5  ޤިޔާސްކޮށް ޞައްޙަ ސާފު ދަލީލުތައް ފުށުއެރުވުމުގެ ވަރަށް ފުރިހަމަ މިޘާލެއް- العَلاَّمَة عُبَيد الجَابِري حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ޤިޔާސްކޮށް ޞައްޙަ ސާފު ދަލީލުތައް ފުށުއެރުވުމުގެ ވަރަށް ފުރިހަމަ މިޘާލެއް- العَلاَّمَة عُبَيد الجَابِري حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ އަންހެން ފިރިހެން މައްސުނިވުން

ޝެއިޚް العَلاَّمَة عُبَيد الجَابِري حفظه الله ވިދާޅުވެފައިވެ އެވެ.  "މިކަމުގެ މިޘާލަކީ: މީހަކު ބުނެއެވެ. އިސްލާމް ދީނުގެ އެންމެ ފުރަތަމަ ދުވަސްތަކުގައި އަންހެނުންނާއި ފިރިހެނުން މައްސުނިވުން ނަހީކުރެވިގެންވި އެވެ. މިހާރު މީސްތަކުންގެ ހިތްތަކުގައި އިސްލާމް ދީނަށް ބާރު ލިބި އަދި ފިޤުހުންނާއި ޢިލްމުން އަދި އެހެނިހެން ގޮތްތަކުން އެބައިމީހުންނަށް ރައްކައުތެރިކަން ލިބިފައިވުމުން އަންހެނުންނާއި ފިރިހެނުން މައްސުނިވުން ހުއްދަވެގެން ވެއެވެ. އަހަރެމެން ބުނަމެވެ.
 

ފުރަތަމައީ: ތިޔަބައިމީހުން ވަނީ ދަލީލުތައް ތިޔަ ޤިޔާސުން ފުށު އަރުވާފަ އެވެ. ތިޔަބައިމީހުންނަށް ތިޔަކަމުގައި އިބްލީސް (لعنة الله) ނޫނީ ސަލަފެއްގެ ގޮތުގައި އެކަކުވެސް ނުވެއެވެ. އަދި އެ އިބްލީސްގެ މަގު ހޯދާފައިވާ ފަލްސަފީ އަޤްލީ (ބުއްދީ) ގެ މަދްރަސާތަކުގެ އަހުލުވެރިން ނޫން ބަޔަކު ނެތެވެ.
 

ދެވަނައީ: ޝަރީޢަތުގައި މިކަން ނަހީކުރެވިފައި ވަނީ ތިޔަ ޝަރުޠު ކަނޑައަޅުއްވާފަ އެއް ނޫނެވެ. އަޞްލަކީ ޝަރީޢަތުގައި މުޠުލަޤުކޮށް އައިސްފައިވާ އެއްޗެއް އެ ގޮތުގައި މުޠުލަޤުކޮށް އޮތުމެވެ.


ތިނަވަނައީ: މިކަމަށް ރަސޫލާ ﷺ ގެ ބަސްފުޅުން ގަދަކަން ލިބެއެވެ. ޙަދީޘް ކުރެއްވިއެވެ. (إيَّاكُمْ والدخولَ على النساءِ) "ތިޔަބައިމީހުން ހިލޭ އަންހެނުންނާ ބައްދަލަކުރުމުން ދުރުހެލިވާށެވެ." 

 
ހަތަރުވަނައީ: ދެ ޖިންސުގެ އަހުލުވެރިން މައްސުނިވުމުގެ ސަބަބުން ނުކުންނަ ފަސާދަ ނަޤުލުކޮށް ނޫސް މަޖައްލާތަކުގައި ބަޔާންކޮށްފައިވާ މިންވަރުގެ ގިނަ ކަމާއެވެ. މިއަށްވުރެ ނުބައި ވެގެންވާ ކަމަކީ މަޙްރަމެއް ނެތި ހިލޭ ފިރިހެނުންނާ އެކުގައި އަންހެނުން ދަތުރު ފަތުރު ކުރުން ހުއްދަ ކުރުމެވެ. މިކަން (ހުއްދަ ކުރުމަށް) އެބައިމީހުން ބުނެފައި ވަނީ، ކުރީ ދުވަސްތަކުގައި މީސްތަކުން ދިރި އުޅެމުން ގެންދިޔައީ ހަނަފަސް ސަހަރާގައެވެ. އެއްވެސް ތަރައްޤީ އެއް އަދި ޙަޟާރަތެއް އަދި އެވެނި މިވެނި ކަމެއް ނުވެއެވެ. އަހަރެމެން ބުނަމެވެ. މިއީ ބުއްދީގެ ޤިޔާސްއެވެ. ތިބާއަށް ވާޖިބު ވެގެންވަނީ ﷲ ގެ ޝަރީޢަތް ޤަބޫލުކޮށް ޝަރީޢަތަށް ބޯ ލެނބުމެވެ. ތިބާއަށް ﷲ ގެ ޝަރީޢަތް ފާޅުވެ ބަޔާންވެދާ މިންވަރަކަށް ތިބާ އެއަށް ދެކޮޅުވެރިވެ، ބޮޑާވެރިވުމުން، ހަމަކަށަވަރުން އެއީ ތިބާގެ އީމާންކަން އުނިވެގެންދާ ކަމެކެވެ. އަދި ތިބާ ﷲ ގެ ޝަރީޢަތަށް ދެކޮޅުވެރިވުން އެއީ ތިބާ އިސްލާމް ދީނުން ބޭރުވެ ކާފަރު ދީނަށް ވަންނާނެ ކަމެއްގެ ގޮތުގައި ވެދާނެއެވެ."
***
ފަތުވާ ނަގާފައިވަނީ :تقرير الأحمد بشرح أصول السنة لإمام أحمد

Like what you see?

Close

Hit the buttons below to follow us, you won't regret it...