5 މީހެއް ތުނބުޅި ދިގުކޮށްފަ ހުރުމުން، ފޭރާން ކުރުކޮށްފައި ހުރުމުން އޭނާގެ ޙާލަތު ނުއޮޅޭށެވެ! (އޭނާގެ އަވައިގައި ނުޖެހޭށެވެ.) - الشَّيْخ العَلَّامَة مُحَمَّد بن هَادي حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ނިރުބަވެރިކަމާ ދެކޮޅަށް مكافحة الإرهاب

މީހެއް ތުނބުޅި ދިގުކޮށްފަ ހުރުމުން، ފޭރާން ކުރުކޮށްފައި ހުރުމުން އޭނާގެ ޙާލަތު ނުއޮޅޭށެވެ! (އޭނާގެ އަވައިގައި ނުޖެހޭށެވެ.) - الشَّيْخ العَلَّامَة مُحَمَّد بن هَادي حفظه الله

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ މަގުފުރެދުމަށް ގޮވާ ދުޢާތުން

 

الشَّيْخ العَلَّامَة مُحَمَّد بن هَادي المَدخَلِي حفظه الله ވިދާޅުވިއެވެ. "ލޯބިވާ އަޚުންނޭވެ! އަހަރެން ތިޔަ އަޚުންނަށް ބަޔާން ކުރުމަށް އެދޭ އެއްޗެއްވެ އެވެ. ހަމަކަށްވަރުން އަހަރެން މީގެ ކުރީގައިވެސް މި ބަސްތައް ބަޔާން ކޮށްދިނީމެވެ. އެއީ ހަޤީގަތުގައި ހިތި ވާހަކަ އެކެވެ. އަހަރެން މިރޭގައި ޚިޠާބް މުޚާތަބުކޮށް ބަޔާން މި ކުރަނީ އަހަރުމެންގެ ޒުވާން ދަރިންނަށެވެ. ޒުވާނުންނަކީ ޖޯށާއި ފޯރީގައި ކަންކުރާ ބައެކެވެ. އަދި އެމީހުންގެ ޢިލްމު ނުހަނު މަދު ބައެކެވެ. އަދި ޚާއްސަކޮށް އިސްލާމްދީނުގެ ޝަރުޢީ ޢިލްމުނެތް ޒުވާނުންނެވެ.
 

އޭ ލޯބިވާ އަޚުންނޭވެ! ކުރީގައި އަހަރުމެންނަށް ތުނބުޅި ދިގުކޮށްފައި ހުންނަ މީހަކު ފެންނަ ހިނދުގައި އަހަރެމެން އުފާވެ އެވެ. ދަންނަ ހުއްޓެވެ. މީ ރަސޫލާ ﷺ ގެ ސުންނަތަށް އެއްޗިހި ގޮވަނީއެއް ނޫނެވެ. އެހެނަސް މިއީ ސުންނަތުގެ ކުލަވަރު ޖެއްސިގެން އުޅޭ ކަމަށް ހެދިގެން، ދަޅަދައްކާ މީހުންނާ ބެހޭގޮތުން އިންޒާރު ދިނުމެކެވެ. ތުނބުޅި ބަހައްޓާފައި ހެދުން ތަނބިކަށި މަތިން ސުންނަތުގައިވާ ގޮތަށް ކުރުކޮށްފައިވާ މީހާ ފެނުމުން އެކަމާ އަހަރުމެން އުފާ ކުރަމެވެ. އަދި އެފަދައިން ހުރި މީހަކާ އެކުގައި އަހަރުމެންގެ ދަރިން ހިނގާފައިދާތަން ފެނުމުން އަހަރުމެން އުފާވެއެވެ. މީ ހެވެއްކަމުގައި ބުނަމެވެ. ލޯބިވާ އަޚުންނާއި ދަރީންނޭވެ! މިއަދު މީހެއްގެ ބޭރުފުށުން ދައްކާފައިވާ މަންޒަރުން އޮޅިގެން ނުވާނެއެވެ. ތިޔަބައިމީހުންނަށް އޭނާއަކީ ކާކުކަން އޮޅުންފިލައި ތަޖްރިބާ ކުރެވެންދާންދެނެވެ. ތުނބުޅި ފެނިފައި ތިޔަބައިމީހުން އެބައެއްގެ އަވައިގައި ނުޖެހޭށެވެ. އާއެކެވެ! އެއީ ރަސޫލާ ﷺ ގެ ސުންނަތެވެ. އެހެނަސް މިބައި މީހުން މިސިފަ މީސްތަކުންނަށް އޮޅުވައިލުމަށް ބޭނުން ކުރެވެ އެވެ. މީހެއްގެ ފޭރާން ތަނބިކަށްޓަށް ވުރެ މަތިން ބުރިކޮށްފައިވުމުން ތިޔަބައިމީހުން އޭނާގެ އަވައިގައި ޖެހި އޮޅިގެން ނުދާށެވެ.
 

ފަހަރެއްގައި މީހަކު ބުނެފާނެ އެވެ: "އޭ محمد بن هادي އެވެ. ތިބާ ސުންނަތަށް އެއްޗެހިކިޔަނީ އެވެ." އެފަދައިން އަހަރެން ކަންތައް ކޮށްފި ނަމަ އަހަރެން ވަނީ އަބާއްޖަވެރިވެ، ނިކަމެތިވެފަ އެވެ. އެކަމަކީ، (ސުންނަތަށް އެއްޗެތި ގޮވުމަކީ) ﷲ ގެ ދީނުން ބޭރުކުރުވާ (މުރުތައްދުކުރުވާ) ކަމެކެވެ.
ﷲ ގަންދީ ބުނަމެވެ. އެބަޔަކަށް އަށް އިންޒާރު ދިނުމަށްޓަކައި ނޫނީ މިބަސްތައް އަހަރުމެން ނުބުނަމެވެ.

******

ބަސްތައް ނަގާފައިވަނީ : https://goo.gl/DtEJoO

Like what you see?

Close

Hit the buttons below to follow us, you won't regret it...