ޝައިޠާނުން ދުރުކުރުމަށް ނުވަތަ ޒީނަތްތެރި ކުރުމަށްޓަކައި ބުނެ، ޤުރުއާން ލިޔެފައިވާ ތަކެތި ބެހެއްޓުން - الإمام العلامة الشيخ صالح الفوزان حفظه الله

ސުވާލު: މަޖްލިސް ބޭއްވޭ ތަންތަނުގައި، ބައެއް އާޔަތްތައް ޒީނަތްތެރި ކުރުމަށްޓަކައި ބެހެއްޓުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު: ނުބެހެއްޓޭނެ އެވެ. ޤުރުއާން، ލިޔެފައިވާ ތަކެތި ޒީނަތްތެރި ކުރުމުގެ ބޭނުމުގައި ނުވަތަ ޝައިޠާނުން ދުރުކުރުމުގެ ބޭނުމުގައި ފާރުތަކުގައި އެލުވާފައި ބެހެއްޓުން، އަދި ދިރިއުޅޭތަން ނުވަތަ ގެ ރައްކާތެރި ކުރުމަށް ޤުރުއާން އެތަކެތީގައި ލިޔެފައިވާ އެއްޗެހި ބެހެއްޓުން ހުއްދައެއް ނުވާނެ އެވެ. އާއެކެވެ.
ފަތުވާ ނަގާފައިވަނީ : http://goo.gl/XXwhL2