5 އޮޅުވާލުމާއި، ރޭވުންތެރިކަމުގެ ތެރެއިން ރިބާ ގެ މުޢާމަލާތް ހިންގުން - الشَّيخ عَرفَات بن حسن المُحمدي حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޝެއިޚް ޢަރަފާތް ބިން މުޙައްމަދީ حفظه الله

އޮޅުވާލުމާއި، ރޭވުންތެރިކަމުގެ ތެރެއިން ރިބާ ގެ މުޢާމަލާތް ހިންގުން - الشَّيخ عَرفَات بن حسن المُحمدي حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ރިބާ الربا

ސުވާލު: އަހަރުމެންގެ ޝެއިޚް އެވެ. ﷲ سبحانه وتعالى ޝެއިޚްއަށް ހެޔޮގޮތްތައް މިންވަރު ކުރައްވާށި އެވެ. މީސްތަކުންނަށް ފުދޭވަރަށް ބިން ނެތުމާއެކު އަދި ޚާއްޞަކޮށް ވެރިކަންކުރާ ރަށުގެ އާބާދީ ބޮޑުވުމުން ދިމާވެފައިވާ ގޯތި ގެދޮރުގެ މައްސަލަތައް ޙައްލު ކުރުމަށްޓަކައި، ސަރުކާރުން ގިނަ ފަންގިފިލާތައް އެކުލެވޭ އެޕާރޓްމަންޓް އެކުލެވޭ ޢިމާރާތްތައް ބިނާކުރެ އެވެ.


3 ކޮޓަރީގެ ފްލެޓް ލިބި އެކަމަށް ހޮވިއްޖެ މީހާ، އެއްފަހަރާ 2 މިލިއަން ނަޤުދު ފައިސާ (އެއް މަސްތެރޭގައި) ފްލެޓް ހޯދުމަށްޓަކައި ދައްކަން ޖެހެ އެވެ. އެހެން ނޫންނަމަ އޭނާ އަތުން ފްލެޓް ނެގޭނެ އެވެ.


މި ދުވަސްތަކުގައި ބެންކުތަކަށް ބޮޑުވެގެންވާ ފައިދާ ހޯދުމަށް މޫސުމެއް އައިސްފައިވާ ކަހަލަ އެވެ.  ކޮންމެ ބެންކަކުންވެސް ކަސްޓަމަރުން އެ ބެންކަކަށް ހިތްޖެހޭގޮތަށް މިކަމަށް ނިޒާމްތަކެއް ހަދައިފައިވެ އެވެ.


"މޯލްޑިވެސް އިސްލާމިކް ބޭންކް" ގެ ނަންދީފައިވާ ބެންކް އިން އަންނަނިވި ގޮތުގައި (ޤަވާޢިދު) ތައްޔާރުކޮށްފައިވެ އެވެ.
1. ކަސްޓަމަރު (ފްލެޓް ގެ ޖުމްލައަގު) ގެ 20 ޕަސެންޓް (މިޘާލަކަށް 500،000) ބެންކަށް ދެއްކުމުން، ޖުމްލަ އަގުގެ ބާކީ ފައިސާ ބެންކުން ދައްކަ އެވެ. (މިޘާލަކަށް ބެންކް އިން ދޮޅު މިލިއަން ދައްކަ އެވެ.) މިއީ ފްލެޓުގެ މުޅި ޖުމްލަ އަގެވެ.
2. ފުލެޓަށް ދައްކަންޖެހޭ ޖުމްލަ އަގު ބޭންކު އިން "ހައުސިން މިނިސްޓްރީ" ނުވަތަ އެކަމަށް ކަނޑައަޅާފައިވާ ބަޔަކަށް ދައްކަ އެވެ.
3. އެއަށްފަހުގައި އެމީހަކަށް ފުލެޓް ރެޖިސްޓަރީ ލިބި، މިލްކުވެރިކަން ލިބެއެވެ. އަދި ބޭންކަށް ދައްކަންޖެހޭ އެންެމެހައި ފައިސާއެއް ދައްކައި ޚަލާޞްކުރުމަށް ދާންދެން ފުލެޓުގެ ރަޖިސްޓަރީ ބޭންކުގައި ބާއްވަންޖެހެ އެވެ.
4. ބޭންކުން އިން ދެއްކި ފައިސާ ކަމުގައިވާ (މިޘާލަކަށް ދޮޅު މިލިއަން)  ގެ ޢަދަދަށް، ބޭންކު އިން އިތުރު ފައިދާގެ ގޮތުގައި 9 ޕަސެންޓާއި 12 ޕަސެންޓް ދެމެދު، އެބައިމީހުން އެދޭމިންވަރަކަށް އިތުރުކުރެ އެވެ. އަދި މިއީ ފައިދާގެ ގޮތުގައި ނަންދީފައިވެ އެވެ. އަދި މިފައިސާ ދައްކާ ޚަލާސްކުރުން  15 އަހަރާއި 20 އަހަރުގެ މުއްދަތަކަށް ބަހާލައި ދެ އެވެ.
އަހަރެމެންގެ ޝެއިޚް އެވެ. މި މުޢާމަލާތުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ މި މުޢާމަލާތުގެ ތެރެއަށް ވަނުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ﷲ ޝެއިޚްއަށް ބަރަކާތްލައްވާށި އެވެ.
ޖަވާބު : ހުއްދައެއް ނުވާނެ އެވެ. (ތިޔައީ) ރިބާ އެވެ.
****

20170130-islamicbank.jpg

Like what you see?

Close

Hit the buttons below to follow us, you won't regret it...