5 އުސްތާޛް أبو أنس محمد حسن حفظه الله ގެ ތަޢުރީފް - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

އުސްތާޛް أبو أنس محمد حسن حفظه الله ގެ ތަޢުރީފް

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ އުސްތާޛް އަބޫ އަނަސް މުހައްމަދު ހަސަން حفظه الله

بسم الله الرّحمن الرّحيم
الحمد لله ربّ العالمين ، وصلّى الله وسلّم على رسوله الأمين ، وبعد:

އުސްތާޛް أبو أنس محمد حسن حفظه الله ގެ ތަޢުރީފް:

އަހަރެމެންގެ އުސްތާޛް (ޓީޗަރު) أبو أنس محمد حسن حفظه الله އަކީ ސަލަފީ ދަޢުވަތު މި ދިވެހިރާއްޖޭގައި ފެތުރުމުގެ މަސައްކަތްކުރަމުންދާ މަދު އަޚުންގެ ތެރެއިން އަޚެކެވެ. އުސްތާޛް أبو أنس ކިޔެވީ މަދީނާ ޔުނިވާސިޓީ އިންނެވެ. އުސްތާޛް ވަނީ މަދީނާ ޔުނިވާސިޓީގެ كلية الدعوة وأصول الدين ފެކަލްޓީއިން ޑިގްރީ ހާޞިލްކޮށްފައެވެ. އަދި ޔުނިވާސިޓީއިން ކިޔެވުމުގެ އިތުރަށް، މަދީނާގައި ސަލަފީ މަޝައިޚުންގެ މަޖްލިސްތަކުގައި އިށީންދެ 6 އަހަރުވަންދެން ޢިލްމު ހާޞިލްކޮށްފައިވެއެވެ. އުސްތާޛް أبو أنس ވަނީ العلامة المدينة، المحدث، فضيلة الشيخ عبد المحسن العباد حفظه الله މަސްޖިދުއް ނަބަވީގައި ހަދީޘް ފޮތްތައް ކިޔަވައިދެއްވަމަގުން ގެންދެވިއިރު އެތައް އަހަރުތަކެއް ވަންދެން ޝެއިޚުގެ އަރިއަހުން ޢިލްމު ހާޞިލްކޮށްފައެވެ. الشيخ عبد المحسن ގެ ނަން ވަކިން ޒިކުރުކުރި ސަބަބަކީ އުސްތާޛް أبو أنس އަކީ الشيخ عبد المحسن ބިދުޢަވެރިކުރާ މީހެއްކަމަށް ބުނެ ހިޒްބީން ދޮގު ބުހުތާން ފަތުރާފައިވާތީއެވެ.

އުސްތާޛް أبو أنس محمد حسن ޢިލްމު ހާޞިލްކުރެއްވި ޢިލްމުވެރިން:

1. فضيلة الشيخ عبد المحسن العباد حفظه الله
(މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ކުރީގެ މުދީރު އަދި ކިޔަވައިދެއްވި ޕްރޮފެސަރެއް އަދި މަޖްސިދުއް ނަބަވީގެ މުފްތީއެެއް) 
2. فضيلة الشيخ عبيد بن عبد الله الجابري حفظه الله
(މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ކުރިން ކިޔަވައިދެއްވި ޕްރޮފެސަރެއް
3. فضيلة الشيخ محمّد بن هادي المدخلي حفظه الله
(މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ކިޔަވައިދެއްވާ އުސްތާޛެއް އަދި މަޖްސިދުއް ނަބަވީގެ މުފްތީއެއް)
4. فضيلة الشيخ عبد الله بن عبد الرّحيم البخاري حفظه الله
(މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ޝަރީޢާގައި މަސައްކަތް ކުރައްވާ އުސްތާޛެއްް)
5. فَضِيلَةُ الشَيْخِ عَبْدُ السَّلَام بنْ سَالِم بن رجَا السُحَيْمِيّ حفظه الله
(މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ޝަރީޢާގެ ފިޤުހު ޑިޕާޓްމެންޓްގައި މަސައްކަތް ކުރައްވާ އުސްތާޛެއް އަދި މަޖްސިދުއް ނަބަވީގެ މުދައްރިސެއް)
6. فَضِيلَةُ الشَيْخِ سليمان بن سليم الله الرحيلي حفظه الله
(މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ކިޔަވައިދެއްވާ އުސްތާޛެއް)

7. فَضِيلَةُ الشيخ عبد الرزاق بن عبد المحسن العباد حفظه الله
(މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ކިޔަވައިދެއްވާ އުސްތާޛެއް، فضيلة الشيخ عبد المحسن العباد حفظه الله ގެ ރަދިފުޅު )
8. އަދި މިނޫނަސް އެހެނިހެން ޢިލްމުވެރިންނެވެ.

 

އުސްތާޛް أبو أنس محمد حسن އަށް فضيلة الشيخ عبيد الجابري حفظه الله ދެއްވި ތަޒްކިޔާ:

فضيلة الشيخ عبيد بن عبد الله الجابري حفظه الله ވިދާޅުވިއެވެ. "އަދި އަހަރެންގެ އަޚާ، محمد ابن حسن އަހަރެން ދަންނަމެވެ. އަދި މިއަދާއި ހިސާބަށް އޭނާގެ ފަރާތުން ހެޔޮކަމެއް ނޫނީ އަހެރެން ނުދަންނަމެވެ. އަދި އޭނާ އަބަދުވެސް އަހަރެމެންނާއި ގުޅުން ބާއްވައެވެ. އަދި އަހަރެންގެ ބައެއް ދަރިވަރުންނާއި މިސާލަކަށް ޝެއިޚް ޢަބްދުލް އިލާޙް އަދި އެހެނިހެން މީހުންނާއި ގުޅުން އޮވެއެވެ. الْحَمْدُ لِلَّهِ އަބަދުވެސް އޭނާއާއި އަހަރުމެންނާއި ގުޅުން އޮވެއެވެ."

 

އުސްތާޛް أبو أنس محمد حسن ސަލަފީ ބޮޑެތި ޢިލްމުވެރިންނާއި ބައްދަލްކުރެއްވި ކުރުންތައް:

އުސްތާޛް أبو أنس محمد حسن ކިޔަވައި ނިމުނު ފަހުންވެސް ސަލަފީ ބޮޑެތި ޢިލްމުވެރިންނާއި އެކިއެކި ކަންކަމުގައި މަޝްވަރާ ކުރައްވައި ނުލާހިކު ކައިރިން ގުޅުންބާއްވައެވެ. އެއީ ފޯނުން ކަމުގައިވިޔަސް އަދި ސަޢުދި އަރަބިއްޔާއަށް ކުރާ އެކިއެކި ޒިޔާރަތްތަކުގައި ބޭއްވޭ އިރުޝާދުގެ ބައްދަލްވުން ތަކުގައި ކަމުގައިވިޔަސްމެއެވެ. އުސްތާޛް أبو أنس ގެ ދަޢުވަތަށް فضيلة الشيخ عبد الله البخاري حفظه الله  2013 އަދި 2014 ވަނަ އަހަރު މަކްތަބާ ސަލަފިއްޔާއިން އިންތިޒާމްކޮށް ބޭއްވި ދަޥްރާ ޢިލްމިއްޔާއަށް ދިވެހިރާއްޖޭއަށް ޒިޔާރަތްކުރެއްވިއެވެ. އަދި 2015 އަހަރު فضيلة الشيخ محمد غالب العمري حفظه الله މަކްތަބާ ސަލަފިއްޔާގެ ދަޥްރާ ޢިލްމިއްޔާގައި އުސްތާޛް أبو أنس ގެ ދަޢުވަތަކަށް އައިސް ބައިވެރިވިއެވެ.

 

2013 ވަނަ އަހަރު ޢުމްރާ ދަތުރު:

2013 އަހަރު އުމްރާ ދަތުރުގައި ސަލަފީ އިޚުވާނުންނާއިއެކު فضيلة الشيخ عبد الله البخاري حفظه الله  އަދި فضيلة  الشيخ احمد بن عمر بازمول حفظه الله  އަދި فضيلة الشيخ عرفات بن حسن المحمدي حفظه الله އާއި އެކޮށް ޚާއްސަ ވަކި ބައްދަލްވުންތައް ބޭއްވިއެވެ.

2014 ވަނަ އަހަރު ޢުމްރާ ދަތުރު:

2014 އަހަރު އުމްރާ ދަތުރުގައިވެސް ސަލަފީ އިޚުވާނުންނާއެކު އެކިއެކި ސަލަފީ މަޝައިޚުންނާއި ބައްދަލްކުރެއްވިއެވެ

2015 ވަނަ އަހަރު ޢުމްރާ ދަތުރު:

2015 އަހަރު އުމްރާ ދަތުރުގައިވެސް ސަލަފީ އިޚުވާނުންނާއެކު އެކިއެކި ސަލަފީ މަޝައިޚުންނާއި ބައްދަލްކުރެއްވިއެވެ.

فضيلة الشيخ ربيع بن هادي المدخلي حفظه الله އުސްތާޛް أبو أنس އަށް ހެޔޮދުޢާ ކުރެއްވުން:

މި ދަތުރުގައި فضيلة الشيخ عبيد بن عبد الله الجابري حفظه الله މަޣްރިބް ފަހުން ދަރުސް ދެއްވި މިސްކިތް މަސްޖިދް ޖާމިޢުއް ރިޟްވާންގައި އުސްތާޛް أبو أنس މަޤްރިބްކުރެއްވިއެވެ. އަދި އެ މިސްކިތުގައި އިޝާ ފަހުން فضيلة الشيخ العلامة الوالد ربيع بن هادي عمير المدخلي حفظه الله ދަރުސް ދެއްވިއިރު، ޤާރީއަކަށް ހުންނެވީ އަހަރެމެންގެ ޝެއިޚް فضيلة الشيخ عبد الله البخاري حفظه الله  އެވެ. ދަރުސް ނިމުމަށްފަހު الشيخ ربيع حفظه الله ކާރުގައި އިށީންދެގެން އިންއިރު الشيخ عبدالواحد بن هادي المدخلي އުސްތާޛް أبو أنس ގެ އަތުގައި ހިފުމަށްފަހު الشيخ ربيع حفظه الله އަދި الشيخ البخاري حفظه الله ކައިރިއަށް ގެންދިޔައެވެ. އެހިނދު، الشيخ البخاري حفظه الله ވިދާޅުވިއެވެ. "މިއީ އަހަރެމެންގެ އަޚާއެވެ. ދިވެހިރާއްޖެއިންނެވެ. އެތަނުގައި އޭނާ (ސަލަފީ) ދަޢުވަތު ދެއްވައެވެ." الشيخ البخاري حفظه الله، އުސްތާޛް أبو أنس ގެ ނަން الشيخ ربيع حفظه الله އަރިއަހުގައި ޒިކުރުކުރާ ކޮންމެ ފަހަރަކު الشيخ ربيع حفظه الله އުސްތާޛް أبو أنس ގެ އަތުގައި ބާރަށް ހިތްޕަވައި أبو أنس އަށް ماشاء الله ދުޢާކުރެއްވިއެވެ.


މިއިން ކޮންމެ ދަތުރެއްގައި ބައިވެރި އަޚަކަށް އުސްތާޛް أبو أنس އެ ޢިލްމުވެރިންނަށް ދެއްވި ޤަދަރާއި މަޤާމް ފާޅުކަންބޮޑު ގޮތުގައި އެނގިގެންދާނެއެވެ.

އުސްތާޛް أبو أنس محمد حسن ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ފޮތްތައް:

މީގެ ތެރެއިން ގިނަ ފޮތްތައް މިހާރުވަނީ ދިވެހިބަހުން ޗާޕުކުރެވި ނެރެވިފައެވެ. މީގެން ބައެއް ފޮތްތައް މި ވެބްސައިޓްއިން ލިބެންހުންނާނެއެވެ..


1. شروط الصلاة " ނަމާދުގެ ޝާރުޠުތައް" لشيخ محمد بن عبد الوهاب رحمه الله (الشيخ عبد المحسن ކުރެއްވި ޝަރަޙަ)
2. "الله ފޮނުއްވި އެންމެހައި ރަސޫލުން އަދި ރަސޫލުކަން ޚަތަމް ކުރެއްވި ނަބިއްޔާ محمد صلى الله عليه وسلم ބަޔާންކޮށްދެއްވި ތަޥްޙީދު" - الشَّيْخُ عَبْدُ العَزِيْزُ بنْ عَبْدُ الله بِنْ بَاز رحمه الله ގެ
3. كُنْ سَلَفِيًّا عَلى الجَادَّة "ސަލަފުއް ޞާލިޙުންގެ މަންހަޖުގައި ވަރުގަދައަށް ހިފަހައްޓާ" - الشَّيْخ الدُّكْتُور عَبْد السَّلام بِن سَالِم رَجَاء السُّحَيْمِي –حَفِظَهُ الله (الشَّيْخ عَبْد السَّلام ވަނީ އުސްތާޛް أبو أنس އަށް މިފޮތް ތަރުޖަމާކުރުމަށް ހުއްދަ ދެއްވާފައެވެ.
4. من حقوق الأولاد على الآباء و الأمهات "މައިންބަފައިން ދަރިންނަށް އަދާކުރަންޖެހޭ ޙައްޤުތައް" - الشَّيْخ الدُّكْتُور عَبْد الله بِنْ عَبدُ الرحيم البُخَارِيْ حَفِظَهُ الله
5. ما هي السلفية ސަލަފިއްޔަތަކީ ކޮބާ؟ - الشَّيْخ الدُّكْتُور عَبْد الله بِنْ عَبدُ الرحيم البُخَارِيْ حَفِظَهُ الله
6. ج. من ثمرات التمسك بالسنة. " ސުންނަތުގައި ދެމިހުރުމުން ލިބޭ ބައެއް ފައިދާތައް" - الشَّيْخ الدُّكْتُور عَبْد الله بِنْ عَبدُ الرحيم البُخَارِيْ حَفِظَهُ الله
7. د. وصايا سنية لمن أراد النجاة. " ސަލާމަތްކަމަށް އެދޭ މީހާއަށް އޮތް ސުންނަތުގެ ވަޞިއްޔަތްތައް" - الشَّيْخ الدُّكْتُور عَبْد الله بِنْ عَبدُ الرحيم البُخَارِيْ حَفِظَهُ الله
8. سُورَةُ الْفَاتِحَة "ފާތިޙާ ސޫރަތުގެ ތަފްސީރު" فَضِيلَةِ الشَّيْخِ الدُّكْتُورِ صِالِحُ بِنْ فَوْزَان الفَوْزَان حَفِظَهُ اللَّهُ
9. الجِهَادُ فِي الإِسْلام مَفهُومِه وَضوَابِطه وَأَنْوَاعِه وَأَهدَافه "ޖިހާދުކުރުމުގެ މަފްހޫމާއި، ޤަވާޢިދުތަކާއި، ބާވަތްތަކާއި މަޤްޞަދު" الشَّيْخ الدُّكْتُور عَبْد السَّلام بِن سَالِم رَجَاء السُّحَيْمِي –حَفِظَهُ الله
10. މުސްލިމް ވެރިންނާއި ދެކޮޅަށް ނުކުތުމުގެ ޙުކުމް – ތަޤްދީމްކުރެއްވީ صالح بن فوزان بن عبد الله بن الفوزان حفظه الله


އުސްތާޛް أبو أنس محمد حسن ދިވެހި ބަހަށް ތަރުޖަމާކުރި މަތުނުތައް:

މީގެ ބައެއް މަތުނުތައް މި ވެބްސައިޓްއިން ލިބެން ހުންނާނެއެވެ.

1. أُصُولُ السُّنَّةِ - للإمام أحمد بن حنبل رحمه الله
2. لأربعين النووية - ﻟﻺﻣﺎﻡ ﺍﻟﻨﻮﻭﻱ رحمه الله
3. أصول السِّتَّة - ﻟﻺﻣﺎﻡ محمد بن عبد الوهاب رحمه الله
4. ﺍﻟﻘﻮﺍﻋﺪ ﺍﻷﺭﺑﻊ - ﻟﻺﻣﺎﻡ محمد بن عبد الوهاب رحمه الله
5. الأصول الثلاثة - ﻟﻺﻣﺎﻡ محمد بن عبد الوهاب رحمه الله
6. العقيدة الواسطية - ﻟﻺﻣﺎﻡ شيخ الإسلام ابن تيمية - رحمه الله
7. صحيح البخاري - كتاب علم - الإمام البخاري رحمه الله


އުސްތާޛް أبو أنس محمد حسن ދިވެހި ބަހުން ކިޔަވައިދެއްވި ފޮތްތައް:

މި ދަރުސްތައް މި ސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

1. كتاب التوحيد - ﻟﻺﻣﺎﻡ محمد بن عبد الوهاب رحمه الله (ޞަލާޙުއްދީން މިސްކިތް)
2. أُصُولُ السُّنَّةِ - للإمام أبي عبد الله أحمد بن محمد بن حنبل رحمه الله (ޖަލާލުއް ދީން މިސްކިތް، މާލެ، އަދި ތިނަދޫ)
3. شروط الصلاة - لشيخ محمد بن عبد الوهاب رحمه الله (الشيخ عبد المحسن ކުރެއްވި ޝަރަޙަ، ތިނަދޫ)
4. أصول السِّتَّة - ﻟﻺﻣﺎﻡ محمد بن عبد الوهاب رحمه الله (ތިނަދޫ)
5. شروط لا إله إلا الله - ﻟﻺﻣﺎﻡ محمد بن عبد الوهاب رحمه الله (މާލެ)
6. نواقض الاسلام - ﻟﻺﻣﺎﻡ محمد بن عبد الوهاب رحمه الله (މާލެ)
7. ﺍﻟﻘﻮﺍﻋﺪ ﺍﻷﺭﺑﻊ - ﻟﻺﻣﺎﻡ محمد بن عبد الوهاب رحمه الله (މާލެ)
8. الأصول الثلاثة - ﻟﻺﻣﺎﻡ محمد بن عبد الوهاب رحمه الله (މާލެ،)
9. كُنْ سَلَفِيًّا عَلى الجَادَّة - ﻟلشَّيْخ عَبْد السَّلام السُّحَيْمِي حَفِظَهُ الله (ކުޅުދުއްފުށީ)
10. عمدة الاحكام - باب صيام - ﻟﻺﻣﺎﻡ للمقدسي رحمه الله - (ތިނަދޫ)
11. العقيدة الواسطية - ﻟﻺﻣﺎﻡ شيخ الإسلام ابن تيمية - رحمه الله (ޞަލާހުއްދީން މިސްކިތް، މާލެ (މިހާރު ކިޔަވައިދެއްވަމުން ގެންދަވަނީ) )

 

މާތް ﷲ، އަހަރެމެންނަށް މި ދަޢުވަތު އުންނައިވައިދެއްވާ އަހަރެމެންގެ އަޚާ، އަހަރެމެންގެ އުސްތާޛް أبو أنس محمد حسن حفظه الله ގެ ޢިލްމުގައި ބަރަކާތް ލައްވައި ހައްޤު މަގުގައި ދެމިހުރުމުގެ ހެޔޮ ތައުފީޤު ދެއްވުންއެދި ދުޢާކުރަމެވެ. މި އެންމެހައި ވާހަކަތަކެއް މިގޮތަށް ލިޔުމަށް އުސްތާޛް أبو أنس ރުހިގެން ނުވާނެ ކަން އިނގޭ ހާލުވެސް، މި ވާހަކަތައް ލިޔެ ބަޔާންކުރީ އުސްތާޛް أبو أنس ގެ ތަޢުރީފެއް ބަޔާންކުރުމަށް އެދިފައިވާތިވެ، ނޭނގޭ މީހަކަށް އުސްތާޛް أبو أنس محمد حسن حفظه الله އަކީ ކާކުކަން ބަޔާންކުރުމަށެވެ. وَلَا أُزَكِّي عَلَى اللَّه أَحَدًا.

------------------------------

وصلّى الله وسلّم على نبيّنا محمّد وآله وصحبه أجمعين ، والحمد لله ربّ العالمين

 


 

Like what you see?

Close

Hit the buttons below to follow us, you won't regret it...