފުރެދިފައިވާ ބައިގަނޑެކެވެ.
އެންމެހައި މީސްތަކުންނަށް ވާޖިބުވެގެންވަނީ، މި ބައިގަނޑާ ދެކޮޅުވުމެވެ. އަދި މި ބައިގަނޑުގެ މައްޗަށް ފާޅުވެ، އެމީހަކަށް ﷲ ދެއްވި ޢިލްމުން މިބައިގަނޑުގެ ނުބައިކަން ބަޔާންކޮށްދިނުމެވެ. މި ބައިގަނޑުގެ ޙާލަކީ ކޮބައިކަން އަންގާ ބަޔާންކޮށްދިނުމެވެ.

 

ފަހެ މި އެންމެހައި ކަންތައްތަކާ އެކުގައި ޙާޞިލްކުރެވޭ އެއްޗަކީ މިބައިގަނޑުގެ ކައިރިއަށް ދާ މީހުންނަކީ، ނުވަތަ މި ފިރުޤާ ކައިރިއަށް ދާ މީހުންނަކީ، އެމީހުންގެ އަވައިގައި ޖެހިފައިވާ މީހެއްގެ ގޮތުގައިވުމެވެ. ފަހަރެއްގައި، އޭނާ އެބައިގަނޑުގެ އަވައިގައި ޖެއްސުވީ އޭނާ އެބަޔަކާ އެކީގައި އިށީންނަމީހުން ކަމުގައިވާ، ނަބިއްޔާ صلى الله عليه وسلم އަރިހުން ވާރުތަވެގެންވީ ޢިލްމުން، ޢިލްމީ ގޮތުން އެއްވެސް ނަޞީބެއް ލިބިގެން ނުވާ ޖާހިލުކަމުގައި ވާ މީހުންނާއި ހަވާނަފްސަށް ތަބަޢަވުމުގައިވާމީހުންނެވެ. ﷲ ގެ ޙަޟުރަތުން ރައްކާތެރިކަމާއި ސަލާމަތަށް އެދި ދަންނަވަމެވެ.
****
ފަތުވާ ނަގާފައިވަނީ : http://goo.gl/KIkCjY

އައިއެސްއައިއެސް: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ISIS އަކީ ﷲގެ ޝަރީޢަތް ޤާއިމްކުރާ ބައެއްކަމަށް ބުނުމުގެ ޙުކުމް - فضيلة الشَّيْخُ العلامة عُبَيْدُ الجَابِرِيْ حَفِظَهُ الله | 07 ޖެނުއަރީ 2016

(ISIS ގެ) ޙަޤީޤަތާއި އެޖަމާޢަތުގެ ނުރައްކައުތެރިކަން - الشَّيْخُ العَلَّامة محمد بن هادي المدخلي حَفِظَه الله | 15 ސެޕްޓެމްބަރ 2015

ISIS އަކީ ޚަވާރިޖު ޢަމަލުތަކުގެ އަހުލުވެރިން - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله | 23 މާރޗް 2015

ދާޢިޝް (ISIS) ވަނީ ޙައްޤުގެ މަތީގައި ކަމަށް ޤަބޫލުކުރާ މުސްލިމުންނާ ދޭތެރޭ އަހަރުމެން ޢަމަލުކުރަންވީ ކިހިނެއް؟ - الشيخ محمد بن هَادِي المَدْخَلِي -حفظه الله- | 22 ފެބުރުއަރީ 2015

އައިއެސް އަކީ އިސްލާމް ދަޢުލަތެއް ނޫން، އެއީ "ދާޢިޝިއްޔާ-ޚަވާރިޖު" ދަޢުލަތެއް - الشَّيْخُ العَلاَّمَة عَبْدُ المُحْسِنُ العَبَّاد حفظه الله | 05 ފެބުރުއަރީ 2015

އައިއެސް ޖަމާޢަތަކީ، ޚަވާރިޖް، ތަކްފީރީ ޖަމާޢަތެއް - الشَّيْخُ العَلَّامة صَالِح السُّحَيْمِي حَفِظَه الله | 05 ފެބުރުއަރީ 2015

ކާފިރު އަސީރުން އަލިފާނުން އަންދާލުން ޙަރާމްވެގެންވާއިރު ފަހެ މުސްލިމަކު އަލިފާނުން އަންދާލެވޭނީ ކިހިނަކުންތޯ އެވެ؟ - الشيخ عبد القادر بن محمد الجنيد حَفِظَه الله | 04 ފެބުރުއަރީ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...