أصول السنة ގެ ޝަރަހަ - أبو أنس محمد حسن حفظه الله
1. الإمام أحمد بن حنبل رحمه الله ގެ ސީރަތު
2. ޞަޙާބީން ދެމިތިއްބެވި ގޮތުގައި، ދެމިތިބުމާއި ޞަޙާބީންނަށް އިޤްތިދާވުން
3. ބިދުޢަތައް ދޫކުރުމާއި އެކަމަށް ސަމާލުވެ ތިބުން}
4. ދީނުގައި ބަހުޘް ކުރުމާއި ޖަދަލު ކުރުން ދޫކޮށްލުން
5. ހަވާނަފްސުގެ އަހުލުވެރިންނާ އެކު އިށީނުން ދޫކޮށްލުން
6. ސުންނަތަކީ رَسُولُ اللَّهِ ދޫކުރައްވާފައިވާ އެންމެހައި އަޘަރުތަކެވެ.
8. ސުންނަތުގެ ތެރޭގައި – އެއިން ކަމެއް އޭނާ ޤަބޫލުނުކޮށް އަދި އީމާންނުވާ ކަމުގައިވާނަމަ – އޭނާއަކީ ސުންނަތުގެ އަހުލުވެރިންގެ ތެރެއިންވާ މީހެއްކަމުގައި ނުވާނެ އެވެ.
9. ޤަދަރުގެ ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުން
10. ޤަދަރާއިމެދު ވާރިދުވެގެންވާ ޙަދީޘްތައް ތެދުކުރަން ޖެހެއެވެ. އީމާންވުން ހިމެނެ އެވެ. އޭނާ "ކީއްވެ؟" އަދި "ކިހިނެތް؟" މިފަދައިން ބުނެގެން ނުވާނެ އެވެ.
11. އެއްވެސް މީހަކާ ބަހުޘްކޮށް، ޖަދަލުކޮށް ހެދުމެއް ނުވެ އެވެ. އަދި ޖަދަލުކުރާނެގޮތް އުނގެނި ގަތުމެއް ވެސް ނުވެއެވެ.
12. ޤުރުއާނަކީ ﷲ ގެ ބަސްފުޅެވެ. އެއީ ﷲ ހެއްދެވި މަޚްލޫޤެއް ނޫނެވެ.
13. ހަމަކަށަވަރުން އެކަލާނގެ ބަސްފުޅުތަކަކީ އެކަލާނގެ ޛާތުފުޅާ ވަކިވެގެންވާ އެއްޗެއް ނޫނެވެ. އޭގައި ހެއްދެވިފައިވާ އެއްވެސް އެއްޗެއް ނުވާނެ އެވެ.
14. އާޚިރަތް ދުވަހުގައި ލޯތަކަށް ﷲ ފެންނާނެ ކަމުގައި އީމާންވުން
15. ޤިޔާމަތް ދުވަހުގައިވާ ތިލަފަތަށް އީމާންވުން
16. ޤިޔާމަތް ދުވަހު ﷲ އެކަލާނގެ އަޅުތަކުންނާ ބަސް މުޚާޠަބު ކުރެއްވުން
17. ޤިޔާމަތް ދުވަހު ނަބިއްޔާ ގެ ފެންއާރަށާއި އޭގެ ސިފަތަކަށް އީމާންވުން
18. ޤަބުރުގެ ޢަޛާބަށް އީމާންވުން
19. ޤިޔާމަތް ދުވަހުގައި ޝަފާޢަތަށް އީމާންވުން
20. ދައްޖާލަކީ ފާޅުވާނެ އެއްޗެއްކަމުގައި އިމާންވާންޖެހެ އެވެ. އޭނާގެ ދެލޮލުގެ ދެމެދުގައި ކާފިރު ލިޔެވިފައި ވާނެ އެވެ.
21. ހަމަކަށަވަރުން ޢީސާ ބިން މަރްޔަމު ފައިބާވަޑައިގެން ބާބު ލުއްދު ކިޔުނު ތަނުގައި ދައްޖާލު ޤަތުލުކުރައްވާނެއެވެ.
22. އީމާންކަމަކީ ދުލުން ބުނެވޭ ބަހާއި، ގުނަވަންތަކުން ކުރެވޭ ޢަމަލާއި، (އީމާންކަމަކީ) އިތުރުވެ އަދި މަދުވާ އެއްޗެއްގެ ގޮތުގައި އީމާންވުން
23. މި އުއްމަތުގެ ނަބިއްޔާއަށް ފަހުގައި، މި އުއްމަތުގައިވާ އެންމެ ހެޔޮ ފަރާތަކީ أَبُو بَكْرٍ الصِّدِّيقُ އެވެ. އެއަށްފަހު عُمَرُ بْنُ الْخَطَّابِ އެވެ. އެއަށްފަހު عُثْمَانُ بْنُ عَفَّانَ އެވެ.
24. މި ތިން ޞަޙާބީންނަށް ފަހުގައިވަނީ ޝޫރާގެ އަޞްޙާބުން ކަމުގައިވާ ފަސް ޞަޙާބީންނެވެ. އެއީ عَلِيُّ بْنُ أَبِي طَالِبٍ، طَلْحَةُ، الزُّبَيْرُ، عَبْدُ الرَّحْمَنِ بْنُ عَوْفٍ، سَعْدٌ މިއިން ކޮންމެ ޞަޙާބީއަކީ ވެސް ޚިލާފަތް ލިބުމަށް ހެޔޮވެގެންވާ ފަރާތެކެވެ.
25. އަމީރުލް މުއުމިނީންގެ ގޮތުގައި ހެޔޮލަފާ މީހެއް ނުވަތަ ނުބައި ފާޖިރެއް ހުރިކަމުގައިވީ ނަމަވެސް އެ ވެރިޔާއަށް އަޑުއަހައި ކިޔަމަންގަތުން ހިމެނެ އެވެ.
26. އަމީރުލް މުއުމިނީންގެ ގޮތުގައި ހެޔޮލަފާ މީހެއް ނުވަތަ ނުބައި ފާޖިރެއް ހުރިކަމުގައިވީ ނަމަވެސް އެ ވެރިޔާއަށް އަޑުއަހައި ކިޔަމަންގަތުން ހިމެނެ އެވެ.
27. ޚިލާފަތް އެމީހަކަށް ލިބި، މީސްތަކުން އެމީހެއްގެ މައްޗަށް ޖަމަޢަވެ، އެނާއަށް ރުހި އަދި އޭނާގެ ކަނޑީގެ ބާރުން މީސްތަކުންގެ މައްޗަށް ގަދަވެ، ޚަލީފާއެއްގެ ގޮތުގައި ވުމުން، އޭނާއަކީ އަމީރުލް މުއުމިނީން ކަމުގައި ބުނެވޭނެ އެވެ.
28. ހެޔޮލަފާ ނުވަތަ ނުބައިކަމުގައިވާ ފާޖިރެއް، ވެރިއެއް ކަމުގައިވީ ނަމަވެސް، އެ އަމީރުއާ އެކުގައި ޖިހާދު ކުރުން ޤިޔާމަތާ ޖެހެންދެން އޮތުން
29. الْفَيْءِ (ޤަތުލު ކުރުމަކާ ނުލައި ލިބޭ ތަކެތި)، ޙައްދު ޤާއިމްކުރުން ތާއަބަދަށް އޮތީ އިމާމުންނަށެވެ. އެބައިމީހުންނާއި ޒަކާތް ޙަވާލުކޮށްފި ނަމަ އެހިނދުގައި އޭނާ ޒަކާތް ނެރުނު ކަމުގައިވާނެ އެވެ. އެއީ އެ ވެރިންނަކީ ހެޔޮލަފާ ނުވަތަ ނުބައި ފާޖިރުން ކަމުގައިވީ ނަމަވެސްމެއެވެ.
30. އަމީރު ގެ ފަހަތުގައި ނުވަތަ އަމީރު އައްޔަން ކުރާ މީހެއްގެ ފަހަތުގައި ހުކުރު ނަމާދު ކުރަން ޖެހޭނެ އެވެ. އެނަމާދަކީ ހުއްދަ، ފުރިހަމަ، އަދި ތާއަބަދަށް ދެމިއޮންނަ ދެރަކުޢަތް ނަމާދެކެވެ. އެ ނަމާދު އަނބުރައި އިޢާދަ (ދެވަނަ ފަހަރަށް ކުރުން) ކުރި މީހާއަކީ ބިދުޢަވެރިއަކަށްވެ، ވާރިދުވެގެންވާ އަޘަރުތައް ދޫކޮށްފައިވާ، ސުންނަތާ ޚިލާފްވެފައިވާ މީހެކެވެ.
31. މީސްތަކުން އެ އިމާމެއްގެ މައްޗަށް ޖަމަޢަވެ، އެ ޚިލާފަތުގެ މައްޗަށް އިޤުރާރުވެ ތިބިި އިމާމަކާ ދެކޮޅަށް؛ އެއީ ކޮންމެފަދަ ގޮތަކަށް އިމާމެއްގެ ގޮތުގައިވީ ނަމަވެސް، މީސްތަކުން ރުހިގެން ނުވަތަ އެމީހުންގެ މައްޗަށް ގަދަކަމުން އަރައި ހުރި މީހެއް ނަމަވެސް؛ އެ އިމާމަކާ ދެކޮޅަށް ނުކުމެއްޖެ މީހަކީ، ފަހެ މުސްލިމުންގެ މައްޗަށް އުރެދިފައިވާ ޚާރިޖީއެކެވެ.
32. ވެރިޔާ ޤަޠުލު ކުޅައުމަށް ނުކުތުން ހުއްދައެއް ނުވާނެ އެވެ. އަދި ވެރިޔާއާ ދެކޮޅަށް ނުކުތުން އެއްވެސް މީހަކަށް ހުއްދައެއް ނުވާނެ އެވެ. އެފަދައިން ޢަމަލުކޮށްފި މީހަކީ ބިދުޢަވެރި، ސުންނަތުގައި އަދި ސީދާވެގެންވާ މަގުގައި ހުރި މީހެއްނޫނެވެ.
33. މަގުފޭރޭ މީހުންނާއި ޚަވާރިޖުންނާ ހަނގުރާމަކުރުން ހުއްދަވުން
34. ޤިބްލައިގެ އަހުލުވެރިންގެ ތެރެއިން ދުނިޔެ ދޫކުރާ އެއްވެސް މީހަކަށް އެމީހެއް ކޮށްފައިވާ ޢަމަލެއްގެ ސަބަބުން ސުވަރުގެ ލިބޭނެ ކަމުގައި ނުވަތަ ނަރަކައަށް ވަންނާނެ ކަމުގައި ހެކިނުވުން
35. ޙައްދުތަކަކީ ކައްފާރާތަކެއް، އަދި ފާފަތަކުގެ މަތީގައި ދުނިޔެ ދޫކުރާ މީހާ ވާނީ ﷲ ގެ އިރާދަފުޅުގެ ދަށުގައިކަން
36. ތައުބާވެއްޖެ މީހެއްގެ ތައުބާ ﷲ ޤަބޫލުކުރައްވާނެކަން
37. ދީނަށް ގޮވާ މީހާވަނީ ހައްޤުގައިކަން ދަނެގަންނާނެ ގޮތް އަދި ޢިލްމުވެރިން މެދުވެރިކޮށް އިމްތިހާންކުރުން (ރަޖަމް ބާބް ފެށުން)
38. ޙައްދުތައް ޤާއިމްކުރުމަކީ ޝަރީޢަތުގައި ލެވިގެންވާ ކަމެއްކަން
39. رَسُول اللَّهِ ގެ ޞަޙާބީއެއްގެ މައްޗަށް ބަދުބަހެއް ބުނެފި މީހަކީ ބިދުޢަވެރި ކުރެވޭނެ މީހެއްކަން
40. ނިފާޤު ކަމުގެ ތަފްސީރު
41. ދަލީލުތަކުގެ ތަފްސީރު އެގިފައިނުވާ ކަމުގައިވީ ނަމަވެސް ދަލީލުތައް ޤަބޫލުކުރަން ޖެހޭނެކަން
42. ސުވަރުގެ އަދި ނަރަކަ، އެއީ ﷲ ހައްދަވާފައިވާ ދެ މަޚްލޫޤު ކަމާއި، އެކަމަށް އިންކާރުކުރާ މީހާގެ ޙުކުމް
43. ފާފަކުރުމުގައި ދުނިޔެ ދޫކުރި މުސްލިމެއް ކަމުގައިވީ ނަމަވެސް އޭނާގެ މައްޗަށް ކަށުނަމާދު ކުރަން ޖެހޭނެކަން