ބިދުޢަ ބެހޭ ބައިތައް - الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله

الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله ވިދާޅުވެފައިވެ އެވެ. "ބިދުޢަ ބެހެނީ ދެބަޔަކަށެވެ. އެއީ ޙަޤީޤީ ބިދުޢަ އާއި އިޟާފީ ބިދުޢައެވެ.
ޙަޤީޤީ ބިދުޢަ: އެއީ އެއްވެސް އަޞްލެއްނެތި ދީނުގެތެރެއަށް އިތުރުކޮށްފައިވާ ކޮންމެކަމެކެވެ. މިޘާލަކަށް އުފަންދުވަސް ފާހަގަކުރުން، އަޘަރުތަކުން ބަރަކާތްހޯދުމެވެ.
އިޟާފީ ބިދުޢަ: ޝަރުޢުކުރެވިފައިވާ އަޅުކަމެއްގެ ތެރެއަށް، ﷲ އާއި އެއިލާހުގެ ރަސޫލާ ﷺ ޝަރުޢުނުކުރައްވާ ވަގުތެއް ނުވަތަ ޞިފައެއް އަހަރެމެން އިތުރުކުރުމެވެ. އެގޮތުން ޝަޢްބާން މަސް ދެބައިވާ ރޭގައި މީސްތަކުން ނަމާދުކުރުމަށާއި ދަމުނަމާދުކުރުމަށް ނުވަތަ ޝަޢްބާން މަހުގެ ދެބައިކުޅައެއްބައިގައި ރޯދަހިފުމަށް އަހަރެމެން ބުނެފި ހިނދުގައެވެ. ފަހެ، ރޯދަހިފުން ޝަރުޢުވެގެންވެއެވެ. އަދި ދަމުނަމާދުކުރުން ޝަރުޢުވެގެންވެއެވެ. އެހެނެއްކަމަކު އެކަންކުރުމަށް ދަލީލެއް ނެތި އަހަރެމެން ވަގުތެއްކަނޑައެޅުން ފަހެ، މިއީ އިޟާފީ ބިދުޢައެކެވެ. އެހެނީ ހަމަކަށަވަރުން އެއަޅުކަމުގެ އަޞްލު ޝަރުޢުވެގެންވެއެވެ. އެހެނެއްކަމަކު އެއަޅުކަން ވަކިވަގުތެއްގައި ކުރުމަށް ކަނޑައެޅުމުން، އަޅުކަމުގެތެރެއަށް އިތުރުކުރުންވެއެވެ. އަދި އެކަން (އެގޮތަށްކުރުމަށް) ޝަރުޢުވެގެން ނުވެއެވެ. ފަހެ، މިބިދުޢަށްކިޔަނީ އިޟާފީ ބިދުޢައެވެ.
ﷲއަށް ޛިކުރުކުރުން ޝަރުޢުވެގެންވެއެވެ. ތަސްބީޙަކިޔުމާއި ތަހްލީލުކިޔުމާއި ތަކްބީރުކިޔުމެވެ. އެހެނެއްކަމަކު އަހަރެމެން މީސްތަކުންކައިރީގައި އެންހާސްފަހަރު ތަސްބީޙަކިޔުމަށް، އެންހާސްފަހަރު ތަކުބީރުކިޔުމަށް މިފަދައިން ދަލީލެއްނެތި ބުނުން ފަހެ، ބެލެވޭނީ އިޟާފީ ބިދުޢައަކަށެވެ. إعانة المستفيد بشرح كتاب التوحيد ( ص : 281 )