އަންހެން ފިރިހެން މައްސުނިވުން

ކައިވެނި ޢަޤުދު ކުރުމުގެ ކުރިން ކައިވެނިކުރާ ދެމީހުންގެ މެދުގައި އޮންނަ ގުޅުން - الإِمَامُ العَلاَّمَة مُحَمَّدُ بن صَالِح العُثَيْمِيْن رحمه الله

ކެޓަގަރީ އަންހެން ފިރިހެން މައްސުނިވުން

ސުވާލު: ކައިވެނި ކުރުމުގެ ކުރިން އޮންނަ ގުޅުމުގެ މައްޗަށް ޝެއިޚް ވިދާޅުވަނީ ކީކޭތޯ އެވެ؟


ޖަވާބު: "ކައިވެނީގެ ކުރިން" މީގެ މާނައަކީ ކައިވެނިކޮށް އެއްދާން ކުރުމުގެ ކުރިން ކަމުގައިވާނަމަ އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. ސަބަބަކީ ކައިވެނި ޢަޤުދު ކުރުމަށްފަހުގައި އަތްބަކަށް ބަދަލުވީ އެވެ. އެއީ ރޭ ނުކުރި ކަމުގައިވިޔަސް އެވެ.


އެހެނަސް ކައިވެނި ޢަޤުދު ކުރުމުގެ ކުރިން، ނުވަތަ ޚިޠުބާ ކުރުމުގައި ނުވަތަ އޭގެ ކުރިން، ފަހެ އެހެިނދުގައި އެއީ ޙަރާމްވެގެންވާ ކަމެކެވެ. އަދި ހުއްދައެއްވެސް ނުވާނެ އެވެ. އޭނާއަށް އަޖުނަބީ (ހިލޭ) އަންހެނެއްގެ ފަރާތުން އެއްވެސް އިންސާނަކު އެއްވެސް ހިތްހަމަޖެހުމެއް ހޯދުން ހުއްދައެއް ނުވާނެ އެވެ. އަދި ނަޟަރު ހިންގައި ބަލައިގެންވެސް ނުވާނެ އެވެ. އަދި އަންހެނަކާ އެކީ ވަކިވެގެންވެސް ނުވާނެ އެވެ. ފަހެ، ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ކަމުގައި ޘާބިތުވެގެންވެ އެވެ. (لاَ يَخْلُون الرَّجل بامرَأَةٍ إلاَّ مَعَ ذي مَحْرم، ولا تُسَافِر امرَأة إلاَّ مَعَ ذي مَحْرم) "ފިރިހެނަކު ހިލޭ އަންހެނަކާ އެކުގައި ވަކިވެ (ޚަލްވާ) ވެގެން ނުވާނެ އެވެ. އަދި އަންހެނަކު މަޙްރަމާ ނުލައި ދަތުރުކޮށްގެން ނުވާނެ އެވެ."


ފަހެ، މިއިން ޙާޞިލްވަނީ، ބައްދަލުވެ ވާހަކަ ދައްކަނީ ކައިވެނި ޢަޤުދު ކުރުމަށްފަހުގައި ނަމަ އެކަމުގައި މައްސަލައެއް ނެތެވެ. އެހެނަސް އަޤުދު ކުރުމުގެ ކުރިން، އަދި ޚިޠުބާ ކިޔައި ކައިވެންޏަށް ޤަބޫލު ވުމަށްފަހުގައި ވިޔަސް، އެއީ ހަމަކަށަވަރުން ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި އޭނާގެ މައްޗަށް ޙަރާމްވެގެންވާ ކަމެކެވެ. ސަބަބަކީ އެއީ އޭނާގެ މައްޗަށް ހިލޭ އަންހެނެއް ކަމުގައި ވުމެވެ. އަޤުދު ކުރުމަށްދާންދެނެވެ.

****

ފަތުވާ ނަގާފައިވަނީ : فتاوى مهمة لنساء الأمة  ص 138

 

Like what you see?

Close

Hit the buttons below to follow us, you won't regret it...