5 ސަފީރުން މެރުމުން އެކަމުގެ މައްޗަށް އުފާ ފާޅުކުރުން އެއީ ހަރާމް ކަމެއް - هيئة كبار العلماء السعودية - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ސަފީރުން މެރުމުން އެކަމުގެ މައްޗަށް އުފާ ފާޅުކުރުން އެއީ ހަރާމް ކަމެއް - هيئة كبار العلماء السعودية

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ނިރުބަވެރިކަމާ ދެކޮޅަށް مكافحة الإرهاب

މުސްލިމް ޤައުމުތަކުގައިތިބޭ ސަފީރުން މެރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން

الشيخ العَلاَّمة صَالح الفَوزَان حفظه الله

ސުވާލު : ފަޟީލަތުއް ޝެއިޚް އެވެ؟ ﷲ ތަޢާލާ ޝެއިޚް އަށް ބަރަކާތް ލައްވާށި އެވެ.
މި ސުވާލު ވަރަށްގިނައިން ތަކުރާރުކޮށް އައިސްފައިވެ އެވެ. އޭގެތެރެއިން ސުވާލެއްގައިވެ އެވެ. މުސްލިމުންގެ މައްޗަށް އެބަޔަކު އަނިޔާވެރިވާކަން (ޢަދާވާތްތެރިވާ) އެނގިފައިވާ ކާފަރު ޤައުމުތަކުގެ ސަފީރުން މެރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު : އެ ސަފީރުންނަށް އަނިޔާވެރިވެގެން ނުވާނެ އެވެ. އަނިޔާވެރި ވުމަކީ ފާފައެކެވެ. ސަފީރުންނަކީ އަމާންކަން ދެވިގެންވާ ބައެކެވެ. ސަފީރުންނަށް އަނިޔާވެރިވުން ހުއްދައެއް ނުވާނެ އެވެ. އެބައިމީހުންގެ މައްޗަށް އަނިޔާވެރިވުން ހުއްދައެއް ނުވާނެ އެވެ. ކާފަރުންގެ ސަފީރުން ރަސޫލާ صلى الله عليه وسلم އަރިއަހަށް އައެވެ. އެމީހުންގެ އަތުގައި އެމީހުންގެ ވެރިން ދީފައިވާ ލިޔުންތައް ހުއްޓެވެ. އެމީހުން އައިސް ރަސޫލާ صلى الله عليه وسلم ގެ އަރިއަހަށް މިސްކިތަށް ވަނެ އެވެ. އެ ސަފީރުންގެ މައްޗަށް އެއްވެސް މީހަކު އަރައި ނުގަނެ އެވެ. (އަނިޔާވެރި އެއް ނުވެ އެވެ.) އަދި އެ ސަފީރުން އެނބުރި އެމީހުންގެ ޤައުމަށްދިޔަ އެވެ.
ސަފީރުން ޤަތުލުކުރުން އަދި ސަފީރުންގެ މައްޗަށް އަނިޔާވެރިވުން ހުއްދައެއް ނުވާނެ އެވެ. އާނއެކެވެ.
  
ފަތުވާ ނަގާފައިވަނީ : https://goo.gl/yYDbPH
މިއީ ދީނީ ދަލީލުތަކުގެ މައްޗަށް ބުރަވެ، އުއްމަތުގެ ސަލަފުއްޞާލިޙުންގެ ހިދާޔަތުގައި ތިއްބެވި ސުންނީ އިމާމުންގެ ބަސްފުޅުތަކެވެ. ދީނަކީ، ޖޯޝާއި، ފޯރި، ޙަމާސް އާއި ފޮޓޯތަކާއި ވީޑިއޯއިން ފެންނަ ތަކެއްޗަށް ބިނާކޮށް ބަސްބުނުމަށް އޮތް ދީނެއް ނޫނެވެ.
އަމާންކަން ލިބި، އެއްބަސް ވުމުގެ ދަށުގައި ހުރި ކާފަރެއް ނުވަތަ އެނޫންވެސް މީހެއްގެ މައްޗަށް އަރައިގަތުން އިސްލާމްދީނުގައި ބޮޑުވެގެންވާ ޙަރާމް ކަމެއްގެ ގޮތުގައި ކަނޑައަޅުއްވާފައިި ވީހިނދު، ދީނުގެ ނަމުގައި މިފަދަ ޢަމަލެއް ހިންގާނީ ދީނުގެ ހަމައިން ނެއްޓި، ޙައްދުފަހަނައަޅައިފައިވާ މީހުން ނޫން ކޮންބައެއް ހެއްޔެވެ؟

20170118-alirameezjs.png
ތިޔަބައިމީހުންނަށް ރަސޫލާގެ ޢަމަލުފުޅާއި ހިދާޔަތަށްވުރެ، ރަސޫލާގެ ހިދާޔަތާ ދެކޮޅަށް ޢަމަލުކޮށްފައިވާ މީހުންގެ ޢަމަލު ރަނގަޅުވީ ހެއްޔެވެ؟ ތިބާގެ ޢިލްމީ ފެންވަރާއި، ތިބާ ތިޔަ ޢިލްމު ހޯދާ ތަންނަތަނާއި، ތިބާގެ ނަފްސުގައިވާ އަނިޔާވެރި، ޙައްދުފަހަނައަޅައިފައިވާ ފިކުރު ނޫންއެއްޗެއް މިކަމުން ދޭހައެއް ނުވެ އެވެ. ﷲ ތިބާއަށް ހިދާޔަތް ދައްކަވާށި އެވެ.


ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވި އެވެ.  
(مَنْ قَتَلَ نَفْسًا مُعَاهَدًا لَمْ يَرِحْ رَائِحَةَ الْجَنَّةِ وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ أَرْبَعِينَ عَامًا)

”މުޢާހަދާއެއްގައިވާ (އެއްބަސްވުމެއްގެ ދަށުގައި) ވާ ނަފްސެއް ޤަތުލުކޮށްފި މީހަކަށް ސުވަރުގޭގެ ވަސް ވެސް ނުދުވާ ހުއްޓެވެ. ހަމަކަށަވަރުން ސުވަރުގޭގެ ވަސް އޭނާއަށް ލިބުމާ ދެމެދުގައި ސާޅިސް އަހަރުގެ މުއްދަތުވެ އެވެ.“البخاري 6914


ތިބާ "ޝެއިޚުންނޭ" ކިޔާ މީހުންނާއި "ޢިލްމުވެރިންނޭ" ބުނާ މީހުންނާ އެކުގައި އުޅެގެން ތިބާ ދަރިވަރުވީ މިފަދަ ބާޠިލް ޙައްދުފަހަނައަޅައިފައިވާ ފިކުރުތަކަށް ކަމުގައިވުމުން، ތިބާގެ ޢަމަލާއި ތިޔަ ޢަމަލު ހޯދިތަންތަނުގެ ހުރި ޙައްދުފަހަނައަޅައިދިއުމުގެ ބޮޑު ކަމާ އެވެ. މިއީ ތިޔަ ޖަމިއްޔާގެ އުޞޫލްއާއި ފިކުރުނޫން ކޮންއެއްޗެއް ތޯ؟. ﷲ ތިފަދަ ނުބައި ޙައްދުފަހަނައެޅުމުން އަޅަމެން ސަލާމަތްކުރެއްވި ކަމަށްޓަކައި ﷲ އަށް ޙަމްދު ކޮށް ދުޢާ ކުރަމެވެ.

ސަފީރުން މެރުމުން އެކަމުގެ މައްޗަށް އުފާ ފާޅުކުރުން އެއީ ހަރާމް ކަމެއް

هيئة كبار العلماء السعودية

ދައުލަތްތައް ތަމްޘީކުރާ ސަފީރުން  ޤަތުލު ކުރުމުގެ މައްޗަށް ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން ނެރުނު ބަޔާންނުގައިވެ އެވެ.
"މަޢުޞޫމް ނަފްސުތަކުގެ މައްޗަށް އަރައިގަތުމަކީ ޙަރާމްވެގެންވާ ކަމެކެވެ. އަދި އެއީ ބޮޑުވެގެންވާ ފާފަ އެކެވެ. އެއްވެސް ސަބަބެއް ދައްކައި މިކަން ހުއްދައެއް ނުވާނެ އެވެ. އަދި މި އުރެދުމަށް އަރައިގަތުމުން އެކަމާ އުފާކުރުން ޙަރާމްވެގެންވެ އެވެ.... މުސްލިމް ދައުލަތަކަށް އަމާންކަން ލިބިގެން ވަދެއްޖެ މީހާއަށް ހިމާޔަތް ލިބިގެންވެ އެވެ. ޤައުމަކަށް އަމާންކަން (އެއްބަސްވުމެއްގެ ދަށުން) ވަންނަ މީހާއަށް އެއްވެސް ގޮތަކަށް ގޯނާއެއް ކުރުމުގެ އިތުރަށް އެފަދަ މީހަކު ޤަތުލުކުރުން ހުއްދައެއް ނުވާނެ އެވެ. އެއްބަސްވުމުގެ ދަށުގައިވާ މީހާ ޤަތުލުކޮށްފި މީހާއަށް ގަދަފަދަ ވަޢީދުގެ ބަސްފުޅު ބަޔާންވެގެންވެ އެވެ. އަދި އެއީ ބޮޑުވެގެންވާ ފާފައެއްކަމާއި، އެފަދަ މީހާއަކީ ސުވަރުގެއަށް ވަނުން އެއްކިބާކުރެވިގެންވާ މީހެއްކަމުގައި ވަޢުދުކުރައްވާފައިވެ އެވެ..." https://goo.gl/QV8DvC  

20170118-seykushafeeu.png


ތިޔައީ "ސަލަފުން" ހެއްޔެވެ؟ އުއްމަތުގެ ސަލަފުއް-ޞާލިޙުން ތިޔަ ޢަމަލުތަކުން ވަނީ ބަރީއަވެ، ތިޔަ ޢަމަލުތަކަކީ ޖާރީމާ އެވެ. މުޖްރިމުންގެ ޢަމަލުކަމުގައި ބަޔާންވެގެންވެ އެވެ. ފަހު ޒަމާނުގައި ތިފަދަ ޢަމަލުތަކަށް ގޮވައި، އެ ޢަމަލުތައް ދައުލަތްތަކުގައި ހިންގައިފައިވަނީ ބިން ލާދިން އަދި އޭނާގެ ޖަމާޢަތުގެ އަހުލުވެރިންނެވެ. އެއްވެސް ޝައްކެތްނެވެ. ބިން ލާދިންގެ ޖަމާޢަތް އަދި ޖަމުޢިއްޔާ މިފަދަ ޢަމަލުތަކަށް ތާއީދު ކުރާނެކަން ކަށަވަރެވެ.


އެމީހެއްގެ ނުބައި ނުލަފާކަން ބޮޑުވެ، މުސްލިމުންނަށް ޢަދާވާތްތެރިވެ، ރަސޫލުންނަށް ފުރައްސާރަކޮށް އިސްލާމްދީން ހަލާކު ކުރުމަށް މަސައްކަތްކޮށް، ﷲ އަށް ކާފަރުވުމުގައި ރަސޫލުކަމަށް ދަޢުވާކުރި مُسَيْلَمَة الكذَّاب ގެ ނުބައިނުލަފާކަމާ މެދުގައި ތިބާ ދެކެނީ ކޮންގޮތަކަށް ހެއްޔެވެ؟ އޭނާ ފޮނުވި ސަފީރުންނާ މެދުގައި ރަސޫލާ صلى الله عليه وسلم މުޢާމަލާތް ކުރެއްވި ގޮތްތަކަކީ ބާޠިލްގެ އަހުލުވެރިންނަށް މިޘާލެއްކަމުގައި ނުވަނީ ހެއްޔެވެ؟
ރަސޫލުކަމަށް ދަޢުވާކުރި مسيلمة الكذاب ފޮނުވި 2 ސަފީރުންނަށް ނަބިއްޔާ  ޙަދީޘްފުޅު ކުރެއްވި އެވެ.

(ماتقولان أنتما؟ فقالا: نقول كما قال!فقال: أما والله لولا أن الرسل لاتقتل لضربت أعناقكما)
”ތިޔަ ދެމީހުން ބުނަނީ ކީކޭ ހެއްޔެވެ؟ އެ ދެމީހުން ބުންޏެވެ. އޭނާ (އެބަހީ މުސައިލަމާ) ބުނާ ފަދައިން އަހަރެމެން ދެމީހުންވެސް ބުނަމެވެ.
ފަހެ، ނަބިއްޔާ ޙަދީޘްކުރެއްވި އެވެ. ދެންފަހެﷲ ޤަންދީ ބުނަމެވެ. ސަފީރުންނަކީ ޤަތުލުކުރުން ހުއްދަވެގެން ނުވާބައެއްކަމުގައި ނުވާނަމަ، ތިޔަ ދެމީހުންގެ ބޯ ބުރިކުރީމު އެވެ.“صحيح/أبوداود٢٧٦١


ރަސޫލާ صلى الله عليه وسلم ގެ ޢަމަލުފުޅު އެއީ ޙައްޤު ޢަމަލުފުޅު އަދި ޙައްޤު ބަސްފުޅަށްނުވެ، ޙަދީޘްއާ ދެކޮޅަށް ހިންގޭ ޖަރީމާތަކަކީ ދީންދަންނަ ބަޔަކު އުފާކުރާނެ ޢަމަލެއްކަމުގައިނުވާނެ އެވެ.


ޚަވާރިޖުންނާއި ތަކްފީރީން އަދި އެންމެހައި ހައްދުފަހަނައަޅައިފައިވާ ބާޠިލް އަހުލުވެރިންގެ ކިބައިން، ﷲ ތަޢާލާ އިސްލާމީ އުއްމަތް ރައްކާތެރި ކުރައްވާނދޭވެ.


އަޚުންނޭވެ! ބާޠިލްގެ އަހުލުވެރިންގެ އަތުގައިވާ ޙުއްޖަތްތައް ހުސްވެ، ދަލީލުތައް ނެތުމުން އެބައިމީހުންގެ ސިފައަކީ ސުންނަތުގެ އަހުލުވެރިންނަށް އެކިއެކި ނަންތައް ދިނުމުގައިވެ، މީސްތަކުން ޙައްޤުން ދުރުކުރުމެވެ. ސަފީރުންނާއި އެމްބަސެޑަރުން މެރުމަކީ އެއީ ދީނުގައި ޙަރާމްވެގެންވާކަމެއްގެ ގޮތުގައި ބުނުމުން، ބާޠިލްގެ އަހުލުވެރިން އެބައިމީހުންގެ ޢަމަލުތައް ދިފާޢުކުރުމަށްޓަކައި ސުންނަތުގެ އަހުލުވެރިންނާ ދިމާލަށް ބުނާނެ އެވެ. "އެއީ ވެސްޓުގެ އޭޖަންޓުން". ޤުރުއާނާއި ސުންނަތް ބަޔާންކޮށް ދަލީލުތަކުގެ މަތީގައި ހުރުމަކީ "ވެސްޓުގެ އޭޖަންޓުން" ހެއްޔެވެ؟ ތިބާގެ އަނިޔާވެރިކަމާއި ބޭއިންސާފުކަމާ އެވެ.


الشيخ عبداللطيف آل الشيخ رحمه الله ވިދާޅުވެފައިވެ އެވެ.  "ބިދުޢައިގެ އަހުލުވެރިންގެ ޢާދައަކީ، އެބައިމީހުންގެ އަތުގައިވާ އެންމެހައި ޙުއްޖަތްތަކެއް (ސުންނަތުގެ އަހުލުވެރިންގެ މައްޗަށް ކިޔަން އޮތް) ފެއިލްވެ، މަގުތައް ހުސްވުމުން ސުންނަތުގެ އަހުލުވެރިން ޢައިބުކޮށް އެކިގޮތްތަކުން އެއްޗެހި ކިޔައެވެ. އަދި އެމީހުންގެ އަމިއްލަ ނަސްފަށް މަދަޙަ ކިޔައެވެ."


ޙަޤީޤަތަކީ ޤުރުއާނާއި ސުންނަތުގެ ދަލީލުތަކުން ބޭރުވާނެ އެއްގޮތެއްވެސް ނޯންނާނެ ކަމެކެވެ. ފިތުނަވެރި ޙާލަތުގައި އަދި އެނޫންވެސް ޙާލަތުގައި ސުންނަތާއި ސުންނަތުގެ އަހުލުވެރިންނަކީ ދަލީލުތަކުގައި ޤާއިމްވެ، ޙައްޤު ދިފާޢު ކުރުމުގައިވާ ބައެކެވެ.


ތިޔަ ޖަރީމާތައް ހިންގައި، ޤައުމުތަކުގައި ﷲ ގެ ޝަރީޢަތް ބަޔާންކޮށްދިނުމުގެ ބަދަލުގައި ފިތުނަ ފަސާދައަށް މަގުދައްކައި، މުސްލިމުންނަކީ ޣައްދާރު، ޚިޔާނާތްތެރިންކަމުގައި ދެއްކީ ތިފަދަ ބަސްތަކާއި ޢަމަލުތަކުގެ އަހުލުވެރިންނެވެ. ތިޔައީ އިސްލާމްދީން ތަމްޘީލު ކުރުމޭ ބުނާނީ ހަމަ ތިފަދަ ޚާރިޖީ ތަކްފީރީ ޢަޤީދާގައިވި މީސްތަކުންނެވެ. ޢިލްމާއި ޢިލްމުވެރިންގެ ކިބައިން ބަރީޢަވެގެންވާ ބައެއް މެނުވީ ތިފަދައިން އިސްލާމްދީން ތަމްޘީލު ނުކުރާނެ އެވެ.


الشيخ الإمام ربيع بن هادي المدخلي حفظه الله ވިދާޅުވެފައިވެ އެވެ . "ޣައްދާރުވުމާއި ޚިޔާނާތްތެރިވުމަކީ ކާފަރުންނާ މެދުގައި އަދި އެނޫން މީސްތަކުންނާ މެދުގައި ހުއްދަވެގެންވާ ޢަމަލެއް ނޫނެވެ... މިކަންތަކުގެ ސަބަބުން އިސްލާމްދީނާއި، ދީނުގެ އަހުލުވެރިންގެ ނަން ކިލަނބުވެގެން ދިއުމުން އެކަމާ ޢަދުއްވުން އުފާކުރާނެ ކަމެއްކަމުގައިވެ އެވެ." الفتاوى المهمة ص92


ކާފަރެއް ނުވަތަ މުސްލިމަކަށް ވިސާ ދިނުމަށްފަހު، ޤައުމަށް ވަނުމަށް ހުއްދަދިނުމަށްފަހު، އޭނާއަށް އަމާންކަން ލިބިގެންވާކަމަށް ދެއްކުމަށްފަހުގައި އެ ނަފްސަށް އަރައިގަތުމަށް ކިޔާނީ ޣައްދާރުވުމެވެ. ސަފީރުންނާއި ޑިޕްލޮމެޓުންނަށް އަނިޔާ ދިނުމަކީ ޣައްދާރުވުމެވެ. މިއީ އިސްލާމް ދީން އިންތިހާއަށް ހަނގުރާމަކޮށްފައިވާ މުޑުދާރު ނަޖިސް އަޚްލާޤުތަކެވެ. ތިބާ މިއަދު ލިބިގަތީ މި ސިފަތަކާއި މި ސިފަތަކަށް ތާއީދު ކުރުމެވެ.


އިސްލާމީ، ސަމާވީ މި ޝަރީޢަތަކީ ފިތުނަވެރި ޙާލަތުގައި ވަކި ދީނެއް ދައްކައި އަދި އުފާ ފާގަތި ކަމުގައި ވަކި ދީނެއް ދައްކާ ޝަރީޢަތެއް ނޫނެވެ. މިފަދައިން 2 މޫނުގެ އަހުލުވެރިންގެ ސިފަތައް ފާޅުކުރީ ބާޠިލް ތަކްފީރީން އަދި ޙިޒްބިއްޔާތުގެ އަހުލުވެރިންނެވެ


الشيخ عبدُ القَادِر الجُنَيد حفظه الله ވިދާޅުވެފައިވެ އެވެ. "ފިތުނަވެރި ޙާލަތުގެ ސަބަބުން ޝަރީޢަތުގެ ޙުކުމްތައް ދުލެއް ނުކުރެވޭނެ އެވެ. އެއްބަސްވުމެއްގެ ދަށުން އަދި އަމާންކަން ލިބިގެން މުސްލިމް ޤައުމަކަށް ވަދެއްޖެ މީހާ، ކީރިތި ޤުރުއާނާއި ސުންނަތުން އަދި އިޖްމާޢުއިން އޭނާ މެރުން (ޤަތުލުކޮށްލުން) ހުއްދައެއް ނުވާނެ އެވެ."


ޙަޤީޤަތުގައި ފިތުނަވެރި ޙާލަތަކީ އެތަށް ބައެއްގެ ޙަޤީޤަތް ހާމަވާނެ، ޙަޤީޤަތް ފާޅުވާނެ ޙާލަތެކެވެ. މިއީ އެފަދަ މިޘާލެކެވެ.

 

ނިރުބަވެރިކަމާ ދެކޮޅަށް مكافحة الإرهاب: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ސަޢުދީ އަދި މުސްލިމް ދަޥްލަތްތަކުން އެމެރިކާ އެކު އައި.އެސް އަލް-ޤާއިދާ (ޓެރަރިޒަމް) އާއި ދެކޮޅަށް ނުކުތުމުން އެ ދަޥްލަތަކަށް ކުފުރުގެ ޙުކުމްޖ. ސަލަފު އާދަމް ޝަމީމް އަދި އާދަމް ނިޝާން ޖެހުމުން އެއަށް ރައްދު | 22 ނޮވެމްބަރ 2019

الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله ސޫރިޔާގައި ހިނގަމުންދަނީ ޖިހާދު ނޫންކަމަށް ފަތުވާ ދިނުމުން ދިވެހި ޝޭޚުންނޭ ބުނާ މީހުން ސޫރިއާގެ ޖިހާދަށް ފަތުވާ ދިނުން | 21 ނޮވެމްބަރ 2019

ޓެރަރިޒަމްގެ ޢަމަލުތަކަށް އަރައިގަންނަށް ޖ.ސަލަފު ރައީސް ބާބުލް އަވާލީ ޢަބްދުﷲ ހިއްވަރު ދިނުމުން އެކަމަށް ރައްދު - الشيخ العلامة عُبَيْدُ الجَابِرِيْ حَفِظَه الله | 21 ނޮވެމްބަރ 2019

 ޢާންމުން ނުކުމެ ޝަރީޢަތުން ބޭރުގައި މީސްތަކުންނަށް ހައްދު ތަންފީޒުކޮށް މީހުން މެރުމަށް ހިއްވަރުދޭނީ ހައްދު ފަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ "ޝެއިޚުން" | 18 ނޮވެމްބަރ 2019

 ނިއުޒިލޭންޑް މިސްކިތައް ދެވުނު ޓެރެރިސްޓް ހަމަލާގެ މައްޗަށް މަދީނާގެ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيخ أ.د. عَبدُ الله بن عَبد الرَّحِيم البُخَاري حفظه الله ވިދާޅުވެފައިވާ ބަސްފުޅު | 17 މާރޗް 2019

 ޖިހާދުކުރުމަށް ޤައުމުގެ ވެރިޔާގެ ހުއްދަ ލިބެން ޖެހޭނެކަން އަދި ޝަރުޢީގޮތުން ނެގެހެއްޓިފައިވާ ދިދައެއްގެ ދަށުގައި މެނުވީ ޖިހާދު ކުރުން ޝަރުޢުވެގެންނުވާ ކަން - الشَّيْخ الدُّكْتُور عَبْد السَّلام بِن سَالِم رَجَاء السُّحَيْمِي حَفِظَهُ الله | 29 ޑިސެމްބަރ 2017

 ފަރުދުން ނުކުމެ އިސްލާމްދީނަށް ޢަދާވާތްތެރިކަން ފާޅުކުރާ ފަރާތްތަކުގެ މައްޗަށް ޙައްދު ޤާއިމްކޮށް ޤަތުލުކުރުން ނަޙީވެގެންވާކަން - العَلَّامَة الشَّيْخُ صالح الفوزان حفظه الله | 09 އޮގަސްޓު 2017

 ޤަތަރުގެ އަލް-ޖަޒީރާ ޗެނަލް އަކީ ޓެރަރިސްޓު ޖަމާޢަތްތަކުގެ މެސެޖު ދުނިޔެއަށް ފޯރުކޮށްދޭ މިންބަރު - الشيخ صالح بن فوزان الفوزان حفظه الله | 09 ޖޫން 2017

ނަޞާރާއިންގެ ފައްޅިތައް ގޮއްވާލުމާއި ސުންނާފަތި ކުރުމުގެ ޙުކުމް އަދި ޤަރަޟާވީގެ އިރުހާބީ ފަތުވާ - الشَّيْخ العَلاَّمَة صَالح الفَوزَان حفظه الله | 23 އޭޕްރީލް 2017

ސަފީރުން، އެމްބަސެޑަރުން، ފަތުރުވެރިން، ޒިޔާރަތްކުރާ މީހުން މެރުމުގެ ޙުކުމް - الشَّيْخ د. عَبْدُ السلام بن سالم السُّحيمي حفظه الله | 17 ޖެނުއަރީ 2017

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...