 ޢީދުމީލާދުގެ ނަމުގައި ގެނެސްފައިވާ ބިދުޢައިގެ އަޞްލު - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ކެޓަގަރީ މައުލިދުއް ނަބަވީ (ޢީދު މީލަދު)

 

ސުވާލު: (ޢީދު މީލާދުގެ) މި މިދުޢަ އެންމެ ފުރަތަމަ އަލަށް ގެނައީ ކޮންބައެއްތޯއެވެ؟ އެބައިމީހުން މިކަން ކުރުމަށް ދެއްކި ޙުއްޖަތްތަކަކީ ކޮބައިތޯއެވެ؟ އަދި މި ބިދުޢަ ގެނެވުނީ ކިހިނަކުން ހެއްޔެވެ؟

ޖަވާބު: މި ބިދުޢަ އެންމެ ފުރަތަމަ އަލަށް ގެނައީ މިސްރުގައިވި ފާޠިމީންނެވެ. އެއީ ޙިޖުރައިން 4 ވަނަ ޤަރުނުގައެވެ. ޢިރާޤުގައިވާ أربل މަލިކު މި ބިދުޢަ ފެއްޓި އެވެ. އެއަށްފަހުގައި މުސްލިމުންގެ ތެރެއަށް މި ބިދުޢަ ފެތުރިގެން ދިޔަ އެވެ. شيخ الإسلام ابن تيمية ލިޔުއްވާފައިވާ ފޮތް اقتضاء الصراط المستقيم لمخالفة أصحاب الجحيم ގައި ވިދާޅުވެފައިވާ ފަދައިން، މި ބިދުޢަ ގެނައުމަށް ސަބަބެއް ކަމުގައި ވެގެންދިޔައީ، އެއްގޮތަކީ ރަސޫލާ ﷺ އަށް އެބައިމީހުން ލޯބިވާކަން ބަޔާންވެ ދިޔުމުގެ ގޮތުންނެވެ. ނުވަތަ އެބައިމީހުން މި ބިދުޢަ ގެނެސްފައިވަނީ ނަޞާރާއިންނާއި އެއްގޮތް ވުމުގެ ގޮތުންނެވެ. ސަބަބަކީ ނަޞާރާއިންނަކީ المسيح عليه السلام ގެ ޢީދު މީލާދުގެ ގޮތުގައި (ދުވަހެއް) ޢީދެއް ފާހަގަ ކުރާ ބައެކެވެ. ފަހެ، އެބައިމީހުން ކޮންމެ ފަދަ ސަބަބެއްގެ ގޮތުގައި މި (ޢީދުމީލާދު) ފާހަގަ ކުރިކަމުގައިވިޔަސް، ފަހެ އެންމެހައި ބިދުޢަތަކަކީ މަގުފުރެދުންތަކެކެވެ."

***** 

ތަފުވާނަގާފައިވަނީ: لقاء باب المفتوح 12/210

ނުނިމޭ.. އިތުރަށް ލިޔުން ކިޔުމަށް ތިރީގައިވާ ޕީޑީޢެފް އިޚްތިޔާރު ކުރާށެވެ.!

Download.png

Like what you see?

Close

Hit the buttons below to follow us, you won't regret it...