5 ޤުރުއާން ކިޔެވުމަށްފަހުގައި صَدَقَ اللهُ العَظِيْم ކިޔުމުގެ ޙުކުމް - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޤުރުއާން ކިޔެވުމަށްފަހުގައި صَدَقَ اللهُ العَظِيْم ކިޔުމުގެ ޙުކުމް - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޤުރުއާން

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ޤުރުއާން ކިޔެވުމަށްފަހުގައި صَدَقَ اللهُ العَظِيْم ކިޔުމުގެ ޙުކުމް

 

ސުވާލު: އެމީހަކަށް ފަސޭހަވި މިންވަރެއް ޤުރުއާންއިން ކިޔެވުމަށްފަހުގައި، صَدَقَ اللهُ العَظِيْم ކިޔުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

ޖަވާބު: ޤުރުއާން ކިޔެވުމުގައި އަހަރެމެންނަށް ނަބިއްޔާ صلى الله عليه وسلم އަދަބުތަކެއް އަންގަވާދެއްވާފައިވެ އެވެ. އެގޮތުން ޤުރުއާން ކިޔަވާމީހާ، އޭނާ ޤުރުއާން ކިޔަވަނީ މުޞްޙަފުން ކަމުގައި ވާނަމަ ޠަޙާރަތުގައި ހުރުމެވެ. އެހެނަސް އޭނާ ޤުރުއާން ހިތުން ކިޔަވާ ކަމުގައިވާނަމަ، ކުޑަ ޙަދަޘަވެރިއެއްގެ ގޮތުގައި ހުރެގެން ކިޔެވިދާނެ އެވެ. އޭނާވަނީ ޖުނުބުވެރި ޙާލަތުގައިނަމަ އާޔަތެއްގެ މިންވަރުވެސް ކިޔަވައިގެން ނުވާނެ އެވެ. އަދި ކިޔަވަން ފައްޓާހިނދުގައި، ﴿فإذا قرأت القرآن فاستعذ بالله من الشيطان الرجيم﴾ "ފަހެ ނަބިއްޔާ ޤުރުއާންކިޔަވައި ވިދާޅުވާނަމަ، ރަޙްމަތުން ބޭރުކުރެވިގެންވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވުންއެދި، ﷲ ގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ." (އަޢޫޛު ކިޔުން ހުއްޓެވެ.) ޝައިޠާނާގެ ކިބައިން ރައްކާތެރިކަމަށް އެދި ﷲ އަށް ދެންނެވުން ހުއްޓެވެ.
އަދި ކޮންމެ ސޫރަތެއް ކިޔަވަން ފަށްޓާހިނދުގައި، بسم الله الرحمن الرحيم ކިޔުންވެ އެވެ. އަލް-ބަރާ ސޫރަތް ފިޔަވައި އެވެ.


އަދި ހަމައެފަދައިން، ތިބާ ޤުރުއާން ކިޔަވާ ހިދނުގައި ލަޙްނު ކުރުމެއްނެތި، ޞައްޙަ ވެގެންވާ ޤަވާޢިދު ތަކުގެ މަތީގައި ކިޔެވުން ހުއްޓެވެ. އަދިވެސް، އޭގެ އިތުރަށް ތިބާ ޤުރުއާން ކިޔަވާ ހިނދުގައި، ތަދައްބުރުކޮށް ޤުރުއާން ކިޔެވުން ހުއްޓެވެ. އެގޮތުން ތިބާއަށް ކުޅަދާނަވީ މިންވަރަށް އޭގެ މާނަ ނަފްސަށް ޙާޟިރުކޮށް ޤުރުއާން ކިޔެވުމެވެ.
ޤުރުއާން ކިޔަވައި ނިމުމުން، صَدَقَ اللهُ العَظِيْم ކިޔުމަށް ރަސޫލާ صلى الله عليه وسلم އަހަރެމެންނަށް އިސްލާމީ ޝަރީޢަތުގައި އަންގަވާފައެއް ނުވެ އެވެ. ރަސޫލާ صلى الله عليه وسلم އެކަމަށް އަމުރުފުޅު ކުރައްވާފައިވާކަމަށް އަހަރެމެންނަށް އެންމެ (1 ދަލީލު) ދަލީލެއް ތިޔަބައިމީހުން އަހަރެމެންނަށް ގެނެސްދޭށެވެ. ނުވަތަ ރަސޫލާ صلى الله عليه وسلم އެފަދައިން ޢަމަލުފުޅު ކުރެއްވިކަމަށް –އެންމެ ދަލީލެއް- އަހަރެމެންނަށް ގެނެސްދިނުން ހުއްޓެވެ. މިއީ އެއްވެސް އަޞްްލެއްއޮތް ކަމެއް ނޫނެވެ. މިއީ ހަމައެކަނި މީސްތަކުން އެކަމެއްކޮށް އެއަށް ޢާދަވެފައިވާ ކަމެކެވެ. އާއެކެވެ.   
****

ފަތުވާ ނަގާފައިވަނީ : https://goo.gl/7gJrHe

Like what you see?

Close

Hit the buttons below to follow us, you won't regret it...